23:57

23:37

22:50

22:16

21:49

20:44

‏ފިހާރަތަކާއި ހޯލްސޭލް ކުރާ ތަންތަނާއި ގުދަންފަދަ ތަންތަން ސާފުކުރުމާއި ޑިސްއިންފެކްޓް ކުރުމުގެ ޢަމަލުކުރަން ޖެހޭ ގޮތްތައް

20:30

20:25

ސައުދި އަރަބިއްޔާއިން އިތުރު ފަސް މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 114 އަށް އަރައިފި. އެގައުމުން އިތުރު 1141 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 12772 އަށް އަރާފަ.

20:24

އިސްރާއީލުން އިތުރު ތިން މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 187 އަށް އަރައިފި. އެގައުމުން އިތުރު 384 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 14326 އަށް އަރާފަ.

20:24

ދެކުނު ކޮރެއާއިން އިތުރު މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 238 އަށް އަރައިފި. އެގައުމުން އިތުރު 11 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 10694 އަށް އަރާފަ.

20:23

އޮސްޓްރިއާއިން އިތުރު 19 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 510 އަށް އަރައިފި. އެގައުމުން އިތުރު 52 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 14925 އަށް އަރާފަ.

20:22

ސްވިޑަންއިން އިތުރު 172 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 1973 އަށް އަރައިފި. އެގައުމުން އިތުރު 682 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 16004 އަށް އަރާފަ.

20:21

އިންޑިއާއިން އިތުރު ހަތް މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 652 އަށް އަރައިފި. އެގައުމުން އިތުރު 391 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 20471 އަށް އަރާފަ.

20:21

ޕޯޗުގަލްއިން އިތުރު 23 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 785 އަށް އަރައިފި. އެގައުމުން އިތުރު 603 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 21982 އަށް އަރާފަ.

20:20

ނެދާލޭންޑުން އިތުރު 138 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 4054 އަށް އަރައިފި. އެގައުމުން އިތުރު 708 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 34842 އަށް އަރާފަ.

20:19

އީރާނުން އިތުރު 94 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 5391 އަށް އަރައިފި. އެގައުމުން އިތުރު 1194 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 85996 އަށް އަރާފަ.

20:10

18:43

18:34

18:30

18:03

17:47

17:38

17:31

އެންއޯއީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި. މި ނޫސްވެރިންގެ ބައްދަލުވުމަށް ގާތްގަނޑަކަށް އެއް ގަޑިއިރާއި 30 މިނިޓު ހޭދަކުރި.

17:31

17:29

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ޖަލުގައި ތިބި އޮފިސަރުން ވެސް އެތަނުގައި ތިބީ. އެތަނަށް ދާ މީހުން ވެސް މަދުކޮށްފައި ވަނީ. ބަލި ފެތުރިދާނެ ކަމަށް ބަލާފައި މަސައްކަތްތަކެއް ވަނީ ފަށާފައި.

17:27

ޑރ. މުރާދު: ސްކްރީނިންގައި ބަލަނީ ކޮރޯނާ ވައިރަސްތޯ ހުރީ. އޭތި ނެގަޓިވްވެއްޖެ ނަމަ، ޕެސިފިކް ޓެސްޓަކަށް ދާކަށް ނުޖެހޭ. އެކަމަކު ޕޮޒިޓިވްވެއްޖެ ނަމަ، ސްޕްސިފިކް ޓެސްޓަކަށް ދަނީ. އެކަން ކުރަނީ ޕޮޒިޓިވްވާ މީހާގެ ޓެސްޓްތައް ކަށަވަރު ކުރުމުގެ ގޮތުން. ގިނަ ފަހަރަށް ހުންނާނީ ސްކްރީނިން ޓެސްޓަކާއި ކޮން ވައިރަހެއް ކަން ދެނެގަންނަން ކުރާ ޓެސްޓުތައް.

17:21

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ހދ. ކުޅުދުއްފުށީގައި ޓެސްޓްގެ ސާމްޕަލް ނެގޭނެ. އެކަމަކު ޕްރޮސެސް ކުރެވޭނީ މާލެ ގެނެސްގެން.

17:14

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ޓެސްޓް ކުރާ މެޝިން ގެނައުމުގެ މަސައްކަތް އެބަ ކުރަން. މި މަސައްކަތް ކުރަނީ މެޝިން މި މަސް ނިމޭހާ ތަނަށް ނޫނީ އަންނަ މަހުގެ ކުރީކޮޅު މެޝިނެއް ގެނައުމަށް. ސީދާ ތާރީހެއް އަދި ނެތް. އެއީ އައިޖީއެމްއެޗަށް ގެންނަ މެޝިނެއް.

17:13

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: އަޅުގަނޑުމެން މި އަންނަނީ ކުންފުނިތަކުން މަހު މުސާރަ ދެވޭ ވަރު ކުރުން. ސްޓިމިއުލަސް ޕެކޭޖްއާ އެކީގައި މަޑުޖެހިފައިވާ ވިޔަފާރިތައް ފަށައިގަނެވޭނެ. އަޅުގަނޑުމެން މަސައްކަތް ކުރަން އެބަ ދަނޑުވެރިކަން ފަދަ ކަންކަން ފެއްޓޭތޯ. އަޅުގަނޑުމެންގެ މިވަގުތު އަމާޒަކީ ހޭދަކުރެވުނު ފައިސާއެއް ހޭދަކޮށްގެން ބަލިމަޑުކަމުން ސަލާމަތް ކުރުން ރާއްޖޭގެ ރައްޔިތުން. އެ މަސައްކަތް ކުރާ އިރު، މީހެއްގެ ފުރާނަ ނުގެއްލުން.

17:11

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން އޮތް ހަރަދެއް ކުރާނަން. އެ ވަރިހަމަ ކިތަންމެ ގިނަ ދުވަހު މިކަމުގައި އުޅެން ޖެހުނަސް. އަޅުގަނޑުމެން ބޭނުންވަނީ ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރަން. އަދި މީހަކު ނިޔާނުވުމަކީ އުންމީދެއް. އެކަމާ ގުޅިގެން އިގްތިސާދު ހަލާކުވާ ނަމަ، ހަލާކުވާން ވީ. ދެ ވަނަ ކަމަކަށް އަޅުގަނޑުމެން ވިސްނާނީ އިގްތިސާދު ރަނގަޅު ކުރުން.

17:08

16:58

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ކޮންމެ ދުވަހަކު މި އަންނަނީ 250-300 ވަރަކަށް ސާމްޕަލް. ޓެސްޓް ހެދުން ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި. ޓެސްޓިން އިތުރު ކުރާ ވަރަކަށް އިތުރަށް ފައްސިވެފައި ތިބި މީހުން ފެންނަން. އެކަން އަވަހަށް ކުރުމުގެ މަސައްކަތް މި ކުރަނީ.

16:51

16:51

16:50

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: މަގުމަތިވެފައިވާ މީހުންގެ ތެރޭގައި ޑްރަގްގެ ވަބާގައި ޖެހުނު މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ވެސް ހިމެނޭ. އެމީހުންނަށް އެހީތެރިވުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ދަނީ ކުރަމުން.

16:36

އައިޖީއެމްއެޗްގެ ޑރ. މުރާދު: ސިއްހީ ގޮތުން ރަނގަޅު ނޫން އެއްޗެހި ކާ ނަމަ، ސިއްހީ ގޮތުން މައްސަލަ ދިމާވޭ. މިސާލަކަށް ގޭސް ސްޓްރިކްގެ މައްސަލަ ދިމާވެދާނެ. އެހެންވީމަ އެއީ ހޮސްޕިޓަލަކަށް ދާން ޖެހޭ ފަދަ ހާލަތެއް. ހޮސްޕިޓަލްތަކަށް ދިއުން މިވަގުތު މި ބުނަމުން ދަނީ. އަޅުގަނޑުމެން އިސްކަން ދޭން ޖެހޭނީ ސިއްހަތަށް ރަނގަޅު ކާނާ ކެއުމަށް. ސިއްހަތަށް ގެއްލުން ނުވާ ގޮތަކަށް އަމަލު ކުރަން ޖެހޭ.

16:31

ޑރ. މުރާދު: ނިޔާވެފައި ވަނީ އިންޑިއާ އިން އައި މީހެއް. އޭނާ ނިޔާވީ މިއަދު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް.

16:30

އައިޖީއެމްއެޗްގެ ޑރ. މުރާދު: އުމުރުން 80 އަހަރުގެ މީހާ ބަލަހައްޓަމުން މިދަނީ. ބަލި މީހާގެ ހާލަތު އިތުރަށް ގޯހެއް ނުވޭ. ކުރީގެ ހާލަތުގައި ބަލި މީހާ އަށް ފަރުވާދެމުން މިދަނީ. ކަރަންޓީން ފެސިލިޓީއަކުން އައިޖީއެމްއެޗަށް ބަދަލު ކުރި މީހަކު ވަނީ ނިޔާވެފައި. އެމީހާ ކޮވިޑް-19 އަށް ޓެސްޓް ވެސް ހެދިން. އެ ނަތީޖާ ނައްސިވެފައި ވަނީ. ނިޔާވުމާ ހަމައަށް ވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައެއް ނުވޭ.

16:28

ޑރ. އަފްޒަލް: މިވަގުތު ވަރަށް މުހިންމު ކެތްތެރިކަން. ކެތްތެރިކަން އިސްކުރަން ޖެހޭ ހާލަތެއް މިއީ.

16:27

ޑރ. އަފްޒަލް: މިހާރު ފެންނަ ކޭސްތަކަށް ބަލާ އިރު، އަލާމާތް ފެށޭ ހިސާބުން ވެސް މަސައްކަތަށް އެބަ ނުކުމޭ. މަސައްކަތް ކުރާ މީހުންގެ ތެރޭގައި އެއްވެސް އަލާމާތެއް ހުރެއްޖެ ނަމަ، އެކަން އަންގަން ޖެހޭނެ ވަގުތުން. އަދި މަސައްކަތް ހުއްޓާލަން ޖެހޭނެ. މި ބަލި ކޮންޓްރޯލް ކުރެވޭނީ އިރުޝާދުތަކަށް ތަބާވެގެން. ދެން އާންމުކޮށް ދައްކާ ވާހަކައެއް، ގައިދުރުކަން ބެހެއްޓުމާއި ގިނަގިނައިން އަތް ދޮވުމާއި ވިއްސާރަ ދުވަސްވަރަކަށްވާތީ ފެން އުފެދޭ ތަންތަން ރަނގަޅަށް ސާފު ކުރަން ވާނެ.

16:25

ޑރ. އަފްޒަލް: މިވަގުތު އިރުޝާދުތަކަށް ބަލާ އިރު، ފުރަބަންދުގެ ހާލަތުގައި ގިނަ ބަޔަކު މަގުމައްޗަށް ނޫޅޭނެ ކަމަށް އުންމީދު ކުރަނީ. އުޅޭ ބަޔަކީ ހުއްދަ ހޯދައިގެން ވަކި ހާއްސަ ކަމަކަށް އުޅޭ ބައެއް ކަމަށް ގަބޫލު ކުރަނީ. މިސާލަކަށް ފިހާރައަކަށް ދާ ނަމަ، ލައިންގައި މާސްކް އަޅައިގެން އުޅުމަށް އެދެން. ޑެލިވަރީގައި އުޅޭ މީހުން ވެސް މާސްކް އަޅައިގެން އަދި އަންގި ލައްވައިގެން އުޅެން ވާނީ. އެމީހުން ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ.

16:23

ޑރ. އަފްޒަލް: ކޭސް 85 ވަނަ މީހަކީ ފްލޫ ކްލިނިކަކަށް ދެއްކި މީހެއް. އޭނާ އެންމެ ފުރަތަމަ ހުރީ ރައްޓެއްސެއްގެ ގޭގައި. ފަހުން ކްލިނިކަށް ދައްކާފައި ބަދަލުވީ އަމިއްލަ ގެއަށް. އޭނާއާ ގުޅުން ހުރި 13 މީހެއް ފާހަގަ ކުރެވުނު. ކޭސް 86 އަކީ އެހެން ކްލަސްޓާތަކާ ގުޅޭ މީހެއް. އޭނާ މަސައްކަތް ކުރަނީ އެސްޓީއޯގެ ހެޑް ކުއާޓާޒްގައި، ސެކިއުރިޓީއެއްގެ ގޮތުގައި. އޭނާއަކީ ކޮންމެވެސް ވަރަކަށް ޓެކްސީ ދުއްވާ މީހެއް. އެމީހާގެ އަލާމަތްތައް ފެށިފައިވަނީ މި މަހުގެ 15 ގައި. މިހާރު އޭނާގެ އަލާމާތްތަކެއް ފެނިފައެއް ނުވޭ. ކޮންޓެކްޓް ޓްރޭސިން މަސައްކަތުން މިހާތަނަށް ފެނުނީ ހަ މީހުން.

16:20

16:20

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: އުނދަގޫވާ ކަންކަމުގެ ވާހަކަ ދައްކަންވީ. ނައްޓައިގެންދާ ކަންކަމުގެ ވާހަކަ ދައްކަންވީ. އެކަމަކު މި ދޭތެރެ އިން ޑޮކްޓަރުންގެ ޒާތީ ކަންކަމާ ބެހިފައިވޭ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް. އެބޭފުޅުން ކުރައްވާ މަސައްކަތުގެ އަގު ވަޒަން ނުކޮށް، އެމީހުންގެ ހިތްވަރު ގެއްލޭ ގޮތަށް މަސައްކަތް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން.

16:17

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ކޮވިޑް-19 އާ ގުޅިގެން ކުރިއަށްދާ ހުރިހާ ކަމެއްގައި ސަރުކާރުގެ ވެރިން ބައިވެރިވޭ.

16:14

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ބިދޭސީންތަކެއް ވަނީ ވިލިވަރަށް ގެންދެވުނު. އެއީ ކުރިން ހަދަމުން ދިޔަ ރިސޯޓެއް. އެމީހުން ބޭތިއްބީ ކޮންސްޓްރަކްޝަންގައި ބޭނުން ކުރި ތަނެއްގައި. އެ ރަށަށް 80 މީހުން ގެންދިޔަ. އޭގެތެރެއިން ބައެއް މިހާރު ވާނީ އިރުފުއްޓަށާއި ކުޑަ ބަނޑޮސް ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައި. އެތަނުގައި އެމީހުން ބައިތިއްބަން ގެންދިޔައީ އެހާ ގިނަ ވަގުތަކު ނޫން. އެއީ އެ ތަނުގައި މީހުން ބައިތިއްބަން ގެންދާ ވަރު ތަނެއް ނޫން. އެތަނަށް ގެންދިޔަ މީހުންގެ ކިބައިން އަޅުގަނޑުމެން މާފަށް އެދެން. އެއީ އަޅުގަނޑުމެން ވެސް ގަބޫލުކުރާ ގޮތުގައި އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން.

16:06

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: މިހާތަނަށް ފައްސިވީ 85 މީހުން. ދެ ޕްރޮބެބަލް ކޭސްއެއް ފާހަގަ ކުރެވޭ، 4696 ސާމްޕަލެއް ނެގި، ނަތީޖާ ނުލިބޭ 383 ސާމްޕަލެއް ހިމެނޭ. އައިސޮލޭޝަންގައި 184 މީހުން އެބަތިބި. ކަރަންޓީންގައި 1433 މީހުން އެބަތިބި. ކޮންޓެކްޓް ޓްރޭސިން މަސައްކަތުން 2901 މީހެއް ފާހަގަވި. އަދި 240 ތަނެއް މޮނިޓަރިން ހާލަތުގައި އެބައޮތް.

16:04

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

16:02

ލޮކްޑައުން ހާލަތުގައި ކޮންމެހެ މީހަކު ވެސް އެނގުން މުހިންމު ފޯނު ނަންބަރުތައް ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ލިސްޓެއް ހާމަކުރައްވައިފި. އޭގައި އެޗްޕީއޭ އާއި ޖެންޑަ މިނިސްޓްރީ ފުލުހުންނާ ގުޅޭ މުހިންމު ނަންބަރުތަކެއް ހިމަނާފައިވޭ.

15:55

ހުޅުމާލެ ކޮވިޑް-19 މެޑިކަލް ފެސިލިޓީގެ މަސައްކަތްތައް މިނިސްޓަރު އަލީ ޝިޔާމް އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ބައްލަވާލައްވަނީ.

15:51

15:49

15:48

15:33

މާފަންނު މެދު ދާއިރާގައި ތިބި ރައްޔިތުންގެ ތެރެއިން ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު، ފުށް) އަދި ބޯފެން ގަނެވޭ ފަދަ ނެތް، މާލީ ގޮތުން ދަތިވެފައިވާ މީހެއް ހުރި ނަމަ، އެންގުމަށް އެދިއްޖެއެވެ. މާފަންނު މެދު ދާއިރާ އިން ކުރި ޓުވީޓުގައި ބުނީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ނުވަތަ ލަބީގް މާހިދު ނަމަކަށް ކިޔާ މީހަކަށް މެސެޖް ކުރުމަށް. އެ ޓުވީޓުގައިވާ ގޮތުން ދާއިރާގެ ބޭނުމަކީ އެފަދަ މީހުންނަށް ފޯރުކޮށްދިނުން.

15:32

ބެލްޖިއަމުން އިތުރު 264 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 6262 އަށް އަރައިފި. އެގައުމުން އިތުރު 933 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 41889 އަށް އަރާފަ.

15:31

ރަޝިއާއިން އިތުރު 57 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 513 އަށް އަރައިފި. އެގައުމުން އިތުރު 5236 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 57999 އަށް އަރާފަ.

15:30

ބްރެޒިލްއިން އިތުރު 20 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 2761 އަށް އަރައިފި. އެގައުމުން އިތުރު 289 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 43368 އަށް އަރާފަ.

15:28

ޗައިނާއިން އިތުރު 30 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 82788 އަށް އަރާފަ. އެ ގައުމުން މަރުވި މީހުންގެ އަދަދު 4632 އަށް

15:28

15:27

އެެމެރިކާއިން އިތުރު 25 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 45،343 އަށް އަރައިފި. އެގައުމުން އިތުރު 431 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 819175 އަށް އަރާފަ.

14:47

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު 3:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި.

14:46

14:46

14:27

14:18

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާއާ ދެބޭފުޅުން ފޯނުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ. ރައީސްގެ ވާހަކަފުޅުގައި ބަންގްލަދޭޝް އިން ދިވެހިންތަކެއް ރާއްޖެ ގެނައުމަށާއި އެ ގައުމުން އެހީފޯރުކޮށްދިނުމާ ގުޅިގެން އެކަން ފާހަގަ ކުރެއްވި.

 

14:16

ގިނަ އަދަދެއްގެ މުދަލާއެކު މޯލްޑިވިއަންގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިރުކޮޅެއް ކުރިން ވަނީ ޖައްސާފައި. އިތުރު ޝިޕްމަންޓެއް ޗެންނާއީ އިން މިރޭގެ ވަގުތެއްގައި ރާއްޖެ ގެނެވޭނެ ކަމަށް މޯލްޑިވިއަނުން ބުނޭ.

14:04

13:48

13:40

13:14

12:42

12:28

12:16

12:06

11:49

ބަންގްލަދޭޝް އިން ގެނައި ހިލޭ އެހީގެ ޝިޕްމަންޓްތައް ލޮރީއަކަށް ބަރުކުރުމުގެ މަސައްކަތް ކުރަނީ.

11:11

11:03

10:34

10:32

10:20

ންމު ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި، އޭޓީއެމްތަކަށް ފައިސާ ޖަމާކުރެވޭ އަދަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރުކޮށްދީފި. އެ ބޭންކުން ބުނީ، ވިޔަފާރި އެކައުންޓުތަކަށް މިހާރު ދުވާލަކު 500،000ރ. ޖަމާކުރެވޭނެ ކަމަށް. އަދި އާންމުންގެ އެކައުންޓުތަކަށް ދުވާލަކު 100،000ރ. ދެން ޖަމާކުރެވޭނެ ކަމަށް.

10:15

ކުލި ނުދެއްކުމުގެ ސަބަބުން ގެއަކުން ނެރެފި ނަމަ ނުވަތަ މާލޭގައި ހުރުމުގައި ދަތިތަކެއް ދިމާވެއްޖެ ނަމަ 1412 އަށް ގުޅަން މާލެ ސިޓީ ކައުންސިލުން އެދިއްޖެ. ކުލި ނުދައްކައިގެން ބައެއް ގެތަކުން މީހުން ނެރެމުންދާ ކަމުގެ މައުލޫމާތު ސަރުކާރަށް ވަނީ ލިބިފައި.

https://twitter.com/MaleCitymv/status/1252776787978776578?s=20

 

10:15

09:54

09:50

03:22

02:59

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 29 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން މަރުވި މީހުންގެ އަދަދު 2612 އަށް އަރައިފި. އެމެރިކާއިން އިތުރު 401 މީހަކު ފައްސިވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފައްސިވި މީހުންގެ އަދަދު މިވަނީ 23133 އަށް އަރާފަ. މިހާތަނަށް އެގައުމުން ޖުމްލަ 815892 މީހަކަށް ބަލި ޖެހި، ޖުމްލަ 45126 މީހަކު ވަނީ މަރުވެފަ

02:42

ކޮވިޑް-19 ޖެހިގެން ފަލަސްތީނުން އިތުރު މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 4 އަށް އަރައިފި. އެގައުމުން އިތުރު 17 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 466 އަށް އަރާފަ.

02:42

ކޮވިޑް-19 ޖެހިގެން އޮމާން އިން އިތުރު މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 8 އަށް އަރައިފި. އެގައުމުން އިތުރު 98 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 1508 އަށް އަރާފަ.

02:41

ކޮވިޑް-19 ޖެހިގެން އިރާގުން އިން އިތުރު މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 83 އަށް އަރައިފި. އެގައުމުން އިތުރު 28 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 1602 އަށް އަރާފަ.

02:40

ކޮވިޑް-19 ޖެހިގެން ގަތަރުން އިތުރު 2 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 11 އަށް އަރައިފި. އެގައުމުން އިތުރު 85 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 2080 އަށް އަރާފަ.

02:39

ކޮވިޑް-19 ޖެހިގެން އަލްޖީރިޔާއިން އިން އިތުރު 8 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 392 އަށް އަރައިފި. އެގައުމުން އިތުރު 93 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 2811 އަށް އަރާފަ.

02:39

ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 154 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 2741 އަށް އަރައިފި. އެގައުމުން އިތުރު 233 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 430079 އަށް އަރާފަ.

02:38

އެމެރިކާއިން އިތުރު 4013 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު 815491 އަށް އަރައިފި. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 22732 މީހަކު ވަނީ ފައްސިވެފަ

02:37

އެމެރިކާއިން އިތުރު 345 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 45097 އަށް އަރައިފި. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 2583 މީހަކު ވަނީ މަރުވެފަ

02:26

02:04

01:25

01:08

މިސްރުން އިތުރު 145 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 14 މީހަކު މަރުވެއްޖެ. މިހާތަނަށް އެޤައުމުން 3490 މީހަކަށް މި ބަލި ޖެހިފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 264 އަށް އަރާފައި.

01:07

ފިންލޭންޑުން އިތުރު 146 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 43 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 4014 މީހަކަށް މިވައިރަސް ޖެހިފައިވާއިރު، މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 141 އަށް އަރާފައި.

01:07

ޑޮމިނިކަން ރިޕަބްލިކުން އިތުރު 80 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު ދިހަ މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 4044 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން ޖުމްލަ 245 މީހަކު ވަނީ މަރުވެފައި.

01:06

އަޔަލޭންޑުން އިތުރު 388 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 43 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 16040 މީހަކަށް ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 730 މީހަކު ވަނީ މަރުވެފައި.

01:05

ޕެރޫ އިން އިތުރު 1512 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 39 މީހަކު މަރުވެއްޖެ. މިހާތަނަށް ޕެރޫއިން ޖުމްލަ 17837 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން މަރުވި މީހުންގެ އަދަދު ވަނީ 484 އަށް އަރާފައި.

01:04

އެމެރިކާއިން އިތުރު 1863 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 129 މީހަކު މަރުވެއްޖެ. މިއާއެކު މިދިޔަ 24 ގަޑިއިރު ތެރޭ އެޤައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދު 18719 އަށް އަރައި، މަރުވި މީހުންގެ އަދަދު ވަނީ 2238 އަށް އަރާފައި.

މިހާތަނަށް އެމެރިކާއިން ޖުމްލަ 811478 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވޭ. އޭގެތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 44752 އަށް އަރާފައި.

01:01

00:41

ގަތަރުން އިތުރު 518 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 6533 މީހަކަށް މި ވައިރަސް ޖެހިފައިވޭ. އަދި މިހާތަނަށް މި ބަލީގައި އެޤައުމުން 9 މީހަކު ވަނީ މަރުވެފައި.

00:40

ޔޫއޭއީ އިން އިތުރު 490 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު ތިން މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ވައިރަސް ޖެހުނު 7755 މީހުންގެ ތެރެއިން 46 މީހަކު ވަނީ މަރުވެފައި.

00:39

މެކްސިކޯއިން އިތުރު 511 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 26 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސް އަށް ފައްސިވި ޖުމްލަ 8772 މީހުންގެ ތެރެއިން 712 މީހަކު ވަނީ މަރުވެފައި.

00:38

އިކުއެޑޯއިން އިތުރު 270 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 13 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަކަށް މި ބަލި ޖެހުނު 10389 މީހުންގެ ތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 520 އަށް އަރާފައި.

00:37

ޕާކިސްތާނުން ކޮވިޑް-19 ޖެހިގެން އިތުރު 16 މީހަކު މަރުވެއްޖެ. މިއާއެކު މިދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 24 އަށް އަރާފައު. މިހާތަނަށް ޕާކިސްތާނުން ކޮވިޑް-19 ޖެހުނު 9565 މީހެއްގެ ތެރެއިން ޖުމްލަ 201 މީހަކު ވަނީ މަރުވެފައި.

00:36

ތުރުކީން އިތުރު 4611 މީހަކަށް ކޮވިޑް-19 ޖެހި، މި ބަލީގައި އިތުރު 119 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 95591 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2259 އަށް އަރާފައި.

00:35

ކެނެޑާ އިން އިތުރު 1376 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 141 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 38205 މީހަކަށް ވައިރަސް ޖެހިފައިވާއިރު، މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1831 އަށް އަރާފައި.

00:34

އެމެރިކާއިން އިތުރު 16856 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 2109 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 809615 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 16856 އަށް އަރާފައި.


މާލެއިން ކޮވިޑް-19 އަށް ރެއިން ފެށިގެން މިހާތަނަށް ފައްސިވެފައިވާ 17 މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 800 އަށް ވުރެ ގިނަ މީހުން ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވިދާޅުވުމާއި އެކު މާލޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ޑޮކްޓަރު އިބްރާހީމް އަފްޒަލް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޭސް 76 އާއި 77 އަދި 78އާ ގުޅުން ހުރި ކޮންޓެކްޓްްތަކުގެ ދެ ހަބެއް ހޯދިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ހަބުގައި 50 އަދި އަނެއް ހަބްގައި 640 މީހުން ހިމެނޭ ކަމަށެވެ.

އަފްޒަލް ވިދާޅުވީ ބޮޑު ދެ ހަބްގެ އިތުރުން އެހެން ކޭސްތަކުގެ ކޮންޓެކްޓްތަކުގެ ގޮތުގައި 189 މީހުން މިއަދު ފާހަގަ ކުރެވުނު ކަމަށާއި އެހެންކަމުން ކޮންޓެކްޓްތަކުގެ ޖުމްލަ އަކީ 871 އެވެ. އެހެންކަމުން ޑައިރެކްޓް ކޮންޓެކްޓްތަކުގެ ތެރެއިން ގިނަ ބަޔަކު ފައްސިވުމުގެ ބިރު އެބައޮތެވެ.

މިއަދު ލިބުނު އިތުރު ޚަބަރުތަކަށް ބަލާއިރު ބައެއް ރަށްރަށް މޮނިޓަރިން އިން ނަގަން އެޗްޕީއޭ އިން ނިންމި ނިންމުމާއި ކައުންސިލުންތަކުން ދަނީ ދެކޮޅު ހަދަމުންނެވެ.

އެހެން ގައުމުތަކުން ލިބުނު ޚަބަރުތަކަށް ބަލާއިރު އިނގިރޭސިވިލާތުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އިޓަލީ އާއި ފްރާންސްގެ ހާލަތު މާބޮޑަށް ގޯސްވަމުން ނުދިޔަ ނަމަވެސް އެއްވަރެއްގައި ވަނީ އަދަދުތައް ހިފެހެއްޓިފައެވެ.

މުޅި ދުނިޔޭގެ ހާލަތައް ބަލާއިރު މިއަދު ވެސް މިހާތަނަށް 57000 އަށް ވުރެ ގިނަ މީހުން ފައްސިވެ 5600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެހެންކަމުން ދުނިޔޭގެ ހާލަތު އަދިވެސް ރަނގަޅު ވަމުން އަންނަ މަންޒަރެއް ނުފެނެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޝާފީ

    އަޅުގަނޑުގެ ހިޔާލަކީ މިދުވަސްވަރުގެ ހާލަތަށް ރިއާޔަތް ކޮށްފައި ތި ފައްސިވުމާއި ނައްސިވުން މި ބަސްތައް ބޭނުންކުރުމުގެ ބަދަލުގައި ތީގެ އިނގިރޭސި ބަސްތައް ބޭނުންކުރުން ކިހިނެއްވާނެތޯއެވެ. އަސްލު ވަރަށް ގިނަބަޔަކު ތި ބަސްތަކަށް އަދި ނުހޭނި އުޅެނިކޮށް ކޮވިޑް ކަންތައްގަނޑު ރާއްޖެއާ ހަމައަށްވެސް އައިސްފައި މިއޮތީ. އެހެންވެ އަދިވެސް ވަރަށް ގިނަބަޔަކަށް އޮޅޭ ފައްސިވުމަކީ ކޮބައިކަމާއި ނައްސިވުމަކީ ކޮބައިކަން. އެހެންވީމަ ޕޮޕްއަޕް އެޑްތައް ރިމޫވްކުރިގޮތަށް މީތިވެސް ބަދަލުކޮށްލައިދިނުން ކިހިނެއްވާނެތޯ ހާލަތަށްޓަކައި!

    2
    1
  2. އައްޑޫ ލެއި

    ކިތަންމެ ހާސްކަން ބޮޑުވިޔަސް ކިތަންމެ ނުރައްކާ ވިޔަސް ތަންފުކެއްވެސް ދޫނުކޮށް ބަނދެގެން ވިޔަސް އަނދަގޮޑި ޖަހައިގެން ވިޔަސް ތިތަނުން އެންމެން ހިފަހައްޓާ ރަނގަޅަށް ތިބި މީހުންވެސް ނުރައްކަލައް ހުށަހެޅެން ދެން ބައިތިއްބާ. ކުރިޔައް އޮތީ ރޯދަމަސް ރިސޯޓްތަކުން މާލެ އައިސް ރަށައް ނުދެވި ހާލުގަޖެހިފަ ތިބި މީހުން ތައް ތިބީ ވަންނާނެ ތަނެއް ނެތި ކާންބޯން ނުލިބި މަގުމަތިވެފަ.

  3. އައިމީ

    މިރޭވެސް ރިސޯޓުން މާލެ އައިސް ތިބި އައްޑޫއައް ނިސްބަށްވާ ކުދިންތަކެ ތިބި ގެސްޓް ހައުސް އިން އެމީހުން ނެރެންވެގެން ތަނުގެ ވެރިފަރާތުން ބުނީ އެމްއެންޑީއެފް މީހުން އެތަން ބޭނުންވެގެން އެތަނުން ނުކުތުމަށް. ތި ގްރޭޓާ މާލޭގަ ނެތީތޯ އެމްއެންޑީއެފް މީހުން ތިބޭނެ ތަނެ ހަމަ އެނޫނީ. ރައްޔަތު މީހާ މަގުމަތި ކޮށްފަވެސް..................ބަލަ ތިތަނައް ވުރެން މާ ބޮޑައްވެސް ރައްކާތެރިކަން ބޮޑުވާނެ އެމީހުން އެމީހުންގެ ރަށައް ގެނެސް ރަށުގަ ގެސްޓް ހައުސް އެއްގަ 14ދުވަސް ވަންދެކައް ކަރަންޓީނުގަ ބޭތިއްބިޔަސް މިހާރު ތިއުޅެނީ ތި މާލޭގަ ނުކަތާވަރައް މީހުން ގިނަވެގެން ގޮސް އެއްކަމެއްވެސް ރަގަޅައް ނުކުރެވިގެން. އެންމެފަހުން ރަނގަޅައް ހުރި މީހާވެސް ހަލާކުވުން ނޫން ދެންއެހެން ގޮތެއްނެއް

  4. މޯޑް ޝާނީ

    ނުކުޅެދޭ ކައުންސިލެއް އައްޑޫސިޓީގަ އޮތީ ކުޅެދޭނަމަ އައްޑޫ ދަރިންތައް މާލޭ މަގުމަތި ވެފަ ތިބިއިރު ކޮންކަމެއް ކުރެވުނީ ހުރިހާ ކައުންސިލަރުންނައް ތަކުރާރުކޮށް އެތައް ފަހަރަކު ގުޅާއިފިން ގުޅާއިރަށް ބިޒީ ކުރަނީ

  5. އަލީ

    ކޮބާ އައްޑޫ މޭޔަރު ކަމައް އަންނަން އުޅޭ ނިޒާރު މިމީހުން އުޅޭތަނެއް އެގޭބަޔަވެސް ނެއް މިހާރު. ބަލަ މާދަންވެސް ދުނިޔޭގަ ތިބީޔާ ކަލޭމެންނައް ވޯޓް ދޭން ތިބި މީހުންނޭ މާލޭގަ މަގުމަތި ވެފަ ތިބި ރިސޯޓް ތަކުގަ ވަޒީފާ އަދާ ކުރަމުން ދާ ޒުވާނުންނަކީ

  6. މަރީ

    ހެޔޮނުވާނެ ރޯދަމަހު އެކުދީން ރޯދަ ހިފާނީ ވެސް ކިހިނެއް އައްޑޫ ކުދިން އައްޑޫއައް ގެނެސް ދީ

  7. އަހުމަދު

    ހީވަނީ އެންމެން މާލޭގަ ބަންދު ކޮށްފަ ބޭތިއްބުމުން ހުރިހާ ޒިންމާއެއްް އަދާ ކުރެވުނީ ކަމަށް. ދެން ވަރިހަމަ މި ރޯދަމަހު ރޯދަހިފަން ކާނެ ކާއެތިކޮޅެއް ނުލިބި ހައިހޫނުކަންމަތީ ތިބެ ހޭކެނޑުނަސް. މީމިހާރުވެސް ވަމުންދާގޮތް. ދެން ރޯދަމަހު ކިހާވަރެއް ވާނެބާ

  8. މަޖުބޫރީހާލަތް.

    ޔާ ﷲ މިބަލިން އިސްލާ މީ ގައު މުތަކުގާ ތިބި އެން މެހާ މުސްލި މުން ސަލާ މަތްކޮއް ރައްކާތެރި ކުރައްވާށި ކާފަރުންނައް އިބުރަތުން ފުރިގެންވާ ފިލާވަޅެއް ދެއްވާށި އާ މީން