ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް 14 މިލިއަން ރުފިޔާ ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.

އީސީ އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ގޮނޑި ގެއްލުނު 12 މެމްބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.

މި މެމްބަރުންގެ ގޮނޑި ގެއްލުނީ ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުން އެންޓި ޑިފެކްޝަން ބިލެއް ފާސްކުރުމުންނެވެ. މި ހުރިހާ މެމްބަރުންނަކީ ވެސް މީގެކުރިން ވެރިކަން ކުރާ ޕީޕީއެމްގައި ތިއްބެވި މެމްބަރުންނެވެ.

އެ ބިލް ބާތިލުކުރަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުން ވަނީ އެ ގާނޫނު ބާތިލު ކުރެވެން ނެތް ކަމަށް ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނަބީލާ

  5 ގޮނޑި ޕީޕީއެމއަށް! 1 ގޮނޑި އެމްޑީއޭއަށް ، 1 ގޮނޑި ޖޭޕީއަށް ، 5 ގޮނޑި އެމްޑީޕީއަށް!

 2. ހުސޭނުބޭ

  އިދިކޮޅު މީހުން އަންގަނީ ގޮނޑި ނުގެއްލޭކަމަށް. ވީމާ ނުގެއްލޭ ގޮނޑިޔަކަށް އިންތިޚާބްވުމަށް އެމީހުން ކުރިމަތިނުލާނެދޯ!

 3. ާަައަހުމަދު

  ރީތިގޮތަކަށް ޕީޕީ ކުދިން ބަލިކޮައްލާނަން.....

 4. ޑާޑާޑާޑާ

  ބާރަ ދާއިރާގެ ބައި އިލެކްޝަނަށް 14 މިލިއަން ރުފިޔާ ހޯދަން އިލެކްޝަންސް ކަމިޝަން އިން ފިނޭންސް އަށް ހުށައަޅައިފިނަމަ ބުއްދީގެ ހަމަ ތަކުން ވިސްނޭ މީހުންނަށް އިނގޭނެއޭ މިހާރު އެމެން އިދިކޮޅު އެމްޑީޕީން ޕްރޮޕެގެންޑާ ފަތުރައިގެން އެމެން އެބުނާ ގޮތަށް މަޖްލީސް 12 ގޮނޑި ހުސްނުވެ ނެތް ކަން މިހާރު. އެމެން އެ 12 މެމްބަރުން ވެސް ގަނޑަ ތަޅުވާ އެމެންގެ އިމޭޖް ނައްތާލަނީއޭ އާންމުން ގެ ކުރިމަތީގައި އޭގެ ސަބަބުން ދެން ޕީޕީއެމް ގެ މެމްބަރުން ދުވަހަކުވެސް އެމެންނަށް ވޯޓެއް ނުދޭނެއޭ. މަމެންނަށް މިކަން ކަން ފެނެއޭ ވަރަށް ގާތުން ޓު މީ އައި އޭމްބޮދަރޑް އޮން ދިސް އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ އައި ކާންޓް ޓޭކް ދިސް ގަންޖާބޯ ދަ ބަތާހަރާމީ ދަ ހަރާމްކޯރު ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑީޑަޑަޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑީޑަޑަޑާޑާ ޑީޑަޑަޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

 5. ރީނދޫ

  ޔާމީން 2018

 6. ހިލްމީ

  ކޮބާ މާމިގލީ ދާއިރާ.. ގާސިމުގެ ގޮޑި ހުރީ ގެއްލިފައެއް ނޫންތަ..