ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ބޭންކެއްގައި މަސައްކަތް ކުރާ އިތުރު މުވައްޒަފަކު ހިމެނޭ ކަން "ވަގުތު" އަށް އެނގިއްޖެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 މާލޭގައި ފެތުރެން ފެށީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ. މިއަދާ ހަމައަށް 82 މީހެއްގެ ގައިން ބަލި ފެނުނު އިރު، އޭގެތެރެއިން 38 ދިވެހިންގެ ގައިން ބަލި ވަނީ ފެނިފައެވެ. އަދި 44 ބިދޭސީއެއްގެ ގައިން ބަލި ވަނީ ފެނިފައެވެ.

އެނގިފައިވާ ގޮތުގައި މި ބައްޔަށް ފައްސިވި މީހުންގެ ތެރޭގައި ބޭންކެއްގައި މަސައްކަތް ކުރަމުން އަންނަ ދެ މުވައްޒަފުން ހިމެނެއެވެ. އެންމެ ފުރަތަމަ މި ބައްޔަށް ފައްސިވެފައިވަނީ އެ ބޭންކްގައި މަސައްކަތް ކުރަމުން އަންނަ ފިރިހެން މުވައްޒަފެކެވެ. އަދި އެންމެ ފަހުން އެ ބައްޔަށް ފައްސިވީ ހަމަ އެ ބޭންކްގެ އަންހެން މުވައްޒަފެކެވެ.

ބޭންކްގެ މުވައްޒަފުންގެ ތެރެއިން ފުރަތަމަ މި ބަލި ޖެހުނު މީހާގެ ގައިން އަލާމާތްތަކެއް ފެންނަން ހުރުމުން ދެއްކީ މާލޭގައި ހުންނަ ފްލޫ ކްލިނިކަކަށެވެ. ދެ މީހެއްގެ ގައިން ބަލި ފެނުމާ ގުޅިގެން ބޭންކްގެ ދެ ތިން މުވައްޒަފުން ފިޔަވައި ހުރިހާ އެންމެން ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފައެވެ.

ރާއްޖެ އިން މިހާތަނަށް ޝިފާ ލިބިފައިވަނީ 16 މީހަކަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 66 މީހަކަށް މިވަގުތު ދަނީ ފަރުވާދެމުންނެވެ.

މިހާތަނަށް އައިއިރު، ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ އެއާޕޯޓުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނާއި ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ދުނިޔޭގެ 210 ސަރަހައްދުން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2.5 މިލިއަނާ ގާތަށް ވަނީ ޖެހިލައިފައެވެ. މި ބަލީގައި މިހާތަނަށް 170,566 މީހުން މަރުވި އިރު، ބަލިން މިހާތަނަށް ރަނގަޅުވެފައި ވަނީ 653,233 މީހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހސއނ

    ﷲ ސުބުޙާނަޙޫ ވަތަޢާލާ އަޅަމެން އެންމެން މިބަލިން ސަލާމަތް ކުރައްވާ ބަލި ޖެހިފައިވާ ފަރާތް ތަކަށް އަވަސް ޝިފާއެއް ދެއްވަވާ... ބަލިން ސަލާމަތް ކުރައްވާށި.. އާންމީން

    57
    1
    • ރޯނު

      ކަލޭ ތީ ހަރުކަށި ބައިގެ މީހެއްނަމަ ނައްޓާފަ ނުދާނެ. އޮވޭ ގޭތެރެއަށް ވަދެ ރަޖާލައިގެން

  2. ގޮތް ނޭންގޭ

    ކޮން ބޭންކެއްތަ؟