ކޮވިޑް-19 އާ ގުޅިގެން. ކ. ގުރައިދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފިއެވެ.
އެކަން މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވަނީ އެ ރަށު ކައުންސިލަށް އަންގާފައެވެ. އެކަން އެރަށު ކައުންސިލުން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދީފައެވެ.
ނަމަވެސް އިތުރު މައުލޫމާތެއް އޭނާ ހިއްސާކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބޭގޮތުގައި އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައި ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިގެންނެވެ.
އެ މީހާގެ ސާމްޕަލް ނެގި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 67 މީހެކެވެ. އޭގެ ތެރެއިން 29 މީހުންނަކީ ދިވެހިންނެވެ. އަދި 38 މީހުންނަކީ ބިދޭސީންނެވެ. މީގެ ތެރެއިން 16 މީހަކު ވަނީ ރަނގަޅުވެފައެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުން އެންމެ ގިނައިން ފެނިފައި ވަނީ މާލެ އިންނެެވެ.
މުޅި ރާއްޖެ މިދަނީ ނިކަ މެތި ވަ މުން ސަރުކާރުގެ ވިސްނުން ވަރަށް ބަލިކަށި
ސަރުކާރުގެ ވިސްނުން ބަލިކަށީ އެެއް ނޫން. ދިވެހިންގެ ބޯހަރުކަން ހަމަ. ބޭރަށް ނުދާށޭ ގޮވަގޮވާ އޮށްވާ މިގަނޑު ގަނެގެން ލަނޑު ލިބުނީ.