ރާއްޖޭގައި ތިބި ފަތުރުވެރިން ބަލާ ގަތަރް އެއާވޭސްގެ ފްލައިޓެއް މާދަމާ އަންނާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެކަން ހާމަކޮށް އެ މިނިސްޓްރީން މިއަދު ވިދާޅުވީ، މާދަމާ ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ގަތަރު އެއަވޭސް ފްލައިޓް QR675 އާއި ގުޅޭ
ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން އެ މީހުންގެ ޤައުމަށް ގެންދިޔުމަށް އެ ފްލައިޓް މާދަމާ މެންދުރު 15:00 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މި ފްލައިޓުން ފުރުމަށް ޓިކެޓް ނަންގަވާފައިވާ ފަސިންޖަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިއުމުގައި އަަމަލު ކުރަން ޖެހޭ ގޮތް އަންގާފައިވާނެ ކަމަށާއި، އަދި މިނިސްޓްރީއަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު މިރޭ 23:50 ގެ ކުރިން އީމެއިލް މެދުވެރިކޮށް އެންގުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އެ މިނިސްޓްރީން ވަނީ، ޓޫރިސްޓް ފެސިލިޓީތަކުގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން ޓުއަރިޒަމް މިނިސްޓްރީއާއި
ފޮރިން މިނިސްޓްރީގެ އިތުރުން ފުލުހުންނާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް އެދިފައެވެ.

ރާއްޖެއިން ކޮވިޑް-19ގެ ކޭސްތައް ފެނުމާއި ގުޅިގެން ވައިގެ ބައިނަލްއަގްވާމީ ދަތުރުފަތުރުތައް ވަނީ ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗޮސް

    އާން ރަނގަޅު އަވަހަށް އައިސް ގެންދޭ ދޮންމީހުންކޮޅު ކިހާ ދުވަހެއް އެހެން ވެއިޓިންގ ގަ ތިބޭތާ

  2. ފެކްޓް

    މިއަދު ބަންގްލާ 70 މީހުން ފޮނުވާވާހަކަވެސް ބުނި. އަދި ނުވޭ ފޮނުވިކަމުގެ ޚަބަރެއް