މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނުމާއި ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމާއި މުހާތަބު ކުރެއްވިއިރު އެމަނިކުފާނަށް ކީރިތި ކުރެވިގެން ދިއުމުން އެނގިގެން ދިޔައީ އެ މަނިކުފާނު ގައުމު ދެކެ ލޯބިވަޑައިގަންނަވާ މިންވަރު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ، ކީރިތި ކުރެއްވުމަކީ އެހެން ރައީސުންނަށްވެސް ދިމާވެފައިވާ އަދި ހުދު އެމަނިކުފާނަށްވެސް ކުރެއްވިފައިވާ ކަމެއް ކަމަށާއި އެއީ ތަބީއަތުގައި ހުންނަ ކަމެއް ކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޤައުމާއި މުހާތަބު ކުރެއްވިއިރު، ކީރިތި ކުރެވިފައިވަނީ އެމަނިކުފާނު ގައުމަށްޓަކައި ފިކުރު ކުރައްވާތީ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

"އެއީ އެމަނިކުފާނުގެ ހިތްޕުޅުގައި ޤައުމަށް ލޯބި އޮތް މިންވަރު. އެކަހަލަ ކަންތައްތަކަށް އިހްތިރާމް ކުރަން ޖެހޭނެ" ކުރީގެ ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން އިތުރަށް ވިދާޅުވީ، އެދުވަހު ކީރިތި ކުރައްވަމުން ޤައުމާއި މުހާތަބު ކުރެއްވިއިރު، ރައީސް ސޯލިހަށް ކުރައްވާފައި ހުރި އަސަރު އެމަނިކުފާނުގެ އަޑުފުޅުން ސާފުކޮށް ދެއްވާ ކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހު ގައުމާއި މުހާތަބު ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ޙާލަތަކަށް ސަރުކާރު އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން އަންނަނީ މިފަދަ ޙާލަތަކަށް ވަރަށް ބޮޑަށް ތައްޔާރުވަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ހާރިސުބެ

    ސީދާ ކަނޑަ އެޅިގެން ދޮގެއް.

    67
    12
  2. ހަރު

    މި ދުވަސްކޮޅު ސިޔާސީ ސްޓަންޓް ނުޖައްސާ މަޑުން ހުރޭ. އަހަރެމެން ބޭނުން ވަނީ ކަންކަން ކުރަން އެނގޭ ގަދަ ކަނޑުގައި ގައުމައިގެން ކުރިއަށް ގެންދަން އެނގޭ ވަރުގަދަ މާލިމީއެއް. ނެގި މަޑުވެފައި ހަދާނެ ގޮތެއް ނޭނގިފައި ހުރިހާ ކަމެއް އެހެން މީހުންގެ ބޮލަށް ޖަހާފައި ފިލާފައި ހުންނަ ވެރިއަކު ބޭނުމެއް ނޫން. ވަރު ގަދަ ލީޑަރުން ލަންކާ އިން އެ ފެންނަނީ. ހަމަ ރުޔަކަސް ފޯޓޯ ގަނޑެއް އެކަނި ނެގޭނީ. އަހަރެމެން ހަނާ މިވަނީ.

    77
    9
  3. ޑަބިޔާ

    ކޮންލޯއްބެއް ހުސްދައްކާ ދަޅަ އަންނި އަދި މަޖިލީސް މެބްބަރު ކޮރޯނާ ޖައްސާފައޭ ކަންތައް ކުރަަނީ ބުނިއިރު މީނައަށް ނުރޮވުނު މިވަނީ ކީއްކަން ނޭންގުނު. ޑޮކްޓަރުން ނުނިކުންނަން ބުނެގެން ބަންދުކުރީ. މިހާރު ބިރުންއުޅޭނެ ކަމެއްނެއް ޖެހިދާނެތީވެ. ކަލާންގެ ވާކަން ހަދާންވަނީ ކަމެއްދިމާވީމަ. ދެންތިގޮވަނީ ދީނުގަ އޮންނަ އުސޫލުން ކަންތައްކުރަން. އިސްލާމްދީނުގަ އޮންނަގޮތައް ކަންތައްނުކޮއް އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ. ދެންވެސް ﷲ ގެ މަގައް ރުޖޫއަވެ އިސްލާމީ ސަރިއަށް ގާއިމްކޮއްބަލަ. މިފެންނަ ކަންތައްތަކުން އިބުރަތް ހާސިލްކޮއް

    74
    4
    • ބުއްޅަބެ

      ކީރިތި ކުރެއްވުނީ ގައުމެއްގެ ވެރިކަން ކުރެވޭ ވަރުގެ ގާބިލްކަން ނެއްްކަން އަމިލައަށް އިހުސާސު ކުރެވޭތީ.

      9
      1
  4. ޔާﷲ މިގައުމު ރައްކާތެރި ކުރައްވާދޭ

    ގައު މަށް ލޯބި އޮތީޔާ އިސްތިއުފާ ދެއްވާފަ ގާބިލު ބަޔަކާ ގައު މު ހަވަލްކުރޭ ގައު މު މިދަނީ ބޮއްސުން ލާގެން ދައްކާ ވާހަކަޔާ އަ މަލާ ދި މާނުވޭ

    76
    7
  5. ހުސޭނުބޭ

    ހާޖަރާގެ ލުތުފީ ލަންކާގެ އެމްބަސީގައި ވީއައިޕީގެ ޚިދުމަތުގައި ފޮރުވައިގެން ގެންގުޅުނުއިރުވެސް އެ ޚިދުމަތްދެމުން ރައީސް ކީރިތިކުރައްވާ ކަރުނައެޅުއްވިއެވެ. ހަމަ ދިވެހި ޤައުމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. ލޮލް!

    78
    6
  6. ޯބޯޖަލީލު

    ސީދާ ކަނޑައެޅިގެން ދޮގެއް

    7
    1
  7. އެކްޓަރ

    ރ.މައުމޫނު އަވަހާރަވަންދެން ރ. ސޯލިހުއަށް ހުޝާމަތްކޮށް ކައިރި ކުދިންނަށް މިނިސްޓަރ ކަން ދީގެން ހުންނާތި. ރ.ސޯލިހު އަށް ކީރިތި ކުރެވުނީ އެއީ ކަމުގެ ބޮޑްކަމުން
    ކަންޕ ވެދާނެ... އެކަމަކު މައުމޫނު މިޤައުމަށް 30 އަހަރު ކުރި އަނިޔާ ދުވަހަކުވެސް ރައްޔިތުން ހިތުން ނުފިލާނެ ..ވަރަށް އަވަހަށް މިޤައުމު އެހެން މަރުހަލާއަކަށް ސިޔާސީގޮތުން ބަދަލްވާނެ.. ރައްޔިތުން މައުމޫނަށް މައާފު ނުކުރާނެ...

    7
    1
  8. ދަރަނި ދަންތުރަ

    ގައުމުދެކެ ވާލޯބިންތޯ 32 ބިލިޔަން 8 މަސްދުވަސްތެރޭ ދަވާލީ ވެރިކަމަށް އައިފަހުން މިދިމާވިކަންތަކާ ކުރިމަލާންޖެހުނީމަ ގިސްލާރޯންފެށީ ތައްޔާތައްޔާރޭ ތައްޔާރޭ ކީ ވީއެއްކަމެއްވެސްނެތް މިހާރުވެސް ކުރަންނުޖެހޭ ބޭކާރު ކަންތަށްތަށް ކުރަނީ އަތުންފައިން ގޯސްހަދަނީ ރޭވުންތެރިކަމެއްނެތް އަރިހުގައި 100 މުސީރުން ގައުމު ދަވާލައިފި...

  9. ސަރައްކާލި

    2008 ގެ ރިޔާސީ އިންތިޚާބުން މަނިކުފާނު ބަލިވުމުން މަނިކުފާނަށް ކީރިތިކުރެއްވުނީ ވެރިކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން.

  10. ޑ3

    ކުރެވުނު ކަންތައް ހިތައްއްރާފަ ވެރިކަން ވެއްޓެނީއޭހިވެފަ ރުއޭ އާ އެހެންޏާފަހެ މިމީހުންކީއްތަކުރީ މިކަމުން އަރައިގަންނަން ޓޮއިލެތް ޕޭޕާއިން ފައިގަތެޅީ

  11. އައްޑޫ މީހާ

    ހަަހަހަހަ ހަމަ އަސްލުތަ؟ ވާވާ ކިޔާ މަޒާކްހޭ ކިޔާ މޫދީޖީހޭ އިބިރިހިމާ ސަހޭބް ހަހަހަހަ

  12. މިރުސް

    މަނިކުފާނު ތިކަހަލަ ވާހަކަދެއްކީމާއަންނަނީ ހިނި ހެޔޮނުވާނެ އަގައިންނުބުނެ ގޭގައި މަޑުކޮށްލާ މިގައުމު މިހާލަތައް އައިގޮތާއި ދޭތެރޭވިސްނާބަޔަކު ތިވާހަކަ ގަބޫލެއްނުކުރާނެ އަދި މިގައުމުގައިތިބި ސިއްޚީ މާހިރުން މިގައުމުގެ ވައިގެ ބަދަރުބަންދު ކުރާށޭ ގޮވާއާދޭސް ކުރިއިރުވެސް އަޅާވެސްނުލާހުރެ މިގައުމަށް ތިވައިރަސް އިންޕޯޓްކުރީ މިގައުމުގެ ރައްޔަތުންދެކެ ލޯބިވާތީތޯ؟ ރައަީސް ކީރިތިކުރެއްވި ސަބަބު މިއޮތީ މިގައުމުގެ އެއްވެސް ރައްޔަތަކު އެމަނިކުފާނައް މާފުނު ކުރާނެކަން އެގޭތީ އަދި އެމަނިކުފާނުގެ ވެރިކަން ނިމުމުން އެމަނިކުފާނު މިގައުމަށްވީ ޚިޔާނަތްބަލާ މުޅި އުމުރުދުވަހު ދެންވާނެގޮތް ހިތައްއަރާފައި

  13. ާބޭކާރު

    ގައުމުދެކެ ލޯބި ވާނަމަ ނަސީދު ދައްކާވާހަކަތަކަށް ފިޔަވަޅު އެޅުއްވީސް

    ތިކަން ގަބޫލުކުރާނީ ކިހިނެތް

  14. ދޮހޮއްކޮބެ

    ގައުމަށްކޮށްދެވުނީ ކޮންކަމެއްތޯ؟ތިހާލޯބިވާނަމަ ވޭތުވެގެން ދިޔަދުވަސްތަކުގައި!އަރާ ސެލްފީނެގުން ، ކުޅިވަރު ކުޅެ މަޖާކުރުން! ޥަޒީފާތަކަށް ނާގާބިލް މީހުންލާ ބޮޑުމުސާރަދިނުން!މާލިއްޔަތު ކައްވާލުން! ގައުމީ މައްސަލަތައް ހުރީ އަތްވެސް ޖައްސާނުލައި! މަކަރުހެދުމާއި ހީލަތްތެރިކަން އިންތިހާގައި! މަޖުލިސް ރައީސް ދެމުސާރައާއެކު ވެޑުވިފާ! ބަލި ފެތުރުުމުގެ ހަގީގީ ޒިއްމާ އުފުލަންޖެހޭނެ!

  15. ސޯޓުބެ

    އަސްލުވެސްތަ؟

  16. ބޯގޯސް

    ކަލޭ ދެން ކީވެފަޔޯލަ ތިޔައިނީ ކަލޭހިތުން ކަލޭވަރުގެ ގައު މައް ލޯތްބެއްވެސް ކުލުނެއްވެސް ހުރެގެންއުޅޭ މީހަކު ނެތް ކަލޭވެސް ދެފައިތަޅާފަ އަޑުން އަޑުނަގާފަ ފެލެންވީނު ދުއްޕާންބޮޑު އިފުރީތެއް މިވެސް

  17. ވިސްނާލުމަށް އެދެމޭ

    އަހަރެ މެންނަ އެހާ މުހިއް މެނޫން ރައީސް ރުއީ ކޮންކަ މަކާތޯބަލަން...ކަލޭ ބަލާބަލަ ކަލޭގެ އެއްބަފާ ކޮއްކޮ ރޯރުއިން..އެކޮއްކޮގެ އާއިލާ ރޯރުއިން..ތިޔައީ ކުލުނެއޮތް ހިތެއޮތް މީހެއްނަ މަ އަނގަނުހުޅުވާނެ..ރައީސު ރުއީ ކީއްވެކަން އޮޅުންފިލުވަން އުޅޭ އެއްވެސް ރައްޔިތެހުރިހެން ހީނުވޭ އެކަން ދިރާސާކުރަނީ މީނައެކަނި..ރައްޔިތުންނާ ގައު މުދެކެ ލޯބިވީވަރުން ތިތިބީ ގެރި މޯދީއަށް ގައު މުވިއްކައިގެން..ރުޅިއަރުވަން ނޫޅެ މަޑުންހުރޭ..ޒަޙަ މް ކޮއްފަ ފާރުގަޑުގަ ލޮނު މިރުސް އަޅަން ރައްޔިތުން މިއަދު ބޭނު މެނޫން...ނަސްރީނާގެ ކަރުނަފޮހެދޭންހުރޭ...ދުނިޔޭގަ ތާރީހުގަ ލިޔެވޭނެ މި މީހާގެ ނުބައިވާހަކަ...ރައްޔިތުންނަ ކޮވިޑް ޖެހުނީ ކަނޑުންބޭނި މަހަކުންނެނޫން ޕާޓީއަށް ތައްޔާރުކުރި ކާއެއްޗެހިންނެނޫން..ސަރުކާރުން ދޫކޮއްލި ބޮޑުންނާ އެ މީހުންގެ އާއިލާގެ ޒަރިއްޔާއިން ރައީސްކިތައް މެ ވަރަކަށް ރުޔަސް މިކަ މުގެ ޒިން މާ ސަރުކާރުން އުފުލަންޖެހޭނެ..ރައްޔިތުންނަ ތަކުލީފުދީފަ ޓްވީޓްކުރަން ދެ މީހުންތިތިބެނީ ހޭން...

  18. ޙަސަންބެ

    ޤައުމަށް ލޯބިއޮތްވަރު އެގޭ ބަޣާވާތެއް ކުރަން ރޭވީމާ. ޠިވާގޮތަކީ މަށަށް ކެވުނީމަ މަށަށް އޯކޭ.

  19. ޤައުމު

    ރާއްޖެ ލޮކްޑައުންކުރީ އިންޓަރނޭޝަނަލް ހުރިހާ އެއާލައިންއެއް ހުއްޓާލީމަ ދެންކުރިކަމަކީ ހޯމްއައިސޮލޭޝަން ކިޔާފަ ރާއްޖޭން ބޭރުންއައި ހުރިހާއެންމެން މާލެތެރެއަށް ދޫކޮއްލީ މީ ހަޤީގަތަކީ!!!!
    މިކަމުގެ ޒިންމާ ސަރުކާރުގެ އިސްވެރިން ނަގަންޖެހޭނެ ޗަންޕާއަށް ޑޮލަރުހޯދަން ދިވެހި ރައްޔިތުން ޤުރުބާންކުރީ މީމިކަންވީގޮތަކީ ސަލާމް

  20. ވަޙީދް

    ރައީސް ރުއީ ރައްޔަތުން ދެކެ ލޯބިވާތީކީނޫން ބިރުން ރައްޔަތުންނަށް އޮޅުވާލާ ކަންކަން ކުރެވިފަ ވާތީ ރަގަޅައް ވީޑިއޯ ބަލާބަލަ ބިރުގަނެ ތުރުތުރު ލާތަން ފެންނާނެ

  21. ޞަން

    ???ސިޔާސީ އޯ ސިޔާސީ??

  22. ޤައުމީ ލޯބި

    ތިޔަހެރީ ފިސާރި ޤައު މީ ލޯބި ޖެހިފައެވެ. ޤައު މި ލޯބީގައި ދިވާނާވެ ވާނުވާނޭގި ޤައު މުވިއްކާލެވި އިސްލާމ މް ދީނަށް ފުރައްސާރަކޮށް ދައުލަތުގެ ޚަޒާނާ އެގޮތް މިގޮތަށް ބަހާ ހުސްކުރެވުނީއެވެ. ޢެހެންވެ ޒީރޯ ޓޮލަރެންސްގައި ކީރިތި ކުރެއްވުނީއެވެ. މިއަށްކިޔަނީ ޤައު މީ ލޯބި ކަ މަށްވާނަ މަ ދެން މިއަށް ޤައު މީ ލޯބި ކިޔައިގެން އަތްޖަހަން ތިބޭށެވެ. ވަރަށް ސަލާ މް.

  23. Anonymous

    މި ޤައުމުގެ ތިން ޖީލު ހަލާކު ކޮއްލި ދައްޖާލު

  24. ބުނެވިދާނެ

    ގައުމުދެކެ ލޯބިވަންޏާ އަޅެ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގައުމުން ހުސްކޮށްބަލަ

  25. ކަރުނަޔާނުލާ

    ގައުމުދެކެލޯބިވަނީ ވަކިދުވަސްވަރެއްގަތަ ރައީސްޔާމީންގެ ވެރިކަމުގަ ރާއްޖެބޮއިކޮޓު ކުރަންގޮވީ ގައުމުދެކެ ލޯބިވާތީތޯ ކަންދައްކަން ރޮއެހޭރޭނެކަމެއްނެތް ވަގުތުފާއިތުވެއްޖެ ލާދީނީ ސަރުކާރެކޭ ރައްޔަތުންގޮވިހަނދާނާ ބިރުވެރި ކޮވިޑުގެ ނުރައްކާތެރިކަން ހަނދާންވެ ލޮލުންކަރުނަ ފައިބަންފެށީމަ މައުމޫނުލައްވާ ރަށްޔަތުން ހައްދަން ތިކުރާމަސައްކަތް ރައްޔަތުން މިއަދު ބަލައެއް ނުގަނޭ.

  26. ސަންތިމަރިޔަބު

    ފަހެ ހައިރާންވެ ޢަންތަރީސް ވާވަރުވޭ ތިމަ ތިމާމެން ވެރިކަމުގާއި ނެތީވިއްޔާ ގައުމުދެކެ ލޯތްބެއްނުވޭ ހަރުބީ ކާފަރުންނާއި ގުޅިގެން ރަންބިސް އަޅާކުކުޅު ބިސްތާށި ކޮއްލުމަށް ކެޑިނޭޅި ކުރިމަސަޢްކަތާއި ދޭތެރޭ ކުޑަކޮންވެސް މަނިކުފާނުވިސްނާލެެއްވީންތޯ؟ ﷲ ސުބްހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާ އޭރު ޓުއަރިޒަމް ބޯއިކޮޓްކުރުމަށް ގޮވާ ހަޅޭލެވި މީހުން ވެރިކަމާއި ހަވާލުވެ ހިންދެމި ނުލެވިގެން އުޅެނިކޮއް ޓުއަރިޒަމް އޮޓަމެޓިކުން ބޯއިކޮޓް ވެގެން ދިޔަގޮތާއި މެދު ވިސްނާ ފިކުރު ކުރާމީހުނަށް އިބްރަތެއް ކަމުގާއި ނުވާބާ؟ ގައުމު ދެކެވާ ލޯތްބެއް ގެސަބަބުން ކަރުނަހިލި ކީރިތި ކުރެއްވޭނަމަ ވެރިކަމާދުރުގާއި ތިއްބެވި އިރު ރައްޔިތުން ބަޑަށްޖެއްސުމުގެ މަސައްކަތް ގުންފާއިޖަށް ސަވާކުރަށްވާނެބާ؟
    ހަމަ ހިނިއަންނަނީ

  27. އަލީ އިމްރާނ

    ވަރައް ވާހަކަ ރީތި މިގައުމުގެ ރައްޔަތުންނައް ދަރި އުޅުމުގެ ދަތި ކުރުމުގެ ކާރިސާ އެއް ޖައްސާފައެއްނު ވެރިކަމުން ފޭބުނީ 1978 އަހަރާ ހަމަޔައް މިގައުމުގައި ސަރުކަރައް ރުފިޔާ ދައްކައިގެން ދިރި އުޅުނު ރައްޔިތަކު ނޫޅޭނެ ވެރިކަމުގެ ދަހިވެތިކަމުގައި ބިންތައް ހިސޯރުކޮއް ހަމަ އެކަނި މިމާލޭގެ ރައްޔަތުންނައް ގޯތި ނުދީ 100 އަކަފޫޓްގަ 4،5 ކުތިން ގޮވައިގެން އުޅެންޖެއްސީ ބިންތައް ފަޅައްބާއްވާފައި ފާޑު ފާޑުގެ ނަންނަމުގައި ކޮށި އަޅާ ވަށާފާރުލާފައި މީ އަނިޔާ އެއް ނޫންތޯ މިއަދު މާ ރައްޔަތުންދެކެ ލޯބިން ކަމައް ހެދިގެން ރައްޔަތަކު ދެކެ ލޯއްބެއް ވެވޭނީ ޙުދު ތިމާ މީހާއާއީ ތިމާމީހުންގެ އަނބިދަރީން ދެކެ ލޯބިނުވާމީހަކު ދެން ކާކުދެކެތޯ ލޯބިވެވޭނީ

  28. ފުލްސަޕޯޓަރ

    އަޅޭ!މީނަބޭގަޑު ލަދެއްވެސްނުގަނޭތަ؟ ހީހީހަލާކު ހަމަ

  29. Anonymous

    އަހަރެމެންކާރީ ނުބުނޭ!?

  30. ޅަބޭ

    މައު މޫނަކީ މާނަ އޮޅުވަަލައީގެން ވާހަކަދެއްކު މަށް މޮޅު
    މީހެއް. މަދު ދިވެއްސެއްގެ ހިތުގަނޫނީ ދިވެހި ޤައު މަށް މަތިވެރި ލޯބި އޮންނާނެ. ވީ މާ ހުވާކޮށްފަވެސް ބުނަންވީނު. އެކަ މަކު އެބުނެވުނީ
    މާ މޮޅު ވާހަކައަކަށް ވާނެބާ! އޭނާ ނުބުނިވާހަކަ
    އަސްލު މާމ މޮޅު. ރާއްޖެ ކަހަލަ މީސްކޮޅު މަދު،
    ކަރަންޓީނު ކުރަން ފަސޭހަ ގޮތަށް އޮތް ދުޢިސައްތައެއްހާ ރަށުގެ ކަންތައްތައް ހޭންޑްލް ނުކުރެވުނު ވާހަކަ.

  31. ނަސްރީނާ މެޑަމް

    ނެޕީ ޖަހައިގެން އޮވެބަލަ ޤައުމުގެ ހަލާކު

  32. ރަނާ

    ކުރީގެ ރައީސުންނަށް ދޭ ފައިސާއިންވެސް ބައެއް އުނިކުރަންޖެހޭ ދަނޑިވަޅެއް މީ، ރައްޔިތުން މިހާ ހާލުގް އުޅޭއިރުވެސް މައުމޫނުމެން އެއްޗެއް ހިތާއަރާނަމަ ، ކަމެއްނުކޮށްހުރެ ސަރުކާރުން ތިނަގާ ލާރިގަނދުން ބައެއް ކަނޑާލީސް.،

  33. ފާރިސް

    ކަލެއަށް ދޭ ލާރިގަނޑު ނުލިބިދާނެތީދޯ ތިއުޅެނީ.

  34. ާަަަުުބިސް

    ގައުމުދަވާލި ކިނބޫ ބިސްއަޅާ ވަގުތު ވަރަށް ރޯނެ.