މާލެއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި އެކު މާލެ ސަރަހައްދު މިވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. އެއާއެކު މީހުން މަގުމައްޗަށް ނިކުތުން ވަނީ މަނާކޮށްފައެވެ. އެއާއި އެކު ކާންދޭނެ މީހަކު ނުވެ، ޖުމްހޫރީ މައިދާނުގައި އުޅެމުންދާ ކޮތަރަކަށް ކާންދޭނެ މީހަކު ނެތި ކޮތަރަތައް ދަނީ މަރުވަމުންނެވެ. އަދި ކާ އެއްޗެހި ހޯދުމަށް ކޮތަރަތައް މިވަނީ މާލޭގެ މަގުތަކަށް ނިކުންނަން ފަށައިފައެވެ.

މި ކޮތަރަތަކަކީ ޖުމްހޫރީ މައިދާނުގައި އެތަކެއް އަހަރުތަކެއް ވަންދެން އުޅެމުން އަންނަ ކޮތަރަތަކެކެވެ. ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު މި ކޮތަރަތަކަށް ކާން ދިނުމަށް ޖުމްހޫރީ މައިދާނަށް އެއްވެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދުން ފައިބައިގެން އެތައް ބަޔަކު އެ ކޮތަރަކަށް ކާން ދިނުމަށް އެއްވެއެވެ. އަދި ކޮންމެ ދުވަހެއްގެ ވެސް ހަވީރުގެ ވަގުތުތަކުގައި ތުއްތު ކުދިން ގޮވައިގެން އެތައް ބަޔަކު ކޮތަރަތަކަށް ކާން ދިނުމަށް އެއްވެއެވެ.

ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވުމާއި އެކު މިއަދު އެ ކޮތަރަތަކަށް ކާންދޭނެ މީހަކު ވަނީ ނުވެފައެވެ. އަދި ކޮތަރަތައް މަރުވެފައިވާ މަންޒަރުތައް ސޯޝަލް މީޑިއާގައި އަންނަނީ މީހުން ހިއްސާ ކުރަމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ފަޔާޒު ޔޫސުފް އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޖުމްހޫރީ މައިދާނުގައި އުޅެމުންދާ ކޮތަރަތައް ހައިހޫނުކަން ތަހައްމަލު ކުރަމުންދާ ކަމަށެވެ.

"އާދަވެ ކޮންމެ ދުވަހަކު ފަތިސްނަމާދުން ފައިބައިގެން ކޮތަރަށް ކާންދޭން އަންނަ ފަރާތްތަކުގެ އިންތިޒާރުގައި ކާނެއެއްޗެއް ނުލިބި ދެ ދުވަސް ފާއިތުވުމުން ބައެއް ކޮތަރުތައް އެވަނީ ދުނިޔެއާއި އަލްވަދާއު ކިޔާފައި. އެއްވެސް މީހެއްގެ ހިލަމެއްނެތް އެމާހައުލުން ފެންނަނީ ހިތްދަތި މަންޒަރެއް،" ފަޔާޒު ބުންޏެވެ.

ކޮތަރަތަކަށް ކާން ލިބޭނެ ގޮތެއް ނެތުމުން އެ ކޮތަރަތައް މިހާރު ވަނީ މާލޭގެ އެކި މަގުތަކަށް ނިކުމެފައެވެ. ނަމަވެސް މާލޭގެ މަގުތަކަށް ނިކުތް ނަމަވެސް މަގުތަކަށް މީހުން ނުނިކުންނާތީވެ އެ ކޮތަރަތަކަށް މަގުތަކުންވެސް ކާނެ އެއްޗެއް ލިބޭ ގޮތެއް ނުވެއެވެ.

މިއީ ހިތްދަތި މަންޒަރެކެވެ. ކޮތަރަތަކަށް ކާން ދިނުމަކީ ގިނަބަޔަކު ހިތްހަމަޖައްސާލުމަށް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ހިތްދަތި ކަމެއް މިފަހަރު ލިބިގެން މިިދިޔައީ މި ކޮތަރުތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ރައްޔިތުމީހާ

  ހެޔޮނުވާނެ! ފުލުހުންނާއި ސިފައިން މިކަމަށް ސަމާލުކަންދީ ކޮތަރުތަކަށް ކާންދިނުން މުހިންމު

  149
  2
  • ކ

   ? ?

   14
 2. ކޮބައިހޭ

  ތިމާވެށި ހަލާކުވާތީ އުޅޭ މަހަކު 80 ހާސް ލިބޭ މީހުން.

  22
  3
 3. ޢަލި

  އެތަކެއްޗަށް ކުރިންވެސް އަހަރުމެން ކާން ނުދިން ނަމަ މިއަދު އެތަކެތި އަމިއްލައަށް ކާތަކެތި ހޯދާނެ!

  20
  3
 4. ތަންފީޒުކުރުން

  މިޤައުމައި ޤަވާޢިދާއި ހިލާފަށް އުޅޭ ބިދޭސީން މިފަދަ ހާލަތަކަށް ނުދިއުމަށްޓަކއި އެމީހުން ވަޒަނަށް ފޮނުވަން ދިވެހި ރައްޔިތުން އެދުމަކީ އެމީހުންނާއި ދޭރެތޭ އިހާނެތިކޮށް ހެދުމެއް ނޫނެވެ.

  27
 5. ކިޔާ

  ހިތް ހަލާކުވެއްޖެ..

  19
  1
 6. ކަލީމު

  ފުލުހުންނަށް ތިޔަކަން ނޭނގެނީ ބާ. އެއީ އެމީހުންގެ ޮފީސް ކުރިމަތި

  20
 7. މަޖުބޫރީހާލަތް..

  އެހެންވިޔަނުދީ ދައުލަތުން ކޮން މެދުވަހަކު ދެތިންކިލޯ މުގު މަގުމައްޗައް އަޅާލަދެއްވާޙަ

  18
  2
 8. ބޭކާރު

  ސިފައިން ފުލުހުން ކައްކާކާއިރު ހަނޑޫ މުށެއް ކޮތަރުތަކަށް ފޯރު ކޮށް ދިނުން މިވަގުތު ސަވާބު ގިބަގުނަ ވެގެންދާނެ.

  26
  2
 9. މަރިޔަމް

  އެތަނުގައި ހުރޭ ފުލުހުންގެ މައި މަރުކަޒާ ސިފައިންގެ މަރުކަޒުވެސް.އެ މީހުން އެތަނުގައި އުޅޭއިރު ކީއްތަވާނީ އެކޮތަރުތަކަށް ކާންދިނިއްޔާ.އެވެސް ހަ މަ މާތްﷲ ހެއްދެވި ދިރޭ ފުރާނަތަކެއް.އެކޮތަރުތަކަށް ކާންދިނު މުންވެސް ލިބޭނީ ސަވާބު??

  25
  1
 10. ރައްޔިތުމީހުން

  ތި ކަތިލާފަ ބަހަންވީ.. މިވަގުތު އެންމެ ރަނގަޅު ގޮތް

  7
  24
 11. ޢަލީ

  ކަތިލާފަ ފުރިޖަށްލާންއުޅޭ

  6
  20
 12. ޢަލީ

  ކޮތަރު އެކަންޏެއްނޫން އަހަރެ މެންވެސް މިއުޅެނީ ކާއެއްޗެހި ނުލިބިގެން އޯޑަރުނަގާތަނެއްނެތް ފިހާރައަކުން ހަނޑޫ ހަކުރު ފުށްކޮޅެއް ނުލިބޭ މިކަން ހައްލުވީ މަ ކޮތަރަށްވެސް ކާންލިބެން ފަށާނެ. ޢެން މެންވެގެން މިކަން ހައްލުވޭތޯ އުޅެބަލަ.

  14
  4
 13. ތިމާވެށީގެ އައްޕަ

  މީމުޒަވިޔަންޏަށް ގުޅާފަ އަންގާލާ އެއިރުން ކޮވިޑެއް ބަންދެއް ނުބަލާ އެބޭފުޅާ ބައިސިކަލުގަ 3 އިރު ކާންދޭން އަންނާނެ! ގުދުރަތުން ޖަނަވާރުންނާއި ސޫފާސޫފި އޭގެ އަމިއްލަ ޒާތުގައި ކާބޯތަކެރި ހޯދާނެ އެކމަކު އަހަރުމެންގެ ތެރޭ ޒަވިޔަނިން ގިނަވުމުގެ ސަބަބުން މިކަހަލަ ކަންތައް ދިމާވަނީ!

  14
  2
 14. ދެރަ

  ކޮތަރު ގުއި

  5
  4
 15. މުހައްމަދު

  ޖެހިގެންހުރި ބަނޑޭރި ކޮަށިން / ސަހީދު އާދަމް ބިލްޑިންގް އިން ކީއްތޯވާނީ 2 ކިލޯވަރު ހަނޑޫ ދުވާލަކު 2 އިރު އެ ތަންތަނަށް އަލާލަން. ސަރުކާރުގެ ބަޖެޓް އިން 3 އިރު ކާބޯތަކެތި ލިބިގަންނަ ފަރާތްތަކެއް ގައިމު.

  12
 16. ހަނު

  މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުރި ހުރިހާ ގެއަކުން ހަނޑޫ އަޅާލަބަލަ މަގު މަށްޗަށް ދުވާލު ދެ އިރު.

 17. ވިސްނާލުމަށް އެދެމޭ

  ކޮބާ މޒ.... މިނިވަން50އަށް ޖު މްހޫރީ މައިދާން ތައްޔާރުކުރަންއުޅުނުއިރު ކޮތަރުތައް މަރުވެދާނެތީ ނުކައިހުރި މީހެއް މޒއަކީ.... މިއަދު ކޮތަރުތައް މަރުވެފައެތިބީ ނުފެނުނުދޯ ތި މާވެށީގެ ބަފައިންނާ މައިންނަ...

 18. އަލިބެއްޔާ

  މާތްﷲ ޙައްޤުގައި މި ދޫނިތަކަށް ކާން ދިން މީހަކަށް ސަވާބާއި ދަރުމަ ހުއްޓެވެ..

 19. ޚޮތަރުގުއި

  އެތާ ފެންއަރުވާ ވަޑާމެއް ހެދިއިރު ކޮތަރުތަކުގެ ހައްޤު ގެއްލިގެން އުޅުނު ކުދިންތައް ފާންވީނުން އެމީހުންގެ ސަރުކާރުގަ ކޮތަރަށް ކާންދޭން

 20. މީވެސް ރައްޔިތެއް

  ކޮތަރައްއޖހާނެތިކޮއް ހިތާކައްނުވާނެ ތިިީއަނެއްކާ ކިހާހިތްދަތިކަމެއް ކޮތަރެއްގެލޮލުން ކަރުނަތިއްކެއްވެއްޓުނަސް އެވެއްޓޭތަނެއް ފަޅުވާނެ