ކުރިއަށް އޮތް ތިން ދުވަހުގެ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހުގެ ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށާއި، ހާއްސަކޮށް މެދު ރާއްޖެ ތެރެއާއި ދެކުނުގެ އަަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް ގުގުރާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާެއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަަމަށް މެޓް އޮފީހުން ބުނެއެވެ.

އަދި ރާއްޖޭގެ ކަނޑު އާއްމު ގަދައެއް ނުވާނެ ކަމަަށް އެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އަދި ދަތުރު ނުކުރެވޭ ހާ ވައި ގަދަ ނުވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު