ރާއްޖެއިން ކޮވިޑް-19 ޖެހުނު ދިވެއްސަކަށް އައިސީޔޫގައި ފަރުވާދޭން މިއަދު ފަށައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ހުސެއިން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި 80 އަހަރުގެ ފިރިހެނަކަށް ފަރުވާ ދެމުން ދާ ކަމަށެވެ. އަދި އޭނާއަކީ ސްޓްރޯކެއް ޖެހިގެން ފަރުވާ ދިން މީހެއް ކަަމަށް މޫސަ ވިދާޅުވިއެވެ.

އަދި އެ މީހާއަކީ އެހެން ބަލިތައް ތަހަންމަލް ކުރަމުންދާ މީހެއްކަން ފާހަގަކުރައްވަމުން ޑރ. މޫސާ ވިދާޅުވީ، މި މީހާ ބެލެވެނީ ވަރަށް ހާލު ދެރަ މީހެއްގެ ގޮތުގައި ކަމަށެވެ.

"ބަލި މީހާއަކީ ދެ އަހަރު ވަންދެން ބެޑަރިޑަން އެހެން ނޫނިއްޔާ އެނދުމަތިގައި ސްޓްރޯކެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހެއް، އަދި އޭގެ އިތުރަށް އެހެން ބަލިތައްވެސް އެ މިހާގެ އެބަހުރި. މީގެތެރޭގައި ހަކުރު ބަލި، ލޭ މައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން". އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޑރ މޫސަ ވިދާޅުވީ، އެ މީހާއަކީ ކާއެއްޗެހި ނޭވާ ހޮޅިއަށް ގޮސްގެން ނިއުމޯނިއާ ޖެހިގެން އެތައް ފަހަރަކު ހޮސްޕިޓަލްގައި މީގެ ކުރިން އެޑްމިޓް ވެފައި ހުރި މީހެއް ކަމަށެވެ.

"80 އަހަރުގެ މީހަކަށް ވެފައި މިހާ ގިނަ ބަލިތައް ތަހައްމަލު ކުރާ މީހަކަށް ވާތީވެ މިކަހަލަ ބައްޔެއްްގައި ވަރަށް ބޮޑަށް ހާލު ދަށް ވެދާނެ މީހަކަށޭ މި ބެލެނީ". ޑރ.މޫސާ ވިދާޅުވިއެވެ.

ޑރ. މޫސަ ވިދާޅުވީ، އެ މީހާ އެޑްމިޓް ކުރިއިރު، އެ މީހާގެ އޮކްސިޖަން ހުރި 94 ޕަސެންޓްގައި ކަމަށެވެ. ނޯމަލް މީހެއްގެ އޮކްސިޖަން ލެވެލް ހުންނަން ޖެހޭނީ 98 ގައެވެ.

"94 އަކީވެސް އަޅުގަނޑުމެން ބުނާނީ ވާނިންގ ސައިން އެކޭ، ވަރަށް ހާލަތު ގޯސްވެގެން ހިނގައިދާނެއޭ މީނަގެ". ޑރ. މޫސަ ވިދާޅުވިއެވެ.

މިހާ އުމުރުން ދުވަސްވީ މީހަކު މި ބައްޔަށް ފައްސިވުުމުން ދޭހަވަނީ އަޅުގަނޑުމެންްގެ މާހައުލު ތެރޭގައި ފުދޭވަރަކަށް މި ބަލި ފެތުރިފައިވާ ކަން ކަމަށް ޑރ. މޫސަ ވިދާޅުވިއެެވެ.

އަދި އުމުރުން ދުވަސްވީ މީހުންގެ ތެރޭގައިވެސް ހުން އައިސް، ކެއްސާފައި މެއަށް ތަދުވާ ފަދަ ކަމެއް ވެއްޖެނަމަ އެއީ އިންޒާރުގެ އަލާމާތެއް ކަމަށް ޑރ. މޫސަ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ....

    Dhera gotheh minvaru nukura vaasiye

    146
  2. ޢަންސާރު

    ﷲ މިބަލި އެއީ އެ އަހާއަށް ދިންނެވުމެއް ކަމުގައި މިންވަރު ކުރައްވާށި.އާމީން ...ﷲ ގެ ހުސްތާހިރު ވަންތަކަމާއެވެ....

    61
  3. ާއައިމިނާ

    ދެރަގޮތެއް މިންވަރު ނުކުރައްވާށީ.

    50
  4. އައިސާ

    ޢަވަސް ސިފާ އަކަށް އެދެން... އާއިލާއަށް ކެށްތެރިކަން ލައްވާށި އާމީން..

    57
  5. ފާތީ

    ރަގަޅު ވާނެ އިންޝާﷲ... ޢަވަސް ޝިފާއެއް ދެއްވަވާން ދޭވެ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާއާމީން

    52
  6. ފާތިޔަ

    ރ.ޔާމީނު ހުންނެވިނަމަ މިހެންވީބާވައެވެ ؟

    6
    48
    • ޢިސްދޫ މީހާ

      ކިހާ ދެރަ ކަ މެއްތަ! ކަލޭ ޔާ މީނާ އިންނަން ވީނު...ކޮން މެ ކަ މަކަށް ޔާ މީނު ތި ވައްދަނީ

      8
      5
    • ގަމާރު

      އަޅެ އެއީ ކޮވިޑު ވެކްސިނަކީތަ؟

      2
      2
  7. Anonymous

    ޢަވަސް ޝިފާ އަކަށް އެދެން... އާއިލާއަށް ކެށްތެރިކަން ލައްވާށި އާމީން..

  8. ޒުހު

    ޢަވަސް ޝިފާ އަކަށް އެދެން... އާއިލާއަށް ކެތްތެރިކަން ލައްވާށި އާމީން..

  9. ކޮބާހޭ ޒީރޯ

    ރ. ޔާ މީން ގެ ދުރުވިސްނުންފުޅުގެ ސަބަބުން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެ ބޭބެޔާހަ މަޔަށް މި ބަލި ނައީސް ﷲ ގެ ި އިރާދަފުޅާއެކު. ﷲގެ ރަހު މަތުން ަ އަވަސް ޝިފާއެއް ދެއްވަވާންފާންދޭވެ އާ މީން