ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ބަންގްލަދޭޝް މީހުންނަށް ފަރުވާ ދިނުމުގައި ދިވެހިންނާއި ތަފާތު ނުކުރާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިގޮތަށް ވިދާޅުވީ، ބަންގަލަދޭޝް އިން ރާއްޖެއަށް އަށް ހަދިޔާ ކުރި ތަކެއްޗާއި ހަވާލު ވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޝާޙިދު ވިދާޅުވީ، މިދިޔަ މަހެއްހާ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވުނު ނަމަވެސް، މިހާރު އެ ބަލި ފެތުރެން ފަށާފައިވާ ކަމަށާއި، އެ ބައްޔަށް ގިނަ ބަންގްލަދޭޝް މީހުންވެސް ފައްސިވެފައިވާ ކަމަށެވެ.

"ނަމަވެސް އަޅުގަނޑު ޔަގީންކަން ދެން ފަރުވާ ދިނުމުގައި ދިވެހިންނާއި، ބަންގަލަދޭޝް މީހުންނާއި ތަފާތެއް ނުކުރާނަން. އަދި އެހެން ގައުމުތަކުގެ މީހުންނާއި ތަފާތެއް ނުކުރާނަން". ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ބަންގްލަދޭޝް ދިން ދިވެހިންނަށް ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. މިނިސްޓަރ ވަނީ މީގެ ދެ ދުވަހެއް ކުރިން ބަންގްލަދޭޝްގެ ސިފައިންގެ އެހީގައި ބަންގްލަދޭޝް އާއި ނޭޕާލްގައި ތިބި ދިވެހިން ރާއްޖެއަށް ގެނައިކަން ފާހަަގަކުރައްވާފައެވެ.

"އަދި ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއެިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އަޅުގަނޑުމެންގެ އެދިލެއްވި ގޮތަށް މެޑިކަލް ޓީމެއް ވަނީ ރާއްޖެއަށް ފޮނުވާފައި އަދި މިއަދު ވަނީ 100 ޓަންގެ ހަދިޔާ ބަންގްލްދޭޝްގެ ފަރާތުން ލިބިފައި". ޝާހިދު ވިދާޅުވިއެވެ.

ބަންގްލަދޭޝް އިން ހަދިޔާ ކުރި ކަނާ އާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ތަކެއްޗަކީ، ރާއްޖެ އާއި އެ ގައުމާއި ދެމެދު އޮތް ގުޅުން ދައްކައިދޭ ކަމެއް ކަމަށެވެ. އަދި މިކަމާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ރާއްޖޭގެ ރައްޔިތުން ޝުކުރު އަދާ ކުރައްވާ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހިން

    ކަލޭގެދަރިންދޯއެއީ

    7
    4
  2. މުހައްމަދު

    ބްރީފިންގ ދޭން ނަމާދުވަގުތުތައްނޫނީ މިސަރު ކާރަށް ވަގުތު ނުވަނީތޯ . މީ އަޖައިބެއްކަލަކަމެއް. ޙުރިހާ ނަމާދު ވަގުތަކު ބްރީފިންގ ބޯހަލާކު.

    5
    2
  3. ޢާދޭސް

    ވަ ކިބަޔަ ކުތަ ރައް ކާތެރި ކަމުގެ ފިޔަވަޅު އަޅަންވީ

  4. ޑަކައިތު

    ތިކަންއެގިއްޖެ އެންނު ވިލިވަރައް ގެންގޮސް ބަންގާޅިންތައްލީ އިރު، ފްރެންޗް ކޮލޯނިއަލިޒްމް ޒަމާނުގަ ގައިދީން ގެންގޮސް އުކާލި އެމީހުން ހިފާފަހުރި ފަޅުރައްރަށުގަ ހުރި ޖަލުތައް ހުރިގޮތައް ހުރިތަނެއް، ހައިވާނުންވެސް އެކަހަލަތަނަކައް ނުލާނެ، އެކަމަކު މީހަކު ބަންގާޅި އެކޭ ބުނެގެން ހީވީ ރޯވެދާނެހެން. މިމީހުންކޮއްފިއްޔަ ކޮންމެކަމެއްވެސް ހެޔޮވާނެ.