ރާއްޖެއިން އިތުރު ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވެ، ރާާއްޖެއިން މި ވައިރަސް ޖެހުނު މީހުންގެ އަދަދު 83 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ސާމްޕަލް ނެގި ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، އެ މީހާ މިހާރު އައިސޮލޭޝަން ފެސިލީޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ މިއަދު މި ބައްޔަށް ފައްސިވި 14 ވަނަ މީހާއެވެ.މީގެ ކުރިން ކޮވިޑް-19 އަށް ފައްސިވި 13 މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ހިމެނެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މިހާރު އެމީހުންނާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލެ އިން އޭޕްރީލް 15 ވަނަ ދުވަހު ކޮވިޑް-19 ފެނުމާއި އެކު ރާއްޖޭގެ ހާލަތު ނުރައްކާވެފައިވާއިރު، އެ ދުވަހުގެ ފަހުން މާލެ އިން ކޮންމެ ދުވަހަކުވެސް ދަނީ ކޭސްތައް ފެންނަމުންނެވެ.

އަދި މިހާރު ހއ. އުލިގަމުންވެސް ކޮވިޑް-19 ޖެހިފައިވާ މީހަކު ވަނީ ފެނިފައެވެ.

މިހާލަތުން އަރައިގަތުމަށް މިހާރު މުޅި މާެލެ ސިޓީ އޮތީ ފުރަބަންދުކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 83 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 38 ދިވެހިންނާއި، 45 ބިދޭސީންނެވެ. ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 16 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނީމް

  ތި ބިދޭސީން ގެ ސަބަބުން މުޅި މާލެ ވައިރަހުން ދޮވެލާނެ! ބިދޭސީން ދިވެހިން ނަށް ވުރެން މި ގައުމުގެ އާބާދީ ގަ އަސްލު ގިން! 340000 ބަންގާޅިން !

  7
  1
  • ޢއާންމު

   ދިވެހިން މިގޮތަށް ވޯރކް ކުރާނަމަހީ ، ހަމަ އެ ދިވެހީން ދޯ މިހާލަތަށް ދިޔުން ގާތީ. މިބޭރު މީހުން ކޮށްދޭ މަސައްކަތްތަށް ހަމަ ކޮންމެވެސް ބަޔަކު ދިވެހިންވިޔަސް ކުރާނެދޯ.

   1
   1
 2. އަހުމަދު

  މާލެއަކީ ލައްކަލައްކައިން މިލިއަނުން މީހުން އުޅޭތަނެއްނޫން އަދި އެހާބޮޑު ރަށެއްވެސް ނޫން މިބަލިކޮންޓްރޯލް ނުކުރެވޭކަށް މިހާރުންމިހާރަށްވެސް ކެމިކަލް އިސްޕްރޭ މުޅީމޭގައި ކުރަންވަގުތުމީ ހިތްވަރާއެކު މަސައްކަތްކުރަންވީ

  9
  2
 3. Anonymous

  ވަހުތު ނޫހުން ، މަބު ރޫކްއާއި ސުވާލެއްކޮށްދެވިދާނެތޯ ، މިހާ ރު ފެންނަކޭސްތަކަކީ ، މިހާ ރު އައިސްލޭޓްކު ރެވިފައިވާ މީހުންގެ ފަ ރާތުން ފެންނަކޭސްތޯ ، ނޫނީ މާލެތެ ރެއިން ފެންނަކޭސްތަކެއްތޯ

 4. ޢައިޝާ

  ތިޔަހެން ބުނެވޭކަށް ނެއް. ފުރަތަމަވެސް ކޮވިޑް ފެނުނީ ދިވެއްސެއްގެ ގައިން. އިންސާފަށް ވާހަކަ ދައްކާ.
  ކޮވިޑް މާލެއަށް ފެތުރެން މަގުފަހިވީވެސް ސަރުކާރުގެ އިޚްމާލުން. ސޯ ޑޯންޓް ބްލޭމް އަދާސް

  14
  2