އުތުކޮރެއާއިން ނިއުކްލިޔާ ޓެސްޓު ސައިޓުތަށް ބަންދުކުރަން ނިންމައިފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި އުތުކޮރެއާއިން އެގައުމުގެ ނިއުކްލިޔާ ޓެސްޓު ސައިޓުތަށް ބަންދު ކުރަން ނިންމާފައިވަނީ މޭމަހު އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމްޖޮންއުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިން އިން ހުކުރު ދުވަހު ބައްދަލުކުރައްވައި ދެ ބޭފުޅުންވަނީ ކޮރެއަން ޕެނިންސިއުލާއަކީ ނިއުކްލިއަރ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށް އެއްބަސްވެ ވަޑައިގެންފައެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިން ވިދާޅުވީ ނިއުކްލިއާ ޓެސްޓް ސައިޓް ތަށް ބަންދުކުރިކަން ޔަގީން ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ދެފުށް ފެންނާނެހެން ކުރިޔަށް ގެންދިއުމަށް ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ ތަޖުރިބާކާރުންނަށް ދައުވަތު އަރުވާނެކަމަށް އުތުރު ކޮރެއާގެ ލީޑަރު ވިދާޅުވިކަމަށެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމްއާއި، ދެކުނު ކޮރެއާގެ ރައީސް މޫންއާ ދެބޭފުޅުންގެ މެދުގައި މިދިޔަ ހަފްތާގައި ބޭއްވި ތާރީޚީ ސަމިޓްގައި ދެ ލީޑަރުން ވަނީ ދެކޮރެއާ ދެމެދުގައި ދާއިމީ ސުލްހައިގެ މުއާހަދާއެއް ވުމަށާއި، ކޮރެއާ ހިމެނޭ ސަރަހައްދަކީ ނިއުކްލިއަރ ހަތިޔާރު ނެތް ސަރަހައްދަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައި ގެންފައެވެ.

68 އަހަރު ވެފައިވާ ހަނގުރާމަ ރަސްމީގޮތުން ނިމުނުކަން އިޢްލާން ނުކޮށް ދެކޮރެއާ މިހާތަނަށްވެސް ހަނގުރާމައިގެ ހާލަތުގައި އޮތްއިރު، ހަނގުރާމައިގެ ހާލަތު ރަސްމީގޮތުން ނިމުނުކަން އިޢްލާންކޮށް ދެކޮރެއާ ދެމެދުގައި ދާއިމީ ސުލްހަ ގާއިމްކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި އެއްބަސްވުމަކަށް ވަނީ ނިންމާފައެވެ.