ކޮވިޑް-19 އަށް ފައްސިވި މީހަކާއި ބައްދަލުވި މީހުން ހއ.އިހަވަންދޫގައި ތިއްބާ އެއިން އެއްވެސް މީހެއްގެ ޓެސްޓެއް ހެދުމެއްނެތި އެރަށް މޮނިޓަރިންގެ ހާލަތުން ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމުން އެނިންމުމަށް ބޯނުލަނބަން އެރަށުގެ ޓާސްކްފޯސް އިންނާއި ކައުންސިލުން ނިންމައިފިއެވެ.

އިހަވަންދޫ ކައުންސިލުން މިރޭ ކުރި އިއުލާނެއްގައި ބުނީ އެޗްޕީއޭ އިން އިހަވަންދޫ މޮނިޓަރިންގ ހާލަތުން ނެގުމަށް މިރޭ ނިންމިއިރު ކާވިޔާ ބޯޓުން ދަތުރުކުރި މީހަކު ކޮވިޑް 19 އަށް ފައްސިވެފައި ވުމާއި އަދި އޭނާ އާއި ކޮންޓެކްޓް އިތުރު މީހެއް އެބައްޔަށް ފައްސިވެފައިވާކަން އެޗްޕީއޭ އިން މިރޭ އިއުލާންކޮށްފައިވުމާއި، އަދި ކާވިޔާ ބޯޓުން ދަތުރުކުރި ކޮވިޑް 19 އަށް ފައްސިވި މީހާ އާއި ޑައިރެކެޓް ކޮންޓެކްޓްވި 9 މީހަކާއި އަދި އެ ބޯޓުން ދަތުރުކުރި އިތުރު 19 މީހަކު އެރަށުގައި އެކަހެރިކޮށްފައި ތިބެ، އޭގެން އެއްވެސް މީހެއްގެ ސާމްޕަލް ނަގައި ޓެސްޓްކުރެވިފައި ނުވުމާ އަދި އައިސޮލޭޝަންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަކުރެވިފައި ނުވާތީ، ކޮވީޑް 19 އާއި ގުޅިގެން އިހަވަންދޫގައި މިހާރު އަޅާފައިވާ ހުރިހައި ފިޔަވަޅެއް އެގޮތުގައި ދެމެހެއްޓުމަށް ކޮވިޑް 19 އިހަވަންދޫ ޓާސްކުފޯސްއިން ނިންމާފައިވާތީ ރައްޔިތުންގެ ސަމާލުކަމަށް އެވާހަކަ ދަންނަވާ ކަމަށެވެ.

ވައިކަރަދޫ ކައުންސިލުން ވެސް ވަނީ އެރަށް މޮނިޓަރިން އިން ނަގަން އެޗްޕީއޭ އިން ނިންމި ނިންމުމަށް އަމަލު ނުކުރަން ނިންމާފައެވެ.

އެރަށު ކައުންސިލުން ބުނީ ވައިކަރަދޫއަށް ދަތުރުކޮށްފައިވާ އުޅަނދެއްގައި ހުރި މީހެއް ކޮވިޑް-19 އަށް ފައްސި ވުމާގުޅިގެން، ޞިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭ އިން ވައިކަރަދޫ ކަރަންޓީނު ޙާލަތުގައި ބޭއްވުމަށްފަހު ޢާންމު ޙާލަތަށް ބަދަލުކުރަން އެ އޭޖެންސީން ނިންނި ނިންމި ނަމަވެސް 16 އޭޕްރީލް 2020 ގައި ވައިކަރަދޫއަށް ދަތުރުކުރި ކާވިޔާ ބޯޓުން ދަތުރުކުރި މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާތީއާއި، އޭނާއާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހަކު ކޮވިޑް-19 އަށް ފައްވެފައިވުމުގެ އިތުރުން އެ ދަތުރުގައި ވައިކަރަދޫގެ 23 މީހުން ދަތުރުކޮށްފައިވާތީއާއި އެޗްޕީއޭގެ އެންގުމުގެ މަތިން އެ 23 މީހުން ހޯމް އައިސޮލޭޝަނަށް ލެވިފައި ވީނަމަވެސް އަދި މިހާތަނަށް އެއިން އެއްވެސް މީހެއްގެ ސާމްޕަލް ނަގާ ޓެސްޓްކޮށްފައި ނުވާތީއާއި، އެމީހުން ރަށަށް އައިފަހުން އަދި 14 ދުވަސް ހަމަވެފައިނުވާތީ، ކަރަންޓީނުކުރުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން ވައިކަރަދޫ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ވައިކަރަދޫ އާއި އިހަވަންދޫގައި މިގޮތަށް ނިންމާފައިވާއިރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަނީ، ކޮވިޑް-19 ގެ މި ޙާލަތާއި ގުޅިގެން މިފަދަ ނިންމުންތައް ނިންމުމުގެ ބާރުތަކަކާއި މަސްއޫލިއްޔަތުތައް ކައުންސިލްތަކަށް މަތިކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ގެ 84 ކޭސް ފެންމަތިވެފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 38 ކޭސް އެއްގައި ބައްޔަށް ފައްސިވެފައި ވަނީ ދިވެހިންނެވެ. މާލެއިން އެކަނިވެސް ވައިރަސް އަށް މިހާތަނަށް 63 މީހަކު ވަނީ ފައްސި ވެފައެވެ. އަދި ހއ. އުލިގަމުންވެސް މީހަކު މި ބައްޔަށް ފައްސި ވެފައި ވެއެވެ. މާލެ އާއި އުލިގަމުގެ އިތުރުން ރާއްޖެއިން މި ބައްޔަށް ފައްސިވެފައިވާ މީހުން ފެނިފައިވަނީ ރިސޯޓްތަކުންނެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތައް އަޅަމުންދާއިރު، ހުރިހާ ރަށެއް، އެއްރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭގޮތަށް މިވަގުތު އޮތީ ފުރަބަންދުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

 1. ވެރިން

  ގިނަ ރައްޔިތުންގެ ހައްގުގާ އެޅި ވަރަށް ރަގަޅު ފިޔަވަޅެއް ކަ މައްފެނޭ.ތީރައްޔިތުންގެ ހައްގުގާ މަސައްކަތް ކުރާ ކައުންސިލަރުން ނަކީ. އައްސަރިބަހާ ސާބަސް.

  21
  2
 2. ނޫސް

  ރަގަޅު، ސަރުކާރު އަތައް ގޮވާނެ މިހެން ގޮސް، އެކަށީގެންވާ ވަރަށް ކިޓެއް ނެތް، މާސްކެއް ނެތް، ވެންޓިލޭޓަރެއްނެތް، ރަގަޅަށް ތައްޔާރު ވެވިފަ އެތިބީ. ޗައިނާގެ އެހީ ބޭނުމެއްނޫން. ގައުމު ހިންގޭނީ މިހާއްކަ ވަރަށް!

  13
  7
 3. ާައެޖެންޑާ 19

  ޢަސްލު މިހާރު ސަރުކާރަށް ބާރު ބޮޑުވެ ރަނގަޅަށް މެނޭޖު ކުރަން ނުއެނގިގެން މިއުޅެނީ..

  14
  3
 4. ގަދަ

  އެޗްޕީއޭ އަށްވުރެ ކައުންސިލްތައްވެސް މާ ސަޅިއެންނު.
  އިހަވަންދޫ ވައިކަރަދޫ ކައުންސިލަށް ސާބަސް ދެން.

  19
  5
 5. މަތި އުތުރު

  އަހަރެމެން ރާއްޖެ ތެރޭމީހުން ވީމަ މާލޭ ސަރުކާރުން އަޅައެއް ނުލާ. ޓެސްޓް ކުރެވޭނެ ގޮތެއް އެހިސާބު ގަޑުގައި ހަދާފައެއް ނެތް، ކަރަންޓީން ފެސިލިޓީއެއްނެތް، ދެން މަބުރޫހު މިކިޔަނީ އަހަރެމެން ތައްޔާރޭ ހުރިހާކަމަކަށް. މާލޭސަރު ކާރު ތައްޔާރުވީ މާލޭމީހުންނާ ބަންގާޅިން ސަލާމަތް ކުރަން.

  17
  1
  • ފަތުހުﷲ

   ދިވެހި ސަރުކާރު ރާއްޖޭގައި އޮންނަނީ ، މާލޭ ސަރުކާރެއް ނޯވޭ؟ހެހެ

 6. ސޮމަދު

  ވައިކަރަދޫއިން ތިހަދަނީ ރަނގަޅައް.. ފުރާނަ ސަލާމަތްކުރަން ބޭޖުމިއްޔާ އޯޑަރައްބެލުމުގެ ބަދަލުގައި ކޮމަން ސެންސް ބޭނުން ކުރަންޖެހޭނެ. އެޗްޕީއީން ދޭހާ އިރުޝާދަކީ އަދި ރަނގަޅުއެއްޗެއްނޫން. އެރަށެއްގެ ހާލަތު އެންމެރަނގަޅައް އެނގޭނީ އެރަށެއްގަ ދިރިއުޅޭބަޔަކައް.

  14
  1
 7. ޢާބޫ

  މިދެން ކިހާބޮޑު ނުހުރުއްޕާނެއް. ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ވުރެން މަތީގަ އުޅޭބައެއްތަ މިކައުންސިލްތަކުގަ އުނޅެނި. ތަންތާގަ ދަމާކަނޑަން އައިސް އުޅިއުޅިފަ އައިސް ކައުސްސިލްތަކަށް ވަދެގަނެގެން މިއޮތް މާތް ރަމަޟޯން މަހަށް ދެދުވަހަށްވެފަ އޮއްވަ ރައްޔިތުންނަށް ބަލާ ޖައްސަންތަ މިދިމާކުރީ. އެޗްޕީއޭން އަންގާ ގޮތަށް އެމީހުން ކަރަންޓީން ކޮށްގެން އެގޭތައް ކައިރީގަ ފޯރިމަރަމުން ތިޔަ ޓާސްކްފޯކުގެ މީހުން ތިބީމަ ހުރިހާކަމެއް ވީއެއްނު. ރައްޔިތުންނަށް މާހެޔޮއެދޭ ބަޔަކަށް ވެގެން ކުލައިގެމީހުން ޓާސްކުފޯހަށް ލައިގެން މިދަނޑިވަޅުގަ މިދިމާކުރަނި ކައުންސިލް އިންތިހާބުގެ ކެމްޕޭން ކުރަން. ބަލިމަޑުކަމުގެ ނާޖާއިޒު ފައިދާ ނަގަން. މި ރޯނުއެދުރުން މާރަނގަޅުވާނެ ގޭގަތިބިއްޔާ. ކިރިޔާވެސް ބާރެއްދީފިއްޔާ އޭގެ ދެގުގަ ބާރުއަތުލަން މަސައްކަތް ކުރަނި. ރޯނުއެދުރުންވީމަ ވާގޮތްމީ.

  5
  26
 8. ޖައްލެ

  ރޯނު އެދުރުންވީމަ ވާގޮތްމީ. ރަމަޟޯންމަސް ކުރިއަށް އޮތްކަމެއް މި ބީތާއިންނަކަށް ނޭނގެދޯ. ރައްޔިތުން ކުރަންޖެހޭ އެތައްކަމެއް ކުރަން ހުރިކަމެއް ނުދަންނަ ބައެއްމީ. ރަށުތެރޭގަ ނެތް ބިރުވެރިކަމެއް ރައްޔިތުންގެ މެދުގަ އުފައްދަން މަސައްކަތް ކުރާތީ މިފަދަ ޓާސްކުފޯސްތަކުގެ މައްސަލަ އެޗްޕީއޭއިން ޕޮލިހަށް ހުށަހަޅަން ޖެހޭ. ކިރިޔާވެސް ބާރެއް ދޭއިރަށް އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ރައްޔިތުންނަށް ބަލާ ބޮޑުކުރުންނޫން ކަމެއް ކުރާކަށް ނޭނގޭ. ރައްޔިތުންދެކެ ތިހާ ލޯބިވަންޔާ އެޗްޕީއޭން ކަރަންޓީން ކުރި ގޭގޭ ދޮރުމަތީގަ ތިބެބަލަ ޓާސްކްފޯހުގެ މީހުން ޑިއުޓީކުރަން. އޭރުން އެނިމުނީއެއްނު. ރޯދައަށް ރައްޔިތުންގެނައި ފިޔަޔާ ކާޑާވެސް ހުރީ ކާވިޔާގަ. އެވެސް ބޭލިޔަކު ނުދެން މިހާރު ތިމަސައްކަތް ކުރަނީ. ދަނޑިވަޅުގެން ބޭނުން ހިފައިގެން ކުލައިގެމީހުން ޓާސްކްފޯހަށް ލައިގެން ކެންޕޭން ކުރުން ނޫން ކަމެއް ނުކުރެވޭ.

  5
  18
 9. އިހަވަންދޫ

  ކާވިޔާ ބޯޓު އިހަވަންދޫ އަށް ބަނދަރު ކުރުމުގެ ކުރިން އިނގޭ އެ ބޯޓު ގައި އަލާމަތް ހުރި މީހަކު އިންކަން ވެސް. އެ އުލިގަމު މީހާ ވަކިން ބޯޓު ގައި އުޅުނީ ވެސް. އެ ވަރުންވެސް ބޯޓު މީހުން ރަށަށް ފައިބާ އުޅޭނެހާ ތާކު އުޅެ ނިމުނީމާ ބުނަނީ ކަރަންޓީނު ވާށޯ!

  10
 10. ޅަތީފާ

  މިހުރީ ސަރުކާރުގެ ހުރި ލޮނދިކަން އާއް މުރައްޔިތުންގެ ބޮލައް ކަނޑާލީ މަ ހުރިހާކަ މެއްނި މުނީ އާހިރުގަ ނުބައި ވާނީ ކައުންސިލާ ރައްޔިތުން

  9
  2
 11. ޟަ

  އެޗްޕީއޭ މިކަމުން ފެއިލް ވެއްޖެ..ރައްޔިތުންނަށް އޮޅުވާލާ ސަރުކާރު..އެއްވެސް މީހަކު މި މީހުން މިކިޔާ އެއްޗެއް ގަބޫލުނުކުރާތި..މި މީހުން ގައުމަކަށް ހެވެއް ނޭދޭކަން މަށަށް މިހާރު އެނގިއްޖެ..އެޗްޕީއޭގެ ނިންމުމަށް ބޯނުލެނބުމަށް ނިންމެވި ރަށްރަށުގެ ކައުންސިލަރުންނަށް ހަމަ އައްސަރިބަހާ ސާބަސް..??

  12
  1
 12. ބުނާނަން

  މީ ކޮންކަހަލަ އެޗްޕީއޭ އެއްތަ އަޅެ! ކުރެއްދޫ ރިސޯޓުގެ އައިސޮލޭޝަންގަވެސް އެކަކުވެސް ނެތް. ބަލީގެ އަލާމާތެއް ހުރި މީހަކު ނުފެންނަތާވެސް 47 ދުވަސްވީ. ޢެކަމް އަދީސް މޮނިޓަރިންގަ. ޢެތާ ސްޓާފުން އެތިބީ އަދިވެސް ރަށަށް ނުދެވިފަ. ޢެމީހުންގެ ހައްގުތައް ކޮބާ؟ވަގުތު ނޫހުން މިކަން މަބުރޫކް ގެ ސަމާލުކަމަށް ގެނެސްދީބަލަ. ހެޔޮނުވާނެ އާދޭސް މިކުރަނީ ???

  10
 13. ކޮރޯނާ

  ކައުންސިލްތަކުން ރަށުގެ ރައްޔަތުންގެ ސަލާމަތަށްޓަކައި ތިޔަ ނިންމި ނިންމުން ވަރަށް ރަނގަޅުކަމަށް ދެކެން.

  11
  1
 14. ބޭޗާރާ

  މީ މިދައްކާ ވާހަކަ. މިކައުންސިލްތަކުގެ ބޭނުމެއް ނެތޭ. ބައްޔަކާ ހެދި ނުކަތައިގެން އުޅޭއިރުވެސް ކަންކުރަންވީ ގޮތް އެނގެނީ މިމީހުންނަށް. އެކަމަކު އެބުނާ ބޮޑު ބާރެއް ލިބިގެން އުޅޭ ގާނޫނުގެ ޗެޕްޓަރު 1 ނުކިޔައި 2 ކިޔައިގެން މިމީހުން މިހުރިހާ ސަޅިއެއް މިބުރުވަނީ.

  1
  7
 15. ފިއްޓޭ

  ޢެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ސަމާލުވުން މިވަގުތު މުހިއްމު

  7
  1
 16. ބޭގަރާރު

  މި އެޗްޕީއޭ އިން ކޮންކަމެއްތަ މި ކުރަނީ، ބަލިފަތުރަންތަ މި އުޅެނނީ، ކުރީގަވެސް ބަލި ޖެހިފަތިބި ދެފަތުރުވެރިން ފުރުވިއެއްނު، އެމީހުން ގެ ނަތީޖާނުލިބެނީސް އަދި ކަރަންޓީނުގެ މުއްދަތުނުނިމެނީސް، އެހެންވީމަ މިމީހުން ކިޔާއެއްޗެއް އަހާނެކަމެއްނެތް، އަހަރެމެންގެ ސަލާމަތާ ރައްކާތެރިކަން ހޯދަންވީ އަހަރެމެން އަމިއްލަޔައް

  8
  1
 17. ގާބޯ

  ކައުންސުލުތަކުން އަމިއްލަ އަމިއްލައަށް ކަންކަން ނިންމުމުގެ ބަދަލު ސަރުކާރުގެ ކަމާބެހޭ ފަރާތިގެ ލަފާގެ މަތިން ކަންތައްތައް ކުރަމުން ގެންދިއުން ރަނގަޅު. އޭރުން ރައްޔިތުންނަށް އިތުރު ތަކުލީފުތައް އުފުލަން ނުޖެހޭނި. ކަރަންޓީން ކުރަންޖެހޭ ފަރާތްތައް ހުރީ ކަރަންޓީނުކޮށްފަ. ޓެސްޓްކުރަން ޖެހޭ ހާލަތެއް އަތުވެއްޖާ އެކަން ކުރާނީވެސް އެޗްޕީއޭއިން. ކައުންސިލުން ރަނގަޅަށް ބަލަހަށްޓާ ކަރަންޓީނުގެ ކަންކަން. މިވަގުތު އަމިއްލަ ބާރުދައްކަން މޮޅުމަން ދައްކަން އުޅުމުން އަތައް ގޮވަފާނެ.

  4
  6
 18. ފ

  ވަރައއ ރަނގަޅު ނިންމުމެއް

  5
  1
 19. ޑައެލޯގް

  މަބްރޫކްމެންގެ ބަހާ ޢަމަލެއް ދިމަލެއްނުވެއެވެ. ވާނީވެސް އެހެންތާއެވެ. ޤައުމުހިންގަނީ މިހާރު އެއްވެސް ހައިސިއްޔަތެއް ރައްޔިތުން ދީފައިނުވާ މަބްރޫކެވެ. ރީދޫކުދުދިންގެ ސަރުކާރުގަ ނުތިބޭނެ ގަޓްވެރިންނެއް. ކަމަކާ ޖެހުނީމަ ފުރަތަމަރައީސް ދިނީއިސްތިއުފާއެވެ. ދެވަނަރައީސް މަބްރޫކާ ހަވާލުކޮށްފައި ފެށީރޯށެވެ. ގައުމު ހިންގާ ޕްލޭން އަންނަނީ އިންޑިޔާއިން މަބްރޫކް އަތަށެވެ.

  31
  8
 20. މީޒްލީ

  މިކަހަލަ ނާޒްކު ދަނޑިވަޅެއްގައި އެކަމަކާއި ބެހޭ މުއައްސަސާގެ ބާރާއި އިޙްތިރާމް ގެއްލޭގޮތަށް 'ގައްޑާ' ވެފަ ބޯނުލަބާނަމޭ ކިޔާ ތިނަގަނީ؟ ކޮންކަމެއް އިނގޭތީތޯ؟ މޮނިޓަރިންގ ހާލަތު ނެގުމާއި ކުރިއަށް ގެންދިއުމާއި އެކަމަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅާއި ނާޅަންޖެހޭ ފިޔަވަޅު އިނގޭނީ އެޗްޕީއޭ އާއި ޓަގް ގުރޫޕަށް! ތިގޮތަށް ގަދަފާ ވިއްދާލާފަ ޤައުމު ނުހުއްޓޭނޭ ދުނިޔެ ނުހުއްޓޭނޭ ކިޔާފަ ކޮންމެވެސް ތަނަކު އުޅޭ ރައީސެއް ވެސް މީގެ ދުވަސްކޮޅެއް ކުރިން މޭ ފުއްޕާފަ އުޅުނު ތިމަންނަ ވަރުގެ މީހަކު ނެތްކަމަށް ހެދިގެން އުޅެނިކޮށް ދިވެހިންނަށް މިހާލަތު މިދިމާވީވެސް!

  14
  29
  • މ އ

   ކަލެއަށް އަޅެ އެބަ އެނގޭތަ މިވާއެއް ނުވާއެއް؟؟ އެއީކީ އެއްވެސް މައްސަލައެއް ނޫން ތި ކޮމެންޓް ކިޔާލީމަ ދޭހަވަނީ މިލިޔުމުގަ މިބުނާ އެއްޗެއް އަދި ނޭނގޭހެން. މިއާ ދިމާ އިދިކޮޅު ކޮމެންޓެއް ކޮށްފަ ތިއޮތީ

   5
   2
 21. އަލީ އިމްރާނ

  ތިޔަ ކައުން ސިލަރުތަކައް ސާބަަސް ތިޔަބޭފުޅުންގެ ރައްޔަތުން ސަލާމައް ކުރާނީ ހަމަ ތިޔަބޭފުޅުން މިހާރު ވިސް ނާލީމަ މިއިހުސާސް ވަނީ މިމާލެޔައް ވެސް މިގޮތައް ބިރުވެރިމިވީ މިކަހަލަ ދޯދިޔާ ސިސާސަތަކުން ހެން ރައްޔަތުން އާދޭސް ކޮއްކޮއްތިއްބާ ފަރުވާ ކުޑަކުރެވުނީ އެހެން ނޫނީ ކިހިނެއްތޯ

  36
  4
 22. ޢަލްވަލީދު

  ޢެޗްޕީޢޭއަކީ ވަރަށް ދޯހަޅި ސިޔާސަތެއްގެންގުޅޭ ތަނެއް. މާފަރުވާކުޑަކޮށް ކަންތައްކުރާތީ ބައިމިލިައން ހަމަނުވޭ މިކުޑަގައުމުގައި މިބަލީ ފެތުރިގަނެގެން މިދަނީވެސް. މިގޮތައް މިމީހުން ގެ އަތްދަށުން ދޫވެގެން ދިޔަ ބައެއްގެފަރާތުން ފެތުރެންފެށީވެސް. 14 ދުވަސްކޮށްފައި ޓެސްޓުނުކޮށް ރަށުތެރެއަށް ދޫކުރިއިރު ބޮނޑިބޮއެފައި.

  27
  2
 23. ޕޮގުބާ

  އިބޫ ސޯލިހަށް ވަރަށް ދެރަވާނެ

 24. ޞަބީ

  މާލޭގައި ނަމަ އެ އެންމެން ޓެސްޓްކުރީސް މިފެންނަނީ ރާއްޖެތެރެއާ މާލެއާއި ތަފާތުކުރާ މިންވަރު

  37
  2
 25. ހިމާރުލް ޤައުމު

  މީ ހާދަވަރުގަދަ ކައުންސިލެއް އޮންނަ ރަށެކޭ ދޯ. މައިސަރުކަަރަށް ބޯނުލަނބައި ތިބެވޭތަ؟. ކައުންސިލް މުއްދަތު ހަމަވެފަ. ބޮނޑިއެއް ލިބުނީމަ މައިތިރިވާނީ

  5
  38
 26. ބާރީ

  ދޫނުދޭތި... މާލެ ތިބިބަޔަކަށް ރަށުގެ ހާލަތު ނޭގޭނެ...

  32
  2
 27. ދޮގްރޫކް

  ދޮގުރޫކު ތިބޭފުޅާގެ ބަހާއަމަލު ދި މާކުރަން ވެއްޖެ އެއްނު ރައްޔިތުންނަށް އޮޅުވާލުން މުޅިންވެސް އަބަދުވެސް ދޮގުރޫކު ބުނަ މުން ތިގެންދަނީ ކޮންޓެކްޓްވި ހުރިހާ އެން މެންގެ ނަގާފަހުރި ވާހަކަ ތިފަދަ މީހުން ޕުރެސްތަކައް ނާރަބަލަ

  15
  3
 28. ޙުޙު

  މިފަދަ ނިންމުން ނިންމުމުގެ ބަރު ކައުންސިލްތަކަށް ދީފާ ނުވޭ. ދީފައިވަނީ މީހުން އެއްވުން ހުއްޓުވުމުގެ ބާރު. ޢެއީ ތަފާތު ދެކަމެއް. ޢޮޅުމެއް ތިޔަވަނީ އަރާފައި.

  7
  29
 29. ޟުހާނާ

  ކައުސިލަރުންނައް ސާބަސް

  8
  3
 30. ބުންޏޭ ބުންޏޭ

  މި ގައުމުގެ ހެލްތު މިނިސްޓަރު ބުންޏޯ ދިވެހި ރައްޔި ތަކު ހާލުގާ ޖުހުނަސް މަށަކާނުބެހޭނޭ! މަށާ ދިވެހި ރައްޔިތުން ގުޅާގެން ނުވާނެޔޭ! ކީއްކުރާނީ !

  3
  3
 31. އަލިބެއްޔާ

  މަސްބާނަން ދޯނި ފަހަރަށް ނުކުމެއެވެ. ލައިގެން ކާނެ މަހެއް ބާނަން ޑިންގީގައި ނިކުންނަށް މަނަލެވެ. އަހަރުމެންވީ ބަނޑަށް މަރުވާން ހެއްޔެވެ؟؟؟ ރަށްރަށުގެ ޓާސްކް ފޯސް ތަކުން އެކަކު އަނެކަކަށް މައްލަވަ ކޮށް ސިއްރިޔާތުގައި ގުޅުން ޤާއިމް ކުރެވުނީމަ ޒިންމާ އަދާކުރެވުނީ އެއް ނޫނެވެ.

  3
  1
 32. ނީލީ

  ޞަބީ ތިޔަހެން ނުބުނުއްވާ. ޢެންމެ ފުރަތަމަ މާލެއިން ކޮވިޑަށް ޕޮސިޓިވް ވި ކުޑަކުއްޖާ ބެއްލެވި ޑރ. ޢަދިވެސް ކަރަންޓީނު ނުކުރޭ އައިސޮލޭޝަން ނުކުރޭ. ޢެކުޑަކުއްޖާ ރޯގާޖެހި ހުން އަންނަން ފެށުމުން އެކުއްޖާ ދެއްކީ ޕްރިވެޓް ކްލިނިކަކަށް. ޢެ ކްލިނިކުން ބެއްކެވީ މި ދެންނެވި ޑޮކްޓަރ. ޢޭގެ ފަހުން އެޗް.ޕީ.އޭ އިން އެންގީ އެކުއްޖާ ޕޮސިޓިވް ވިކަން އަދި އައިސޮލޭޝަން ކުރި ނަމަވެސް އެކުއްޖާ ބެއްލެވި ޑރ. އަދިވެސް ޓެސްޓެއް ނުކުރޭ އަދި ކަރަންޓީނުވެސް ނުކުރޭ އަދި މިހާރުވެސް އެ ޑރ ގެންދަވަނީ ސެނަހިޔަ ހޮސްޕިޓަލްގައި ކުޑަކުދިން ބައްލަވަމުން. ޢެ ޑރ ދޭތެރޭ އަދި އެއްވެސް ފިޔަވަޅެއް ނާޅުއްވާ

  3
  3
 33. ފަތުހުﷲ

  ދިވެހި ސަރުކާރު ރާއްޖޭގައި އޮންނަނީ ، މާލޭ ސަރުކާރެއް ނޯވޭ؟ހެހެ