އައްޑޫ ސިޓީ ހިތަދޫ ސްވަރޭޖް ޕަމްޕް ސްޓޭޝަނެއްގައި ބަޔަކު ރޯކޮށްލައިފިއެވެ.

އެކަން ހާމަކޮށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ، ހިތަދޫ ސެވެރޭޖް ޕަމްޕް ސްޓޭޝަންގައި ގަސްތުގައި ބަޔަކު ރޯކޮށްލާފައިވާ ކަމަށާއި، މިއީ ވަރަށް ހިތާމަވެރި ކަމެއްކަމަށެވެ.

"ހިދުމަތްތަކަށް ހުއްޓެމެއް ގެންނަން ރާވައިގެން މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލަން". ސޯބެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ހިތަދޫ ފެނަކަ ޕަމްޕް ސްޓޭޝަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް މިއަދު ރިޕޯޓްކޮށްފައި ވަނީ 4:53 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ މިކަން ހިނގާދިޔަ ގޮތް ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒިމްޒިމް

    ތިއީ މިސަރުކާރު ދެކެ މީހުން ރުޅި އަރުވަން މިހައްސާސް ވަގުތު ޕޕމ މީހުން ހިންގާ ލާއިންސާނީ ޖަރީމާއެއް..

    6
    25
  2. ނިކަމެތި ދިވެހި ރައްޔިތުމީހާ

    ޕޮލިޓިޝަނުންނަކީ ސްޓަންޓް ޖައްސާ ބައެކެވެ. ތިޔައީ ހައްތަހާވެސް އެމްޑީޕީ ގުންޑާއިން އަޑީގައި ތިބެގެން ހިންގާ ލާއިންސާނީ ޖަރީމާތަކެވެ. ކިހާބޮޑު ދެރަކަމެއްތޯއެވެ. މިފަދަ ނިކަމެތި ޙާލަތަކަށް ޤައުމު ވެއްޓިފައިވާ ހިނދު ރައްޔިތުންގެ އަސާސީ ޚިދްމަތްތަކުން ވެސް މަޙްރޫމް ކޮށްލަނީ އެއްވެސް ރަޙުމެއް ކުލުނެއް އޯގާތެރި ކަމެއް ނެތިއެވެ.

    13
    3
  3. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    ދިވެހި ޤައުމުގެ ޙާލަތު މިހާރު މިއޮތީ ސަލާމަތީ ބާރުތަކުން ޤައުމުގެ ޒިންމާ ކޮނޑުގައި އަޅުއްވާ ހިސާބުގައެވެ. އަވަހަށް ކުރިއަށް ވަޑައިގަންނަވާށެވެ. މިޞްރުގައި ވެސް އެންމެފަހުން، ސަލާމަތީ ބާރުތަކުން ރައްޔިތުންގެ ކަންކަމާއި ޙަވާލުވި ބީދައިން މިއޮތީ ވަގުތު ކުޑަތަންވެފައެވެ. ސަލާމަތީ ބާރުތަކަށް ނޫނީ ދެން މިޤައުމުގެ ކަންކަން މިވަގުތަށް ޙައްލު ކުރެވޭނެ ކަމާއި މެދު ކުޑަވެސް ޝައްކެތް ވަސްވާހެއް ނެތެވެ. މިފަދަ ދަށުދަރަޖައިގެ ޢަމަލުތައް ހިންގާ މީހުންނަށް ވީއެންމެ އަވަހަކަށް ޙައްޤު އަދަބު ދިނުމަށް ގޮވާލަމެވެ.

    15
    1
  4. މަބޭ

    ވަރައްވެސް ދެރަކަމެއް އެހެންނަމަވެސް ސޯބެޔައްބުނެލަން އޮތީ 8ފެބރުވަރީގަވެސް އަންދާލީ ރައްޔިތުންގެމުދާ ދައުލަތުގެމުދާ އެދުވަހު ތިޔަބޭފުޅާ ހުންނެވީހަނު.