މާލެ ސަރަހައްދު ފުރަބަންދުކޮށް، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތަށް އޮތުމުން ގިނަ ބަޔަކު ހާލުގައި ޖެހޭތީ ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވައިފިއެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާ އެކު، ކުއްލިއަކަށް މާލެ ފަރުބަންދު ކުރުމާ ގުޅިގެން އަތޮޅުތެރެއިން މާލެ އައިސްފައި ތިބި ދަތުރުވެރިންނަށް ރަށް ރަށަށް ދެވޭނެ ގޮތެއް ހަމަޖެހިފައި ނެތް ކަމަށެވެ. އަދި މާލޭގައި ގެދޮރު ނެތް މީހުން މަގުމަތިވެ ހާލުގައި ޖެހެމުންދާ އިރު، އެމީހުންނަށް އެއްވެސް ގޮތެއް ހޯދައިދެވިފައި ނުވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް-19: ކުލި ނުދެއްކުމުން ދެ ޒުވާނަކު މަގުމަތިކޮށްލައިފި

މާލޭގައި ނުފުރި ތިބި ރަށްރަށުގެ މީހުން ފުރަން ހަމަޖެހިފައިވާ އުސޫލު ސާފުވެފައި ނުވާ ކަމަށާއި ކުލި ނުދެއްކޭ ހާލަތުގައި ތިބި މީހުނަށް ކުލި ދެއްކުމުގައި ސަރުކާރުން ދޭނެ ލުއިތަކެއް ވެސް ސާފު ވެފައި ނުވާ ކަމަށް އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވެއެވެ.

އެ މައްސަލަ މިހާރު މަޖިލިހަށް ބަލައިގެންފައިވާ އިރު، މިއަދު މެންދުރު ފަހު، މައްސަލައަށް ބަހުސް ކުރަން ފަށާނެއެވެ.

ކޮވިޑް-19: ވެމްކޯގައި މަސައްކަތްކުރާތީ ކަމަށް ބުނެ ޒުވާނަކު ގެއިން ނެރެލައިފި

އާދަމް ޝަރީފް އެފަދަ މައްސަލައެއް މަޖިލިހަށް ހުށަހެޅުއްވި އިރު، މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ މީހުން ފުލުހުން، ޖެންޑާ މިނިސްޓްރީއާ ހަވާލުކުރުމާ ގުޅިގެން އެމީހުންނަށް ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ވަނީ ފަށައިފައެވެ.

އަދި މާލެ ސިޓީ ކައުންސިލްއަށް ހުށަހެޅިފައިވާ މިފަދަ 400 އަށް ވުރެ ގިނަ މީހުްނނަށް އިންތިޒާމުތައް ހަމަޖައްސައި ދިނުމަށްޓަކައި އެ ކައުންސިލްއާއެކު މިނިސްޓްރީން މިހާރު ދަނީ ވިލަރެސްކުރަމުންންވެ. މިފަދަ އެހީތެރިކަމެއް ބޭނުންވާ އިތުރު މީހެއްގެ މައުލޫމާތު ލިބިއްޖެ ނަމަ ލަސްނުކޮށް މިނިސްޓްރީގެ 3328393 އާ ޙިއްސާކުރުމަށް ޖެންޑާ މިނިސްޓްރީން އެދެއެވެ.

ކޮވިޑް-19 އާ ގުޅިގެން ކުލިދެއްކޭނެ ގޮތެއް ހަމަނުޖެހިގެން ބައެއް އާއިލާތަކުން ޝަކުވާ ކުރަމުންދާ ކަމަށްވެއެވެ. ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ އެފަދަ މީހުންނަށް ވެސް އެހީތެރިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ީހިތްދަތި ހާލަތު

  ކޮބާ އަޚުންނާއި އުޚުތުންނޭ، މިއޮތީ ހިތާމައާއި ހިތްދަތި ދުވަސް ޖެހިފަ، ޓޮއިލެޓް ރޯލުންނާ ޖެހުނު އެއްޗަކުން ޗެލެންޖް ކުރަމުން ބަންޑުން ވެއްޓެމުން ދިޔައިރު ޓެސްޓް ކޮއްލާނެ ކިޓެއް، ވެންޓިލޭޓަރެއް، މާސްކެއް އަތަކުނެތް، ހުރި ހިތާމަ އެއްގެ ބޮޑުކަމާ!

 2. ދިވެހި ރައްޔިތެއް.

  ސުބުޙާނަﷲ... ހެޔޮނުވާނެ މިފަދަ ހިތްދަތިވަޤުތެއްަގައި ތިޔަފަދަ ރަޙުމުކުޑަގޮތަކަށް އިންސާނުންނާމެދު ކަންތައްކުރާކަށް. މާދަމާ ތިޔަ ދެޒުވާނުންގެ އެހީތެރިކަމަށް އެދޭންޖެހޭފަދަ ޙާލަތެއް ތިޔަ ގޭގެ ވެރިފަރާތަށް ވެސް މެދުވެރިވުމަކީ ދުރުކަމެއްނޫން. ކޮބާއިންސާނިއްޔަތުކަން؟
  އަދިވެސް ބުނާނަންދޯ ތިމަންނަ މީ މުސްލިމެކޭ؟

 3. ޖައުފަރު

  މި ސަރުކާރުން ސިސްޓަމެޓިކްކޮށް އެއް ކަމެއް ކުރާތަނެއްވެސް ނުފެނޭ ކޮވިޑް 19 ކަންތައްވެސް ފެންނަނީ ވ ކޮރަޕްޓްކޮށް

  9
  2
 4. ހިޔާލު1

  ކައިރި ފަޅުރަށް ރަށުގައި ކަރަންޓީނު ފެސިލިޓީތައް ހެދިދާނެ. 14 ދުވަސް ހަ މަ ކުރު މުން އެރަށެއްގެ ބަޔަކު އެ ރަށަށް ފޮނުވިދާނެ. ހަ މަ އެއާއެކު ދަނޑު ވެރިކަން ހަ މަ ކޮން މެ ތާކު ކުރަންވީ ހުރިހާ ރިސޯޓެއް ކަރަންޓީނު ފެސިލިޓީއަށް ނަގަންވީ މި ހާލަތުގަ ދިވެހިބި މުގެ ކޮން މެ ތަނެއް އެއީ ދަވްލަތަށް ބޭނުން ކުރެވޭނެ ގޮތަށް ނިން މަންވީ. މުހިއް މީ މީސްތަކުންގެ ފުރާނަތައް.އ

 5. ފިކުރު

  ކައިރި ފަޅުރަށް ރަށުގައި ކަރަންޓީނު ފެސިލިޓީތައް ހެދިދާނެ. 14 ދުވަސް ހަ މަ ކުރު މުން އެރަށެއްގެ ބަޔަކު އެ ރަށަށް ފޮނުވިދާނެ. ހަ މަ އެއާއެކު ދަނޑު ވެރިކަން ހަ މަ ކޮން މެ ތާކު ކުރަންވީ ހުރިހާ ރިސޯޓެއް ކަރަންޓީނު ފެސިލިޓީއަށް ނަގަންވީ މި ހާލަތުގަ ދިވެހިބި މުގެ ކޮން މެ ތަނެއް އެއީ ދަވްލަތަށް ބޭނުން ކުރެވޭނެ ގޮތަށް ނިން މަންވީ. މުހިއް މީ މީސްތަކުންގެ ފުރާނަތައް.އ

 6. ދިވެހިން

  ސާބަހޭ

 7. ޙަސަން ހުސެއިން

  ޥަގުތުއައް ގުޅޭނެ ނަންބަރެއް ބުނެދެއްވާ

 8. އަޝްރަފް

  ބަލަ ޖައުފަރޫ. ތިބުނަނީ މިދިޔަ ސަރުކާރުން ސިސްޓަރ މެޓިކް ކޮށް ވައްކަން ކުރިއްޔޭތަ؟؟

  2
  6
  • އަމާ

   އޭ ބަލަގަ އަޝްރަފޫ ވައްކަންވެސް ކުރިއްޔާ ކުރަނީ މިހާރުގެ ސަރުކާރުން މިހާރުވެސް ކިތައްވައްކަންތަ ކޮށްފައެތީ ރޯމާދުވާލު ގަ މިސަރުކާރުން ކުރަމުންގެންދާ ވައްކަން އަޝްރަފަކަށް ނުފެނޭތަ މިހިރަ ބީތާޔާ އަނދިރިޔާ