ކޮވިޑް-19 އާއި ގުޅިގެން ލަފާދޭ، ޓެކްނިކަލް އެސިސްޓެންސް ގްރޫޕް، (ޓެގް) ޓީމުން އިރުޝާދު ދީފައި ވަނީ ބޭރަށް ނިކުންނަ ނަމަ މޫނު ނިވާކުރުމަށް ކަމަށާއި އެކަން ކުރުމަށް ސާޖިކަލް މާސްކް މުހިންމު ނުވާނެ ކަމަށް ކޮވިޑް-19 ގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އަނގަ ނިވާކުރުމަށް ފޮތި ފަދަ އެއްޗެއް ވެސް ބޭނުން ކުރެވިދާނެ ކަމަށެވެ. މިވަގުތު ސާޖިކަލް މާސްކް ސިއްހީ މަސައްކަތްތެރިންނަށް ބޮޑަށް ޚާއްސަ ކުރާ ކަމަށާއި އެކަން އެގޮތަށް ކުރަމުން ދަނީ ރާއްޖެއަށް އިތުރަށް ލިބެން ހުރި މާސްކް ލިބެންދެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޓެގް ޓީމުގެ އިރުޝާދަކީ މޫނު ނިވާކުރުން ކަމަށް ވުމާއި އެކު، މާސްކުތައް އާއްމުންނަށް މިވަގުތު ލިބޭކަން ކަށަވަރުކުރުން އެސްޓީއޯގެ މެންޑޭޓުގައި ވެސް ނުހިމެނޭނެކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ރައްކާތެރިކަމުގެ ގޮތުން ބަލާއިރު، ބަލި ނުފެތުރުމަށްޓަކާއި މޫނު ނިވާކުރުމުން ފުދޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ވައިރަސް އެއް ނާންނާނެ މަގުމަތީގައި އުޅެނިކޮށެއް. ކުޅު ގޮތަށް އަންނަ އިރު އަހަރުމެން ގައިން ނުކުތުން ދޯ އެންމެ ބޮޑަށް ހުއްޓުވަން ޖެހޭ ކަމަކީ. އެހެންވީމަ މި މޫނު ނިވާކުރަނީ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކްގެ އިތުރުން ޑރ.މޫސާ ހުސެއިން ވެސް ވަނީ މާސްކް ނުލިބޭ ނަމަ ފޮތިން މޫނު ނިވާކު ކުރުމަށް އިރުޝާދު ދެއްވާފައެވެ. ކޮވިޑް-19 މާލެ އިން ފެނިފައި ވާތީ ބޭރަށް ނިކުންނައިރު މާސްކް އަޅަން ސަރުކާރުން ޓެގުން އިލްތިމާސް ކޮށްފައިވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕްގައި އިސްކޮށް އުޅުއްވާ ޑރ. އަލ ލަތީފުއެވެ.

ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން މީގެ ކުރިން ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި ބޭރަށް ނިކުންނައިރު މާސްކް އަޅަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށެވެ. ރާއްޖޭގައި މޫނު ނިވާކޮށްގެން ބޭރަށް ނުކުންނަން އަންގާފައި މި ވަނީ ކޮވިޑް-19 މާލެއިން ފެތުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަމޭ

    މާނަ އަކީ "ކައިގެންނޭ ފުރާނީ، ނުކައެއް ނުފުރާނަމޭ" ޔޫރަޕްގެ ބައެއް ގައުމުތަކުގައިވެސް އެ ގޮވަނީ އެހެން، މޫނު ނިވާކުރާށޭ. ޑުބާއީގައި މާސްކް ނާޅާމީހުން ކުރަނީ 200 ޑޮލަރުން ޖޫރިމަނާ. މި ތާގައި ސާޖިކަލް މާސްކް ހާއްސަ މިވީ ސިއްހީ މީހުންނަށް. ކުރިން ބުނި ދިވެހިންނަށް ވާވަރަށް މާސްނއެބަހުއްޓޭ. މިހާރު ވެދާނެ އެއިން ނުވަނީކަމަށްވެސް

    14
    1
  2. އިހުމާލް ?

    ކޮބާ ތޯ ބޮޑު ކަރާގެނާހާ މާސްކު..

  3. ހަސަނުބެ

    މޫނު ބުރުގާ އޭ ކިޔައިކިޔާ ތިއްބާ ކިހިނެއް މިވީ. ކޮބާ އަންނި މިކަމުގަ ކީކޭތަ ބުނަނީ.

    10
  4. އެޑްމުންޑޯ

    ކުދިންނޭ އެބުނަނީ ބުރުގާ އިން ނޭފަތާއި މޫނު ނިވާކުރާށޭ ، މާނައަކީ މޫނުބުރުގާ އަޅަން މަޖްބޫރުވީއޭ

    11
  5. ވިސްނާލުމަށް އެދެމޭ

    މިހެންވީމަ ބުނެވެނީ ޑރން ސިޔާސީވެފަ އޭ ތިބީ...ފުރަތަމަވެސް ރަ އއޔިތުން މާސްކް އަޅަން މަސަ އްކަތްކުރީމަބުނީ މާސްކް އަޅަނެކަމެނެތޭ..ސި އްހީ ހިދުމަތްތެރިންގެތެރެ އިންވެސް ވަކިބަޔެކޭ އަޅަންވީ..ފުރަތަމަވެސް ބުނިނަމަ ސަރުކާރަކަށް ނެތޭ މާސްކް އެތެރެ ކުރެވޭވަރަށް ފަ އިސާ..ގަ އުމުގެ ހަޒާނާގަ އެ އްޗެނެތޭ މޯދީ ދިން އިތުބާރަށް ސަރުކާރު ބޮޑުކަޑަމުން އަ އީ..ޑރލަ އްވާވެސް ދޮގާ އޮޅުވާލުންހެދީ...ޑރން ސިޔާސީނުވެ ހަގީގަތް ހާމަކޮށް ރަ އްޔިތުން ހޭލުންތެރިކުރަންްވީ ގަ އުމު ސަލާމަތްކުރަން ބޭނުންނަމަ..

  6. ނަން

    މޫނު ބުރުގާ އެޅުމުގެ މުހިއްމުކަން ކޮވިޑް19 ސާބިތުކޮށްދެނީ

  7. Anonymous

    ސަރުކާރުގެ އިހުމާލު އެބަ އޮތް . ވަކި ބަޔަކަށް އިނގިލި ދިއްކުރުމުގެ ބޭނުމެއް ނެތް. އަމިއްލަ ރައްކާތެރިކަން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަމިއްލަ އަށް ހޯދާ. ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔާ. މުއުމިނުންގެ ހަތިޔާރަކީ ދުޢާ.

    2
    1
  8. އަބޫއައްމާރު

    މަބުރޫކުގެ ސަޅިބައިސާ ޝޯއިން ކަންކަން ފުރާފުރިހަަމަވަންޏާ މިހާރު ހުރިހާ ކަމެއް ހުންނާނީ ފުރާފުރިހަމެފައި.