ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުން އެއް ކެންޑިޑޭޓް ކަނޑައަޅާނީ ވަކި ޕާޓީ ތަކުގެ ޕްރައިމަރީއަކަށް ފަހު ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން ނެރޭނީ އެއް ކެންޑިޑޭޓެއް ކަމަށާއި އެ އެއް ކެންޑިޑޭޓް ކަނޑައަޅާނީ ވަކި ޕާޓީތަކުގެ ޕްރައިމަރީއަކަށް ފަހު ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވާއިރު އިދިކޮޅު ފަރާތް ތަކުން ހުކުރު ދުވަހު ރަސްދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، އިދިކޮޅު އެއް ކެނޑިޑޭޓެއް ހުންނާނެ ކަމަށާއި ރައްޔިތުން ކުރަންވީ ކަމަކީ އެ ކެނޑިޑޭޓަށް ވޯޓު ދޭން ތައްޔާރުވުން ކަމަށެވެ.

ނަމަވެސް އިއްޔެ ވެސް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު އެންމެ ފަހު ވަގުތު ލިބޭނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް ރާއްޖޭގެ ޤާނޫނު އަސާސީ އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ރައީސް ނަޝީދުގައި ކިބަޔަކު ނެތެވެ.

އިދިކޮޅުން ނެރޭނެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަން މަޝްވަރާތައް ކުރިއަށްދާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ނަޝީދު

    އެއް ކެންޑިޑޭޓަކީ މަށޭ ބުނެލިނަމަ!

  2. އެދުރުބޭ

    ތިޔަ ހިސާބަކީ ތިބައިގަނޑުގެ ތަޅާފޮޅުން ފެށި ނިމޭ ހިސާބު!

  3. ހަންޑި

    ދެއުޅިއެއްނެތް އނގަނުހާވާ

  4. ބޫސުފުޔާން

    ޏެރޭނެ މީހަކުނެތިއްޔާލައެލާނެރެބަލަ...

  5. ބޫސުފުޔާން

    މަމެންނައްފެންނަނީ އަންނި ދެން ހިތާނުކުރަންފައްޓަންއޭރުންމާރަނގަޅުވާނެ

  6. ޝާހިދު

    ނައީމައްތަ އަށް ޓިކެޓް ދޭން ވަރަށް ފެނޭ.... ވަރަށް ޔަގީން ތިއުޅޭ އެއްމެނަށް ވުރެން ގިނަ ވޯޓް ލިބޭނެ

    • ހުސޭނުބޭ

      މަށަށް ޔަޤީންވަނީ ނިޢުމާ އެ ނިކުތީ މިކަމާހެން. ނަޢީމައްތަ ޢުމުރުހަމަވެ އެކްސްޕަޔާވެފައި ހުރުމުން މަށަށް ރަގަޅީ ނިއުމާ!

  7. އެނގޭތަ

    ކަލޭ ރަނގަޅު ވާނީ އީޔޫ ނުވަތަ އިނގިރޭސި ވިލާޔަތައް ކުރިމަތިލާން. މިގައުމަކައް ކުފޫއެއް ހަމައެއް ނުވޭ.ލާދީނީ ކަމުން.

  8. މިބުނީ

    ތިއާ އަންނި ބައިވެރިވާން ވަރަށް ސަޅި އިންޠިޚާބެއް އެއިރުން އިންޠީޚާބުން ކަމިޔާބު ލިބުނީމަ އިގިރޭސި ވިލާތުގައި ހުރެގެން ކިޔާ
    މަމީ ރައީސޭ އިދިކޮޅީން ހޮވާފައިވާ އެކަމު ރާއްޖޭގެ ޤާނޫނުން ރާއްޖޭގެ ރައިސްކަމަށް ކުރިމަތިލެވެން ނެތް ޙަލުގަ އަމިއްލައަށް ޕްރައިމަރީންހޮވި އެހެން މީހަކަށް ފުރުޞަތުނުދީ ގުބޯނައްޓާ ރައީސް

  9. މަހަށްދޭބަލަ

    ނުވާނެ ތިޔާ ކަމެއް ކޮން ޕްރައިމަރީ އެއް ތޭ ބޮޑު އެއް ޕްރައިމަރީ އޮންނާނީ ތަމެން ސިޔާސީ ޕާރޓީ ތަކުން ބާއްވާ ޕްރައިމަރީ ބާއްވަން ޖެހޭނީ ސީދާ އިލެކްޝަންސް ކަމިޝަންގެ ބެލުމުގެ ދަށުން ކަަމަށްވާތީވެ އެކަމަށް ޓަކައި ބިލެއް މަޖްލީހަށް ލައިގެން ބިލެއް ފާސް ކުރަންވީ އަވަހަށް. ސިޔާސީ ޕާރޓީ ތަކުގެ ޕްރައިމަރީ ބާއްވަން ޖެހޭނީ އިލެކްޝަންސް ކަމިޝަންގެ ބެލުމުގެ ދަށުންނޭ އެއިރުން ރަންރީނދޫ ޓްވިޓަރޭ މެންނަށް ވޯޓް އިން ވައްކަން ނުކުރެވޭނީ ސިޔާސީ ޕާރޓީ ތަކުގެ ޕްރައިމަރީ ގައި ވޯޓް ލާއިރު.

  10. އަލީ

    ނަޝީދު ނުހޮވިއްޖެނަމަ ބައިބައި ވާނެކަން ޔަގީން.

  11. ރާބޮކި

    ރަސްދޫ ޖަލްސާގަ ގައިމު ބުނި ކެންޑިޑޭޓްހުރި ނަގާފައޭ
    ނުނަގަންދޯ
    ކޮންމެކަމެއްގަވެސް މަކަރާ ދޮގާ އޮޅުވާލުން
    ދެންކޮންވެރިކަމެއް ކުރެވޭނީ
    ނަޝީދޫ ކޮންމެސް އެހެންކަމަކާ އުޅެންވީނު

  12. ފެނޭދޯ

    ކޮބާ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  13. ފައިޞަލް

    އިދިކޮޅު ކެންޑިޑޭޓަކީ ނަޢީމާއްތަ މައުމޫން ޢިމްރާން ޤާސިމް އިބޫ މި ހަތަރު

    މީހުން މިކަމަށް އިއްތިފާޤުވޭ ޤަބޫލްނުވަނީ ހަމައެކަނި ކެނެރިގޭ ނާޝީދު

  14. މަލަކުރި

    ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު އެންމެ ފަހު ވަގުތު ލިބޭނެ ކަމަށެވެ. ކިހެނެއް އެކަމެއްވާނީ- އެމް.ޑީ.ޕީ އިންވެސް އެހެން މީހަކާއި މެދު ވިސްނާން އެބަޖެހޭ- އެ ޕާޓީއަކީ ނަޝީދެއްނޫން- ކޮންމެ މީހަކަށްވެސް ފުރުޞަތު އޮންނަންވާނެ އެގޮތަށް މެމްބަރުން ބަލައިގަނެ ޚިޔާލު ބަދަލުކުރަން ފެނޭ- މިހެން ނުވަންޏާ ކުރި އެރުމެއް ނުލިބޭނެ.