ކޮވިޑް-19 އަށް މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނޭ 80 އަހަރުގެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޭސް 81 ގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މީހާގެ ހާލަތު ކައިރިން މޮނިޓާ ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފްލޯ އަށް ބަދަލުކޮށްފައި ކަމަށެވެ. އެކަމަކު، އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ވެސް އެޗްޕީއޭ އިން ނުބުނެއެވެ.
އަދި މި މީހާގެ ހާލަތާ ގުޅިގެން އެއްވެސް މައުލޫމާތެއް އެޗްޕީއޭ އިން އަދި ނުދެއެވެ.
އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިއަދު އެކަނި ވެސް 14 މީހެއްގެ ގައިން ކޮވިޑް-19 ވަނީ ފެނިފައެވެ. އޭގެތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހުންނެވެ.
ރާއްޖެ އިން މިހާތަނަށް 83 މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ. އޭގެތެރޭގައި ހިމެނެނީ 38 ދިވެހިންނާއި 45 ބިދޭސީންނެވެ. މިހާތަނަށް 16 މީހަކަށް ޝިފާ ލިބިފައިވާ އިރު، ދަރުމަވަންތަ ހޮސްޕިޓަލް ހިމަނައިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުން ދަނީ 67 މީހުންނަށެވެ.
މީގެކުރިން ކޮވިޑް-19 ޖެހި ހާލު ދެރަވެގެން ދަރުވަމަވަންތަ ހޮސްޕިޓަލްގައި 70 އަހަރުގެ އިޓަލީ ފިރިހެނަކަށް ފަރުވާ ދިނުމަށް ފަހު، އޭނާ ވަނީ ރަނގަޅުކޮށްފައެވެ. ޑޮކްޓަރުން ކުރިން ބުނި ގޮތުގައި އެ ބިދޭސީ ފަތުރުވެރިޔާ ދަރުމަވަންތަ ހޮސްޕިޓަލަށް ގެނައި އިރު ވެސް އޮތީ ނިއުމޯނިއާ ޖެހިފައެވެ.
އަދި އެމީހާ އަށް އައިސީޔޫގައި ވެސް ދުވަސްތަކެއް ވަންދެން ފަރުވާ ދިނެވެ.
الحمد لله شكر، މި އަދު ދަރުމަވަންތަ ހޮސްޕިޓަލް ހުރިކަން ރަގަޅު. ބަނޑަށް ޖެހިގެން މަރުވުން ވެސް ދުރެ އްނޫ ފިހާރަ ތަކުގަ ބޭނުންވާ ސާމާނު ނެތުން ވެސް ކަންބޮޑުވާ ޖެހޭ
ޔާﷲ އަޅަމެން މިނުރައްކަލުން ސަލާމަތް ކުރަށްވާށި އާމީން ، އެއްމެ ހާ އަހުންނާ އުހުތުންނޭ ހެޔޮއަމަލުގިނަކޮށް ﷲ ގެ ހަޒުރަތަށް ދުއާ ދަންނަވާ ޒިކުރު ކުރުމާއެކު ގޭގައި މަޑުކުރޭ...