ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގައި މަސައްކަތްކުރަމުން ދިޔަ ޒުވާނަކު ގެއިން ނެރެލައިފިއެވެ.
އެ ޒުވާނާ އުޅެމުން ދިޔަ ގޭގެ ވެރިން، އޭނާ ގެއިން ނެރެލާފައި ވަނީ އޭނާ ވެމްކޯގައި ވަޒީފާ އަދާކުރަމުން ދާތީ "ގެޔަށް ކޮވިޑް-19 ވަދެފާނެ ކަމަށް" ބުނެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން ގެއިން ނެރެލި ޒުވާނާ ދަބަސް ހިފައިގެން ގޮސް މިހާރު ހުރީ ވެމްކޯ އޮފީހުގައެވެ. އޭނާ ބުނެފައިވަނީ ވެމްކޯ އޮފީހަށް އޭނާ މިހާރު ގޮސް ހުރީ ދާނެ އިތުރު ތަނެއް ނެތި މަގުމަތިވުމުން ކަމަށެވެ.
މި މަސް ނިމެންދެން ބަހައްޓަދޭށޭ ބުނީމަވެސް، މިރޭ ގުޅާފަ ބުނީ ގޭގެ ތަޅުދަނޑި ހަވާލުކުރާށޭ،" އެ ޒުވާނާ ބުންޏެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޒުވާނާއަކީ ވެމްކޯގެ ސެކިއުރިޓީ އޮފިސަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ.
ކޮވިޑް-19 ގެ ނުރައްކާ މާލެ އަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މާލެ ސަރަޙައްދަށް އިއުލާނުކޮށްފައިވާ ފުރަބަންދުގެ ސަބަބުން މަގުމަތީގައި އުޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެކި ސަބަބުތަކަށްޓަކައި އުޅޭނެ ތަނެއް ނެތި، ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ ބަޔަކު ދަނީ މަގުމަތި ވަމުންނެވެ. މިކަމާއި ގުޅިގެން އެފަދަ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަން ސަރުކާރުން ކުރިން ވަނީ ހާމަކުރައްވާފައެވެ.
އިއްޔެވެސް ދިރިއުޅެމުން ދިޔަ ތަނަށް ކުލި ނުދެއްކުމުން، ގެއިން ނެރެލި ދެ މީހަކަށް ސަރުކާރުން އެހީވެފައި ވެއެވެ. އެކަން ހާމަކޮށް ޖެންޑަރު މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ކުލި ނުދެއްކިގެން ދިރިއުޅުމުން އައި ތަނުން ނެރެފައިވާ ދެ ކުއްޖަކަށް ޖެންޑާ މިނިސްޓްރީން ވަގުތީ ހިޔާ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ ޓްވީޓުގައި މިނިސްޓަރ ވިދާޅުވީ، އިއްޔެ މަގުމަތިކޮށްލާފައި ވަނީ އެއްބަނޑު ފިރިހެން ކުއްޖަކާއި އަންހެންކުއްޖެއް ކަމަށެވެ. އަދި މިވަގުތަކީ އިންސާނިއްޔަތު އިސްކުރަން ޖެހޭ ވަގުތު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިހާތަނަށް މާލެ ސަރަހައްދުން މަގުމަތިވި 80 މީހުނަށް ވުރެ ގިނަ މީހުން ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްގެން އެ މިނިސްޓްރީގެ ވަގުތީ ހިޔާތަކަށް ގެންގޮސްފައި ވެއެވެ.
ތިޔަހާ ރަހުމެއްނެތް ބައެއްގެ ކުނި އުކައިދީގެންވެސް ނުވާނެ. ތިކަހަލަ ކިބުރުވެރިން އަމިއްލައަށް ކުނި އުކިއްޔާ ރަނގަޅުވާނީ.
ތިޔަގޮތައްޢަމަލުކުރާ މީހުންނާ ގޭގެނަން ރައްޔިތުންނައްހާމަކުރޭ އަދިސަރުކާރުން މިމީހުންނާދޭތެރޭގަ ހަރުކަށިފިޔަވަޅުއަޅުއްވާ
ދެން ތިގެޔަށް ކޮވިޑް-19 ނުވަންނާނެތަ؟އެހެންވިއްޔާ ތިމީހަކަށް އިންގޭނެ ކޮވިޑް-19 ވަންނާނެތަންތަން.އަޅެ އަހަރުމެން ގެޔަށް ވަދޭތަ؟ އިންސާނިއޔަތު ކަމުގެ ކަންފުޅެއްވެސް ނެތް.
ހިތައް ވަރަށް އަސަރުކޮށްޕި.. ހެޔޮނުވާނެ ތިޔަހެން ހަދަން. މިއަދު ތިގޮތައް ކަންތައް ކުރަނިކޮށް މާދަން މިއަށް ވުރެން ބޮޑު އިމްތިޙާނަކާ ކުރިމަތިލާން ޖެހިދާނެ.. ސަރުކާރައް އާދޭހާއެކު ގޮވާލަން. މާލޭގަ ކުއްޔައް އުޅޭ ފަރާތްތަކުގެ ތެރެއިން ނިކަމެތިވެ، ކުލި ނުދެއްކިފަ ތިބި އާއިލާތަކަށް ކޮންމެވެސް އެހެން ގޮތެއް ހޯދައިދޭން.. މިގޮތުން އެފަރާތްތައް މިހާރު ހުޅުމާލޭގަ ނިމިފަ ހުރި 7000 ފުލެޓްތަކަށް ސިފައިންނާ ފުލުހުން މެދުވެރިކޮށް އެ އާއިލާތަކުގެ މީހުން އަވަހަށް ބަދަލުކުރުން. އޭރުން މާލޭގެ އެޕާރޓްމަންޓްތަކަށް އޮންނަ ޑިމާންޑް ކުޑަވެ ކުއްޔަށް ނަގާނެ ބަޔަކު ނުވެ، ކުޑަ އަގެއްގަ ދޫކޮށްލަން މަޖުބޫރުވާނެ. ނޫނީ ސްޕަމެޖޯރިޓީގެ ބޭނުން ހިފާ މާލޭގެ ކުލި ކޮންޓްރޯލް ކުރުމުގެ ބިލެއް ފާސްކުރުން.. މިގޮތުން 01 ރޫމް އެޕާރޓްމަންޓް އެއްގެ އަގު ބޮޑުވެގެން 8000ރުފިޔާ އަށް. 02ރޫމް އެޕާޓްމެންޓް އެއްގެ އަގު ބޮޑުވެގެން 10000ރުފިޔާ އަށް. 03ރޫމް އެޕާރޓްމެންޓް އެއްގެ އަގު ބޮޑުވެގެން 15000ރުފިޔާ އަށް ހަދަން.. މިހާރު މިއޮތްގޮތުން އެތައްބަޔަކު ނިކަމެތިވެ ހާލުގަ ޖެހި ބަނޑުފުރާނަ މުއްތި ކުރެވޭނެ ފަދަ ނެތިގެން އެއުޅެނީ.. ބައެއް ކަންކަން ކޮށްލެވޭނީ ހިއްވަރެެއްވެސް ހުރެގެން
ކަލޯ މާލޭ މީހާ ހީވަނީ ދޯ ލައްކައެކޭ އެނގޭތަ މާ މަތިވެރި ފަރާތެއް ވާކަން .ތި މާލެ މީހާޔައް މާދަން ވާނެ ގޮތެއް އެނގޭތަ .ކިތަން މެ ފުއްޕިޔަސް ކައެއަކައް އެއްވެސް މީހެއްގަ ރިޒްގެއް ނުހިފޭޓޭނެ
ތިހެން ނުކިޔަބަލަ ދެންވެސް އެހީވާނި މާލެ މީހަކައް ވެދާނެ މަވެސް މިއުޅެނި މާލެ މީހެއްގެ ކައިރީ ވ.ރނގަޅު ކުލިވެސް ދޭކައް ނުޖެހޭ 6ަހަރުވީ އުޅޭތާ 1ފުލޯދީދަ 1މެ ރުފިޔާ އެއްވެސް ނުނަގަ
އަަސްލު ރާއްޖެތެރޭ މީހުން ތަން ތަން ހިފާގެން ކުދިން ބާތިއްބާ ތި ވެދާާނެ ރާއްޖެތެރޭ ބަޔަކައްވެސް އަސްލު މާލޭ މީހުނައްވުރެ މާލެ ހިޖުރަ ކޮއްގެން އުޅޭ ރާއްޖެތެރޭ މީހާ މާފޮނި.
ދިވެހިންގެ ތެރޭގަވެސް ޝުކުރުވެރިނުވުމާއި ، އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް ބަޔަކު އުލޭތީ ހިތާމަކުރަން ، ހަމަޔަޤީނުންވެސް މީހަކަށް އެހީތެރިވެގެން ، މީހަކަށް ހެޔޮކޮށް ހިތައިގެން ﷲ އެމީ ހަކަށް ގެއަލުމެއް ވިޔަ ނުދެއް ވާނެ ، ވާނީ ފައިދާ ، އެމީހާގެ ދަރަޖަމަތިވެރިވާނީ ވީ އިރު މިތަހުޒީބު ޒަމާނުގަވެސް ޖާހިލުންގެ ގޮތް ދޫނުކޮށް އުޅޭ ބައެއްވެސް މި ދިވެހި ޤައުމުޤައި އެބައުޅޭތާ ދޯ ވަރަށްދެރަ ، ﷲއެބައި މީހުންނަށް ތެދުމަގު ދައްކަވާށި. އާމީން.
މަ ހަމަ ހައިރާންވެއްޖެ މި މީހުންގެ ވަރުފެނިފަ. އެހާވަރަށް މަބުރޫކުމެން ކޮންފްރެންސް ތަކަށް އަރާ އެކިޔަނީ ގެއިން ނުނެރޭށޭ ދެމީހުން ދެމެދުގަ ވާހަކަ ދައްކައިގެން ކުލި ދެއްކޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސާށޭ. ހަމަ އަޑުނީވެނީތަ ނޫނީ ޖާހިލުކަން ބޮޑީތަ؟ އަދި ބުނެފިއެއްނު... ވެމްކޯގަ މަސަތްކަތް ކުރާތީ ގެއައް ކޮރޯނާ ވަނދެފާނެޔޯ... އެކުއްޖާ މިމަސް ނިމެންދެން ބަހައްޓަދޭށޭ ބުނީމަވެސް ގެއިން ބޭރުކޮއްލިއިރު ހިތުގައި ހަމަ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތީތާ! ވަންނާނެ ގެދޮރެއްނެތި އެކުއްޖާ ބިކަކޮއްލީ އޭނާގެ ކޮންކުށެއް އޮވެގެން ؟ ހެޔޮނުވާނެ މިގޮތައް ކުއްޔަަށް އުޅޭ ރައްޔިތުން ގެއިން ބޭރުކޮށް ވަންނާނެ ތަނެއް ނެތި މާލޭތެރޭ ގިނަވުމުގެ ކުރީން ހައްލެއް ހޯދާދިނުމަށް ސަރުކާރަށް ގޮވާލަން...
If
ވަގުތީ ހައްލެއް ދެވިދާނެ މާލެ އަދިރާއްޖޭގެ ރައްތަކުން މާލޭގަ ކުއްޔައް އުޅޭއިރު ދިމާވާ މައްސަލަތައް ހައްލުކުރުމައް މާބޮޑުކަމެއްކުރެވިފައެއްނެއް ސަރުކާރުތަކައް ވެރިކަންލިބުނީމަ ވަނީޖަޒީރާދިރިއުޅެންދާން މިގޮވަނީ ޖަޒީރާ ދިރިއުޅުން މިކިޔަނީ ޔޫކޭ އޮސްޓުރޭލިއާ އިންޑިއާ މިތަން ތަނުގެ ބެލުމުގެދަށުގަ ތިބޭޖަޒީ ކުދިރައްތަކުގައުޅެމީހުންގެ ދިރިއުޅުން އެމީހުން ކުރަންޖެހޭނީދަނޑުވެރިކަން ނޫނީ އިތާއާލާކުރުން ދިރޭމަސްގެންގުޅުން ލަނޑާ ފާނަ މަސްވެރިކަން ކުދިގެސްޓް ވިއަފާރިކުރުން ދެންދޮން މީހުންދަސްކޮއް ދޭނީ އެކަންކުރާނެގޮތެއް 2008 ގަފެނުނު މިކަންކުރަން ބިންގާއެޅުނުމަންޒަރު މިކަމުން އެއްޗެއްނެރެވޭނީއެތައްކެއްއަހަރުން ދަތުރުކުރާނީ ދޯނިފަހަރުގަ އަތޮޅުތެރޭ ހުޅުމާލެ ގުޅީފަޅު ތިލަފުޝި މީކަނޑު މިހާރު ރާއްޖޭގެ އެއްމެރީތިއާބާދީ ބޮޑުތަން ޖަމާކުރާތަން ވީމަ މިހެންވަނީ ނެޓުންބެލީމަ ފެއްނާނޭ ޖަޒީރައްތަކުގެހާލަތު ދިރިއުޅުން ޖަޒީރާބޮޑުމަންޒަރް ތަރައްގީ ބޮޑުހިލަނެއް ނިމުނު ވެރިކަމުގަ އަތޮޅުތަކުގަ ރަންވޭތައް ހަދާނުލެވުނުނަމަ މިވަރުވެސްނުވާނެ ކަނޑުގަޖައްސާނީ ބައެއްއެޅިގެން ހެދިތަންވެސްދިންގޮތައް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
ރާއްޖެތެރޭ މީހުންނަނަށް ވީމަ ދޯ ހަތަރުު ކަށިމަތި މާލެ ވީމަ އިންސާނިއްޔަތު ކަމެއް ނެތް ދޯ
ސަރުކާރުން މިފަދަ ދަށު ދަރަޖައިގެ އަމަލު ކުރާމީހުން ހުއްޓުވަން އެބަޖެހޭ ހާއްސަކޮށް މިފަދަ ވަގުތު ތަކުގައި މާލޭ މައިފުޓް ކަލޭމެން ތީ ވަރަށް ކަންނެއް ބަޔެއް ރާއްޖެތެރޭމީހާ ފެލާގެން ކައި ބޮއި އުޅޭނީ ކޮބާ ލަދުހަޔާތް ތީ އިންސާނުންގެ ސިފަޔެއް ނޫން އެހީ އަށް ޖެހުނުވަގުތު ބޭރު ކޮއްލީ މިފަދަ ނުބައި މީހުންނަށް ހެޔޮ ވިސްނުން މިންވަރު ކުރައްވާށި އަދި ރާއްޖެއިން ކޮރޯނާ ވައިރަސް އިން ރާއްޖެ ސަލާމަތް ކުރައްވާށި
މި ކަހަލަ ދަށު ދަރަޖައިގެ އަމަލް ކުރާ ގޭގެ ވެރިންނާ މެދު ފިޔަވަޅު އަޅަންޖެހޭ.... ދެން ހަމަ އެހެން ނެރެ ލެވިގެން ނުވާނެ... އެގްރީމެންޓާ ވެސް އަދި އިންސާނިއްޔާތާ ވެސް ހިލާފް އެވަނީ..
ތިކަލަމީހުން (ގޭގެ ވެރިން) ގެ ނަށް ހާމަ ނުކުރުމަކީ އެފަދަ މީހުންނައްލިބޭ ހިއްވަރެށް އެމީހުންގެ ނަށް ހާމަކުރައްވެޖެނުން ...
އަސްލު ހަދަންވީ ގޮތަކީ ކޮންމެ ގޮތެއްވިޔަސް އެއްވސް މީހަކު މާލެ ނުދާންވީ.. އަތޮޅުތަކުގަ އެ ފެންވަރުގެ ޚިދުމަތް ދެވޭ ފެންވަރުގެ މީހަކު ރަށްރަށުގެ މީހުން އެްްބަސްވެ ހޮވަންވީ...މާލޭ މީހުން މާލޭގައި އެމީހުންގެ ހުރިހާ އިމާރާތެއްގައި އުޅެން ދޫކޮއްލަންވީ. .ބައެއް ފަރާތްތައް ވަރަށް ރަނގަޅު އިރު ގިނަ މީހުންގެ ކުލުނު ހަމަ ނެތީ...
މަގު މަތިވާ މީހުން ގިނަ ވާނެތާ ހެޔޮ ފުޅުކަ މުން ފަތްބޯ ގްރޫޕް ވަނީ މިނިވަން ކުރައްވާފަ ވިއްޔަ މމަމ މެންގޭ މަގުގަ އެބައިގަނޑު ހީވަނީ އެހެންފަދަ ކަ މެއްހެން މޯގެ ދުވަސްކޮޅެއްކުރިން ވަރަށް
އަ މާންކޮށް އޮތީ
ދެން މިވެރިންނަށް ބަދު ބަހެއް ބުނީމާ، ބުނާ މީހާ ގޯސް ވާނީ. މާލޭގެ ބައެއް ބޭފުޅުން ތިބެނީ ފައިސާއާ ހެދި ދުނިޔެއިން މޮޔަވެފައި.
އެގޮތަށް ކަންތައް ކުރަން ނުވާނެ...? ސަރުކާރު ރައްޔިތުންގެ ހައްގުތަށް ކަށަވަރު ކުރުމަށް އަވަހަށް ގަވާއިދުތަކެއް ހަދާ. މިގޮތަށް އަމަލު ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން ފަށާ. ރައްޔިތުންގެ އަޑު އެހިއްޔާ އަޅެ ކީއްވާނީ؟
ޢިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް މިމީސްމީހުންގެ ކިބަޔަކު ނެތް. ހާލުގަ ޖެހުނު ދުވަހު އެމީހުން މަގުމަތި ކުރުވި މީހުންނަންﷲގެ ކުޅަދުން ވަންތަ ކަމުންވާންހުރިގޮތެއް އެގޭބާ؟ އެކަހަލަމީސްމީހުން މިދުނިޔެމަތީ ގިނަވުމުގެ ސަބަބުން އެކަލާނގެ ފޮނުއްވާފައިވާ ކޯފާއެއްމީ، މިމީސްމީހުން ވިސްނި ތެދުމަގައްރުޖޫޢަވޭތޯ. ﷲ ގެ ކުޅަދުންވަންތަކަން ހިތްތަކަންއިޙުސާސްނުވާ ބަޔެއްމީ. މާލޭގެ ބޮޑެތިބިލްޑިންގް ތަކުގެ ވެރިން ލާރިބޮޑިބަދެގެން ތިހެންތިބެވިދާނެތަ؟ ބޮޑުފޮށީތެރޭ އޮތަސް ﷲ އިރާދަކުރައްވައިފިއްޔާމުން ކޮރޯނާ ނޫން ކޮންމެފަދަ ބައްޔެއްވެސްޖެހިދާނެ ތިޔަމީހުންނަން. މީ މިދުނިޔެ އެކަނިހޯދަންއުޅޭމީސްްމީހުން. ޢެހެންދުނިޔެއެއްމިމީހުންނަން ނެތްކަހަލަ. ސުބުޙާނައްﷲ.
ތިޔަގޭމީހުންނަކަށް ދެންނުޖެހޭނެ ބައްޔެއް...
ތިކަހަލަ ނުބާމ މީހުން ނައް އަވަހައް މިބަލި ޖައްސަވާނެ އިރާދަކުރެއް ވީޔާ
ވެމްކޯގަތިބި މުވައްޒަފުންގެ ބަދަލުގައި އެކަންކަން މިވަގުތު ކުރުން ރަގަޅީ ސަލާމަތީ ބާރުތަކުން.
ފިހާރަތަށް ރަޖިސްޓްރީ ކުރަންޖެހޭ ، ކީއްވެ ކުއޔަށްދޭތަންތަން ރަޖިސްޓްރީ ނުކުރަންވީ ، ރަޖިސްޓްރީ ކުރަންވީ
ދިވެހިންގެ ތެރޭގަވެސް ޔަހޫދީ އެބަ އުޅެ ދޯ
ތިހިންކަންތައްކުރީމަ، އާޚިރުނަތީޖާ ކަމަކުނުދާނެ! ވިސްނާ!
ކިތަންމެއުސް ކިއްލާއެއްހަދައި، ވެމްކޯގައުޅޭމީހުން ގޭގައިނުގެންގުޅެ، ކިތަންމެރައްކާތެރިކަންމަތީ އިންނެވިނަމަވެސް މަރާއި ބައްދަލުވާނެ. މާދަމާއަންނާށޭކިޔައި، ފޮނުވައެއްވެސްނުލެވޭނެ. އެކަން ހަނދާންވެސްނެތީދޯ! ހެޔޮމިންވަރަށްވެސް، އަދި ނުބައިމިންވަރަށްވެސް އީމާންވާންއޮންނަނީ މިކަހަލަކަންތަކުން އިމްތިޙާނުކުރެވޭތީ! ތިމީހާއަށް މަޢާފަށްއެދި އަނބުރާއަވަހަށްގެނޭ!
މިހަކަަަށް ދެރައެއްދީފަ ހީވަނީތަ ތިމާއަށްވަކި އުފަލުގައުޅެވޭނެޔޭ. ކީކޭދެން ބުނާނީ. އިންސާނިއްޔަތުކަމެއް ހަމަ ނެތީ.
މިފަދަކުންފުނިތަކުން މިދުވަސްވަރު ޖެހޭ ބޭރުގައި އުޅޭ މުވައްޒަފުންގެ އެކޮމެޑޭޝަން ވަކިން ހަމަޖައްސަން ، އެންމެ ރައްކާތެރި ގޮތަކީ އެއީ
މި ޚަބަރު ކިޔާލުމުން ހިތަށް ވަރަށް އަސަރުކޮށްފި. މި ބަލިމަޑުކަމާ ގުޅިގެން ހިނގަމުން މިދާ މި ފަދަ ހާދިސާތަކުން އެނގިގެންދަނީ ކޮންމެ ބަޔަކަށްވެސް މިނިވަންކަމާއި އަމާންކަން އެންމެ ބޮޑަށް ލިބެނީ އެބައެެްގެ އަމިއްލަ ރަށާއި އަމިއްލަ ވަޒަނުންކަން. ކަމެއް ދިމާވާއިރަށް ނިކަމަތިކޮށްލާފަ މަގުމަތިކޮށްލަނީ އެއްވެސް ހަމްދަރުދީއެއް ނެތި. ﷲ ގެ އިރާދަފުޅުން މިކަމުން ސަލާމަތްކުރައްވައިފިނަމަ ދެން ބަލަންވީ ކިތަންމެ މަދު ލާރިކޮޅެއް ލިބިގެންވެސް އަމިއްލަ ރަށުގައި އުޅެވޭތޯ.މާލެ އޮތްކޮޅަށް ބޯވެސް ނުލައި ނިދާލެވޭތޯ. ޢަހަރެމެން ނުދެކޭ މާލެއެއް ނޫންތީކީ. މިއަދު މަތިހަށިބަގާފަ ކިބުރުވެރި ތިވާ މީހެން ފުލެއިވްޑް ފިލާޖަހައިގެން ގޮޅިގޮޅި ހަދައިފެން އުޅުނު ހާދާން އެބަހުރި. ޢަލިފާން ފޮށި ވަރުގެ ތަންތަން ކޮޅު ބުރިބުރިއަށް ނެގުނީ ރަށްރަށު މީހުން އަތުން ކުލީގެ ގޮތުގައި ނަގާ ފައިސާއިން.. ދެން ވަސީލަތްތަކާއި ތަރައްޤީ މާލެއަށް ގެނެސްފައި ވަނީ ސަރުކާރުން . ޢެައީ ހުރިހާ ދިވެހިންގެ ވެސް ހައްގު .
ގޭގެ ނަން ހާމަކުރުމުން ގޭގެ ވެރިފަރާތުގެ އަގު ވައްޓާލެވޭނީ.. އެކަމެއް ކުރި ބައެއްގެ ނަމާ ފޮޓޯ އާންމު ކުރަންވީ.. ގޭގޭގަ ކުދިން ގެންގުޅެނީ ގޭގެ ވެރި ފަރާތެއް ނޫން.. ގެ ކުއްޔައް ހިފައިގެން އުޅޭ ރަށްރަށު މީހުން ކުރާކަމެއް މީ.. އެމީހުން ތަންތަން ކުއްޔައް ހިފާފަ ކުއްޖެއް އަތުން 3000 ރުފިޔާ ނަގާފަ ކޮޓަރިއަކަށް ފަސް ހަކުދިން ވައްދައިގެން އުޅެނީ.. މީ ދޮގެއް ނޫން.. އެހެންވީމަ ގޭގެ ވެރިން ކުއްވެރި ކުރެވޭކަށް ނެތް.. އެއްޗެއް ބުނުމުގެ ކުރިން ކޮންމެ ކަމެއްގެ ވެސް ހަޤީޤަތް ހޯދުން މުހިންމު..
މިމައްސަލަބަލާ ހަމަމިހާރު
އަނިޔީވެރިން އެއް ދޮރު ބަންދުކުރާއިރު، ރަޙްމަތުގެ ހާސް ދޮރު ހުޅުވިގެންދާނެއެވެ. ކެތް ކޮށްލާށެ.