މާލެއިން ފެނުނު ކޮވިޑް 19 ކޭސްތަކުގެ ތެރެއިން ކޭސް 26 އަކީ ޕްރޮބަބްލް ކޭސްއެއް ކަމަށް، ކޮވިޑްް 19އިގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވަނީ ޕްރޮބަބްލް ކޭސްތައް އެޗްއައިއެޗް އަށް ބަދަލު ކުރާނެ ކަން ވެސް ހާމަކުރައްވާފައެވެ. އަދި އޭނާ އަށް ފަރުވާދެމުންދާނީ ޕްރޮބެބްލް ކޭސްއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ އިތުރު ތަފްސީލް ދެއްވަމުން އެޗްޕީއޭގެ ޑޮކްޓަރ ނަޒްލާ ރަފީގު ވިދާޅުވީ، އެހެން ކޭސްތަކާއި ގުޅުން ހުރި ނޫނީ ބައްޔަށް އެކްސްޕޯޒް ވުމުގެ ފުރުސަތު އޮތް ކޭސްތައް ބަލާނީ ޕްރޮބެބްލް ކޭސްތަކުގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެން ހަމަ އެއްކޭސް ރީ ކްލެސިފައި ކުރަން ކޮންފާމްޑް ކޭސްއެއް ޕްރޮބެބްލް ކޭސްއެއް ގޮތުގައި. އަދި ދެން އިތުރަށް އަޅުގަނޑުމެން އަދި ކޭސް ނަމްބާއެއް ނުދޭ ކޭސްއެއް އުޅޭނެ، އެގޮތަށް އަޅުގަނޑުމެން ރީކްލެސިފައި ކުރާ ގޮތަށް. މިއަދު އަޅުގަނޑު ދެންނެވިން ކުރިން ޓެގްގެ އެޑްވައިސް އަޅުގަނޑުމެންނަށް އެ ދެ ކޭސް އާއި ގުޅޭ ގޮތުން ލިބޭނެ ކަމަށް މިހާރު އަޅުގަނޑުމެންނަށް ވަނީ އެ އެޑްވައިސް ލިބިފައި." ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެ ކޭސްތަކުގައި ހިމެނޭ މީހުންނަށް އެކަން އަންގާނެ ކަމަށާ، މިއާއި އެކު ޖުމްލަ ކޭސްގެ އަދަދަށް ބަދަލެއް ނާންނާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ޕްރޮބެބްލް ކޭސްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކޭސް 26 ގެ އިތުރުން އެއާޕޯޓް ސެކިއުރިޓީގައި މަސައްކަތް ކުރާ ޒުވާން އަންހެން ކުއްޖާގެ ކޭސް ކަމަށް މައުލޫމާތު ލިބެއެވެ.

މި ނޫނަސް ބަލި ހުރިކަމަށް ޝައްކު ކުރެވޭ ފަރާތްތަކުގެ ތެރޭގައި ގިނަ ފަރާތްތައް ތިބޭނެ ކަމަށާ، އެ މީހުން ވެސް 14 ދުވަސް ވަންދެން މޮނިޓަރ ކުރާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެފަދަ ކޭސްތައް އިއުލާން ނުކުރާކަން ވެސް ނަޒްލާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކޮވިޑް

  ދިވެހި ބަސް ހަމަ ހުތުރީތަ ބޭނުން ކުރަން .

  19
 2. ތިމަންނަ

  އަޅުގަޑުމެން ނޭވާ ހޮޅިއަށް އެޅިފައިވާ މި ވަގުތުގައި ތިޔަ ފަދަ އިގިރޭސިބަސްތައް ބޭނުން ކުރެއްވުމުގެ ކުރީގައި ، ވިދާޅުވާން އުޅުއްވާ ބަހެއްގެ ދިވެހި މާނަ ކުރިއަށް ވިދާޅުވެ ދެއްވާ އޭގެ ފަހުގައި ދެން ތިޔަވިދާޅުވާ އިގިރޭސިބަސްތައް ވިދާޅުވެ ދެއްވާ ، މިއަދު އަޅުގަޑުމެންނަށް ތިޔަ ވިދާޅުވާ ބަސްތައް ދިވެހި ބަހަށް ތަރުޖަމާ ކުރެވޭވަރުގެ " ހިތްވަރެއް" ނެތް......

 3. ޭއެސޮރު

  ޢެއްވެސް ބަޔަކު އެެއްވެސް ކަމެއް އޮޅުވާލަން ނޫޅުއްވާ އަދި އެއްވެސް މީހަކު ފަޅީހަތް ކުރައްވަންވެސް މި ދަޑިވަޅުގަ ނޫޅުއްވާ ރައްޔިތުން ދަނީ ވަރަށް ގާތުން ބަލަމުން

 4. آمنة

  ވެދާނެ ބޭރުބަސް ބޭނުންނުކުރީމަ ބަހުގެ ތަރައްޤީގެ ކުލަ ފަނޑުވަނީކަމަށް. އެންމެފަހުން އަހަރެމެންގެ މިރީތި ދިވެހިބަސް ވަޅުލެވިދާނެ.

 5. ހސއނ

  މިހާރު ވެއްޖެނު އެކޭސް މިކޭސް ނުކިޔާ މީހާގެ ނަން ހާމަކުރަން.. ކޭސް ނަންބަރު ކީމަ މަށަށް ކިހިނެއްތަ އެނގެނީ އޭމީހުން އެބުނާ ކޭސްއަކާ މަށާ ދިމާނުވާކަމެއް.. އަދި ބަލިމީހާއަށް ކިހިނެއްތަ އެނގެނީ ބުނަން އެމީހާއާއި ދިމާވެފަ ހުރި ހުރިހާ މީހުންގެ ނަމާކާ ދެވިފަި ހުރިތަނަކާ ބުނަަން... ކޮންޓްރޯލް އިން ނަށްޓާހިސާބަށް ދިޔައީމަ ކަންނޭނެ ނަންހާމަ ކުރަންފަށާ ނީވެސް... ﷲ އަޅަމެން މި ބަލިމަޑުކަމުން ސަލމަތް ކުރައްވާ އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.. އާންމީން..

 6. އައްޑޫ މީހާ

  ބަލަ ތިޔަ ބުނާ ވައްތަރުގެ ކޭސްތަކަށް ނަމްބަރު ނުދޭ ވާހަކަވެސް ބުނީމެއްނުންތޯ! ދެން މިހާރު ކިހިނެތްތޯ ނަމްބަރު ދިނީ ؟