އަންނަ ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު 2:00 އަށް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފިއެވެ.

މިކަން އިއުލާނުކޮށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޯދަ މަހާއި ޝައްވާލް މަހުގެ ހަތް ދުވަސް ނިމެންދެން ރަސްމީ ގަޑިއަކީ، ހެނދުނު 10:00 އިން މެންދުރު 2:00 އަށް ކަމަށެވެ.

އަދި ކަލަންޑަރުގައި ވާގޮތަށް ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މޭމަހުގެ 16 ވަނަ ދުވަހަށް ވެއްޖެނަމަ 17 މޭ ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައިވެސް ރައީސް ހަމަޖައްސަވާފައިވާކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

މިހެން ވެއްޖެނަމަ ހަފްތާ ބަންދާއެކު ސަރުކާރު ބަންދު 4 ދުވަސް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ރައީސް ޔާމީންއަށް

  ޝިފްޓް ޑިއުޓީ ކުރާމީހުންނަށް ގޮތެއް ހަދާދީބާ

 2. ިމަ

  ސްކޫލަށް ހެނދުނު ދާކުދިން އައްގަޑި ފަންސާހަށް ގެންދަންޖެހޭ. އެކުދިން ދާންޖެހޭ ގަޑި ނުވަގަޑި ފަންސާސް ހާއިރަށް ހަދާލާނަމަ ވ.ރަނގަޅު..

 3. މަންމަ

  ހެނދުނު ދަންފަޅި ކުދިން ސްކޫލަށް ގެންދަންޖެހޭ އައްގަޑި ފަންސާހަށް. އެކުދިން ދާގަޑިވެސް ނުވަގަޑި ފަންސާސްހާއިރަށް ލަސްކޮށްލާނަމަ ވ.ރަނގަޅު.

 4. ވގ

  ޑިއުޓީޔައްނުދޭ މިގޮތް ކިހިނެތް

 5. ސަލީމް

  އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނަކީ ސިވިލްސާވިސްގެ މުވައްޒަފުންނެވެ. ކޮންމެ އަހަރަކު ރޯދަމަހު ފުލްޑިއުޓީ، 8، ގަޑިއިރު ކުރުވާފައި ކުޑަމިނުން އޯޓީ ކޮޅެއްވެސް ނުދެއެވެ. އެކަމަކު އެޑްމިން ސްޓާފުންނަށް ހުރިހާއެއްޗެއް ލިބެނީ 4 ގަޑިއިރު މަސައްކަތަށްފަހު. ވެރިކަން ކުރާޕާޓީން ބުނާ ގައުމުގެ މައި ދޮރާށީގައި މުހިންމު މަސައްކަތެއްކުރާ މި މުވައްސަސާއަށް ސަރުކާރުން އަހަންމިއްޔަތެއް ނުދޭކަން ފާހަގަވަނީ މިސަބަބު ތަކާހެދިއެވެ. ޕީޕީއެމް ކުލައިގަ ތިބި އެމްޑީޕީ މީހުން އެތާ އެޑްމިންގައި ތިބެގެން މިކުރާ ކަންކަމުން މުވައްޒަފުން ސަރުކާރު ދެކެ ހިތްހަމަނުޖެހޭ ގޮތްތްށް މެދުވެރިވެ ތަނުގެ ހަމަޖެހުން ވަނީ ގެއްލެފައެވެ.

 6. ނަބީލާ

  ޓީޗަރުންނަށާއި ސުކޫލުތަކުގެ ވެރިން 6 ގަޑިއިރު މަސައްކަތްކުރާނެ މިވަރުންވެސް!

 7. ރައީސް ނަސީދު

  ސިފުޓު ޑިއުޓީ ކުރާކުދިއްނަން ވަރައްރަނގަޅު ގޮތެއް ހަދާދޭނަން ، ރޯދަމަހައްފަހު ހުރިހާ ކުދިން ވަޒީފާއިން ވަކިކޮށްދޭނަން މަގޭ ވެރިކަމުގަ އޯކޭނު.....

 8. ކޮސް ބޯ

  އެއްވެސް ކަމެއްނުކޮށް ގޭގައި ނިދަން އޮށްވައި އިލްމާއި ތަނަވަސްކަން ލިބޭނެ ގޮތް ހަދާ ދެއްވިއްޔާ ވ ރަނގަޅު... ހިނި އަންނަނީ ބައެއްކޮމެންޓް ކިޔާފަ

 9. އިބްރާހީމް

  ޕްރައިވެޓް ސެކްޓަރގަ މަސައްކަތްކުރާ ފަރާތްތަށް އެންމެ ގިނައިން މަސައްކަތްކުރާ ފިހާރަތަށް ރަމަޞާންމަހު ރޭގަނޑު 11 އަށް ބަދަލު ނުކުރެއްވުންއެދި ރައީސުލް ޖުމުހޫރިއްޔާގެ އަރިހު އަދި އެކޮނޮމިކް މިނިސްޓަރ އަރިހުން ވަރަށް އަދަބުވެރިކަމާއެކު ދަންނަވަން.

 10. މީރާ

  މީރާގެ މުވައްޒަފުން މަސައްކަތަށް ނުކުންނަ ގަޑިއަކީ 8 _3. އަދި ހޮނިިހިރު ދުވަހުވެސް އޮފީހަށް ނުކުންނަން ޖެހޭ

 11. އަމަން

  ކަލޯ ގަޔާ ބޮޑު އޯޓީ އެެެއް ޖެހޭނެ މިފަހަރު... ހަބޭސް.. ކިހާ ރަނގަޅު ޔާމީން މުޅި ރަމަޟާން މަސް އެއްކޮށް ސަރުކާރު ބަންދުކޮށްލާ ނަމަ.. އިސާހިތަކު އޭރުން ދެން އަހަރުމެން ސެކިއުރިޓީން މަހުޖަނުންނައް ވެދާނެ..

 12. Anonymous

  ރަސްމީ ގަޑި 09:00 އިން 13:00 އަށް ހަމަޖައްސަވައި ދެއްވާ