ކޮވިޑް-19 މާލެއިން ފެނިފައިވާ މި ޙައްސާސް ދަނޑިވަޅުގައި، ފައްސިވެފައިވާ މީހަކާއި ކޮންޓެކްޓްވި ކަމަށް ބުނާ މަންމަ އަކު ވިހައިގެން ނުވަ ދުވަސްވީ އިރުވެސް އެޗްޕީއޭގެ ބަހެއް ނުލިބި، މެޑިކަލް ސަޕޯޓަށް އާދޭސް ކުރަން ޖެހިއްޖެއެވެ.

އެ އަންހެން މީހާގެ އާއިލާގެ ފަރާތުން "ވަގުތު" އަށް މައުލޫމާތު ހިއްސާ ކުރަމުން ބުނެފައިވަނީ ކޮވިޑް-19 ޖެހިފައިވާކަމަށް ބުނެފައިވާ މީހަކާއި ކޮންޓެކްޓް ވެފައިވަނީ މިމަހުގެ 12 ވަނަ ދުވަހާއި 13 ދުވަހު ކަމަށާއި 12 ވަނަ ދުވަހަކީ އެ އަންހެން މީހާ ވިހެއި ދުވަސް ކަމަށެވެ. އަދި ވިހާފައިވަނީ ސިޒޭރިއަން ހަދައިގެން ކަމަށް އޭނާ ކިޔައި ދިނެވެ.

ފައްސިވެފައިވާ ކަމަށް ބުނާ މީހާއާއި ކޮންޓެކްޓް ވެފައިވާތީ މިމަހުގެ 16 ވަނަ ދުވަހު ކުއްޖާއާއި ބައްޕަ އަދި މަންމަގެ ސާމްޕަލް ނަގާފައިވާ ކަމަށާއި މިއަދާއި ހަމައަށްވެސް އެޗްޕީއޭއިން ނަގާފައިވާ މި 3 ސާމްޕަލްގެ ނަތީޖާ ލިބިފައި ނުވާތީ އެއްވެސް ކަހަލަ މެޑިކަލް އެހީއެއް ނުލިބޭ ކަމަށް އާއިލާއިން "ވަގުތު" އަށް މައުލޫމާތު ހިއްސާ ކުރަމުން ބުންޏެވެ. އެއާއިލާއިން ޖުމްލަ 7 ސާމްޕަލެއް ވަނީ ނަގާފައެވެ.

ސާމްޕަލް ނެގުމަށްފަހު 17 ވަނަ ދުވަހު ރޭގައި އާއިލާގެ 2 މާމައިން އޮޅުވެލި ކަރަންޓީން ފެސިލިޓީއަށް ގެންގޮސް ޖެހިގެން އައި 18 ވަނަ ދުވަހުގެ ރޭ، އެ އާއިލާއިން އިތުރު 3 މީހަކު ރޯޔަލް އައިލޭންޑް ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށް އާއިލާއިން ކިޔައިދިނެވެ. އޭގެ ޖެހިގެން އައި ދުވަހު 2 މާމަގެ ސާމަޕަލް ނައްސިވެފައިވާ ކަން ވަނީ އަންގާފައެވެ. އަދި އިތުރު ނަތީޖާއެއް ނުލިބެއެވެ.

"ސާމްޕަލް ނެގިތާ މިއަދަށް 3 ވަނަ ދުވަސް. ނަތީޖާ ނުލިބޭތީ ކުއްޖާގެ މަންމަ އަށް ހޮސްޕިޓަލަށް ނަރުކޮށަންވެސް ނުދިވިފައިވަނީ. އެއްވެސް ކަހަލަ މެޑިކަލް އެހީއެއް ނުލިބޭ. އެޗްޕީއޭއަށް ކޮންމެ ފަހަރަކު ގުޅުމުން ބުނަނީ ބަލަނީ ކަމަށް. އެކަމަކު މިއަދާއި ހަމައަށް ހަބަރެއް ނުވޭ" އާއިލާގެ ފަރާތުން ވަގުތު އާއި މައުލޫމާތު ހިއްސާ ކުރި ބޭފުޅަކު ކިޔައިދިނެވެ.

ޑައިރެކްޓް ކޮންޓެކްޓެއް ކަމުގައި ވިއަސް ކަރަންޓީން ކުރުމަށް ކުއްޖާއާއި މަންމަ ނުގެންދިޔައީ ކުއްޖާ އޮތުމުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެހެން ކަމުން ގޭގާއި އެންމެން އެކަހެރިވެ، ބޭރަށް ނުދިއުމަށް އެޗްޕީއޭއިން އަންގާފައިވާކަމަށްވެސް އާއިލާއިން ބުންޏެވެ.

"17 ވަނަ ދުވަހު ކަރަންޓީން އަށް ދާން ދަބަސް ޕެކް ކުރާށޭ ބުނި. އެހެން ނަމަވެސް ބޭބީ އޮތުމުން މެޑިކަލް ސަޕޯޓް ބޭނުންވާނެތީ ނުގެންގޮސް ގޭގައި ކަރަންޓީންވާން އެންގީ. އެކަމަކު އެކަހަލަ އެއްވެސް އެހީތެރިކަމެއް ނުލިބޭ" އާއިލާއިން ބުންޏެވެ.

އެގޭގެ އެހެން މީހުންގެ ނަތީޖާ ޖެހިގެން އައި ދުވަހު ލިބުނުއިރު ނައްސި (ނެގެޓިވް) ވެފައިވާއިރު، ކުއްޖާގެ މަންމާއާއި ކުއްޖާގެ ނަތީޖާ ނުލިބޭތީ މުޅި އާއިލާ ކަންބޮޑުވުމެއްގެ ތެރޭގައި އޮތްއިރު، އާއިލާއިން އެދެނީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް އެކަމަށް އަވަސް ހައްލެއް ހޯދައި ދިނުމެވެ.

މާލޭގައި މިބަލި އެންމެ ފުރަތަމަ ފެނުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އެއަށްފަހު މާލޭގައި އަންނަނީ މި ބަލި ހަލުވިކަމާއި އެކުގައި ފެތުރެމުންނެވެ. މި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ދެ އަހަރުގެ ކުޑަ ކުއްޖަކާއި 8 އަހަރުގެ ކުޑަ ކުޖެއްގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖަކާއި މާބަނޑު އަންހެނަކުވެސް ހިމެނެއެވެ. އެޗްޕީއޭ އިން ބުނީ އެ ތިން ކުދިންނާއި މާބަނޑު މީހާގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ދެރަކަމެއް

  މިންވަރަށް ޝުކުރު ކުރަން ނޭގޭ ދިވެހިން

  13
  70
 2. ނަންނު

  ﷲ ތިބާ އަށާއި އާއިލާއަށް ހެޔޮރަޙު މަތް ލައްވާށި! އާ މީން

  101
  2
 3. ނަޒް

  މަބްރޫކް ކޮންމެވެސް ގޮތަކަށް ވާހަކަގަޑު އަބުރާލާނެ!

  61
  9
 4. ވަގުތުގެ ވަގުތު

  އެޗް.ޕީ.އޭގެ ބަހެއް ނުހޯދީ ކީއްވެތޯ؟ ބައެއްގެ އިހު މާލު އޮތްކަން އެނގޭނީ ދެފަރާތުގެ ވާހަކަ އިވިގެން.

  50
  1
 5. ޙެޔޮދުއާ ކުރަމޭ

  ﷲ ތިބާއަށް ރަހުމަތް ލައްވާށިއެވެ ތިބާގެ ތަދުތައް ލުއި ކުރައްވާ ރަހުމަތާއި ޝިފާ ދެއްވާ ކޮވިޑް19އިން ސަލާމަތް ކުރައްވާ އާއިލާއަށްބަރަކާތް ލައްވާށި އާމީން

  84
 6. ޙަޖަމު

  .މިސަރުކާަރުގެ ނާގާބިލުކަން މީދެންތަންކޮޅެއްބޮޑުވަރު

  47
  14
 7. އ.މ

  އަބަދުހެން ބަލާނީ ކަމެއް ވާނީ މަދު ފަހަރަކު..

  24
  1
 8. ރާކަނި

  ކަންބޮޑުވާންޖެހޭ ކަމެކެވެ. ށަރުކާރަށް ޕޭޝަންޓް ޒީރޯ ހޯދެން ޖެހޭނެއެވެ. ސަރުކާރު ފެއިލް ކޮށްލުމަށް ބަޔަކު ކޮވިޑް ރާއްޖެ އެތެރެކޮށް މުޅި މާލެއަށް ފެތުރީ ކަމާމެދު ސުވާލު އުފެދޭއިރު އެކަން ތަޙުޤީޤުވެސް ކުރަން ނުޖެހޭތޯ ނޫސްވެރިން ސުވާލު އުފައްދާކަށް ނުވޭތޯއެވެ.

  30
  6
 9. ހަގީގަތް

  ހަގީގަތުގައި މުޅި ކޮވިޑް ސެންޓަރުގެ ހިންގުން ވަނީ ދޯދިޔާ ވެފައި ޕްލޭން އޭ ބީ އަދި ސީ އޮންނަންވާނެ މާލެއާއި ބައެއް ރަށްތައް ވަނީ ކާޑާއި ފެނަށް ޖެހިފައި މާލޭގެ ގިނަ ސަރަހައްދު ތަކުގެ ފިހާރަ ތަކުން ވަނީ ކާޑު ހުސްވެފައި ގޭގޭގައި އެކަނީވެރިމައިން އަދި މުސްކުޅިން އެބަ ދިރިއުލޭ ކައިރި ފިހާރަތަކަށް ކާޑު ލިބޭނެ އިންތިޒާމު ޖެހޭ ހަމަ ޖެހެން ކޮވިޑް ގެ އެންމެ އިސް ކޯޑިނޭޓަރަކީ ކޮބައި ކަމެއް ނޭގޭ ...

  29
  3
 10. ދަރި

  މިއީ ހިއުމަން ރައިޓްސް މައްސަލަ އެއް އެކަމު އެ ކޮމިޝަނަށް ދަރުބާރު ގެއިން ތިބޭނެ ފުރުސަތެއް ނުލިބޭ މިކަމަށް އަމިއްލަ އިސްނެގުމުގެ މަތިން އެޗް އާރު ސީ އެމް އިން ބަލަން ޖެހޭ ވަޒީފާ ގެ ބިރަށް މިނިވަން މުއްސަސާ ތަކުގެ ވެރިން ތިބެނީ ބިރުން ވިރި ވިރި... އެކަމު އަބަދު ސަރުކާރުން ބުނަމުން އައީ އިންސާފާ ހަމަ ހަމަ ކަމާއި ހައްގު ތަކުގެ ވާހަކަ އެކަމު އެޗް އާރު ސީ އެމް އަށް ދަރުބާރު ގޭގައި ކަން ހިނގާ ގޮތް ބެލެން ވާނެ

  21
  1
 11. ައަހަރެން

  މަވެސް ވިހަންވެފަ މިއިނީ. ފިރިމީހާ ހުރީ އަދިވެސް ރިސޯޓުގަ ތާށިވެ ރަށަށް ނާދެވިފަ. ވިހަން ދާންޖެހެނީ އެހެން ރަށަކަށް މިރަށުގަ އެވަރުގެ ފެސިލިޓީސްތައް ނެތީމަ. އުޅެއުޅެ އެޗްޕީއޭ އިން ހުއްދަ ނުދިން ފިރިމީހާ ރަށަށް އަންނާކަށް. އަހަރެމެންނަކީ އަޅާލާނެ މީހުންތަކެއް ތިބި ބަޔެއްނޫން. ހުރީ މުސްކުޅި މައިދައިތަ އެކަނި.

  36
  • ކޮއްކޯހުތާ

   ދިވެހި ފުލުހުން އެހީތެރިވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން..

   12
   2
 12. ޫއިބޫ

  ކެއްތެރިވޭ.

  23
 13. ކަލޯބެ

  ސަރުކާރު ވަނީ ބޮޑު ތަނުން ފެއިލްވެފަ! ސްޓްރެޓެޖީއެއް ނެތް!!ރޭވުންރެރި ކަމެއް ނެތް!! ޤައުމް އިނދަ ޖެހެނީ!! ޢެ މީހަކާ އެމީހަކު!!! ޔާމިން ދުވަސްވަރު ފެނަށް ޖެހުނީމަ ގޮވި އެއްޗެހި މިހާރު ހިތައް އަރާނެ ތޯއްޗެއް!! ރިސޯޓް ތައް ބޮއިކޮޓް ކުރަން ގޮވި މީހުން ގެ އަތަށް އެކަން މިގޮވީ!! ރިޒްޤަށް ނިޢްމަތަށް ޝުކުރު ވެރި ނުވާ މީހުންނަށް ވާނެ ހަޔެތި މިވަނީ!! ޙެޔޮ ވެރިކަމަކީ ކޮންމެ ކޮންމެ މީހަކަށް ނުވާނެ ކަމެއްކަން އަހަރުމެންނަށް އެގޭ!! ބަޔަކަށް ގަބޫލް ނުކުރެވުނަސް!!

  42
  3
 14. ފާފު

  އެޗް.ޕީ.އޭ އޮތީ ފެއިލް ވެފަ. ނަންބަރަށް 15 ފަހަރު ގުޅާ އިރު ވެސް. ކޮން މެ ފަހަރަކު ޖެހޭ ނަ މާއި އައިޑީ ނަންބަރުދޭން. މިހިރީ ހުންނަ ދޯހަޅިކަން....އެކަން ބުނީ ވޯސްޓް ސިނާރިޢޯއަށް ތައްޔާރޭ......

  31
  6
 15. ޝިއަންޓޭ

  މާއްކަލާކޯ ޓީވީއައްއަރާ ޑރ. ބުނާނެ އަހަރު މެން ބަލަ މުންނޭ މިދަނީ ބަލަ މުންނޭ.

  17
  3
 16. ަހުދައިމު

  މިއޮއްގެން ފެންނަނީ އެޗްޕީއޭގެ ޒިންމާދާރުކަން.. ދެން ރައީސް ޓީވީ އައް އަރާ ހަމަ ގިސްލަ ގިސްލާފަ ރޯންވީ..

  4
  1
 17. އަމިއްލަ

  ސަރުކާރުގެ ތަރުޖަމާނު ބުނާނެ ޓީވީއަށްއަރާފަ ހުރިހާކަމެއްވެސް ދަނީ ބަރާބަރަށޭ އެކަމަކު ރަށްޔަތުމީހާ ކަމަކުގުޅީމަ ބުނަނީ ބަލަނިއްޔޯ މިމީހުން މިބުނާބަހުގެ މާނަ ހޯދަން އަހަރުމެންދާންވީ ކޮންތާކަށްތޯ ދިވެހިބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒަށްތޯ.

  4
  1
 18. އެހީ

  ޓެސްޓިންގައި އެހީތެރިވުމަށް ކުރެވެން އޮތީ ކޮންކަހަލަ ކަމެއްތޯ؟

 19. ދެރަކަމެއް

  އަޖައިބެއްނުން ކޮބާހޭ ޒީރޯ؟ މުޅި ރާއްޖެއަށް ބަލި ފަތުރާފަ.އަދި ބުނެފިއެއްނުން ކާޑު ގެޔަށް އެއްކުރާނެކަމެއްނެތޭ މާސްކު އަޅާނެކަމެއްނެތޭ އަހަރުމެންނަށް އިތުބާރު ކުރާށޭ ބަލި ޖެހޭ މީހުން ރަނގަޅުވިޔަސް މިފޮނުވާލަނީ އެއްމަސް ދުވަސް އިރުރަށް ކަރަންޓީންގަވެސް ބަހައްޓާފަޔޭ އެހާވެސް މީހާ ސާފުވީމައޭ. މިޔަދު މިޖެހުނީ ބަނޑަށް

 20. ޖާން

  ތިވާނީ ފަގީރު މީހަކަށް ވާތީ ޔަގީން.

 21. ނޫމަޅ

  މަދުށިން ކޮލެރާ ތެރޭވެސް މަރުވީ ހަމަނިކަމެތި މީހުން ހޮސްޕިޓަލުގަ އުޅޭމުވައްޒަން ބުނާނެ އެބޭފުޅާ އަވަސްކުރޭ. އަހަރެން ރޮވުނު ވަރައް ދެރަވި.

 22. ޜާޖޫ

  މިއީ އަންނި ކަހަލަ ބުރާންތިއެއް