ރާއްޖެ އިން ކޮވިޑް-19 ޖެހުނު ދިވެހިންގެ ތެރެއިން 80 އަހަރުގެ ދިވެހި ފިރިހެން މީހާގެ ހާލު އިތުރަށް ގޯސްވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ގޯސްވުމުގެ ބިރު އޮތުމުން އެމީހާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން މިއަދު ބުނެފިއެވެ.

ކޮވިޑް-19 ޖެހުނު އުމުރުން ދުވަސްވީ މީހާ އަށް މިވަގުތު ފަރުވާ ދެނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

އެންއީއޯސީގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރު "ވަގުތަށް" ވިދާޅުވީ ބަލި މީހާގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި އޭނާގެ ހާލަތު ކުރިއަށް ވުރެ ރަނގަޅޭ ވެސް ދެންނެވެން ނެތް ކަމަށާއި އެމީހާގެ ހާލަތު ވަރަށް ގާތުން މޮނިޓަ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމަ ކުރިން ވެސް ހުރި ހާލަތުގައި ހުރީ. އެކަމަކު، އޭނާގެ ހާލަތު ގޯސްވުމުގެ ބިރު އަދިވެސް އެބައޮތް. ކުއްލިއަކަށް ވެސް އެހެން ވެދާނެ،" ޑޮކްޓަރު ވިދާޅުވިއެވެ.

ދަރުބާރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ ހުސެއިން ވިދާޅުވީ، ބަލި ޖެހުނު އުމުރުން ދުވަސްވީ މީހަކީ ސްޓްރޯކެއް ޖެހިގެން ފަރުވާ ދިން މީހެއް ކަަމަށެވެ. އަދި އެމީހަކީ އެހެން ބަލިތައް ތަހަންމަލު ކުރަމުންދާ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބަލި މީހާއަކީ ދެ އަހަރު ވަންދެން ބެޑަރިޑަން އެހެން ނޫނިއްޔާ އެނދުމަތިގައި ސްޓްރޯކެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހެއް، އަދި އޭގެ އިތުރަށް އެހެން ބަލިތައްވެސް އެ މިހާގެ އެބަހުރި. މީގެތެރޭގައި ހަކުރު ބަލި، ލޭ މައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން،" މޫސާ ވިދާޅުވިއެވެ.

މީގެއިތުރުން އެމީހަކީ ނިއުމޯނިއާ ޖެހިގެން އެތައް ފަހަރަކު ހޮސްޕިޓަލްގައި މީގެ ކުރިން އެޑްމިޓް ވެފައި ހުރި މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އުމުރުން 80 އަހަރުގެ މީހަކަށް ވެފައި މިހާ ގިނަ ބަލިތައް ތަހައްމަލު ކުރާ މީހަކަށް ވާތީވެ މިކަހަލަ ބައްޔެއްްގައި ވަރަށް ބޮޑަށް ހާލު ދަށް ވެދާނެ މީހަކަށޭ މި ބެލެވެނީ،" މޫސާ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ، އެ މީހާ އެޑްމިޓް ކުރިއިރު، އެ މީހާގެ އޮކްސިޖަން ހުރި 94 ޕަސެންޓްގައި ކަމަށެވެ. ނޯމަލް މީހެއްގެ އޮކްސިޖަން ލެވެލް ހުންނަން ޖެހޭނީ 98 ގައެވެ.

އުމުރުން ދުވަސްވީ މީހަކު މި ބައްޔަށް ފައްސިވުުމުން ދޭހަވަނީ އަޅުގަނޑުމެންްގެ މާހައުލު ތެރޭގައި ފުދޭވަރަކަށް މި ބަލި ފެތުރިފައިވާ ކަން ކަމަށް މޫސަ ވިދާޅުވިއެެވެ.

މީގެކުރިން ކޮވިޑް-19 ޖެހި ހާލު ދެރަވެގެން ދަރުވަމަވަންތަ ހޮސްޕިޓަލްގައި 70 އަހަރުގެ އިޓަލީ ފިރިހެނަކަށް ފަރުވާ ދިނުމަށް ފަހު، އޭނާ ވަނީ ރަނގަޅުކޮށްފައެވެ. ޑޮކްޓަރުން ކުރިން ބުނި ގޮތުގައި އެ ބިދޭސީ ފަތުރުވެރިޔާ ދަރުމަވަންތަ ހޮސްޕިޓަލަށް ގެނައި އިރު ވެސް އޮތީ ނިއުމޯނިއާ ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަންތިމަތިރިޔަބު

    ބަލަގަ މިހިރަ ބުރާންޗާ ފޮރިޖަހާފަ އޮތް މަސް ގަޑަކުން ފޮރި ފިލުވުމަށްވެސް އެކަށީގެންވާ ހަތިޔާރެއް ބޭނުންވޭ އެއުސޫލުން މިގައުމު މިވެއްޓިފާއިވާ ވަޅުގަޑުން ނެގުމަށް ޓަކާއި ހިންގުންތެރި ގާބިލް ވެރިއަކުވެސް ބޭނުންބޭ އެފަދަ ބޭފުޅަކަށް މިވަގުތު ހުންނެވީ ހަމައެކަނި “ ރައީސް ޔާމީން “ ވީމާ އެވާހަކަ ދައްކާނެ ގައުމު ދެކެލޯބިވާ ދަރިން
    ހަމަހިނިއަންނަނީ

    10
    5
  2. ?

    الحمد لله شكر

    11
    1
  3. ލަޔާން

    ALHAMDHULILAHI ?

  4. ކޮރަޕްޓް ހަންކެޑެ

    މިދައުރު ނިމޭއިރު މިކަހަލަ ފަޚްރުވެރި ގައުމަށް ފައިދާހުރި ކަމެއް އިންޑިޔާގެ "އެހީއާނުލާ" ނިމިއްޖެއްޔާ ކިތައްމެހާވެސް ރަނގަޅު!

    10
    1