ކޯސްޓް ގާޑުގެ ޑައިވަރުން ކަނޑު އަޑީގައި ދިދަ ހިފައިގެން މާޗް ކޮށްފިއެވެ.

ސިފައިންގެ ހިދުމަތަށް 128 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން އެމްއެންޑީއެފްގެ އިސްތަރުޖަމާނު މޭޖާ އިބްރާޙިމް އާޒިމް ޓްވިޓާގައި ޝެއާ ކޮށްފައިވާ އެ ވީޑީއޯއިން ޑައިވަރުންގެ ޤާބިލުކަން ފެނިގެންދެއެވެ. އަދި މި ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ގިނަބައެއްގެ ސަމާލުކަންވެސް ހޯދާފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ އިސްތަރުޖަމާނު މޭޖާ އިބްރާޙިމް އާޒިމް ވިދާޅުވީ، ކޯސްޓް ގާޑުގެ ޑައިވަރުން ކަނޑު އަޑީގައި ދިދަ ހިފައިގެން މާޗް ކޮށްފައިވަނީ "ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް 8" ނިންމާލުމުގެ ގޮތުން ކަމަށެވެ.

އާޒިމް ވިދާޅުވީ، މިއީ ބޭރުގެ އަސްކަރިއްޔާތަކުގެ ސިފައިން ބައިވެރިކޮށްގެން ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަރޑީސް އާއި ކޯސްޓްގާޑް ގުޅިގެން ހިންގި މި ކޯހެއް ކަމަށެވެ.

މިކޯސް ފުރިހަކޮށް ވަނަ ވަނަ އަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން، އަދި ކޯހުން ފާސްވި ދަރިވަރުންނަށް ބެޖާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމްއެވެ.

މިއީ ތިން މަސް ދުވަހުގެ ކޯހެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

މިކޯހުގައި ބޭރުގެ އަސްކަރިއްޔާތަކުގެ ތެރެއިން އިންޑިއާ ސިފައިންގެ މީހަކާއި، ސްރީލަންކާ ފަސް މީހުންނާއި، އެމްއެންޑީއެފްގެ ބައިވެރިއަކު ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާދަމުގެދަރި

    ގައުމުގެ ރައްޔިތުންނަށް މިވަގުތު ބޭނުންވެފައި އޮތް އެންމެބޮޑު ޟަރޫރީ ބޭނުން ފުއްދައިދިނީއޭ ބުނުން ނޫން އެއްޗެއް ބުނާކަށް ނޭނގުނު. ބޯހަލާކު.

    10
    8
  2. ނަންނު

    މީ މި ޤައުމުގެ ފަޚުރުވެރި ދަރީން. ޝުކުރިއްޔާ ދިވެހި ސިފައިން

    19
    2
  3. މަބުރޫކު މުރާކި

    އަ މައްޔާތް ދެން ކޮބާތަ މާރިޔާ

    3
    1