ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔާތުން ވަޒީރުންނަށް ހެލްތް އިންޝޫރެންސްގެ ގޮތުގައި އަހަރަކު 24,000 ރުފިޔާ ދޭން ފާސްކޮށްފިއެވެ.

ވަޒީރުންގެ ހެލްތް އިންޝޫރެންސް 19،000 ރުފިޔާ އިން 24،000 އަށް ބޮޑު ކުރަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ބައިވެރިވަޑައިގެން މެމްބަރުންގެ ތެރެއިން 36 މެމްބަރުންގެ ވޯޓާ އެކު އެވެ.

އެގޮތުން މިއަދު މަޖިލީހުން ފާސްކުރިގޮތަށް އިންޝޫރެންސް ލިބޭނީ ވަޒީރުންނާއި ވަޒީރުންގެ އަނބިން ނުވަތަ ފިރިން އަދި އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށެވެ.

ވަޒީރުންގެ ހެލްތު އިންޝޫރެންސްގެ އަދަދު ބޮޑު ކުރަން މަޖިލީހުން ނިންމީ އެލައިޑް އިންޝޫރެންސުން މީގެ ކުރިން 19000 ރުފިޔާއަށް ދެމުން އައި ކޯޕަރޭޓް ޕްލެޓިނަމް ޕެކޭޖްގެ އަގު އޭރު ދެމުން އައި އަގުގައި ނުލިބޭތީ ކަމަށް ބުނެއެވެ.

މީގެއިތުރުން މަޖިލީހުން މިއަދު ވަނީ މުއައްސަސާތަކުގެ މެމްބަރުންގެ ތެރެއިން އެންއައިސީއަށް އައްޔަން ކުރެވޭ މެމްބަރުން ހެލްތު އިންޝޫރެންސްގައި ބައިވެރި ކުރުމަށް ވެސް ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު