ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ މި ހައްސާސް ދަނޑިވަޅުގައި ސިއްހީ މާހިރުން ދެއްވާ ލަފާ ގަބޫލުކޮށް އެގޮތަށް އަމަލު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ، ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ މި ހާލަތުގައި ކަމާއި ބެހޭ މާހިރުން ދެއްވާ އިރުޝާދުތަކަށް ބޯލަނބައި، ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުގޮސް ގޭގައި މަޑު ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ ކޮންމެ މީހަކުވެސް ހަމަ ގޭގައި މަޑު ކުރަން. ޒަރޫރީ ހާލަތެއްގަ ފިޔަވައި އެއްގޮތަކަށްވެސް ގެއިން ނުނިކުންނަން. އަދި ބޭރަށް ނުކުމެ އުޅޭއިރުވެސް ބަޔަކާ ދިމާވެއްޖެއްޔާ ފިޒިކަލް ޑިސްޓެންސް ހިފަހައްޓަވާ،" މައުމޫން ވިދާޅުވިއެވެ.

ބަލިން ސަލާމަތްވުމަށް ދިރިއުޅޭ ތަނާއި ލައިގެން ހުންނަ ތަކެތީގެ އިތުރުން އަތް ދޮވުމަކީ އިސްލާމް ދީނުގައިވެސް އަންގަވާފައިވާ ގޮތް ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ. މިގޮތަށް ގިނަ މީހުން އަމަލު ކޮށްފިނަމަ މާގިނަ ދުވަހެއް ނުވެ ބަލިން ސަލާމަތް ވެގެން ދާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހާލަތު މިވަރަށްވެސް ހިފަހެއްޓިފައި އޮތީ ރަސްމީ ފަރާތުން އަޅުއްވާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމުން ކަމަށާއި އެގޮތަށް ފިޔަވަޅު ނޭޅި ނަމަ ރާއްޖޭގެ ހާލަތު މިހާރަށްވުރެ ވެސް ގޯސްވެގެން ދާނެ ކަމަށެވެ.

"ރާއްޖޭގެ ދަތުރުފަތުރުގެ ކަންތައްތަކާއި މިކަންތައްތައްވެސް މަނާ ކުރައްވައި ލޮކްޑައުން ކުރައްވައި އަދި އެންމެންނަށް މި ނަސޭހަތް ދުވާލު ކޮންމެ ދުވަހަކު ދެއްވާ، މިހެން ހެއްދެވީމަ އޭގެވެސް ވަބާއިން އަޅުގަނޑުމެންނަށް މިވަރަށްވެސް މިއޮތީ ހިފެހެއްޓިފައި. އެހެން ނޫންނަމަ މާ ބޮޑަށް ފެތުރިގެން ދިޔައީސް" މައުމޫން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 67 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 40 އަށްވުރެ ގިނަ މީހުންނަކީ ވެރިކަން ކުރާ މާލެއިން ފައްސިވެފައިވާ މީހުންނެވެ. އަދި މިހާތަނަށް މި ބަލި ޖެހިގެން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އީސަ

    ކަލޭ ކެތްތެރިވާށޭ ނުކިޔާ. ރާއްޖެއަށް މި ބަންގާޅުން އެންމެ ގިނައިން ކެނައީ މީހަކީ ތީ. ދިވެހިން ހާލުގަ ޖައްސައިފި މި ވެކަންކުރިހާ ބައިގަނޑު. މީގަ ބަންގާޅުން ގެ ކުށެއް ނެތޭ.

    13
  2. ޢަހުމަދު

    މިކަމުގައި ސަރުކާރުގެ އިހުމާލުވަރަށްބޮޑު މިވީތަނާހަމައާށް ބުނަުންއަކީ ތިމަންމެންތައްޔާރުވެގެންނޭ މިތިބީ 1000 ވެންޓިލޭޓަރ ހޯދަމޭ އިތުރުފެސިލިޓީތަކާއި ތަކެތި އެބަހުރިކަމާއި ބިދޭސިންވަކިތަނަކަށް ބަދަލުކުރާވާހަކައެއް ކޮންތާކުތޯމިހެހުނީ އެންމެފަހުން ހަބަރުންނާއި ނޫސްވެރިންނަށް ކަމާގުޅޭފަރާތަކުންދިން މައުލޫމާތުންއެގުނީ މިނުކުޅޭސަރުކާރުން ކުރިއެއްކަމެއްވެސް ނެތްކަން މުޅިންވެސް ދޮގުހަދައި ފޮނިބައިޒާކެޑިތަންފެނުނީ

    14
  3. މަރުވާނު

    މިކަން އާދައިގެ ރައްޔިތުންގެ ބޮލުގައި ނާޅުވާ. މީ އެއަަރޕޯޓުން މާލެ ތެރެއަށް އެތެރެވި ބައްޔެއް. ޕޮޒިޓޮވް މީހަކާ ކޮންޓެކްޓްވި މީހެއް ދޫކޮށްލާފައި ހުރުމުގެ ސަބަބުން ވީކަމެއް. އެހެރީ ވީޑިއޯ ފެންނަން.

    13
  4. ގަދަހުން

    މަައުމޫނަކީ މިހާރު މީހުނަށް ޚިޔާލުދޭން ކާކުތޯ އެއީ މިގައުމު ބިނާކޮށް އެެއަށްފަހު މިގައުމު ހަލާކުކޮށް މިގައުމުގަ ލާދީނިއްޔަތު ފަތުރަން މަސައްކަތްކުރާ މޭސްތިރި

    10
  5. ގަދަހުން

    މަައުމޫނަކީ މިހާރު މީހުނަށް ޚިޔާލުދޭން ކާކުތޯ އެއީ މިގައުމު ބިނާކޮށް އެެއަށްފަހު މިގައުމު ހަލާކުކޮށް މިގައުމުގަ ލާދީނިއްޔަތު ފަތުރަން މަސައްކަތްކުރާ މޭސްތިރި މިގައުގެ އެއްވެސްރައްޔިތަކު މިގައުމައް ހެޔޮއެދޭނަމަ އޭނަގެ ވާހަކަ ގަބޫލުނުކުރުމަށް ހަރުއަޑުން ގޮވާލަން

  6. ޒއގ

    މީނަޔައް މިގައު ފެނުނީ މިއަދުތަ؟ މީހުން ކަރަންފައިން އަރާފައި ފަޒާއައްމީހުން ފޮނުވާނެ ކަމެއް ނެތް! މިގައުމު މިހާލަތައް މިއައީ މީނަގެ ކާފަދަރިން ގެނެސް މަގުތަކައް ނިކަމެތިގޮތުގައި ދޫކޮއްލުމުން ،

  7. ދެކޮތަރު މައިދާން

    ޑޮކްޓަރުންގެ ޓީމަކުން މިދިޔަމަހު ކުރީކޮޅު ބުނި މިހާލަތައް ގޮސްދާނޭ. އެބަސް އެއްސެވި ނަމައޭ މަގޭ ހިތައް އަރާ

  8. އަލީއިމްރާނ

    އަޅުގަނޑު ހިތައް އަރަނީ ލަދެއް ގަންނަ މީހަކު އުޅޭބާއޭ އެ ދިގުރާސްތާ 30 އަހަރު މިގައުމައް ދިން އަނިޔާ 98 އާގްބޯޓައް ވީގޮތެއް ނޭންގުނު ދޭތެރެ ދުރުކޮއް އައްޑަނަ ބަހައިގެން މިއަދު ނެއް މަހައް ފަރައް ދާނެ ބަޔެއްނެއް ގައުމުގެ ރައްޔަތުން 100 ފޫޓް 100 ފޫޓް ގޮޅިއެއްގައި އުޅެންޖެއްސީ ބިންތައް ހިސޯރުކޮއް ނުދީ ބާއްވައިގެން ކޮބާތޯ ވީ ފައިދާއެއް ފުލެޓްގެ ނަމުގައި ގެސްޓް ހައުސް އަޅައިގެން ރައްޔަތުން ކުރާ ހުރިހާ މަސައްކަތުން ލިބޭ ރުފިޔާކޮޅު ކުއްޔައް ދޭންޖެއްސީ 1978 އަހަރާ ހަމަޔައް ރައްޔަތުން އައީ އަމިއްލަޔައް ގެދޮރު އަޅައިގެން ލިބުނު ފަހަރަކު ކައިގެން ނުލިބުނު ފަހަރު ނުކައި ދެން މިއަދު ރައްޔަތުން ކުއްވެރި ކުރަން ރައްޔަތުން މިތިބީ ގޭގައި އެކަމަކު ބަޔެއް މިހުން ނުތިބެނީ ހޮރެއްގަ 10 12 މީހުންނައް ނުތިވޭތީ މާލެޔާ ހުޅުމާލޭގަ ބިންތައް ފަޅައް ރައްރަށުގަ ހިލޭ ބިންދޫކޮއްފައި މިމަލޭގެ ރައްޔިތަކައް ނުދީ އަޅުވެތކުރީ

  9. އަލި

  10. ައހުމަދޫ

    މީނައަދިވެސް އެބައުޅޭތަ؟ މީނަދައްކާވާހަކަ މިހާރު ގަބޫލުކުރާނެ މީހަކު ނުހުންނާނެ މިރާއްޖޭކު. ފަޒާއަށް ދޭ/