އިސްލާމީ ގައުމުތައް ހިމެނޭ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރެއްގެ މަގާމުގައި މިހާރު ހުންނެވި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު "ވަގުތު" މެދުވެރިކޮށް ދަރުސްއެއް ދެއްވަން ނިންމަވައިފިއެވެ.

"ކީރިތި ޤުރުއާނާއި ރަމަޟާން މަސް" ނަމުގައި ޝަހީމް ދެއްވާ ދަރުސް "ވަގުތު" ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކޮށް ގެނެސްދޭނެއެވެ. ދަރުސް ގެނެސްދޭނީ މާދަމާ ރޭ 21:15 އިން 21:45 އަށެވެ.

ކުރިއަށް އޮތް ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ހަވީރު ދަރުސްތަކެއް ކުރިއަށްގެންދަން ވެސް ޑރ.ޝަހީމް މިހާރު ވަނީ ނިންމަވާފައެވެ. މީސް މީޑިއާ އިން ޝަހީމް ރަމަޟާން މަހު ގެނެސްދެއްވާ ދަރުސްތައް ފެނިވަޑައިގަންނަވާނެއެވެ.

ޑރ. ޝަހީމް ވިދާޅުވީ، ރަމަޟާން ދަރުސްތައް ކުރިއަށް ގެންދާނީ މާލެ ގަޑިން 16:45 އިން 17:15 އަށް އޭނާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކަމަށެވެ.

ޑރ. ޝަހީމް ދަރުސް ދެއްވަން ނިންމަވާފައިވާ މައުޟޫތައް

1- އިސްލާމީ އިޖްތިމާޢީ ނިޒާމު: މިޒަމާނުގެ ގޮންޖެހުންތަކާއި އޭގެ ޙައްލު
2- އިސްލާމީ އުންމަތުގެ ނަމޫނާ ލީޑަރުންނާއި ފިޤުހުވެރިންނާއި ސައެންސްވެރިން
3- އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކުގެ އަލީގައި އިޤުތިޞާދީ ގޮތުންނާއި ޢުމްރާނީ ގޮތުން ޤައުމެއް ތަރައްޤީކުރުން
4- ތައުޙީދުގެ އަސާސްތަކުގެ މަތީގައި އިންސާނިއްޔަތާއި ޙަޟާރަތު ބިނާކުރުން
5- ކީރިތި ޤުރުއާނާއި ސުންނަތުގެ ދުޢާތައް
6- ކީރިތި ޤުރުއާނައި ސުންނަތުގެ އަލީގައި އިންސާނާއާ ގުޅުން ހުރި ކަންކަން

ޑރ. ޝަހީމް ގެންދަވަނީ މިހާރުވެސް މީސް މީޑިއާ މެދުވެރިކޮށް ދީނީ ތަފާތު މައުޟޫތަކަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ގަހަބަސު

  ޝަހީ މްގެ މައުލޫތަކުގައި މިދަނޑިވަޅާއި ގުޅޭ ޓައިޓަލްއެއް އަދި ނުފެނޭ.

  2
  4
 2. ވާހޫ

  ޝުކުރިއްޔާ ވަގުތު އަދި ޑޮކްޓަރ ޝަހީމް???

  16
  5
 3. ދޮރުވާނު

  ޝައިހު ޝަހީމު ކިތަންމެ ދުރުގައި ހުންނެވިނަމަވެސް ރަށްޔަތުންނަށް ތިފަދަ އަގުހުރި ނަސޭހަތްދެއްވުމަށް އިސްނެންގެވީތީ ﷲ ގެ ކިބަފުޅަށް ދުއާ ދަންނަވަން ﷲ އަކުބަރު.

  20
  6
 4. ނޭނގޭމީހާ

  ތިޔައީ ބޮޑެތި ފުންނާބު އުސް ޢިލްމްވެރިންކަމަށް ކިޔާމީހުން މީހުން އުޅެންވީ ގޮތްބުނެދިނުމަށް ދަރުސްއޭ ތިކިޔަނީ އަޅެ ތިހާ އިލްމްހުރިއްޔާ ބުނެބަލަ ކޮވިޑް ބަލީގެ ފަރުވާއަކީ ކޮބާކަން

  4
  25
 5. މަ ހަމަ ކޮސްވެއްޖެ

  ނޭނގޭމީހާ ކަލެއަށް ރަނގަޅު ނޭނގޭމީހާ ކިޔަން. ސުވާލެއް ކޮށްލަންވެސް ނޭނގޭމީހާ އަށް ނޭގުން

  16
  2
 6. ދުރުވިސްނޭ

  ޝައިހުޝަހީމް އަކީ އިސްލާމީ ދުނިޔޭގައި ބަސްވިކޭ ނުފޫޒުގަދަ އިސްލާމީ ޝަހުސިއްޔަތެއް މިފަދަވެރިންގެ ދަރުސްތަށް އަޑުއަހާހިތުން ގައުމު މިވަނީ ކެތްމަދުވެފަ ޝައިހުއަށް ހެޔޮރަހުމަތްލައްވާށި އެވެ އާމީން.

  7
  4
  • ކައިރި ވިސްނޭ

   ތިޔަ ބުނާ ދުރެއް ނުވިސްނޭނެ. މަށާ ކަލެއަށް ނޭނގޭ އެކައްޗެއް ވެސް ބުނެއެއް ނުދެވޭނެ.