ސްކޫލެއްގެ ޓީޗަރެއްގެ ނަމުގައި ފޭކް ޓްވީޓާ އެކައުންޓެއް ހަދައިގެން ހިންގާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓީޗަރެއްގެ ފޭކް ޓްވީޓާ އެކައުންޓެއް ހަދައިގެން ބޭނުން ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓުގައި ބުނެފައެވެ.
Please be noted that someone has created a fake Twitter account and is impersonating as one of our teachers. The issue has been reported to @PoliceMv and Twitter. Thank you pic.twitter.com/QBDTqAqR6x
— Ministry of Education (@MoEdumv) April 20, 2020
އެ ޓްވީޓާ އެކައުންޓުގައި ސަރުކާރަށް ފާޑުކިޔާ ބައެއް ޓްވީޓުތައް ކޮށްފައި އެބަހުއްޓެވެ. އަދި ހުދު އެޑިއުކޭޝަން މިނިސްޓްރީން މި މައްސަލަ ޕޮލިހަށް ހުށަހަޅާނެ ކަމަށް ބުނުމުން އެކަމަށްވެސް އެ ޓްވީޓާ އެކައުންޓު ހިންގާ ފަރާތުން ވަނީ ރައްދުދީފައެވެ.
ޓީޗަރެއްގެ ނަން މަތީގައި ފޭކް ޓްވީޓާ އެކައުންޓެއް ހަދައިގެން އުޅޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު ކޮވިޑް-19 އާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ދެއްވާފައެވެ. އެގޮތުން ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން އާންމުންގެ މެދުގައި ބިރުވެރިކަން އުފައްދައި، މުޖްތަމައުގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިހާރުން މިހާރަށް މިފަދަ އަމަލުތައް ހުއްޓާލުމަށް ސީޕީ ވަނީ އެދިފައެވެ.
ޖަލުތަކުގައި ތިބޭ ގައިދީން ކުރާކަ މެއްތީ. އެކަ މަކު އެކަން ހުއްޓުވޭކަށް ނެތް. ކަރެކްޝަންގެ ޖަލު ބަލަހައްޓާ މީހުން ބޮޑު އަގު ނަގާފަ ފޯނުފަދަ ތަކެެތި ޖަލަށް ވައްދަނީ. މިއީ ހައްލުނުކުރެވި އޮތް ކަ މެއް.