މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ކުލި ނުދެއްކޭ ހާލަތުގައި ހުންނަ މީހާ އަށް ހެޔޮކޮށް ހިތާ މީހުންނަށް މާތް ﷲ ރަހްމަތް ލައްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވެރިރަށް މާލޭގައި ގިނަ މީހުން ދިރިއުޅެމުން އަންނަނީ ކުލި ދައްކައިގެން ތަންތަން ހިފައިގެން ނަމަވެސް މިހާރުގެ ހާލަތުގެ ގޮތުން ގިނަ ބަޔަކަށް މީގެ ކުރިން ލިބެމުން އައި މިންވަރަށް މުސާރަ ލިބުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެހެން ކަމުން މީގެ ކުރިން ލިބޭ އެއްޗެއްގެ މައްޗަށް ބުރަވެ އާއިލާތަކާއެކު މާލޭގެ ތަންތަން ކުއްޔަށް ނަގައިގެން އުޅެމުންދާ ގިނަ ބަޔަކު ވަނި ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނިކުމެ މަގުމަތިވާން ޖެހިފައެވެ.

ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކުލި ނުދެއްކޭ މީހުން ގެއިން ނުނެރެ އިހުސާންތެރިވާ މީހަކަށް މާތް ﷲ ގެ ތަނަވަސް ރަހުމަތް ވާނެ ކަމަށެވެ. އަދި މި ވަގުތަކީ މުސްލިމުން އަހްވަންތަކަން ދަމަހައްޓަން ޖެހޭ ވަގުތު ކަމަށާއި ﷲ އަށްޓަކައި އެކަކު އަނެކަކަށް އެހީވާން ޖެހޭ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އިއްޔެގެ ވަގުތެއްގައި ވެސް ވަނީ ގެއިން ނެރެފައި ތިބި ބަޔަކަށް ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ވަގުތުގައި ކުލި ނުދެއްކޭ މީހުން ގެއިން ނެރުމާއި ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުން ވެސް ގާނޫނަށް އިސްލާހެއް ގެންނަން ޖެހޭ ކަމަށާއި، އެހެން ކަން ނުކުރެވިއްޖެ ނަމަ މި މައްސަލަ އަށް ހައްލެއް ނުލިބޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހީނަރުކަން އަންނަން ފެށުމުން ގިނަ ބަޔަކަށް ވަނީ ކުރިން ލިބެމުން އައި މުސާރަ ލިބުމަށް ވެސް ދަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަލީ ???

  الحمد لله شكر
  حسبنا الله ونعم الوكيل

  20
  • ނަޑޫ

   އެންމެން ދަންނާާތީތާ ގެއިންނެރެ މަގުމަތި ކޮއްލަނި އެ... ބަސްބުނުމުގެ ކުރިން ވިސްނާލާ

 2. ދިވެހިން

  ތިކަމަކީ އައަރެމެން އެންމެންދަންނަކަމެއް. އާވާހަކައެއް ނެތްތޯ؟

  4
  4
 3. އަޙްމަދް

  ޝަހީމު މާރަނގަޅު މީހަކު ކަމުގައި ވުމަށްޓަކައި މޮޅުބަސްތަކުން މީސްތަކުންގެ ސަމާލުކަން ހޯދަން އުޅުއްވިއެއްކަމަކު ތިޔައީ ޝަޙިމު.......
  ވެރިކަމަށް ދަހިވެތި ވުމުގެ ޝަހީމުގެ ނުރައްކާعقيدة އާއި މަންހަޖު
  އަހަރުމެން ދައްނަމު އެވެ.