ހުކުރަށް ގޮސްވެސް ހުތުބާގެ ބަދަލުގައި އަޑުއަހަން މިޖެހެނީ ރައީސް ޔާމީންއަށް ތާއީދުކޮށް ދޭ 'ސްޕީޗެއް' ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވީ ސަރުކާރުން ހުކުރު ހުތުބާވެސް ސިޔާސީ ކޮށްފި ކަމަށް އިދިކޮޅު ފަރާތް ތަކުން ބުނަމުން ދަނިކޮށް މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ. މަހުލޫފުގެ ޓުވީޓްގައި އޭނާ ވިދާޅުވީ " ހުކުރަށް ގޮސްސަވެސް ހުކުރު ހުތުބާގެ ބަދަލުގައި އަޑު އަހަން މިޖެހެނީ ޕީޕީއެމް އިން ޔާމީން އަށް ތާއީދު ކޮއްފައި ދޭ ސްޕީޗެއް, އަދި މިބައި އުނިކުރިއަސް ނުފުދޭ, ވަގެއް ދިފާއުކުރަން ހުކުރު ހުތުބާ ސިޔާސީ ކުރުން ހުއްޓާލަން ޖެހޭ" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފް މިހެން ވިދާޅުވެފައިވާއިރު ގުޅިފައިވާ އިދިކޮޅު ފަރާތް ތަކުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް ހޫނުވެ، ޤާނޫނުގެ ވެރިކަން ނަގާލައި، ހަމަނުޖެހުމުގެ ތެެެރެއަށް މުޅި ދިވެހިރާއްޖެ ވެއްޓިފައިވާ މި ވަގުތުގައި، މާތްވެގެންވާ އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ނުކުރުމަށް ރައީސް ޔާމީނަށާއި، އިސްލާމިކް މިނިސްޓްރީއަށާއި، މަދަނީ ޖަމުޢިއްޔާތަކަށާއި ދީނީ ޢިލްމުވެރީންނަށް އިޚްލާސްތެރިކަމާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިލްތިމާސް ކުރާ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ މިފަދަ ކަންކަމުގައި ދީނީ ޢިލްމުވެރިން ބައިވެރިނުވުމަށާއި އިސްލާމްދީނުގައި އަންގަވާފައިވާ ގޮތްތައް އާންމުންނަށް އޮޅުންފިލުވައިދެއްދުމަށް އެދި، ހުކުރު ޚުޠުބާއާއި ދީނީ ނަސޭޙަތް ދިނުން ޚަރާބުކުރުމުން ދުރުވުމަށާއި، މިސްކިތްތަކަކީ ސަރުކާރުގެ ސިޔަސީ ޖަގަހަތަކަކަށް ނުހެދުމަށް ދައުލަތުގެ ހުރިހާ ފަރާތްތަކަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ކަލެޔަށް ހަޖަމްނުވީދޯ:::::: ނުވާނެ:::::: ކަލޭތިހިރީ ސިހުރު ބޮޑިބަތުގަ ޖެހިފަ:::::: ކަލެޔަކަށް ކަލޭގެ ކޮންޓްރޯލެއް ކަލޭގެ އަމިއްލަ ސިކުނޑިއަކަށް ނުފޯރުވޭނެ:::::::

  2. ރާސްޓަސް

    ކަލޭ ދައްކާ ވާހަކަ މާ ވާނުވާ، ރީލޯޑޭ

  3. ޙަމީދު

    މި ޖާހިލު ކަލޭގެ ހައްޔަރުކޮށްފަ ބަހައްޓާބަލަ. ޢަނގައިގަ ޓޭޕް އަޅާފ

  4. ޔާމީން

    ކަލޭ ހަމަމަގައްރުޖޫއަވޭ.ހަޖަމުނުވަނީ

  5. އަޙްމަދު

    މަހްލޫފަކީ އުނގާނާދޭންޖިހިފައި ހުރިޖާހިލެކެވެ.

  6. ޕުކި

    ހަޖަމެއް ނުވިދޯހަމަ

  7. ޒަހާ

    ކަލޭގޭގައި ހުރެބަލަ ދީނުގެހުކުމްތައް މީސްތަކުން ނަށް އަންގައި ދިނުމަކީ ދީނީ ޢިލްމުވެރިންގެ ޒިންމާއެއް

  8. ތުއްތަފާ

    މަކުލޫފު ތިބުނަނީ ހަދީސް އާއި ޤުރުޢާންގައިވާ އާޔަތްތަކަކީ ވެސް ޔާމީންއަށްޓަކައި ބާވާލެއްވި އެއްޗެއްހި ކަމަށްތަ؟ ކަލޯ ތިޔަ ހަޖޫކިޔަނީ އެއެއްޗެއްސަށް. ފޮޓޯތައް ލީކުކޮށްފާނެތީ ބިރުން ތިޔަހަރަ ދީނުން ބޭރުވަނީ ކަލޯ.

  9. އެޑަމް

    މިނުބައި ޖާހިލުންގެ ކިބައިން މިގައުމާއި ދީން ސަލާމަތް ކޮށްދެއްވާށި. އާމީން.

  10. މަހޭ

    މަހުލޫފު ބުންޏަސް ރަގަޅުވާހަކައެއް.
    ހުކުރަށްވެސް ހުތުރު.
    އިސްލާމްދީންނަށް ވެސް ހުތުރު.
    ދެންވީ ހުކުރު ދުވަހު މިސްކިތްތަކުގައި ޕީޕީއެމް ޖަލްސާ ބާއްވަން.

  11. ޙަސަން

    ބީތާޔާ. ދުނިޔޭގައި ގައުމުތަކުގެ ވެރިޔަކަށް ހުރީ ޔާމީނު އެކަނިތަ؟ ޤުރުއާނުގައި ވެރިންނަށް ކިޔަމަންވާން އަންގަވާފައި އެވާ އާޔަތުގައި އަންގަވާފައި އެވަނީ ޔާމީނަށް ކިޔަމަންވާށޭތަ؟ އިސްލާމްދީނުގެ ހުކުމްތަކާ ދެކޮޅަށް ވާހަކަދައްކާ އުޅޭ މީހެއްގެ ފަހަތުގައި އުޅޭ ބަޔަކަށް އިސްލާމް ދީނުގެ ޙުކުމްތައް ގަބޫލެއް ނުކުރެވޭނެ.

  12. ނައްޓެ

    ރީލޯޑް ވާހަކަތަދެންދައްކަންވީ

  13. ޑިމޮކްރަޓިސްޓް

    ބަލަ ބުރާންޗާ ކަލެޔަކަށް ނޭނެގޭދޯ ހުތުބާ އަކީ އޭރެއްގަ ގައުމުގަ/މުޖުތަމައުގަ ހިނގާ ކަންކަމަށް އެޑްރެސްކޮށް ދޭއެއްޗެއްކަމެއް#### އޭގަ ކީ ޔާމީނުއަށް ތަބާވާންތަ#### ޔާމީނުއަށް ވޯޓުދޭންތަ#### ނޫނީ ވެރިންނަށް ކިކިޔަމަންވާންތަ؟#### ހަޖަމުނުވިޔަސް ބޮޑުވަރުތީ#### މިނޫނި މިގައުމުގަ ފެންމަތިއަރައިގެން ތެޅޭއެއްޗެއްނެތް####

  14. އަޙްމަދު

    އަޅަމެން ހައްދަވާ ގެންގުޅުއްވާ އަޅަމެންގެ ވެރި ރައްބް
    އިބަﷲ އަޅަމެންގެ މައްޗައް އިސްކުރައްވަ މިންވަރު ކޮއްދެއްވާފައި މިވާ މުސްލިމު ވެރިޔާ أمير މިގައުމުގެ ރައީސުލް ޖުމްހޫރީއްޔާ عبدالله ޔާމީން ޢަބްދުލް ޤައްޔޫމަށް ކެތްތެރިކަމާއި ޘާބިތުކަން މިންވަރު ކޮއްދެއްވާ ހިދާޔަތާއި ތައުފީޤް ދެއްވާ މިމުސްލިމު ވެރިޔާ އާއި އިދިކޮޅު އެއްމެހައި ފާރާތް ތަކުގެމައްޗައް މި ވެރިޔާއަށް ނަޞްރާއި ކާމިޔާބު ދެއްވާ އަދި ވެރިކަމުގެ އެއްމެހައި ބާރުތަށް މި ވެރިޔާގެ އަތްމައްޗައް ޖަމަޢަ ކޮއްދެއްވާނދޭވެأمين.

  15. ރަނދަ

    އެންމެ ލަފުޒެއްގަވެސް ރ ޔާމީނު، ރ މައުމޫނު،ރ ނަޝީދު،ރ ވަޙީދުގެ ވާހަކައެއްނެތް. އޮތީ ހެއުލަފާ ވެރިންނަށް ކިޔަމަންގަންނަްޖެހޭ ވާހަކައެއް. ހަމަނުޖެހޭ ބޯގޯސް ވާހަކަ ދެއްކުމަކީ ތިމާގެ ހައިބަތެއްނެތްކަން ހާމަވާ ކަމެއް.

  16. ރައްޔިތުން

    ޢިންސީންނާއި ޖިންނީން އަޅުކަން ކުރުން ޙައްޤުވެގެންވަނީ ހަމައެކަނި ﷲ އަަށެވެ.

  17. އަތަޅޭ

    ފަހުން ދޭނަމޭ ކިޔާފަ އަދީބު އަތުން 4މިލިޔަން ރުފިޔާ ހޯދައިގެން ގެޔަށް ވެއްދިއިރު އަޅެ އަންހެނުން ނާހާތަ ކޮންތާކުންހޭ ތިލާރި ހޯދީ.ފުލުހުން ކޮންމެ ފަހަރަކު މީނަ ގޮވައިގެން ގޮސް ތެޔޮހަމެއްދީފަ ދޫކޮށްލަނީ. މުރާސިލުން އެއްބަސްވާ ގޮތުގައި ސިޔާސީ މީހުންގެ ތެރޭގައި ތިބޭނެ އަމިއްލަޔަށް ތެޅިބޭލި ހަނާހުނިވެ ނިމިގެންދާމީހުން. އެކަހަލަ މީހުން ނުޖެހޭނެ ބަންދުގެ ބަހައްޓާކަށް. މިއީ އެކަހަލަ މީހެއް

    • ހުތުބާ

      ????

  18. ޝުކުރީ

    މީ ދެން ކާކުތަ

  19. ރީތި މޫސަ

    މިކަލޭގެވެސް ކިޔާނެއެހެންއެއްޗެއް ހޯދަން ބޭނުންވްނީތާ؟؟؟؟؟؟

  20. ޕޮފުބާ

    ތިކަހަލަ ނުބައި ޖާހިލަކު ހުކުރަށް ނުދިޔައީޔަ ރަގަޅު

  21. ސީނު

    ހަގީގަތް އަޑުއަހަން އުނދަގޫވަނީދޯ.....ޖާހިލުންނަށް އެހެންވާނީ

  22. ބުއްފުޅި

    ބަލަ ބީތާޔާ އެއީމުސްލިމުން އަމަލުކުރަންޖެހޭގޮތުގެ ވާހަކަ އޭގައޮތީ ކަލޭކާފަރެއްކަމުގަވަންޏާ ފުރަތަމަ ޖެހޭނީ އިސްލާމްވާން ..އެކަމަކު އަންނިކަހަލަ މުރުތައްދު ޖަނަވާރު ދައްޖާލަކަށް ކަލޭމެން ކިޔަމަންވާތީ ހަމަ ހައިރާންވޭ ..ބަލަ ވެރިކަންކުރުމަކީ ދީނީކަމެއްކަން މިހިމާރަށް އަދިވެސް ނޭނގޭދޯ...ނުކިޔަވާބޮޑުވިޔަސް ބޮޑުވަރު..ނަބިއްޔާ އަކީ އެންމެފުރަތަމަ އަހަރުމެންގެ ވެރިޔާ އެއަށްފަހު އަބޫބަކުރުގެފާނު އެއީ ފުރަތަމަ ޚަލީފާ..ޚަލީފާކިޔަނީ ވެރިމީހާއަށް

  23. އިންސާނާ

    ބަލަ ގަމާރާ ހުތުބާގަ ކިޔަން ވީ ކަލެއައް ސަނާތަ

  24. ދިވެއްސެއް

    މަހުލޫފެވެ ނޭންގިވެސް ތިއެއްބަސްވީ މިގައުމުގެ ވަލީއުލް އަމްރަކީ ރައީސް ޔާމިންކަން. އަދި ހުތުބާގައި ކިޔި ވަލިއްޔުލް އަމުރުގެ ސަފަތުން މަހުލޫފަށް ރައީސް ޔާމިން ސިފަވަންޏާ، ހައްގު މަގުގައި ހުރީ ކާކުކަން ޔަގީން ވެއްޖެ

  25. އަލްޖިބްރާ

    ޔާމީނަށް ހުޅުވުނު ހުރިހާ ދޮރެއް ބަންދުވާތަން ފެންނާތީ މިހާރު އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ހަދަނީ އުތަ؟ ދެން ކަލެއަކަށް ދުވަހަކުވެސް ސަލާމަތެއް ނެތް ! ކަލޭގެ ވެރިކަން ގެއްލިގެން ދިޔާމަ މިރާއްޖޭގަ އުޅެން ޤަސްދު ނުކުރާތި !