ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން ފޯރުކޮށްދިން އެހީއާ ރާއްޖެ އިން މިއަދު ހަވާލުވެއްޖެއެވެ.

ބަންގްލަދޭޝްގެ އެހީ މަނަވަރުން 100 ޓަނުގެ މުދާ ގެނައި އިރު، އޭގެތެރޭގައި ކާޑުގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާގެ އިތުރުން ކޮވިޑް-19 އަށް ބޭނުންވާ މެޑިކަލް ސާމާނެއެވެ. މިއީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބޮޑު އިސް ނެގުމެއްގެ ދަށުން ލިބުނު ބަންގްލަދޭޝް ސަރުކާރުން ދިން ދީލަތި އެހީއެކެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މި އެހީ ރާއްޖެ އަށް ލިބުމާ ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާއަށާއި އެ ގައުމުގެ ސަރުކާރާއި ދިފާއީ ބާރުތަކަށް ހާއްސަ ޝުކުރެއް ދަންނަވައިފައެވެ. ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އެހީން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް އަހުވަންތަކަމުގެ ގުޅުން ކަމަށެވެ.

ރާއްޖެ އަށް އައިސްފައި ވަނީ ބަންގްލަދޭޝްގެ ބީއެމްއެސް، ސޮމުދުރަ އަވިޖާން ނަމަކަށް ކިޔާ އަސްކަރީ މަނަވަރެކެވެ.

މިތަކެތި ރާއްޖެއަށް ހަވާލުކުރުމަށް މާލޭ ޕޯޓްގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ކޮވިޑް-19 އާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގައި ބަންގްލަދޭޝް ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތެއް ދިވެހި ސަރުކާރުން ނުކުރާނެކަމަށް ވިދާޅުވެ، ބަލި ޖެހިގެން ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައި އެއްވެސް ތަފާތުކުރުމެއް ދިވެހި ސަރުކާރުން ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ބަންގްލަދޭޝް އަދި ނޭޕާލުގައި ކޮވިޑް-19 ގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ ނާދެވިފައި ތިބި 71 ދިވެހިން ބަންގްލަދޭޝްގެ އެހީތެރިކަމާއެކު ވައިގެ މަގުން ރާއްޖެ ގެނެވިފައިވާ ކަމަށާއި، މިއީވެސް ހިތުގެ އަޑިން ޝުކުރު ދަންނަވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިގެ ކުރިން ބަންގްލަދޭޝްގެ ޅެންވެރިއަކު ބުނެފައިވާ ފަދައިން އަޅުގަނޑުމެން ހިތާމަ އާއި އުފާވެރިކަންވެސް ހިއްސާކުރަމުންދާނީ އެއް ހަމައެއްގައި. ކޮވިޑް-19 ފެތުރިގެން މިދިޔަ ބިރުވެރި އަދި ދަތި ހާލަތުގައި ބަންގްލަދޭޝް އިން ރާއްޖެއަށް ތިޔަ ފޯރުކޮށްދެއްވި އެހީތެރިކަމަކީ މިކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް،" ޝާހިދު ވިދާޅުވިއެވެ.

ޝަހިދުގެ ވާހަކަ ނިންމަވާލައްވަމުން ވަނީ ކުރިއަށް އޮތް ތަނުގައި ވެސް މި ދެގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށް އުންމީދު ކުރައްކާ ކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މިދަނޑިވަޅުގައި ބަންގްލަދޭޝް ސަރުކާރާއި އަސްކަރިއްޔާ އަދި ނޭވީއިން ރާއްޖެއަށް ފޯރުކޮށްދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މިއަދު ފޯރުކޮށްދިން އެހީގެ އިތުރުން، ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ފޯރުކޮށްދިން އެހީތެރިކަންވެސް މިއަދު ވަނީ ފާހަގަކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެއަށް ބަންގްލަދޭޝްއިން ކަނޑައަޅާފައިވާ ހައިކޮމިޝަނަރ ޑެޒިގްނޭޓް މުހައްމަދު ނަޒްމުލް ހަސަން ވަނީ ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެ ހާލަތު ބަލަމުންދާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދީފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޯބޯޖަލީލު

  ސޯސަލް މީޑިޔާގައިދައުރުވާ ކަރަންތީނު ފެސިލިޓީގެ ފުޓޯތަކުން ކާޕެޓުސާހިދު ތިވާހަކައިގެ ތެދުކަން އެބަފެނޭ ޓިނުގެއެއްގެ ތެރޭ ބަގުލަދޭސް މީހުން ބައިތިއްބާފައި ތިބީ ރީދޫ ވިއްޔާ 100 ތެދު ހެދެން އޮތަސް ހަނދާނީ 1 ދޮގު ...

  4
  1
 2. ތިހެންވިދާޅުނުވޭ

  ބަންގްލަދޭޝް ރައްޔިތުން މިހާރުދެން ކިޔުމުގެ ބޭނުމެއްނެތް. މީހަމަ އެއް ރައްޔިތެއް. ރީތިގޮތަކީ ބަންގްލަދޭޝް ބޭފުޅުން ކިޔުން. އަޅުގަޑުމެންނަށް އިމާރާތްތަކާއި މަގުތަކާ ހައްދަވައިދެއްވައި އަޅުގަޑުމެންގެ ކުދިން ބޮޑެތިކޮށްދެއްވަނީވެސް އެބޭފުޅުން ނޫންތޯ؟

 3. ޑބިޔާ

  ރާއްޖޭގެ ސިފައިން ނުޖެހެ އަންގި ލައްވާކަށް ސޭފްޓީ އެއްވެސް އެއްޗެއް ކިޔަވާފައެއްނެއްް. ބަންގުލަދޭސް މީހުން މާ ފުތިހަމަ.

 4. ޒުބޭރު

  އަޅެ އެ ޝާހިދު މާސްކުވެސް ނަޅާ މާ ބިރުކުޑަކަމަށް ހެދިގެން.

 5. އަހްމަދު

  މިއެނހީއައް ޝުކުރުވެރިވުމުގެގޮތުން ބަގުލަދޭސްގެރައްޔިތުން ފަސްޓްކްލާސްރިސޯޓެއްގަބައިތިއްބާފަތިބިމަންޒަރު ސޯސަލްމޑިޔާގައި ރޭގަވަނީ ދައުރުވާންފަށާފަ

  • އަދިވެސްތަ

   ބަގުލަދޭސްގެ ރައްޔިތުން ކިޔުމަކީ ވަރަށް ދެރަވަރު ދެރަފެންވަރުގެ ކަމެއް. ކިޔަންވާނީ ބަންގްލަދޭޝީ ބޭފުޅުން. އެބޭފުޅުން ނޫންތޯ އަޅުގަޑުމެން ދިވެހިފިރިހެނުން ވަޒީފާއަދާކުރާން ގެއިންބޭރުގައި އުޅޭހާ ވަގުތު ގޭގައި ކޮށްނުދެވި ހުންނަ ކަންކަން ވެސް ކޮށްލައިދެއްވަނީ.

 6. ނައިސް

  ޢެހީ އޯކޭ!
  ޢެގައުމުގެ ރައްޔިތުން ބޭނުމެއްނޫން ...
  ޢެމީހުނާ ދޭތެރޭ ކަންތައް ކުރަނީ ކުރާނެ ގޮތަކައް ..ކިޔާނީ ކިޔާނެ އެއްޗެއް...
  ބަންގާޅީން ...
  ދިވެހިންގެ ލަދު ކޮބާާ ....އެއްވެސް ހައިސިއްޔަތެއް ނެތް ބައެްއް ...ބަޔަކު ކާން ދިނީމަ ކާން ވެސް ލިބެނީ......