ރައްޔިތުންގެ މަޖިލިހުން މިއަދު ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފިއެވެ.

ހަފްތާއެއްގެ މެދުކެނޑުމަކަށް ފަހު، މަޖިލިހުގެ ޖަލްސާއެއް ބާއްވަން މިއަދު އެޖެންޑާކޮށްފައި ވަނީ ހެނދުނު 11 ޖަހާއިރުއެވެ. މި ހަފުތާގެ ޖަލްސާތައް ވެސް ކުރިއަށް ގެންދަން ނިންމާފައި އޮތީ ވެބް ކޮންފަރެންސް މެދުވެރިކޮށެވެ. އެކަމަކު، މަޖިލިހުގެ އިދާރާ އިން ބުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާދަމާ އަށް ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ.

ނަމަވެސް ދިމާވެގެން އުޅެނީ ޓެކްނިކަލް ކޮން މައްސަލައެއް ކަމެއް އެ އިދާރާ އިން ނުބުނެއެވެ.

އެކަމަކު، "ވަގުތަށް" އެނގިފައިވާ ގޮތުގައި މަޖިލިހުގެ ޖަލްސާ ބާއްވަން ތައްޔާރުވަމުން ދަނިކޮށް، އެ އިދާރާ އިން ވަނީ ކަރަންޓު ކެނޑިފައެވެ. މަޖިލީހުގެ އިދާރާއިން ފުރަތަމަ ބުނީ މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް މިއަދުގެ ޖަލްސާ ފަށާނެ ގަޑި އިއުލާން ކުރާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރި ބައެއް ކަންކަމުގެ ތެރޭގައި ލޯކް ކައުންސިލް އިންތިހާބު ފަސް ކުރުމާއި މިހާރު ތިބި ކައުންސިލަރުންގެ ދައުރާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ބިލު ވެސް ހިމެނެއެވެ. މިއަދު އެޖެންޑާކޮށްފައި ވަނީ މި ހުރިހާ ބިލެއްގެ އިބްތިދާއީ ބަހުސްއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޢަންސާރު

  ބަކަރި ކޮށި ބަންދު ކުރޭ...ތިޔަ ބަކަރިތައް ހުއިހައްޕާތަން ބަލާކަށް ދިވެހިން ބޭނު މެއް ނޫން

  17
  2
 2. ތައްބެ

  ތިޔަ މެންބަރުން ނޯޕޭ އަށް ފޮނުވަންވީ ގައުމުގެ މިހާލަތަށް ވައްޓާލި ތިޔަ މެންބަރުން ރައްޔިތުން ހާލުގަ ޖެހުނީމަ އެހީވެސްނުވާ ބައެއްތީ

  17
  1
 3. ލާމު

  މަޖްލިސް އެއްވެސް މުވައްޒަފަކު މަޖްލީހައް ދިއުން ރައްކާޔެރި.އެއް.ނޫނެވެ. މެމްބަރުން ތިބޭނީ ގޭގަ އެވެ.

  13
  1
 4. ނޫރު

  ތިޔަ ތަނުގައި މަސައްކަތްކުރާ އެމްޑީޕީގެ މެންބަރުންނަކީ ކޮވިޑް ރާއްޖެއަށް ނައިސްގެން އެންމެ ގިއިން ބަދުދުޢާކުރި މީހުން ކޮވިޑްގެ ސަބަބުން ބޯހިޔާވަހިކަމާ ބަނޑުހައި ހޫނުކަމާ އަދިވެސް އެހެނިހެން ބޭނުންތަކަށް ދަތިނުވާނެކަމަށް ބުނެ އެކަންކަން އިސްލާހުކުރަން ވާހަކަ ދެއްކި މީހުންނާ މަލާމަތްކުރިބައެއް މި ދަނޑިވަޅުގައި ކޮންމެހެން ނަޝީދު މޮޔަވެގެން އުޅޭނެކަމެއްނެތް

 5. ޣާލް

  މި މީހުން އެކަނި މިޤައުމުގަ އުޅެންވީ. ގޭގައި ތިބެގެން ވެބްކެމްއެއް ކުރިމައްޗައް އަރާ ރޭންޖް ނުލިބޭ ހާލު އަނގަތަޅުވާކިޔަސް އެއްކަމެއް ނުކުރިޔަސް 80000 ރުފިޔާ ނަގާލާ އެބަ. ކީއްތަވާނީ ރިސޯޓްކުދިންނާ ވަޒީފާއިން މިދަނޑިވަޅު ކަނޑާފަ ފޮނުވާލި ބަޔަކަށް އެއިން އެތިކޮޅެއް ދިނިއްޔާ

 6. ކާފަބޭ2020

  އެހެންނުހަ އްދަވާ! ފޫކޮޅުގަ އަލިފާރޯވެފަ އޮތަސް ތިޔަބަކަރިކޮށީގެ އަޑު ކަނޑުވަ އިގެންނުވާނެ !ރޫހަކީތިޔަ އީ މީހުންގެސަމާލުކަން އެހެންދިމާލަކަށްހުރީ ވަގުތުގެބޭނުން ހިފާލާތި ނޫނީ ގޮނޑިންވެ އްޓިދާނެ ނިދިޖެހިގެން

 7. ހުޅުލޭ ބޮޑުމީހާ

  މަޖިލިސް ޖަލްސާ ބޭއްވުމަށްވުރެ މިވަގުތު ތިމީހުންވެސް ޑެލިވަރީ ކުރަން ސިފައިންނާއިއެކު ނުކުތުން ރަނގަޅު..ރައްޔިތުން ހާލު ޖެހޭ ވަގުތު ރައްޔިތުންގެ ފައިސާއިން އެންމެހާ ބޮޑު މުސާރަ ނަގައިގެން ރައްޔިތުންގެ މަންދޫބުންނޭ ކިޔާފަ އޮންލައިންކޮށް ޖަލްސާ ބާއްވާފަ ޓްވީޓެއް ކޮށްލުމަކުން ރައްޔިތުންނަށް ކަމެއް ކޮށްދެވުނީ ކަމަކަށް ނުވާނެ

 8. ދުންތަރި

  ތިޔަ ކޮށި ދޮރުތައް ހުޅުވައި ހުރިހާ މީހުން ދޫކޮށްލާ މަޖިލިސް އުވާލާ މުޅި ޤައުމުގެ ހުރިހާ ބާރެއް އެމްޑީޕީބަނޑުދަށުލާންވެގެން މި ނާޒުކު ދަނޑިވަޅިގަވެސް ޖަލްސާ ނުބޭއްވިގެން ތެޅި ފޮޅޭއިރު ހީވަނީ ގިތެއުތަކެއް ލޮނުމެދުކަިގެން އުޅޭހެން މީ ދެން ކޮންފަދަ ބޮޑު އާފާތެއްތަ ދިވެހިންނަށް ޖެހިފަވާ ތިޔަ މަޖިލިސް އަވަހަށް އުވާލާ އެންމެން ނޯގަ ގެޔަށްފޮނުވާލަ މުއްދަތެއްނެތް ގޮތަށް ތިތަ އެމްޑީޕީ މަޖިލީހަކުން މި ޤައުމަށް މި ޤައުމުގެ ރައްޔިތަކަށް ފައިދާވާނެ ކަމެއް ނުކުރާނެ ދިވެހިންނަށް ފުރައްސާރަކޮށް މަލާމާތްކުރަނީ ޖެއްސުން ކުރަނީ ހުރިހ ާބާރުތަކެއް މުށުތެރެއަށްލާން މަސައްކަތްކުރަނީ ޑުރަގު ޑީލަރުންނާ ގޭންގްސްޓާރުންނާ މުޖުރިމުންނާ ތަނެއް ދޮރެއް ނުދަންނަ ޤަމާރުންނަށް މެމްބަރުކަން ދީގެން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހާލު ހެއްދެވިފަރާޓަށްވެސް ގޮންޖަހައި މުރުތައްދުވެވޭއިރުވެސް ނޭނގޭ މިކަހަލަ މަޖިލީހެއް ބޭނުމެއްނޫން