ހއ. އިހަވަންދޫ އިން ކޮވިޑް-19 އަށް އެއްވެސް ފަރާތެއް ޓެސްޓު ކުރަންޖެހިއްޖެ ހާލަތެއްގައި ޓެސްޓު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝިފާއު މިގޮތަށް ވިދާޅުވެފައި މިވަނީ، ކޮވިޑް-19 އަށް ފައްސިވި މީހަކާއި ބައްދަލުވި މީހުން އިހަވަންދޫގައި ތިއްބާ އެއިން އެއްވެސް މީހެއްގެ ޓެސްޓެއް ހެދުމެއްނެތި އެރަށް މޮނިޓަރިންގެ ހާލަތުން ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމުން އެނިންމުމަށް ބޯނުލަނބަން ރަށުގެ ޓާސްކްފޯސް އިންނާއި ކައުންސިލުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މިކަމަށް އިޝާރާތްކުރައްވާ މިރޭ ޝިފާއު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިހަވަންދޫ އާއި މާރަންދޫގައި ވެސް ކޮވިޑް-19 އަށް ޓެސްޓުކުރަން ޖެހޭ އެއްވެސް މީހަކު ހުރިނަމަ ޓެސްޓު ނުކޮށްދޫކޮށް ނުލާނެ ކަމަށާއި، އެކަމާއި މެދު ކަންބޮޑުވެ ވަޑައިނުގަތުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ.

"އިހަވަންދޫ އަދި މާރަންދޫގައިވެސް ކޮވިޑް-19 އަށް ޓެސްޓު ކުރަންޖެހޭ އެއްވެސް މީހަކު ހުރިނަމަ ޓެސްޓު ނުކޮށް ދޫކޮށްނުލާނެ. ޓެސްޓު ކުރަން ޖެހޭ ވަގުތު ޓެސްޓު ކުރާނެ. ކަންބޮޑުވެނުލައްވާ. އެކަން ދާނީ ކުރިޔަށް،" ޝިފާޢުގެ ޕޯސްޓުގައި ވެއެވެ.

ޝިފާއު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ރަށުގައި ޓެސްޓުކުރަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަށް ދެވިފައިވާ ކަމަށެވެ. އަދި އެއާއެކު ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށް ޝިފާއު ވަނީ ވިދާޅުވެފައެވެ.

އިހަވަންދޫ ކައުންސިލުން މިރޭ ކުރި އިއުލާނެއްގައި ބުނީ އެޗްޕީއޭ އިން އިހަވަންދޫ މޮނިޓަރިންގ ހާލަތުން ނެގުމަށް މިރޭ ނިންމިއިރު ކާވިޔާ ބޯޓުން ދަތުރުކުރި މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވުމާއި އަދި އޭނާ އާއި ކޮންޓެކްޓް އިތުރު މީހެއް އެބައްޔަށް ފައްސިވެފައިވާކަން އެޗްޕީއޭ އިން މިރޭ އިއުލާންކޮށްފައިވުމާއި، އަދި ކާވިޔާ ބޯޓުން ދަތުރުކުރި ކޮވިޑް-19 އަށް ފައްސިވި މީހާ އާއި ޑައިރެކެޓް ކޮންޓެކްޓްވި 9 މީހަކާއި އަދި އެ ބޯޓުން ދަތުރުކުރި އިތުރު 19 މީހަކު އެރަށުގައި އެކަހެރިކޮށްފައި ތިބެ، އޭގެން އެއްވެސް މީހެއްގެ ސާމްޕަލް ނަގައި ޓެސްޓްކުރެވިފައި ނުވުމާ އަދި އައިސޮލޭޝަންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަކުރެވިފައި ނުވާތީ، ކޮވިޑް-19 އާއި ގުޅިގެން އިހަވަންދޫގައި މިހާރު އަޅާފައިވާ ހުރިހައި ފިޔަވަޅެއް އެގޮތުގައި ދެމެހެއްޓުމަށް ކޮވިޑް-19 އިހަވަންދޫ ޓާސްކުފޯސްއިން ނިންމާފައިވާ ކަމަށެވެ.

އިހަވަންދޫގެ އިތުރުން ވައިކަރަދޫ ކައުންސިލުން ވެސް ވަނީ އެރަށް މޮނިޓަރިން އިން ނަގަން އެޗްޕީއޭ އިން ނިންމި ނިންމުމަށް އަމަލު ނުކުރަން ނިންމާފައެވެ. އެގޮތުން ވައިކަރަދޫއަށް ދަތުރުކޮށްފައިވާ އުޅަނދެއްގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސި ވުމާގުޅިގެން، ޞިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭ އިން ވައިކަރަދޫ ކަރަންޓީނު ޙާލަތުގައި ބޭއްވުމަށްފަހު ޢާންމު ޙާލަތަށް ބަދަލުކުރަން އެ އޭޖެންސީން ނިންނި ނިންމި ނަމަވެސް 16 އޭޕްރީލް 2020 ގައި ވައިކަރަދޫއަށް ދަތުރުކުރި ކާވިޔާ ބޯޓުން ދަތުރުކުރި މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާތީއާއި، އޭނާއާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހަކު ކޮވިޑް-19 އަށް ފައްވެފައިވުމުގެ އިތުރުން އެ ދަތުރުގައި ވައިކަރަދޫގެ 23 މީހުން ދަތުރުކޮށްފައިވާތީއާއި އެޗްޕީއޭގެ އެންގުމުގެ މަތިން އެ 23 މީހުން ހޯމް އައިސޮލޭޝަނަށް ލެވިފައި ވީނަމަވެސް އަދި މިހާތަނަށް އެއިން އެއްވެސް މީހެއްގެ ސާމްޕަލް ނަގާ ޓެސްޓްކޮށްފައި ނުވާތީއާއި، އެމީހުން ރަށަށް އައިފަހުން އަދި 14 ދުވަސް ހަމަވެފައިނުވާތީ، ކަރަންޓީނުކުރުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން ވައިކަރަދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

ވައިކަރަދޫ އާއި އިހަވަންދޫގައި މިގޮތަށް ނިންމާފައިވާއިރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަނީ، ކޮވިޑް-19 ގެ މި ޙާލަތާއި ގުޅިގެން މިފަދަ ނިންމުންތައް ނިންމުމުގެ ބާރުތަކަކާއި މަސްއޫލިއްޔަތުތައް ކައުންސިލްތަކަށް މަތިކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ގެ 84 ކޭސް ފެންމަތިވެފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 38 ކޭސް އެއްގައި ބައްޔަށް ފައްސިވެފައި ވަނީ ދިވެހިންނެވެ. މާލެއިން އެކަނިވެސް ވައިރަސް އަށް މިހާތަނަށް 63 މީހަކު ވަނީ ފައްސި ވެފައެވެ. އަދި ހއ. އުލިގަމުންވެސް މީހަކު މި ބައްޔަށް ފައްސި ވެފައި ވެއެވެ. މާލެ އާއި އުލިގަމުގެ އިތުރުން ރާއްޖެއިން މި ބައްޔަށް ފައްސިވެފައިވާ މީހުން ފެނިފައިވަނީ ރިސޯޓްތަކުންނެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތައް އަޅަމުންދާއިރު، ހުރިހާ ރަށެއް، އެއްރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭގޮތަށް މިވަގުތު އޮތީ ފުރަބަންދުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބޭޗާރާ

    މި މީހުން ދުނިޔޭގައި އެބައުޅޭތަ؟ ކަލޭ ބުންޏަސް ނުބުންޏަސް ޓެސްޓްކުރާ ބަޔަކު ޓެސްޓް ކުރާނެ. އެއީ ކަލޭ ބުނެގެން ކުރާ ކަމެއް ނޫން. ބެހޭ ކަމެއްވެސް ނޫން. ވައިއަނގަ ތެޅުމުގެ ބޭނުމެއް ނެތް.

    14
  2. ޝަ

    ޝިފާއު ކަލޭ ކޮންހާ ދޮގެއް ހަދާކަށްތަ؟ ކަލޭ ލަދެއް ނުގަނޭތަ ތިހެން ކިޔާކަށް؟ ބަަލަ ކަލޭ ހޮވާފަ ތިތާ ބައިންދާފަ ތި އިނީ އަހަރެ މެން ވޯޓު ދީގެންނޭ..ކަލޭއަށް އިނގޭބަތަ ކަލޭގެ ރަށު މީހުން އެތިބީ ބޮޑު ރިސްކެއްގަކަން..ބޮޑު ގޮނޑީގަ މުސާރަ ކާން އިނީމަ ކަލޭއަށް އެ ނިމުނީ

    14
    2
  3. ޝަ

    ޓެސްޓު ކުރާނަ މޭ ނުކިޔަ ކިޔާބަަލަ ތި މަަންނަމެން އަތުގަ ތި އެން މެން ޓެސްޓު ކުރާ ވަރަކަށް ޓެސްޓު ކިޓެއް ނެތޭ..އޭރުން މާ ތާހިރުވާނެ. ބަލަ ޓެސްޓު ކުރާ ހާލަތެއް ނޫންތަ ޑައިރެކްޓު ކޮންޓެކްޓު ވުމަކީ..

    15
  4. ޙހހ

    ކޮވިޑް19 އެއީ ވަކި މުއްދަތެއް ދޭ ވައިރަސް އެއްތޯ؟؟؟މަޑުކޮއްލަން

    10
  5. މުނީީީީީީީީީީީީީީީީީީރާ

    މީ މައިމޫނާތަ

    10
  6. މަބޮޑޭ

    މި އީ ވަރައް މަ ބޮޑޭހެދިގެން އުޅޭ ރޯނުއެދުރެއް، ކަލޭ ގެ ގޭދޮށު މަސްފެކުޓަރީގަ ޓެސްޓް ކިޓް ތައްޔާރު ކުރަނީތަ، އަދިވެސް ފޮނިކަޑާތި، ތިތިބީ ބޭގަރާރު ނެރެނެރެ ތިއްބާ އަތައްގޮވާފަ، ދިވެހި ރަތްޔިތުންނައް ކޮންކަމެއްތަ ކަލޭމެނައް ކޮއްދެވުނީ

    12
  7. ނަގޫރޯޅި

    އާދެ، ތި މެންބަރު ހޮވީ އަޅުގަނޑު މެންގެ ވޯޓުން އަޅުގަނޑު މެންގެ އަޑުއުފުލާ އަޅުގަނޑު މެންނައް ދަތިވާ ކަންތަކުގާ ވަކާލާތު ކުރަން. ހަ މައެކަނި ޕާޓީ ސަރުކާރުގަ ރަބަރު ތައްގަނޑު ޖަހައިގެން ޖީބުފުރާކައްނޫން. އެޗެޕީއޭއައް ފެނިގެން ޓެސްޓްކުރަންދެން ރައްޔިތުންގެ ރައްކާތެރިކަ މައްޓަކާ އަޅުގަނޑު މެންގެ ނިން މުންވެސް ދަ މަހައްޓާނަން. ފަރުދީ ޒިން މާ އަދި މަގާ މުގެ ޒިން މާވެސް އަޅުގަނޑު މެން ދަ މަހައްޓާނަން. މެންބަރައް ސާފު ވާނެކަ މައް ހީކުރަން. ނުވަންޔާ ރަށައް ބަދަލުވޭ.

    11
  8. ކެޔޮޅު

    މަޖިލިސްގެ ރައީސް އާއި އެ މް ޑީ ޕީ ގެ ގިނަމެންބަރުންނަކީ ކޮވިޑު 19 އައް ޓްރޭނިން ހަދާގެން ތިބައެއްހެން ހީވޭ!

  9. ބޯކިބާ

    ޓެސްޓުކުރަން މާލޭ ބޮޑު ޑަކުޓަރު އަރިހަށް ކަފަބުރު ފޮނުވަން ފުލައިޓެއް ޗާޓަރުކޮށްގެން ދެވެންދެން ކެތްކޮށްލާ، އަހަރެމެން ދެކުުނުމީހުންވެސް މިތިބީ އެކަހަލަ ގޮތަކަށް، ކުރީދުވަހެއްގަ އެންމެ ކަފަބުރެއްބަލާވެސް ފުލައިޓެއް މިކޮޅަށް އައީ.

  10. ޙައްގުބަސް

    މިހާލަތުގައިވެސް ސަރުކާރު ދިފާއު ކުރުމުގަ ސާބަސް ސާބަސް ޗިޗަންޑާ 19 ވަރަށް ތަފާތު

    11
  11. ކަންނައްރާޖ

    ބަލަ ކިހިނެއްތޯ ތިޔަވީ ތިޔާގެ ތެރޭން ބޭފުޅުން ކޮޅެއް ވިދާޅުވި މީއެހާބިރުވެރި ކަމެއް ނޫނޭ ބަންދު ކުރާކައް ނުޖެހެޔޭ ދުނިޔެއެއް ނުހުއޓުވޭނޭ މިރާއްޖެ އެއްވެސް ނުހުއްޓޭނޭ ހުން އަތުވެދާނެ ކަމައް ރަޖާ ލާހޭ ކިހިނެއްތޯ މިވީ އަމިއްލަ ބަރެއްގަ އުޅޭ އެކަކުވެސް ނެތެއް ނޫންތޯ ބާރުވެރި ފަރާތަކީ މާތ ﷲ އެކަނި ހުރިހާކަމެއްގެ މިލްކުވެރިކަން ވަނީ ެއފަރާތައް

  12. ހެެެހެހެ

    މީނައަކީ ރައްޔިތުންކޮޅަށް ކުޅޭމިހެއްނުން. ސެލްފް ސާރވިން ޕާރސަން

  13. ޞަބީ

    މިހާރު މިއީ ޓެސްޓްކުރަން ޖެހޭ ވަގުތު މާލޭގައި ނަމަ އެ އެންމެން ޓެސްޓްކުރީސް...
    ޓެސްޓް ކިޓު ކޮޅު ހުސްވާތީ ބިރުން ޓެސްޓު ނުކުރަނީ.

    12
  14. އަލިބެ

    އެވަގުތު އައީޔާ ކަލެއަށް އެނގޭނެތަ

  15. ޣޮފި

    ސިއްހީ އެހީތެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް-19 އަކީ "މަރު ބައްޔެއް" ނަމަވެސް އަދި ބަލި ޖެހޭ މީހުން އެތައް ވޭނެއް ތަހައްމަލް ކުރަން ޖެހޭކަން އެނގި ތިބެ ވެސް ގިނަ މީހުން މިކަމަށް މާބޮޑު ސަމާލުކަމެއް ނުދިނުމެވެ. ސިއްހީ މާހިރުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ބޯނުލެނބުމެވެ.

  16. ދަރަނި ދަންތުރަ

    ރީދޫ ބޮޑުވަޒީރު ވިދާޅުވި ދުނިޔެއެއް ނުހުއްޓުވޭނެ ދިވެހިރާއްޖެ އެއްނުހުއްޓުވޭނެ ދީނަށް ފުރަށްސާރަކުރުން ނުހުއްޓުވޭނެ ރައްޔިތުންގެ ހަޒާނާ ދަވާލުން ނުހުއްޓުވޭނެ ، އެކަމަކުބުނަން ރަނގަޅުވާހަކައެއް އެއްމެ ބާރުގަދަ އެއްމެ ކުޅަދުންވަންތަ ފަރާތަކީ ﷲ ، އެކަލާންގެ އަމުރުފުޅަށް ގޮންޖަހާނުލެވޭނެ ކެނެރީގޭ ނަސީދަކަށް މީ ވަރަށް ވާހަކަ