ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު ހދ.ނޮޅިވަރަމަށް ދަތުރު ކޮށްފައި ވާތީ އެރަށަށް މީހުން އަރައި ފޭބުން މަނާކޮށް ރަށް ކަރަންޓީން ކުރަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެންގެވި އެންގެވުން ނިމުމަކަށް ގެނެސް އެރަށުގެ ކަރަންޓީން އުވާލައިފިއެވެ.

އާދީއްތަ ދުވަހު ނޮޅިވަރަމް ކަރަންޓީން ކޮށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ސޮއި ކުރައްވާ ނޮޅިވަރަމް ކައުންސިލަށް ފޮނުވި ލިޔުމުގައި ވަނީ އެރަށް ކަރަންޓީން ކުރީ އެރަށަށް ދަތުރުކޮށްފައިވާ މީހެއްގެ ކިބައިން، ކޮވީޑު 19 އަށް ޝައްކުކުރެވެ ޢަލާމަތްތަކެއް ފެނުމާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

ރޭ މެންދަމު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ސޮއި ކުރައްވާ ނޮޅިވަރަމް ކައުންސިލަށް ފޮނުވި ލިޔުމުގައި ވިދާޅުވެފައި ވަނީ ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.

ނޮޅިވަރަމާއި ގުޅިފައިވާ ކޭސްގެ މައުލޫމާތެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު