ކޮވިޑް-19 އަށް ޓެސްޓް ކުރާ މުވައްޒަފުންގެ ދަތިތައް އެބަހުރި ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކްޓަރީ މުހައްމަދު މަބްރޫކް އަޒީޒް ރޭ ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ޓެސްޓް ކުރުން އަވަސް ކުރެވޭނެ ގޮތް މަގުފަހިކުރުމަށް މިހާރު ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ހަމަ ރިއޭލިޓީއަކީ އަޅުގަނޑުމެންގެ އެބަ އުޅޭ ބެކްލޮގެއް. އިނގޭތޯ. ކޮންމެ ދުވަހަކު އައިސް މިކިޔާދޭ ނަމްބަރުތަކުން ވެސް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ސާމްޕަލްތައް ވެސް ނަތީޖާ ނުލިބި 250 އެއްހާ ސާމްޕަލް މިއަދު ހެނދުނު ނޫނީ މިރެއާ (ރެއާ) ހަމައަށް އައި އިރުގައި 300 އެއްހާ ސާމްޕަލް އެބަ ހުރި ނަތީޖާ ނުލިބި." މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޓެސް ކުރުމުގައި ބުރަ ޒިންމާ އުފުލަނީ ޖުމްލަ ފަސް މުވައްޒަފުން ކަމަށާއި، އެ މީހުން ޓެސްޓް ކުރުމުގައި ހަރަކާތްތެރި ވަނީ އައިޖީއެމްއެޗްގެ ފްލޫ ޓީމުން ކަމަށް ސަރުކާރުން ކުރިން ބުންޏެވެ.

ނަމަވެސް ލެބްގައި އިތުރު މުވައްޒަފުން ހަރަކާތްތެރިވާނެ ކަން އައިޖީއެމްއެޗްއިން ފާހަގަކުރެއެވެ.

ރާއްޖޭގައި ޓެސްޓްކުރުން އަވަސް ކުރުމަށް ރާއްޖޭގެ ކޮންމެ ހިސާބަކުން ސާމްޕަލް ނެގިއަސް 12 ގަޑިއިރު ތެރޭގައި ޓެސްޓްގެ ނަތީޖާ ލިބޭނެ އިންތިޒާމް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހަމަޖައްސައިފައެވެ. މިހާރު ލަސް ވަނީ ނެގެޓިވް ކޭސްތަކުގެ ނަތީޖާ އިއުލާން ކުރުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެއިތުރުން އެޗްޕިއޭއިން ދަނީ މި ބައްޔާއި މެދު އާންމުން ހޭލުންތެރިކޮށް، ރައްކާތެރިވާން އެޅޭނެ ފިޔަވަޅުތަކުގެ މައުލޫމާތު މެދުނުކެނޑި ދެމުންނެވެ. ކޮވިޑް-19 އާ ގުޅިގެން 90،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ތަމްރީން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ނޫނޭ އަލީވަހީދާއި އަމީންއާއި އަދި ކަލޯމެންނޫންތޯބުނީ ކެޕޭސިޓީ އެބަހުއްޓޭ ބޭރުން ފްލޯޓިން ހޮސްޕިޓަލު ގެންނަންވެއްޖެނަމަ އެކަންކުރަންވެސް ޤާބިލް ކަމަށްބުނި އެކަމު ކަމަކާޖެހުނީމަ ކަލޯމެންގެ ރައީސް ކިބޫފެށީރޯން ގަޓެއްނެތް

    15
    3