ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް ވެފައިވާ ތިން މީހުންނާއި ބައްދަލުވި 640 މީހަކު އެބަތިބި ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.މުހައްމަދު އަފްޒަލް ވިދާޅުވީ މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 76، 77 އަދި 78 އާ ގުޅިގެން ޓްރޭސްކުރި އިރު މައި ދެ ހަބެއް ހިމެނޭ ކަމަށެވެ.

"އޭގެ ތެރެއިން އެއް ހަބްގައި 640 ކޮންޓެކްޓް، އަދި އަނެެއް ހަބްގައި 50 އަށް ވުރެ ގިނަ ކޮންޓެކްޓް ހިމެނޭ. މީގެ އިތުރުން ބޭންކް އޮފް ސިލޯންގަައި ޕޮޒިޓިވްވި ކޭހާ ގުޅޭ 14 ކޮންޓެކްޓް، ހިމެނޭ. އަމީން ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރާ، ކޭސް 74 އާ ގުޅޭ ތިން ކޮންޓެކްޓްފެނުނު އިރު އޭގެ ތެރެއިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައި." ޑރ.އަފްޒަލް ވިދާޅުވިއެވެ.

76، 77 އަދި 78 ވަނަ ކޭސް އަކީ ބަންގްލަދޭޝްގެ ތިން ރައްޔިތުންނެވެ. އެއީ ބަންގްލަދޭޝް އަށް ފޮނުވާލުމަށް މިއަދު ޓެސްޓް ހެދި މީހުންގެ ތެރެއިން ފައްސިވި ތިން މީހުންނެވެ.

މީގެ އިތުރުން ފައްސިވި ސިފައިންގެ މީހާ އާއި ބައްދަލުވި 41 މީހަކު ވެސް އެބަތިބި ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލްވުމުގައި އަފްޒަލް ވިދާޅުވީ 68 ކޭސްގައި ހިމެނޭ ބަންގްލަދޭސްގެ މީހާއާ ކޮންޓެކްޓްވި އަށް މީހަކު ވެސް މިހާރު ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިއަދު ފާހަގަ ކުރެވުނު ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން އަދިވެސް ކުރިއަށްދާ ކަމަށާއި އެހެންކަމުން އަދިވެސް އަދަދުތައް އިތުރުވެގެން ހިނގައިދާނެ ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

މާލެ ފުރަބަންދުކޮށް، އާއްމުން ގެއިން ބޭރަށް ނިކުތުން މަނާކޮށްފައި އޮތް ނަމަވެސް އާއްމު ގޮތެއްގައި ބިދޭސީން ދިރިއުޅެނީ ދިވެހިންނަށް ވުރެ ވެސް ބޮޑަށް ތޮއްޖެހިގެން ކަމަށްވާތީ ބިދޭސީންގެ ތެރޭގައި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު މާބޮޑަށް އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޙަަލި

  މީރިޔާސީ އިންތިހާބެއްގެ ކެމްޕެއިން ދުވަސްވަރެއްނޫން ދެން ކީއްވެހޭ ތިޔަހާގިނަ ބަޔަކާ ތި ކޮންޓެކްޓުވަނީ . ބަސްނޭހުމުގެ ނަތީއްޖާ މިހާރުމިފެންނަނީ

  30
  1
 2. ލޮލް

  ބޯހަލާކު

  24
 3. ޖައިޝް

  ބަންގަލަދޭޝް ރައްޔިތުން ރާއްޖެ ގެނެސް އިންސާނިއްޔާތާ ހިލާފް، ހިއުމަން ޓްރެފިކިންގް އަމަލްތައް ހިންގި ފަރާތްތަކާ މެދު ހަރުކަށި އަދަބް ދޭން ޖެހޭ. ބަންގަލަދޭޝް އެތައް ބަޔަކު އެތިބެނީ އެއްތާކު ނިކަމެތި ހާލެގަ.... ގަވައިދާ ހިލާފަށް އުޅޭ ބޭރު މީހުން އެމީހުންގެ ގައުމަށް ފޮނުވައިދޭނެ ސަރުކާރެއް ނެތީބާ؟ އެމްޑީޕީ އަށް އެކަމެއް ނުވީބާ....

  36
  • ާހަ

   ވަރަށް ރަނގަޅު ވާހަކައެއް ތިބުނީ. މިކޮޅަށް ގެންނަ މީހުންނަށް ވަޒީފާދޭ މީހުން މިކަމުގެ ޒިންމާ އުފުލަންޖެހޭ. އެމީހުން ޖޫރީމާނާ ކުރަންޖެހޭ އިހުމާލު ވަންޔާ. އިންސާނީއްޔަތުގެ ކަންފުޅެއްވެސް ހުރެއްޖެއްޔާ މިހެން ނަހަދާނެ. ދޭމަދު ލާރިކޮޅަކުން ކައިގެން ކުލިދައްކާފަ ބާކީވާ ލާރިކޮޅު އާއިލާއަށް ފޮނުވަނީ. ރެންޓްވެސް ނުދެއްކޭތީވެ 5 6 މީހުން އެއް ކޮޓަރިއެއްގަ ތިބެންޖެހެނީ.

 4. ޖިންނި

  ގަދަ

 5. ވައިއަނގަ

  ހައްތާވެސް ވައިއަނގަ. ކުރިން ބުނީ މާސްކް ނާޅާށޭ. މުޅި ރަށަށް ބަލިފެތުރުނުތާ 4 ދުވަސް ފަހުން ބުނީ މާސްކް އަޅާށޭ. މާސްކް އަޅާށޭ ބުނިއިރު މާސް ލިބެން ނެތް. އަނެކަކު ބުނީ ޑެލިވަރީ ގެނައިމާ ބޭރުގައި މޭޒެއް ނުވަތަ ގޮނޑިއެއް ބަހައްޓާފައި އޭގެ މަތީގައި އެއްޗެހި ބަހައްޓަހަރޭ. ބުނިއިރު މާލޭގައި ކުއްޔަށް އުޅޭ މީހުން އުޅެނީ 10 ފޫޓް 9 ކޮޓަރިތަކުގައި. ކައްކައި ކައިބޮއިހަދައި އެއްޗެހި ދޮވެ ހިއްކައި ނިދައި ހަދަނީ އެތަނުގެ ތެރޭގައި. އެއިން ތަނެއްގައި މަދުވެގެން 1 ނުވަތަ 2 ކުދިންނާއި ދެމަފިރިން އުޅޭ. ދެން ކޮންތާކު އެބުނާ އެއްޗެއް ބަހައްޓާފައި ބަލަހައްޓައިގެން ތިބޭނީ. މިވަރުގެ ތަންދޮރުނުދަންނަ މީހުން ލައިގެން ޓާސްފޯސް ހަދައިގެން ވާނެ އެތި މިވަނީ.

 6. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  " ދެގެރި ތަޅަންޏާ ކައްގަލަށް ބާރު ކުރާނެ "، އޭ ބުނެ އުޅޭ. މި ބަހުގެ މާނަ އަކީ ވިނަކާން މިސްކިތަށް ވަދެގެން އުޅޭ ދެގެރި ތަޅަންޏާ މަހާނަ ގާތަށް ފުނޑުފުނޑު ވާނެއޭ. ފުންކޮށް ބުނާނަމަ، މިބަހުގެ މާނަ އަކީ މަރުވެފަ ތިބި މީހުން މަރުވެފަ ތިބި އަކަވެސް ނުދޭ ނެއޭ. ވީއިރު، ދިރިތިބި މީހުންނަށް ކޮށްލާނެ ވަރު ވިސްނުމަށް ވެސް ގެންނަން ކުޅަދާނައެއް ނޫން. ހިތާމައިގެ ކޮޅެއް ވެސް ނެތް. ގައުމުގެ އިސް ދެ ވެރިން ކަންކަމުގައި ދެބަސް ވަމުން، ދެބަސް ވަމުން އައިތަން ފެނިގެން ދިޔައީ. އެއަރޕޯޓް ކުރިން ބަންދު ނުކުރުމުގެ ގެއްލުމުގެ ކޮޅެއް ވެސް ނެތް. މާތް ﷲ އަޅަމެން ސަލާމާތް ކޮށްދެއްވަވާށި !!!

 7. ޑައެލޯގް

  ބަލަ ބައްދަލުވިމީހުންގެ ތެރެއިން ދެރަމީހުނޭ ކަރަންޓީނުކުރަނީ އަންނި ލަންޑަނުން އައިސް އެކަހެރިނުވެ، ޓެސްޓް ހެދީވެސް ރައްޔިތުންގެ މަޖިލިސްކުރާގޭގައި ޓީވީންދައްކާ ހާލުގައެވެ، އެފަހަރު އަންނިއަށް ޖެހިފަޖުރިނަމަ މަޖިލިސްކުރާގޭގައި މަސައްކަތްކުރާ ކިތައްމީހުންނަށް ޖެހޭނެތޯ. ދެންފަރުދީޒިންމާއޭ ކިޔާ ރައްޔިތުން ގޯސްމިވަނީ