ކުލިދެއްކޭނެ ގޮތެއް ހަމަނުޖެހި، ކުލި ނުދެއްކުމުން މާލޭގައި ދެ ޒުވާނަކު މަގުމަތިކޮށްލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މީގެތެރެއިން އެކަކު އުޅެމުން އައީ މަހުކުލި ދައްކައިގެން މީހުން ބަހައްޓާ ތަނެއްގައެވެ. އަދި ދެވަނަ މީހާ އުޅެމުން އައީ ދުވަހު ކުއްޔަށް ދޫކުރާ ތަނެއްގައެވެ. އޭނާއަކީ ރިސޯޓަކުން މާލެ އައިސް، ފުރަބަންދުގެ ސަބަބުން މާލޭގައި މަޑުކޮށްގެން ހުރި މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ދެމީހުން ކުއްޔަށް އުޅެމުން އައި ތަންތަނުން ބޭރުކޮށްލުމުން މިހާރު ތިބީ މަޖީދީމަގާއި ޗާންދަނީ މަގު ގުޅުނު ސަރަޙައްދުގައެވެ.

މިކަމާއި ގުޅިގެން އެމީހުން ބުނެފައިވަނީ، މަގުމަތިކޮށްލުމުގެ ސަބަބުން މިއަދު ހަވީރުން ފަށައިގެން ކަމާއި ބެހޭ ފަރާތްތަކަށް ގުޅަމުންދާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ފަރާތަކުން ޖަވާބެއްނުދޭ ކަމަށް އެމީހުން ވަނީ ބުނެފައެވެ. އެ ދެމީހުން ބުނެފައިވާ ގޮތުގައި، ކުއްޔަށް އުޅުނު ތަންތަނުން ނެރެލާފައިވާއިރު ކެވޭނެ ގޮތެއްވެސް މިހާރު ނެތް ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިކަމާއި ގުޅިގެން ފުލުހުން ވަނީ އެތަނަށް ގޮސް އެމީހުންނާއި ސުވާލު ކޮށްފައެވެ. ނަމަވެސް އިތުރު ތަނަކަށް ނުދިއުމަށް އަންގައި ފުލުހުން ވަނީ އެ ސަރަޙައްދުން ގޮސްފައެވެ.

މާލޭގައި ދުވަހެއް ދުވަހަކަށް ކޮވިޑް-19 ފެތުރެމުންދާ މިންވަރު އިތުރުވެ، ގިނަ ބަޔަކު މި ބައްޔަށް ފައްސިވަމުން ދާއިރު މި ބަލިމަޑުމަކާއި ގުޅިގެން ގިނަ ބަޔަކަށް ދަތިކަމާއި ކުރިމަތިވަމުން ދެއެވެ. ޚާއްސަކޮށް ކުލިދައްކައިގެން ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ދަނޑިވަޅުގައި ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގެ ސަބަބުން ކުލި ދެއްކޭނެ ގޮތެއްނުވެ، ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ. މި ހާލަތުގައި ވެސް މާލޭގައި ތަންތަން ކުއްޔަށްދޭ ގިނަ ފަރާތްތަކުން ކުއްޔަށް އެއްވެސް ވަރެއްގެ ލުޔެއް ދެމުން ނުދާކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 މާލެއިން ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ މާލެ ސަރަހައްދު ފުރަބަނދު ކޮށްފައެވެ. ފުރަބަންދު ކުރުމާއި ގުޅިގެން މަގުމަތީގައި އުޅުން މަނާވެފައިވާތީ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ވަންނާނެތަނެއް ނުލިބި މަގުމަތިވެފައެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަން ސަރުކާރުން ކުރިން ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން އިއްޔެވެސް ދިރިއުޅެމުން ދިޔަ ތަނަށް ކުލި ނުދެއްކުމުން، ގެއިން ނެރެލި ދެ މީހަކަށް ސަރުކާރުން އެހީވެފައި ވެއެވެ. އެކަން ހާމަކޮށް ޖެންޑަރު މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ކުލި ނުދެއްކިގެން ދިރިއުޅުމުން އައި ތަނުން ނެރެފައިވާ ދެ ކުއްޖަކަށް ޖެންޑާ މިނިސްޓްރީން ވަގުތީ ހިޔާ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ޓްވީޓުގައި މިނިސްޓަރ ވިދާޅުވީ، އިއްޔެ މަގުމަތިކޮށްލާފައި ވަނީ އެއްބަނޑު ފިރިހެން ކުއްޖަކާއި އަންހެންކުއްޖެއް ކަމަށެވެ. އަދި މިވަގުތަކީ އިންސާނިއްޔަތު އިސްކުރަން ޖެހޭ ވަގުތު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް މާލެ ސަރަހައްދުން މަގުމަތިވި 80 މީހުނަށް ވުރެ ގިނަ މީހުން ފުލުހުންނާއި މަގުމަތިން ދިމާވެގެން ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށް އެ މިނިސްޓްރީގެ ވަގުތީ ހިޔާތަކަށް ގެންގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢާސިފު

    އަޅުގަނޑުގެ ފޭސްބުކު ޕޭޖަށް މެސެޖް ކުރައްވާ. ޢޭރުން ކެއުން ހަމަ ޖެހޭނެ އިން ޝާﷲ. ޒިފް ބިޒް

    19
  2. ައަހުމަދު

    ދިވެހިންގެ ތެރޭގަވެސް ޝުކުރުވެރިނުވުމާއި ، އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް ބަޔަކު އުލޭތީ ހިތާމަކުރަން ، ހަމަޔަޤީނުންވެސް މީހަކަށް އެހީތެރިވެގެން ، މީހަކަށް ހެޔޮކޮށް ހިތައިގެން ﷲ އެމީ ހަކަށް ގެއަލުމެއް ވިޔަ ނުދެއް ވާނެ ، ވާނީ ފައިދާ ، އެމީހާގެ ދަރަޖަމަތިވެރިވާނީ ވީ އިރު މިތަހުޒީބު ޒަމާނުގަވެސް ޖާހިލުންގެ ގޮތް ދޫނުކޮށް އުޅޭ ބައެއްވެސް މި ދިވެހި ޤައުމުޤައި އެބައުޅޭތާ ދޯ ވަރަށްދެރަ ، ﷲއެބައި މީހުންނަށް ތެދުމަގު ދައްކަވާށި. އާމީން.

  3. ޜަހުމު

    މިީ ދިވެހިނެޭ ނުބުނެވެޭނެ ސުބުހަާނަލާހި

    10
  4. ބޮޑުވަޒީރު

    މި ނާޒުކު ހިތާމަވެރި ވަގުތުގަ ބައެއް ދިވެހިންގެ ފަރާތުން މިފެންނަނީ ވަރަށް ފިނޑި އެހާމެ ހަޑި މުޑުދާރު އަމަލެއް، ކުލި ނުދެއްކިގެން އެކި އެކި ފަރާތް ތަކުން މިއުޅެނީ ހަމަ އެކަނި އެމީހުންނަށް ދަތިވެ ހާލުގަ ޖެހިގެނަނެއް ނޫންކަން ގޭގެ ވެރިފަރާތައް ވެސް އެގިހުރެމެ ނުވީތާކައް ސަރުކާރުން ދޭ ލޯނު ބަރާބަރައް ނަގައިގެން މިއުޅެނީ ނިކަމެތިވާ މީހާ އިތުރައް ނިކަމެތިކޮއް މަގުމަތި ކޮއްލާ ހިތުހުރި ގޮތެއް ހަދަން، ކޮންމެ މީހަކު ކޮންމެ ތަނަކައް ވަދެ ފިލާ އޮތަސް އަދި މިއުޅޭ ބަލި ޖެހިދާނެޔޭ ހިތާ ގެއިން ކުދިން ނެރެ މި ސަލާމަތް ވިއްޔޭ ހިތާ އުފާ ކުރިޔަސް ﷲ އިރާދަ ކުރެއްވި އަޅަކައް ބަލި ޖައްސަވާ އަދި ބައްޔައް ސިފާވެސް ދެއްވާނީ، ވީމާ ވައިރަސް ދެކެ ބިރުން ފިލަން އުޅުނަސްވެސް ނުފިލޭނެ ތިހާ ރަހުމް ކުޑަ މީހުންގެ ހިތައް އެއްޗެއް ނާރަދާނެ ކަން މިހެން އޮތަސް

    10
  5. Anonymous

    ވަރަށް ދެރަ ހިތާމަހުރި ކަމެއް. މީ އިމްތިޙާނުގެ ވަުތެއް ކެތްތެރިވެ އަމިއްލަ ގެދޮރުކަމަށްވާނަމަ ގެއިން ނުނެރޭ. އެމީހުންނަށް ދެވުނު މިންވަރެއްގެ ކުލި ނަގައިގެން ވިޔަސް އެމީހުން ބައިތިއްބާ. ﷲށްޓަކައި މިވަގުތުގެ ބޭނުން ހިފާ.

    13
  6. ރަައްޔިތުން ގެ ސަރުކާރު

    ޢަދިވެސް އެމްޑީޕީ އައް ވޯޓު ދޭން ވާނީ. ރަައްޔިތުންގެ ހައްގުގައި ރަައްޔިތު މީހާ އައް ބޯން ދީފަ ބޮޑިބަތް ކާންދީފަ ޓެކުހުން ޖީބު ދަވާލެވުނީމަ އެޖެންޑާ ފުރިހަމަވީ. އިސްލާދީންގެ ޢަދުއްވުން އިޙްތިޔާރު ކުރުމުގެ މަންފާ ތިކުރަނީ ޒުވާނުންނަށް

    11
    1
  7. ދައްތަ

    މިކުދިން މަގުމަތި ކޮށްލާފަ އެތަނަށް ކުލި ދައްކާނެ ބަޔަކު ވެއްދުނުބާ؟

    10
  8. ޢައްޗި

    ރާއްޖޭގައި ހަމައެކަނި ފިހާރަތަކެއްނޫން ރޖިސްޓްރީ ކުރަންވީ ، ކުއްޔަށްދޭ ތަންތަންވެސް ރަޖިސްޓަރީ ކުރަންވީ ،
    ތިގޭގެ ވެރިފަރާތުގެ ނަން އާއްމުކޮށްބަލަ

  9. ލޅ

    މާލޭ ބޮޑު ވަގުން

  10. ޢަލިބެ

    ހިތައް ވަރަށް އަސަރުކޮށްޕި.. ހެޔޮނުވާނެ ތިޔަހެން ހަދަން. މިއަދު ތިގޮތައް ކަންތައް ކުރަނިކޮށް މާދަން މިއަށް ވުރެން ބޮޑު އިމްތިޙާނަކާ ކުރިމަތިލާން ޖެހިދާނެ.. ސަރުކާރައް އާދޭހާއެކު ގޮވާލަން. މާލޭގަ ކުއްޔައް އުޅޭ ފަރާތްތަކުގެ ތެރެއިން ނިކަމެތިވެ، ކުލި ނުދެއްކިފަ ތިބި އާއިލާތަކަށް ކޮންމެވެސް އެހެން ގޮތެއް ހޯދައިދޭން.. މިގޮތުން އެފަރާތްތައް މިހާރު ހުޅުމާލޭގަ ނިމިފަ ހުރި 7000 ފުލެޓްތަކަށް ސިފައިންނާ ފުލުހުން މެދުވެރިކޮށް އެ އާއިލާތަކުގެ މީހުން އަވަހަށް ބަދަލުކުރުން. އޭރުން މާލޭގެ އެޕާރޓްމަންޓްތަކަށް އޮންނަ ޑިމާންޑް ކުޑަވެ ކުއްޔަށް ނަގާނެ ބަޔަކު ނުވެ، ކުޑަ އަގެއްގަ ދޫކޮށްލަން މަޖުބޫރުވާނެ. ނޫނީ ސްޕަމެޖޯރިޓީގެ ބޭނުން ހިފާ މާލޭގެ ކުލި ކޮންޓްރޯލް ކުރުމުގެ ބިލެއް ފާސްކުރުން.. މިގޮތުން 01 ރޫމް އެޕާރޓްމަންޓް އެއްގެ އަގު ބޮޑުވެގެން 8000ރުފިޔާ އަށް. 02ރޫމް އެޕާޓްމެންޓް އެއްގެ އަގު ބޮޑުވެގެން 10000ރުފިޔާ އަށް. 03ރޫމް އެޕާރޓްމެންޓް އެއްގެ އަގު ބޮޑުވެގެން 15000ރުފިޔާ އަށް ހަދަން.. މިހާރު މިއޮތްގޮތުން އެތައްބަޔަކު ނިކަމެތިވެ ހާލުގަ ޖެހި ބަނޑުފުރާނަ މުއްތި ކުރެވޭނެ ފަދަ ނެތިގެން އެއުޅެނީ.. ބައެއް ކަންކަން ކޮށްލެވޭނީ ހިއްވަރެެއްވެސް ހުރެގެން

  11. ކިއާން

    މިއަދު އަޅުގަނޑު ދުށިން ދެ ޒުވާނުން، އެދެ ޒުވާނުން އުޅެނީ ކޮޓަރި އެއް ކުއްޔަށް ހިފައިގެން އެޕާރޓްމަންޓް އަކުން، އެއެޕާރޓްމަންޓް ގަ މުސްކުޅި ބަލި ބޭބެޔެއް އުޅޭ.... އެދެޒުވާނުންނަށް ކެއުން ހަމަ ޖައްސައިދީނީމަވެސް ގެއިން ނުކައި، މަގުމަތީގަ އުޅެނީ... ހެދުނު ނިދާފަ ރޭގަނޑު ބޭކާރު ގޮތުގަ މަގުމަތީގަ... އެއެޕާރޓްމަންޓް ގެ ބޭފުޅުން ވިސްނައިދީ، ވިސްނައިދީ ވެސް ބުނާ ގޮތެއް ނަހަދާ މަގުމަތީގަ... ތިހެން އުޅޭ ނަމަ މި ވަގުތު ގެ ހާލަތަށް ބަލާފަ އަށްޑިހަ އަހަރުގެ ބަލި ބޭބެގެ ރަށްކަލަކަށް ނިކުންނާށޭ ބުނަން ޖެހިފަވަނީ.... މިހިރީ ކުއްޔަށް އުޅޭ ޒުވާނުން ގެ ގޮތް.... އެދެ ޒުވާނުން ގެއިން ނުއެއް ނެރިލާ.... ހަމަ މަގުމަތީގަ ކޮފީ ދަޅު ބޮމުން މަގުމަތީގަ.... ވަރަށް ދެރަ