ކ. މާފުށީ ޖަލު ކައިރިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާއެކު އަންހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 37 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރު ކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެޕްރީލް 26ވަނަ ދުވަހު، މާފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

މާފުށި ޖަލު ސަރަހައްދުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ފުއްޕާ ހަމަކާއި އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްޙުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެ އަންހެން މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް، ކ. މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި އެ މައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ފާޚާނާގެ މުށިތައް ހަޑިގެން ހުދުސިމެންތިއަޅަންދިޔަ އަންހެނަކާ ވައްތަރީ!