ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ އުދާސްތައް ޓުވިޓާ މެދުވެރިކޮށް ބަންޑުން ކޮއްލައިފއެވެ.

މަހުލޫފު ކުރެެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް މައުމޫނު އަކީ އޭނާގެ ސިޔާސީ ހަޔާތުގައި އެންމެ ބޮޑު ސަޕޯޓެއް ދެއްވި ފަރާތް ކަމަށާއި ހިޔާލުތަފާތުވި ވަގުތުގައި ވެސް އަދި ޕީޕީއެމް އިން ކަޑާލި ވަގުތުގައިވެސް މުއާމަލާތް ކުރީ ރީތިކޮށް ކަމަށާއި އެއީ އެމަނިކުފާނަށް އޭނާގެ ހިތުގައިވާ އިހުތިރާމެއްގެ ބޮޑުކަމުން ކަމަށެވެ.

އަދި މައުމޫން އަކީ ނިރުބަވެރިއެއް (ޓެރަރިސްޓެއް) ނޫން ކަމަށާއި މައުމޫން މިނިވަން ކޮށްދެއްވުމަށް މަހުލޫފް ވަނީ ގޮވާލައްވާފައެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.

ކުރީގެ ރައީސް މައުމޫންގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމުގެ ތުހުމަތެވެ.

މައުމޫނުގެ އިތުރުން އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަލުން ޔުމްނާގެ ފިރިކަލުން އަހްމަދު ނަދީމާއި ސިނާންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި މެންބަރު އަބްދުﷲ ރިޔާޒް އަދި މެންބަރު އިލްހާމް އަހްމަދުގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާކުރަން މިހާރު ކޯޓަށް ވަނީ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. 3ނިރު

    މައުމޫނަކީ ޓެރެރިސް ދިގު މުއްދަތަކަށް ޖަލަށްލާންވީ

  2. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  3. ހުމުދު

    މަހޭ ކަލެއަކަށް މިހާރު ޓެރަރިސްޓެއް ކާފަރެއްވެސް ވަކިނުވާނެ ކަލޭތިހިރީ މޮޔަވެފަ ފައސާ ޔާ ގެދޮރާ ހެދި މީ ވަރަށް ވާހަކަ.....

  4. ކޮލެޖް

    މައުމޫނަކީ މިހާރު ަޓެރަރިސްޓެއް.

  5. ނުރަބޯ

    ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ހިނގަމުންދާ ސަރުކާރެއް ގާނޫނީ އެންމެ މަތީބާރަށް ރިޝްވަތުދީގެން ވަށްޓާލަން އުޅުމަކީ ބަޣާވާތްކުރުން. އެހެންވީމާ ދުލެއްނުކުރެވޭނެ. ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅު ކަމުން މަޢާފްދެއްވިޔަސް ތިޔަމީހާ މައިތި ނުވާނެ.

  6. ނަބީލާ

    ތިކަން ނިންމާނީ މަޚުލޫފެއްނޫން! ކޯޓުން މައްސަލަ ބަލާ ކުށެއް ނެތިއްޔާ ދޫކޮށްލާނެ! ކުށް އޮތަސް ސާބިތު ނުވެއްޖެއްޔަވެސް ދޫކޮށްލާނެ! ކުށް އޮވެ ސާބިތު ވެއްޖެއްޔާ ޙުކުމް އަންނާނެ!

  7. އަދުރޭ

    މައުމޫން އަކީ ޓެރެރިސްޓެއް ޔާމީން އަކީ ބޮޑު ޑިކްޓޭޓާާ އެއް