ރަސްރަނި ބަގީޗާގައި ތަރައްގީކޮށްފައިވާ ވިންޓާ ތީމް ޕާކް އަދި ކެފޭ އޭރިއާ އޮޕަރޭޓްކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އަަނެއްކާވެސް ހައުސިން މިނިސްޓްރީ އިން އިއުލާނު ކޮށްފިއެވެ.

ރަސްރަނި ބަގީޗާގައި ތަރައްޤީކޮށްފައިވާ ވިންޓަރ ތީމް ޕާކު އަދި ކެފޭ އޭރިއާ އޮޕަރޭޓްކޮށް، ހިންގާ، ބަލަހައްޓާނެ ފަރާތެއް ހޯދުމަށް މި މަހުގެ 17 ވަނަ ދުވަހު ވެސް އިއުލާނު ކުރިއެވެ.

މިއަދު ހައުސިން އިން ކުރި އިޢުލާނުގައި ބުނެފައި ވަނީ ކުރިން ކުރި އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރާ ކަމަށެވެ.

އެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 އެޕްރީލު 30 ވާ ހޯމަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އަގު ހުށަހެޅޭނެ އެވެ. ނުވަތަ އީ.މެއިލް މެދުވެރިކޮށް 2018 އެޕްރީލު 30 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އަގު ހުށަހެޅުއްވުމަށް ވަނީ ހުޅުވާލާފައެވެ.

ވިންޓާ ތީމް ޕާކަކީ ދިވެހި ކުދިންނަށް ރާއްޖޭގައި ތިބެގެން ފިނި މޫސުމާއި، އެ މޫސުމުގެ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ތަރައްގީ ކޮށްފައިވާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވގ

    ކޮބާ މޮޅުކޭޓަރިން ގޮރޫޕް އެމީހުންނާހަވާލްކޮއްލަ އޯކޭވަނެ