އައްޑޫސިޓީގައި، ބަރަހަނާ ހާލުގައި ހުރެ ފިރިހެނަކު މަގުމަތިންދާ އަންހެނުންނާއި "ފޮށޭ" މައްސަލައެއް ހޫނުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފާއިތުވެދިޔަ ދުވަސްތަކުގައި އެމީހާ ވަނީ މަގުމަތިން ހިނގާފައި އާއި ދުއްވާފައިދާ މީހުންނަށް އޭނާގެ ލަދުވެތި ގުނަވަން ދައްކައި ޖިންސީ ގުޅުން ހިންގުމަށް ދަޢުވަތު އަރުވައި، ޖިންސީ ފުރައްސާރަކޮށް އެފަރާތްތަކަށް އެކި ގޮތްގޮތުން އުނދަގޫ ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި މި ފިރިހެންމީހާ ޢާންމު ގޮތެއްގައި ފެންނަނީ، ހިތަދޫ ފްލެޓްތަކާއި ދިމާލުން އެރަށު ބޮޑުމަގުން ރޭގަނޑު ވަގުތުތަކުގައެވެ. ނަމަވެސް އެއީ ސީދާ ކާކުކަން އަދި އެއްވެސް މީހަކަށް ނޭނގެއެވެ.
"ކުރިންވެސް އަޑު އެހިން އެގޮތަށް މީހަކު ހުންނަ ވާހަކަ. ބޮޑުމަގުން އެއްރޭ 9:30 ހާއިރު ސައިކަލުގައި ދުއްވާފައި ދަނިކޮށް ފެނުނީ، ފެނުމާއި އެކު ކޮންމެވެސް އެއްޗެކޭ ކިޔާފައި ބުނި އަންނާށޭ. އޭރު އޭނާ ހުރީ ބަރަހަނާ ހާލުގައި،" މި ފިރިހެންމީހާގެ އުނދަގޫ ކުރިމަތިވި އަންހެނަކު ބުންޏެވެ.
އޭނާ ބުނީ ފަހުން އާއިލާގެ ބަޔަކާއި އެކު އެތަނަށް ދިޔައިރު، އެމީހާ ފެންނާން ނެތްކަމަށާއި، އޭނާ ފެނުނުއިރު ހުރީ އެ ސަރަޙައްދުގައި ހަދަމުންދިޔަ ގެއެއްގެ ތެރޭގައި ކަމަށެވެ. އަދި އެ ހިސާބަށް އަރައި ހަމަވުމާއި އެކު އެގޭގެތެރެއިން ފިރިހެނަކު ނިކުތީ ބަރަހަނާ ހާލުގައި ހުރެ ކަމަށް އެ އަންހެން މީހާ ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ފާއިތުވެދިޔަ މަހެއްހައި ދުވަހުގެ ތެރޭގައި، ގިނަ ބަޔަކަށް އެމީހާގެ ފަރާތުން ތަފާތުއެކި އުނދަގޫތަކާއި ދަނީ ކުރިމަތިވަމުންނެވެ.
މި މައްސަލައާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
މި މައްސަލަ ހޫނުވެފައި މިވަނީ، ދާދި ފަހުން ހިތަދޫ މީހަކު ފޭދޫގައި ހުރި ފިހާރައަކަށް ވަދެ އެ ފިހާރައިގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގުނަވަން ދައްކައި، ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. މީގެ އިތުރުން ހިތަދޫގައިވެސް ފިހާރައެއްގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހޫނުވިއެވެ.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. މިކަން ކަން ރަނގަޅު ކޮށް ބަލަ ތަމެން ވެރިކަން ބަދަލު ކުރަން އުޅުމުގެ ބަދަލުގައި އިޓްސް ލުކިންގް ވެރީ އިގްނޮރެންޓް ދޯ.
މަމެންނަށް ފެނެއޭ ކަލޭ ބްރޯކަން އިންގްލިޝް ބޭނުންކުރާތަން ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ދެން ގެޓް ވެބާ
ތަމެން ސަރުކާރެއްނުން ތަމެން ދާންވީއެއްނުން ހުއްޓުވަން ކޮން ރީނދުލަކަށް ކޮވާކަށްތަ
ވެރިކަމުގަ ތިބިމީހުންގެ ޒިންމާއެއް ގައުމު ހަމައަކަށް އެޅުވުމާކީ
ކޮންމެ ކަމެއްގަ ސަރުކަަަަަރު ސަރުކާރު
ކަލެއެށް ނޫނަތަ މިވެސް ރަނގަޅު ކުރަނީ؟
އެއީ ހާދަ ނުލަފާމީހެކޭ ދޯ.
ބަރަހަނާ ހާލުގަ ހުރެގެންދޯ އަންހެނުންނާ ފޮށެވޭނީ
ފުލެޓުތައް ނިމުނުފަހުން 5 އަހަރުގެ ދައުރެއް ހަމަވެގެންދާއިރުވެސް ފުލެޓު ހަވާލުނުކޮށް ފަޅަށް ހުންނަނީ، އެހެންވީމަ ތިޔަ ހިސާބުގަ ޖިންނިސައިތޯނުންވެސް އުޅޭނެ.
މަޖްލިސް އައް ކެޕޭނުކުރަނީ ކަމައްވާނީ
ތީޔަވާނީ މޮޔަ މީހަކައް އެހެންނޫނީ ސީހުރު ހަދާ މީހަކައް..
ކޮބާތަ. ސިފައިން ނާއި ފުލުހުން އެ މީހުންނައް ހުއްޓުވޭން ޖެހޭނެ މިކަހަލަ ކަންތައްތައް.. ދެން ކީކުރަ ބައެއްތަ... އަނެއް ދިވެހިރާއްޖެ އެކު ނުކުރާނެ މިކަހަލަ ކަންކަމެއް..
އިންޑިއާއަށް ނުވެއްޖެޔާ ރަގަޅު ދީ
ސިޓީތަކުގައި ހިނގާނެ ތިކަހަލަކަންކަން
ޔަމީނުއަށް 2018 ހޯދަން ސިހުރުހަދަނީ
ބައެއް ފަހަރަށް މުޖްތަމަޢުގައި ބޮލުގައިރިހުމަކަށް ވެފައި ހުންނަ ކަންތައްތައް ވަލުދޮރާށި ފަރާތުން ނިންމާލުން މޮޅުވާނެއެވެ. ތި މީހާއާ ތިމީހާއަށްވުރެ ނުލަފާ މީހަކު ފާކުރުވާށެވެ. ހަނދާންހުންނަވަރުގެ ބޮނޑިއެއް އަޅާލުމުން ތިކަން ހުއްޓިދާނެއެވެ.
ތިއީ ޔާމީނުގެ ކަމެއްބާ ނޫންނަމް ދާބެގެ ކަމެއްބާ ޒިންމާ ....... ކާކު ¥
ކޮންމެ ދެމަފިރިއަކަށްވެސް ދަރިން ލިބި އެދަރިން ރަނގަޅު ގޮތުގަ ތަރުބިއްޔަތު ކުރުމަކީ އެދެމީހުނގެ ވެސް ޒިނމާ އެއް ކޮންމެ ކަމެއް ރައީސްގެ ބޮލަށް ޖަހާފަ ރެކެވޭނެބާ؟ ކީރިތި ޤްރއާނުގަ އަންގަވާފަަނީ ތިޔަބައި މީހުނގެ ދަރިން ރަނގަޅު ގޮތުގަވިޔަސް ނުބައި ގޮތުގަ ވިޔަސް ބޮޑު ކުރަނީ ބެލެނި ވެރިޔާ ނުވަތަ މައިން ބަފައިން ކަމަށް އެދަރިންނަށް ރަނގަޅު ތަރުބިޔަތެއް ދޭންތިބި ބަޔަކީ އެކުދިންގެ ބެލެނިވެރިން ނުވަތަ މައިން ބަފަިން އާޚިރަތް ދުވަހުން ތަމެނނާ ސުވާލު ކުރެވޭނެ ތަމެންގެ ދަރިނނާއި މެދު އިހުމާލު ވީ ކީއްވެތޯ އެދުވަހު ބުނެވޭނެތަ؟ނޫނެކޭ އަޅުގަނދުގެ ދަރިނނާއި މެދު އިހުމާލުވީ ރައީސް ޔާމީނޭ ނުބުނެވޭނެ
ޢިޔެގެ ސިފަ ކޭފެލެ. ޢެކަލަކި އަފިންނަށް ތިޔެ ހޯދޭނެއި
ލޮނުމިރުހުން މަސާޖު ކޮއްލީމަ ހަމަޔަކަށް އެޅިދާނެ.
ތިމީހާ މީގެ ދެ ދުވަސް ކުރިން ފުލުހުން ވަނީ ހައްޔަރުކޮށްފައި އެކަން ވަނީ ޔަގީންވެފައި ފުލުހުން ކުރަން ޖެހޭ މަސައްކަތް ކުރާ ކަން އުފަލާއިއެކު ފާހަގަ ކުރަން ރަށުތެރެ ބެލެހެއްޓުމުގައިވެސް އަދި އައްޑުއަށް ދިމާވާ އެކިއެކި ކާރިސާތަކުގައި ވެސް ފުލުހުން ކުރަމުންދާ މަސައްކަތް ނުހަނު އުފަލާއި އެކު ފާހަގަ ކުރަން މީގެ މިސާލެއްގެ ގޮތުގައި އެންމެ ފަހުން ދެކުއަޖަކު މޫދަށް ގެއްލުނު ހާދިސާގައި އެކުދިން ހޯދުމަށް ކުރި މަސައްކަތް ފެނުނު މީހެއްގެ ހައިސިއްޔަތުން އަދި އެއިން ކުއްޖެއްގެ ތިމާގެ މީހެއްގެ ހައިސިއްޔަތުން އެދުވަހު ވެސް އެނުރައްކާ ވަގުތުގައި މޫދަށް ފައިބައިގެން އަދި އޭގެ ފަހުން ވެސް އެކުދިން ކުރި މަސައްކަތް ކައިރިން ބެލި މީހެއްގެ ހައިސިއްޔަތުން ނުހަނު އުފަލާއިއެކު ފާހަގަ ކުރަން މިފަދަ ކަންކަމަކީ ސިޔާސީކޮށްގެން އެކަކު އަނެކަކު ބޮލުގައި އަޅުވަން ޖެހޭ ކަމެއްނޫން އަދި ކުރިއަށް އޮތްތަނުގައި ވެސް މިހާރަށް ވުރެ ރަގަޅަށް ވެސް ފުލުހުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަޅުގަޑަށް އެބަ އޮތް
ސަރަގޭ ބުނާގޮތުންނަމަ އައްޑޫ އައްޑޫސިޓީއަކަށް ވާނީ ތިފަދަ ކަންތަށްތަށްވެސް ހުރެގެން ،، ސިޓީއެއްގެ ދަރަޖައަށް ބަދަލުވާއިރު ފުރިހަމަވާން ޖެހޭ ކަންތަށްތަކެއް ހުރެއެވެ. އޭގެތެރޭގައި ހިމެނޭކަމަކަށް ތިކަންތިވީ ،، އެހެންވީމަ ޕޮލިސް ވެސް އަޅައެއްނުލާނެ ....... ... .....
ތިވާނީ އެ ހިސާބުގަނޑުގައި އުޅޭ ޖިންނިއަކަށް. މިނަށްވުރެއް ބޮޑަށް ގައުމުގައި ފާހިށު ކަންކަން ބޮޑުވީމާ، އެކަހަލަ ޖިންނިތައް ފާޅުވާން ފަށާނެ.
ތި ވާނީ ސައީދު ކަމަށް....
މިކަހަލަ މީހުން ދޫކޮއްލާފަ 85 އަހަރުގެ މައުމޫނު ޖަލުގަ ބާއްވާފަ