ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށް ގުޅުއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޝުކުރު އަދާ ކުރައްވައިފިއެވެ.

ރައީސް ސާލިހް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަންގްލަދޭޝްގެ ބޮޑުވަޒީރަށް މީގެއިރުކޮޅެއް ކުރިން ގުޅުއްވައި ވާހަކަފުޅު ދެއްކެވި ކަމަށާއި، އެ ފޯނު ކޯލުގައި ބަންގްލަދޭޝް އިން ނޭޕާލާއި އެގައުމުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނެސްދީފައިވާތީ އެކަމަށް ޝުކުރު ދެންނެވި ކަމަށެވެ. އަދި މި ހާލަތުގައި އެކި ކަންކަމުގައި ރާއްޖެއަށް އެގައުމުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަ ކުރައްވައި އެކަމަށް ޝުކުރު ދަންނަވާފައިވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ އެހީ މަނަވަރުން 100 ޓަނުގެ މުދާ ގެނައި އިރު، އޭގެތެރޭގައި ކާޑުގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާގެ އިތުރުން ކޮވިޑް-19 އަށް ބޭނުންވާ މެޑިކަލް ސާމާނެއެވެ. މިއީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބޮޑު އިސް ނެގުމެއްގެ ދަށުން ލިބުނު ބަންގްލަދޭޝް ސަރުކާރުން ދިން ދީލަތި އެހީއެކެވެ.

މީގެއިތުރުން ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެގައުމުގައި ހަރަކާތްތެރިވާ ސިއްހީ މާހިރުންގެ ޓީމެއްވެސް ރާއްޖެއަށް ވަނީ ފޮނުވައިދީފައެވެ.

މާލެއިން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިވެހިން

    ބުނިންތަ ރާއްޖޭގަ މިއުޅޭބަންގާޅު މީހުންތައް ގެންދާށޭ؟

  2. ކަތްދާފުޅު

    ވެއްޓެނީ ވެއްޓެނީ. ސަރުކާރު ނޭވާހޮޅި އަށް އެޅެނީ. ދެން ނުހިފެހެއްޓޭނެ. ހިފަހައްޓަން ކިިތަންމެ މަސައްކަތެއް ކުރިޔަސް ދެނެއް ނުހިފެހެއްޓޭނެ. ވައިރަސް ދިވެހި ޖައްވުގައި ފަތުރާލި މަރުމޯލު. ޞިއްޙީ ޚިދްމަތްތެރިންނާއި ނޫސްލިޔާ މީހުން ގޮވަގޮވާ ތިއްބާވެސް ބީރުކަންފަތެއްދީ ދިވެހި ޤައުމުގެ ދޮރޯށި ބަންދު ނުކުރި ބުރާންތި. ސަލާމަތީ ބާރުތަކުގެ ބޭކަލުން ރެޔާއި ދުވާލު ނުނިދާ ނުކައި ނުބޮއި މަގުމަތީގައި ޢާއިލީ ޒިންމާ އަދާނުކުރެއްވި އެތިއްބަވާ ޙާލު ފެނުނީމަ ލޮލުން ކަރުނަ އޮހޮރޭ. ވަލިއްޔުލް އަމްރު ފިނިކޮޓަރީގައި ބަރަވެލި ދުވެލީގައި

  3. ގަހާމާ މާލިމީ

    މިޤައުމު ނުރައްކަލަށް ވައްޓާލީ ތިޔަ ބޭފުޅާ. މިހާރު ދެން އިތުރަށް ރައްޔިތުންނަށް ތިޔަބޭފުޅާގެ އިރުޝާދެއް ނަޞީޙަތެއް ދެއްވާނެ ކަމެއްނެތް. ބޭނުމެއްވެސް ނުވާނެ. މިހާރު ރައްޔިތުން މިތިބީ ބިރުވެރިކަމުގެ ތުންފަތް މަތީގައި އަތަށް ފުރާނަ ލައިގެން ބަނޑުފުރާނަ މުއްތި ނުކުރެވިފައި. ޤައުމުގެ ދޮރާށިތައް ބަންދު ކުރާށޭ މިވައިރަސް އަށް ނުހުޅުވައްޗޭ ކިހާވަރަކަށް މީހުން އާދޭސް ކުރިތޯއެވެ؟ އެއާދޭސްތަކާއި އެޅިހާކަރުނަތަކަށް މަނިކުފާނު ދެއްވީ ބީރުކަންފަތެއް ނޫންތޯއެވެ؟ ދެން ސެލްފީ ނެންގެވެމުގެ ބަދަލުގައި އަވަހަށް އިސްތިއުފާ ދެއްވާށެވެ! ރައްޔިތުންގެ މަޖިލީހުގައި ދިގު މުއްދަތެއް ވަންދެން މަނިކުފާނު ޅ. އަތޮޅު ތަމްޘީލު ކުރެއްވި އިރުވެސް ކެއްކެވުނު ޑޮންޑޮނެއް ނެތްކަން އަތޮޅު މީހުން ޤަބޫލު ކުރެއެވެ. މަނިކުފާނަކީ ހިންގުމުގެ ޤާބިލްކަން ނެތް ބޭފުޅެއްކަން މިހާރު ރައްޔިތުން ޤަބޫލުކޮށްފިއެވެ. މަނިކުފާނަށް ދިވެހިރައްޔިތުން މުހިންމެއް ނޫނެވެ. މަނިކުފާނަށް މުހިންމީ މިފަސްގަނޑު އިންޑިޔާއަށް ވިއްކާލެވޭތޯއެވެ. މީގެކުރިން ވެރިކަން ކުރިބޭފުޅުންގެ ނޭއްގާނީކަމާއި ޤައުމަށް ޣައްދާރުވެ ރައްޔިތުންނަށް ޚިޔާނާތްތެރިވުމުގެ ނަތީޖާއެއް ގޮތުން މަލިކު އެއޮތީ އިންޑިޔާގެ އަތްދަށުގައެވެ. އެކަމުން މިއަދު އެކަނިވެސް ދިވެހިންނަށް ޢިބްރަތަކަށް ފުދެއެވެ. އަވަހަށް އިސްތިއުފާދެއްވާށެވެ! މަނިކުފާނު މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި ޚިލާފްވެ ވަޑައިގެންފިއެވެ.

    • ޣ

      .......

  4. ކާއްޓެ

    ޥާވާ