ނޭޕާލް އަދި ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިންނާއި ބަންގްލަދޭޝް އިން ރާއްޖެއަށް ފޮނުވި މެޑިކަލް ޓީމު އެގައުމުގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން ރާއްޖެއަށް އައި އެގައުމުގެ އަސްކަރީ މަތިންދާބޯޓުގައި 71 ދިވެހިން ގެނެސްދީފައިވާ ކަމަށާއި އެއީ ނޭޕާލުން އައި 18 ދިވެހިންނާ، ބަންގްލަދޭޝްގެ އެކި ސިޓީތަކުން އައި 53 ދިވެހިން ކަމަށެވެ. މީގެ ތެރޭގައި ތިބީ ސްޕެޝަލައިޒް ވުމަށް ގޮސްތިބި މެޑިކަލް ޑޮކްޓަރުންނާއި، މެޑިސިން ކިޔަވަމުންދާ ދަރިވަރުންނެވެ. އެދަރިވަރުން ރާއްޖެއަށް ނާދެވި ތާށިވެފައި ތިބީ ކޮވިޑް-19 އާ ގުޅިގެން އެޤައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ އަންނާނެ އިތުރު މަގެއް ނެތުމާ ގުޅިގެންނެވެ.
މިއަދު އައި ފްލައިޓްގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ބަންގްލަދޭޝްގެ 10 މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއް ވެސް ރާއްޖެ އައިސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ކޮވިޑް-19 ރާއްޖޭގައި ފެނި، ރާއްޖޭޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ބޭނުންވެފައިވާ މިދަނޑިވަޅުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ދެއްވި ދީލަތި އެހީތެރިކަން ރާއްޖެއިން ބަލައިގަންނަނީ ޝުކުރުވެރިކަމާއި އެކުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ބަންގްލަދޭޝްއިން އައި ފްލައިޓްގައި ރާއްޖެއަށް އައުމަށް ނޭޕާލުގައި ތިބި ދަރިވަރުން ބަންގްލަދޭޝްއަށް ދިޔުމަށް ބޭއްވި ޚާއްސަ ފްލައިޓްގެ ކަންތައްތައް ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ނޭޕާލް ސަރުކާރަށްވެސް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓްވީތެއްގައި ވިދާޅުވީ ބަންގްލަދޭޝް މަނަވަރު އެނބުރި އެގައުމަށް ފުރާނީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ 70 ބިދޭސީއަކު ގޮވައިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސުލައިމާނު

    ޝުކުރިއްޔާ ބަންގްލަދޭޝް ސަރުކާރު، މިލިޓަރީ، ރާއްޖޭގައި ހުންނަ އެމްބަސީ. އާދައިގެ ދިވެހި ރައްޔިތަކަށްވާނީ މިވަރު.
    ކީއްކުރާނީ އިންޑިޔާ އެއާފޯސް އައިނަމަ މީހުންބާލާނީވެސް މާސިންގާ ބެނާއެއްދަމައި ދިވެހިސަރުކާރުގެ މަތީފަންތީގެ ވެރިންނާއި އެމްބެސްޑަރުން ގެންގޮސް އެއާކްރާފްޓާއި އެކު ފޮޓޯނަގައި ފިލްމްކުޅެލާފައި.

    35
    1
  2. Anonymous

    މިކުދިން ގެނައިތީ ރިސޯޓުތަކުގެ މުއައްޒަފުންނަށް ރަށައް ދެވެންޖެހޭނެ ބުނީ މީހުން ކޮބާހޭ! މި ކުދިންގެނެސްގެން އަހަރުމެންނާއި ދަރިންނާއި މައިންބަފައިންނަށް ބޭސް ކޮށްދޭން މިކުދިން އެހީވާނެއެވެ! ނަމަވެސް ރިސޯޓުތަކުން މީހުން ދަތުރު ކުރުމުން ވާނީ ނުރައްކާކަން ނުވިސްނެނީތޯއެވެ! ރިސޯޓު ތަކުގައި ތި ތިބީ އަމިއްލަ ގައުމު އަމިއްލަ ވަތަނގައެވެ. އެކުދިން ތިބީ އާއިލާ އާއި ގައުމާ ދުރުގަ އެކަނިއެވެ.

    19
    1
    • ޟުހޫ

      މިހުރީ

  3. ޢާދަނު

    ދިވެހިން ބަންގްލަދޭޝް މީހުންނާ ދޭތެރޭ ކަންތައްތައް ކުރަނީ ހާދަ ދެރަކޮށޭ..އެކަމަކު ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގަވެސް އެންމެ ފުރަތަމަ އެހީވާން އަންނަނީ ބަންގަލަދޭޝްގެ ފަރާތުން..މާލެ ފެނަށް ޖެހުނު ވަގުތުވެސް
    މިވަގުތުވެސް އެމީހުންގެ އަމިއްލަ އަސްކަރީ ފްލައިޓްގަ އެއައީ.. ޝުކުރިއްޔާ ހަސީނާ

    31
  4. ޒުހު

    އަލްޙަމްދުﷲ. ތިކުދިންވެސް ގެނެވުނީ.. އަަޅުގަނޑުމެން އުފަން ރަށަށް ނުދެވިތިބި ރިސޯޓް މުއަްޒަފުންނަށް އޮތީ ކޮންގޮތެއްތޯ. ރިސޯޓްގަ 15 ދުވަސް ކޮށްފަ މާލެ އައީ. ފުރަބަންދުވެގެން ނުދެވިފަ. މުސާރަނުލިބޭ ޗުއްޓީގަ. އަތުގަ އެވަރަށް ފައިސާއެއް ނެތް. ވޯޓްލަިއގެން ހޮވި މެންބަރަށް ހާލުބަޔާންކޮށްދިނިން. ވާނުވާއެއް ނޭންގޭ. ކުރިޔަށްއޮތީ ރަމަޟާންމަސް. އަމިއްލަ ރަށުގަ ކަރަންޓީނުވެގެން ތިބެންވިޔަސް ރަށަށް ގެންގޮސްދީ. މިތިބީ ވަރަށް ދަތި ހާލެއްގަ.. ޑެލިވަރީކޮށްގެން ކާންޖެހެނީ.. ކެވޭނެގޮތެއް ނެތް.

    22
    1
  5. ޙަސަނާއްކަލޯ

    ބަނގްލާދޭޝް އަށް ކޮށްދެވުނުވަރުވެސް މި އޮތް ސަރުކާރުގެ ސަޕޯޓަރ އިންޑިޔާއަށް ނުކޮށްދެވުނު! ޢެކަމަކު އަދިވެސް އެތބީ މިގައުމަށް އަރާ އައްޑޫ ފަދަ ގައުމުގެ ސްޓްރެޓެޖިކް ތަންތާ ފޫ ހަރައިގެން!!!!

    30
  6. އ.މ

    ގެނެވޭނެ ގެނެވޭނެ..މިމާލޭ ތާށިވެފަ ތިބިމީހުންގެ ކަންތައް ބާލާނި އަނގައިން އަމަލީ ގޮތުން އެއް ކަމެއް ވެސް ނުކުރެވެ..

    18
    1
  7. ?

    އަލްހަމްދު ލިﷲ

    20