ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ނުރައްކާތެރި ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ހަނގުރާމަ ކުރާނީ ރާއްޖެއާ އެކުގައި ކަމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ މަޝްވަރާ ކުރައްވައިފައެވެ.

މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވަށްޓެރި ގައުމުތަކާއި އެކުވެރި ގައުމުތަކަށް ގޮންޖެހުންތަކާއި ކުރިމަތިވާ ހާލަތްތަކުގައި އިންޑިއާ އަބަދުވެސް އެހީތެރިވާނެ ކަމަށް މޯދީ ވިދާޅުވިއެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ގާތް ރަހްމަތްތެރިކަމުގެ ގުޅުމެއް ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރާނީ ރާއްޖެއާ ގުޅިގެން ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ދަނޑިވަޅުގައި އިންޑިއާ އިން އެހީ ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މޯދީއާ ގުޅުއްވައި ފޯނުން ވާހަކަފުޅު ދެއްކެވުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް 52 މީހަކު ފައްސިވެފައި ވާއިރު، މި ބަލިން ރަނގަޅުވެފައި ވަނީ 16 މީހުންނެވެ.

އިންޑިއާ އިން މިހާތަނަށް 17،615 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު 500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ބަލި ރަނގަޅުވެފައި ވަނީ 2,854 މީހުންނެވެ.

މި ސަރުކާރު ވެރިކަމަށް އައުމުގެ ފަހުން އިންޑިއާ އާއި ރާއްޖެ އާއި ދެމެދުގައި ވަރަށް ގާތް ގުޅުމެއް އޮތީ އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އިންޑިޔާ އިން ދޭއެއްޗެއްގެ ދެގުނަ ދަމައިގަންނާނެ ޔަގީންކުރޭ މިހާތަނަށް ކަންހިނގާފައި މިގޮތަށް

    47
    • ހޫދު

      އަމިއްލަ ހާލަށް ނޫޅެވުނަސް މިގައުމުގައި ވަކިހިއްޕުން ދޫނުކުރަން މިއިބިލީސް ނިންމައިގެން މިހުރީ. އިންޝާﷲ މިބައްޔަކީ މިގައުމު އިންޑިޔާގެ ވަކިތަކުން މިންޖުވާނެ ކަމެއްކަމުގައި ލައްވާނދޭވެ. އާމީން.

      26
  2. ބުއްޅަ އެދޭ ގޮތައް ދަމާހެ ހެޔޮނޫންހިތުން މިޖާނުދޭން

    ކޯއްޗެކޭ ގެރި މޯދީ
    ކަލޭގެ ފަރާތުން ދިވެހިންނެއް އެއްވެސް އެހީއެއް ބޭނުމެއް ނޫން
    މުސްލިމުން މަރާ ބޮޑު ބާޣީ މޯދީ.?? މީނަގެ މައްޗައް މަރުގެ ހުކުމް އިއްވަން ފެނޭ.
    ކޮންމެހެން ޔާމީނައް ގޮންޖައްސަވާ ގޮސް ތަގޭ ބެސްޓްފުރެންޑު ބުއްޅަބޭ ކާރީ އޮންނާނެ ކަމެއްނެތް.....
    މޯދީީ އެއީ އިންޑިއާގެ ޓްރަމްޕޭ އެއްފަދަ. ހިޓްލަރައް ތުރެ ނުބައި މީހެއް މިކަލޭގެ މީ.

    1066
    2
  3. އަހުސަން

    ގާނޫނުއިސްލާހުކޮއްގެންނަމަވެސް
    ޕެންޝަންފަންޑުގައިހުރިފައިސާއިން
    ކޮންމެވެސްވަރެއްދެއްވުންއެދެން
    އަަަަަަަަަަަަަަަަަަަަަަަަަަަަަަަަަޅުގަނޑުމެންމިއަދުމިތިބީވަރައް
    ނިކަމެތިހާލުގަ

    45
    3
  4. ރައީސުއައްތާއީދުކުރިމީހާ

    އިންޑާގެމުސްލިމުންކަރުބުރިކުރަނީ،
    ދިރިތިއްބާހުޅުޖަހަނީވެސްދިވެހިސަރު
    ކާއެކުއޮވެގެންކަންމިއަދުއެގޭ

    35
  5. ބާބެ

    މޯދީ ހުންނާނީ ރާއްޖެއާއި އެކު އެކަމަކު މިޙާލަތުގައި އިންޑިޔާގެ މުސްލިމުން އަދި ފަޤީރު ރައްޔިތުން ކާނެއެއްޗެއް ނުލިބިގެން ހަނާވަނީ މޯދީ ތާހިރު އަނގަތަޅަން މީނާ ރާއްޖެއާ ގާތްކުރާނެ ކަމެއްނެތް

    37
  6. ފުތާބެއްޔާ

    ތި މާ ގާތްކޮށްގެން އުޅޭ އިނޑިޔާއަށް ވުރެން ބަނގުލަދޭސް ވެސް މާ ރަނގަޅު އެހީ ދިންލެތް. އިނޑިޔާއިން އެހީއޭ ކިޔާފަ އިސްތިހާރު ކުރަނީ ދިވެހި ދައުލަތުން ލާރިދީގެން ގަންއެއްޗެހި. ދެން ފޮނުވީ ބަލަދު އަރާގޮތަށް މިލިޓަރީ ޓީމެއް. ތިޔަ އިންޑިޔާގެ ދުއްޕާނާ ހެދި ޗައިނާ އިންވެސް އެހީ ނުލިބިގެން އުޅެނީ

    26
  7. ނާބެ މުހަންމަދު

    ދެން ޗައިނާގެ ރައީސައްވެސް ގުޅަން ވީނު މިހާރު މުޅި ދުނިޔެއިނަވެސް އެންމެ ރަނގަޅު އެހީތެރި ކަމެއްދެވެން އޮތް ހަމަ އެކަނި ގައުމަކީ ޗައިނާ.

    22
    2
    • ސުލައިމާނު

      ޗައިނާ ރައީސަށް ގުޅާއިރަށް އިންޑިޔާ ހައިކޮމިޝަނުން ބުނާނެ، ތިޔާ ހުރިހާ އެއްޗެއް މަމެން ދޭނަމޭ. މިރާއްޖޭގެ އާބާދީ ނެތިގެންދާއިރުވެސް އެއެއްޗެހި ނުލިބޭނެ. މާބޮޑުވަރު ވަންޏާމު އިންޑިޔާގެ މިލިޓަރީ މަނަވަރެއް އައިސްމިތާ އަޅައިގެން ބޭސްފަރުވާދޭނީ. އެއިރުންތާ އިންޑިޔާގެ އޯގާވެރިކަން އިތުރަށް ދެއްކޭނީ.
      ދިވެހިން ހަމަ އެހާނިކަމެތީތަ؟

  8. ސުލައިމާނު

    ތިޔާއީ ކުރިންވެސް އެނގޭކަމެކޭ. މިރާއްޖޭގެ ސަރުކާރުވެސް އަދި މަދުނަަމަވެސް ދިވެހިންގެ ތެރެއިން ކޮންމެވެސް ބަޔަކުވެސް ތިކަން ގަބޫލުކުރޭ. އެކަމަކު ތިޔައީ ހަމަ ރޯބުހުތާނު ދޮގެއް.
    އިންޑިޔާމީހުން ދިވެހި ރައްޔިތުންނަށޭ ކިޔާފައި ވަކިކަމެއް ނުކުރާނެ، ނިމިދިޔަ ސަރުކާރުގެ ދައުރުގައިދޯ ހިލަ، ވެލި، ފިޔާ، އަލުވި، ބިހުން ދިވެހިންނަށް ތާށިކުރީ. ސިޔާސީ ގޮތުން ސަރުކާރަކާއި ސަރުކާރަކާއި ޖެހޭ މައްސަލަ ހަމަޖައްސާނީ ވާހަކަދައްކައިގެން. ކުޑަގައުމަކަށް ވީތީވެ ބޭރުންގެންނަ މުދަލަށް ބަރޯސާވެފައިވާ ގައުމަކަށްވީތީވެ، ރައްޔިތުންނަށް ބިރުދައްކައިގެނެއްނޫންދޯ އެކަހަލަ މައްސަލަތަށް ހަމަޖައްސާނީ.
    ރައީސް މައުމޫނުގެ ދައުރުގައި އިންޑިޔާސަރުކާރުން ބިނާކޮށްދިން އައިޖީއެމްއެޗް ހޮސްޕިޓަލުން ދާދިފަހަކާއި ޖެހެންދެން ދިވެހިންނަށް ލިބެމުން އައީ ކްލިނިކަކުން ލިބޭފަދަ އަސާސީ ހިދުމަތް. ސަބަބަކީ ހަމަ އިންޑިޔާގެ ނުފޫޒުން ދިވެހިންނަށް އެތަންކުރިޔަށް ނުޖެއްސިގެންތިބިތިބުން.
    ސަރުކާރުން ރައީސް ޔާމީންގެ ދައުރުގައި އެމްއާރުއައި މެޝިނެއްގެންނަން ނިންމުމުން އެކަމުގެ ތެރެއަށް އިންޑިޔާ ވަދެގެން ސަރުކާރަށް ކުރި އުނދަގޫތަށް އޭރުގައި އެކަމުގައި އުޅުނު މީހުންނަށް އެނގޭނެ. އެންމެފަހުން އެތަކެއް ފުރުސަތެއްދީގެންވެސް އިންޑިޔާއަށް އެކަން ކޮށްނުދެވުނީމައި އެހެންގައުމަކުން އެގެނައީ. އިންޑިޔާއިން ވިޔަސް އެހެން ގައުމަކުން ވިޔަސް އެއްވެސް އެއްޗެއް މިލިބެނީ ހަމަ އަގުދީފައިގަނެގެން. ދުނިޔޭގެ އެހެން ގައުމަކުން 90 ދުވަހުން ލިބޭ މެޝިން އިންޑިޔާއިން ސަޕްލައިކޮށްދެވޭނީ 360 ދުވަހުން. މިއީ ތަފާތަކީ.
    މިސަރުކާރަށްވެސް ހަގީގަތުގައި ބޭނުންވާ ސްޕީޑުގައި ކުރިޔަށް ނުދެވިގެން މިއުޅެނީ އިންޑިޔާގެ ފިނިހަކަ ސްޕީޑްގައި އަޅައިގަނެގެން. މިސަރުކާރުން ސިއްހީސާމާނަށް ބަރޯސާވަނީ އިންޑިޔާއަށް، މި ވައިރަސް އެއްގެ ކުރިން ޓުއަރިޒަމް މިނިސްޓަރ، ހެލްތް މިނިސްޓަރ ތަކުރާރުކޮށް ބުނަމުން އައީ ސަރުކާރު އޮތީ މިބައްޔަށް ފުރިހަމަޔަށް ތައްޔާރުވެފައޭ، ބޮޑަށް ގަބޫލުވެވެނީ އެދުވަ އެބޭފުޅުން އެހެން އެވިދާޅުވީ އިންޑިޔާއިން ދީފައިވާ ޔަގީންކަމަށް ބަރޯސާވެގެންކަމަށް. މިއަދު 50 ޕޭޝަންޓުންނާއި އެކު މިބުނަނީ މެޝިނަރީސްގެ ދަތިކަން އެބަހުއްޓޭ، މެޑިކަލް ފެސިލިޓީ ގެ ދަތިކަން އެބަހުއްޓޭ. އެދުވަހު އިންޑިޔާ އެބުނި އެއްޗަކަށް ބަރޯސާނުވެ މިފަދަ ހާއްސަ ހާލަތަކަށް ރައްޔިތުންގެ ސިއްހަތު ކަށަވަރުކުރުމަށް ޒިންމާނަގައިގެން މަސައްކަތް ކުރިނަމަ މިއަދު ތިގޮވާ ގޮވެލިފަތި ގޮވާކަށް ނުޖެހޭނެ.
    މިއަދު ދެން ކުރާކަށް ކަމެއްނެތް، އެކަށީގެންވާ ވަަރށް ވެންޓިލޭޓަރެއްނެތް، ބޭހެއްނެތް، ސިއްހީ އެހެނިހެން ފެސިލިޓީއެއްނެތް. ދެން މިސަރުކާރަށް އޮންނާނީ ހަމަ އިންޑިޔާއަށް ސާލާންޖެހުން. ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ފައިސާދައްކައިގެން ގެންނަ އެތިކޮޅުވެސް ބޯޓުން ބޭލޭނީ ޝުކުރިއްޔާ އިންޑިޔާ ޖަހާފައިވާ ބެނާތަށް ދަމައި ޓީވީން ދައްކައި ރައްޔިތުންނަށް ބޮޑު ޑްރާމާ ދައްކާފައި.
    އިންޑިޔާ އަކީ އިޒްރޭލް ފިޔަފައި ކުދި އަވަށްޓެރި ގައުމުތަށް އަޅުވެތިކުރަން ކެތްމަދުވެފައިވާ ގައުމެއް.

    19
  9. އެރުން

    ދެގެރި ދުއްވުމޭ ކިޔަނީ މިހެން ވެ. މުސްލިމުން ނިކަމެތި ކޮށް މުސްލިމު ނަށް އިހާނެތި ކޮސޤހިތާ ގައުމަކާއެ ކު މަސައްކަތް ކުރަން ތައްޔާރޭ ބުނާތީ. އަރަބި ގައުމުތަކުން އެބުނަނީ މުސްލިމުން ނަށް އިހާނެތިކޮށް ހިތާފަ އެގައުމުތަކުގަ ނުތިބެވޭނެކަމަށް. އެއީ މުސްލިމުން ގެ ލޮލަށް ފެންނަން ޖެހޭކަންކަން އެކަމަކު މިރާއްޖެއަކަށް ފެންނަ ކަމަކަށް ނުވޭ. އިންޑިޔާއާ ގެ ގުޅުމަށް ބުރު ނޭރުވުން އަބަދުވެސް މުހިންމު އެއީ އަބަދުވެސް މިގައުމު އޮތް ގޮތް އިތުރު ގުޅުމެއްގެ ވާހަކަ މިދެކެވެނީ މައުމޫނަށް ފަހު އަހަރުމެން ނަށް ސިޔާސީ ގޮތުން ކަންކަން ކުރެވިފަ ހުރި ކޮސް ގޮތް ތަކުން އެއްގަައުމަށް ހިތު ހުރި އެއްޗެއް ކިޔާފަ އަނެެއް ގައުމު ރަނގަޅު ކުރުމުގެ ކޮސް ވިސްނުން ގެންގުޅޭ ބަޔެއް ގެ ސަބަބުން. އިންޑިޔާއަށް މިގައުމު ބޭނުންވާފަދައިން އަހަރުމެނަށް ވެސް އެވަރެއް ނޯންނާނެ. މިސާލަކަށް ނޮވެންބަރ 3 ގެ އުދުވާނުގަ މިގައުމަށްކިތަންމެ ގައުމަކުން އެހީވާ ތައްޔާރު އެކަމަކު މިރާއްޖޭގެ ވެރިޔާހިޔާރު ކުރީ އިންޑިޔާ އެއީ އެގައުމަކީ އެންމެ ކައިރީގަ އޮތް އެންމެ މުހިންމު ގައުމުކަމަށް ވީމަކަންނޭގެ.އެއީ އިޑިޔާއިން އެހީވުމޭ ކިޔުމަށް ވުރެ މިގައުމުން އެމީހުން އިހުތިޔާރު ކުރީ ޔޭ ކިޔުން މާރަނގަޅު.

    13
    1
  10. އައްޑޫ މީހާ

    ހެޔޮނުވާނެ މޫދީ ކަލޭގެ ގައުމުގައި ތިބި މުސްލިމުންނަށް ދެމުންގެންދާ އަނިޔާތައް ހުއްޓާލައި އެމީހުންގެ ރައްވެހިކަން ނަގާލާފައިވާ ނިންމުން ބަދަލުކޮށްބަލަ މިގައުމަށް އަތްގަދަކުރަން ކީއްކުރަން ތެޅެނީ އެކުވެރި ގައުމެއްގެ ގޮތުގައި އަހަރަމެން އަޅުވެރި ނުވާނެ ގޮތަކަށް ކަންތައް ކުރުމަށް މޫދީގެ ކިބައިން އެދެން މިކަހަލަ ނާޒުކު ދަނޑިވަޅުތަކުގައި ނަހަމަ ފައިދާ ނަގަން ނޫޅެބަލަ މިއީ އިބިރިހިމާ އާއި އަންނި އާއި އެމީހުންގެ އާއިލާގެ އެކަނި ގައުމެއްނޫން މިގައުމަށް ނިސްބަތްވާ އެހެން ރައްޔިރުންވެސް އެބަތިބި

    16
  11. ޑައެލޯގް

    ރާއްޖެއާއެކު ތިޔަމޯދީ މަސައްކަތްކޮށްނިމޭއިރު ރާއްޖޭގެ 4 ލައްކައާބާދީ ފޮހެވޭނެ ދެންއެވީ އިންޑިޔާގެ ދަރިފަސްކުޅު މިތާގައާލާކުރަން. އެހެންވެ އިންޑިޔާގެ ބަހަށް މިތަނަށް ކޮރޯނާވެއްދީކަމަށް ލަފާކުރެވެނީ

    17
  12. ސަލާމް

    މޯދީ އައް ދިވެހިންތިބިގޮތް އެނގޭނެކަމައް އުއްމީދުކުރަން ވަރައްސަލާމް

    14
  13. އަނދިރި އަނިދިރިން

    މިދެ މީހުންކުރެން އަހާބަލަ ކޮބާހޭ މިތަނަށްގެނައި ޑޮކްޓަރުންގެ ފޯސް..އެ މީހުން ރާއްޖެ އެތެރެވިކަން އިގެނީ..ދެންވީގޮތެ އެގޭބަޔަކު ތިބިހެން ހީނުވޭ އުނޑުހިޔަލުގަ...އަނެއް ފޯސް ފޮނުވަން ރެޑީވަނީތޯއްޗެ...ކޮވިޑަށްވުރެ ނުރައްކާ ދެ މީހުން މީ...ކޮވިިޑްވެސް ނި މޭދުވަހެ އަންނާނެ އެކަ މަކު މިދެ މީހުން މިގައު މަށް އެތެރެކުރި ވައިރަސްތަ ދެނެހިޔެނުވޭ ފިލުވާލެވޭނެހެން....އަ މިއްލަގައު މު ހަ މަޔަކަށް އެޅުވޭތޯ ބަލާބަލަ.އަހަރެ މެންނާ އަޅާއިގަނެގެން ނޫޅެ...މުސީބާތެ ނޫނީ މިކަލޭގެ މިގައު މަށް އެތެރެނުކުރޭ...

  14. މަބޭ

    އިންޑިޔާއިންނޫނީ ކަންކަންނުކުރެވޭ ހާލަތަކައް މިޔަންމާވެސް ދާދިފަހުންދުއްވާލި ނަމަވެސް ކަންކަންނުވެ ރައްޔަތުން ބަނޑައްޖެހޭހާލަތައްދިއުމުގެކުރިން މިޔަންމާއިންވަނީ ޗައިނާގެ އެހީހީދާފަ.