ޕްރެސް ފްރީޑަމް އިންޑެކްސްގައި، މިދިޔަ އަހަރާއި އަޅާ ބަލާއިރު 19 ދަރަޖައިގެ ކުރިއެރުމެއް މިއަހަރު ލިބިއްޖެއެވެ.
ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގެ ނޫސްވެރިކަން ކުރި ނާރާ އޮތުމަށްފަހު ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް މިދިޔަ އަހަރު ވަނީ ލިބިފައެވެ. މިދިޔަ އަހަރާއި ޖެހެންދެން ރާއްޖެ އޮތީ 180 ވަނައިގައެވެ. ނަމަވެސް މިިދިޔަ އަހަރު ރާއްޖެ 98ވަނަ އަށް އެރިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެ އަށް ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ރާއްޖެ ވަނީ ރޭންކިންގެ 79އަށް އަރާފައެވެ.
އާރުއެސްއެފްގެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ އެމަނިކުފާނު ކުރެއްވި އެންމެ މުހިއްމު އެއް ކަމަކަށް ވެގެން ދިޔައީ އަބުރުގެ ބިލު ވަނީ އުވާލައިފައެވެ. އާރުއެސްއެފްގެ ރިޕޯޓުގައި ވަނީ އެކަންވެސް ފާގަކޮށްފައެވެ.
So proud #Maldives has again climbed up in the ranks of World Press Freedom Index, from 120th in 2018 to 79th in 2020. Under President @ibusolih we continue to see great improvements in press freedom accepted & appreciated by the world. Let’s continue it!https://t.co/HVzHCSaBU8
— Abdulla Shahid (@abdulla_shahid) April 21, 2020
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އެތައް ދަރަޖައެއް ކުރިއަށް ޖެހިލުމުން ފަހުރުވެރިވާ ކަމަށެވެ.
އާރުއެސްއެފްގެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ފައިސާދީގެން މިކަމައް ގެންގުޅޭކުދިންގެ މަސަތްކަތް އެބަފެނޭ ނަމަވެސް ހަގީގަތަކީ ނޫސްވެރިކަމުގެ މިނިވަންކަން މިހާރުއޮތީ ފައިންއެރިފަ.
2013 އިން 2018 އަށް ނުލިޔޭ އާވާހަކަ އެއް މިހާރު ލިޔޭތޯ ވަގަށް ނުގޮވާކަން އޭރު މިހާރު ވަގަށް ވެސް ގޮވަނީ އޭރު ވަގަށް ގޮވީ ބައްދަލު ވުން ތަކާއި މުޒާހަރާތައް މެދުވެެރި ކޮށް މީހުންގެ އަބަރު ކަތިލުން ހުއްޓުވުން މައްސަލަ އަކީ ޔޫރަޕް މީހުން ހިއްރުހޭ ސަރުކާރެއް އޮތިއްޔާ އަބަދު ވެސް އެތަނެއް ގައި އޮންނަނީ މިނިވަން ނޫސް ވެރިކަން ބަލަ އިހަށް ދުވަހުވެސް އަންގައިފި ބައެއް ޕްރޮގްރާމް ހުއްޓާލަން ބަސްމަގު ރީތި ކުރަން އަދިވެސް ފިއްތުން ތައް ކުރިމަތި ކުރޭ... ކުރިން ސަރުކާރުން އެންގިތޯ ޕްރޮގްރާމެއް ނުދައްކަން ނެތް އަންގަފައި އެވަރަށް ބަވާ މީހުންގެ އަބުރު ކަތިލަމުން ދިޔައީ
އިސްލާމްދީނަށް ފުރައްސާރަ ކުރީމާ އެކަމާ އަޅާނުލާ އެ ކަމަށް ހިތްވަރުދެންޏާ ތި ކަން ވ ބާރަށް ކުރިއަރާނެ
ދީނަށް ފުރައްސާރަ ކުރުން ތީގަ އޮތީ
ދީނަށް ފުރައްސާރަ ކުރުން ތީގަ އޮތީ