ކުރިއަށް އޮތް ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ހަވީރުހާއްސަ ލައިވް ދަރުސްތަކެއް ކުރިއަށްގެންދަން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފިއެވެ.

އެކަން ހާމަކުރައްވައި. ޑރ. ޝަހީމް ވިދާޅުވީ، މި ދަރުސްތައް ކުރިއަށް ގެންދާނީ މާލެ ގަޑިން 4.45 އިން 05.15 އަށް އޭނާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކަމަށެވެ.

ކުރިން އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމާއި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި ޗާންސެލަރު ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. ޝަހީމަކީ އަބަދުވެސް ދީނީ ކަންކަމާއި ގުޅޭ ގޮތުން މީސް މީޑިއާގައި ވާހަކަދައްކަވަމުން އަންނަ ބޭފުޅެކެވެ.

ޑރ. ޝަހީމް ދަރުސް ދެއްވަން ނިންމަވާފައިވާ މައުޟޫތައް

1- އިސްލާމީ އިޖްތިމާޢީ ނިޒާމު: މިޒަމާނުގެ ގޮންޖެހުންތަކާއި އޭގެ ޙައްލު
2- އިސްލާމީ އުންމަތުގެ ނަމޫނާ ލީޑަރުންނާއި ފިޤުހުވެރިންނާއި ސައެންސްވެރިން
3- އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކުގެ އަލީގައި އިޤުތިޞާދީ ގޮތުންނާއި ޢުމްރާނީ ގޮތުން ޤައުމެއް ތަރައްޤީކުރުން
4- ތައުޙީދުގެ އަސާސްތަކުގެ މަތީގައި އިންސާނިއްޔަތާއި ޙަޟާރަތު ބިނާކުރުން
5- ކީރިތި ޤުރުއާނާއި ސުންނަތުގެ ދުޢާތައް
6- ކީރިތި ޤުރުއާނައި ސުންނަތުގެ އަލީގައި އިންސާނާއާ ގުޅުން ހުރި ކަންކަން

ޑރ. ޝަހީމް ވިދާޅުވީ މިދަރުސްތައް ސްޕޮންސާރ ކުރީ ޤިބްލަ ޙައްޖު ޢުމްރާއިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢައި

    ޝޭހުގެ މަސައްކަތަށް ރަހުމަތް ލައްވަށި

    17
    9
  2. މުރަނަ ފަރީދާ

    ﷲ ތިބޭފުޅާ އަށްރަހުމަތް ލައްވާ ހެޔޮގޮތްތައް މިންވަރު ކުރަށްވާށިއެވެ

    13
    7
  3. ކޮއްކޮބޭ

    ޕްރޮގްރާ މަށް މަރުޙަބާ. އެކަ މަކު ތި ރިހަގަޑު ވައްތަރު ހެދު މަށް ނައްސި

    9
    2
  4. ނަޖީ

    އިން ޝާ ﷲ އަޅުގަނޑު ތި ދަރުސް ބަލާނަން އީމާންތެރިކަން ވަރުގަދަ ކުރުމުގެ ގޮތުން.

    3
    5
  5. ބޭކާރު

    އާއެއްޗެއް ނުކިޔޭނެ