ކޮވިޑް-19 އާ ގުޅިގެން މީހުންގެ އަތްމަތި ދަތިވެފައިވާ މި ހާލަތުގައި، ކުލި ނުދެއްކޭ މީހުން ގެއިން ނެރުން ގާނޫނަކުން ވަގުތުން ވަގުތަށް ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ މި ހާލަތުގައި ކުލި ނުދެއްކިގެން މީހުން ގެއިން ނެރުން އިލްތިމާސްއަކުން އެކަނި މަނާ ކުރުމުން ނުފުދޭ ކަމަށެވެ. އަދި އެއަށް ވުރެ ހަރުދަނާ، ދާއިމީ އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

އެހެން ނޫނީ ބަލި ފެތުރުމުގެ ބިރު ވެސް އެބައޮތް ކަމުގެ އިންޒާރު މީކާއިލް ވަނީ ދެއްވައިފައެވެ.

އަދި އެކަމުގެ ސަބަބުން ދައުލަތަށް ނުކަތާވަރަށް އިޖުތިމާއީ މައްސަލަތައް އިތުރުވެދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މީކައިލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެން މިކަމަށް މިއަށްވުރެ ހަރުދަނާ، ދުރު ރާސްތާ ހައްލެއް ގެނެސްދިނުން. އިއްޒަތްތެރި ރައީސް ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ވެސް އަޅުގަނޑުމެން ބަލާލައިފި ނަމަ މި ޕެންޑެމިކް އާ ދިމާކޮށް، މިކަންކަން ހައްލުކުރުމަށްޓަކައި ރެންޓް މޮރެޓޭރިއަމް އެބަގެނޭ. އެވިކްޓް ކުރުން ގާނެއް މެދުވެރިކޮށް އަޅުގަނޑުމެންނަށް މިވަގުތު ހުއްޓުވެން އެބަ ޖެހޭ." މީކާއިލް ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި އެތައް ބައެއްގެ މުސާރަ ކުޑަކޮށް، އެތައް ބައެއްގެ ވަޒީފާ ގެއްލިފައި ވާއިރު ސްޓިމިއުލަސް ޕެކޭޖްތައް ދިނުން އަވަސް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަޒީފާ ގެއްލުނު މީހުންނަށް އިނާޔަތް ދިނުމަށް ސަރުކާރުން މަސައްކަތް ކުރާ އިރު، މުސާރަ ކުޑަ ކުރި މީހުންނަށް ވެސް އެހީ ލިބެން ޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

ސްޓިމިއުލަސް ޕެކޭޖް ކުންފުނިތަކަށް ދިނުމުން ހައްލު ވަނީ މައްސަލައިގެ ދެބައިކުޅަ އެއްބައި ކަމަށާއި އެ ފައިސާ ދޭން ޖެހޭނީ އާއްމުންނަށް އޭގެ ސީދާ މަންފާވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މިކަންތައްވެސް

    އަގުނުދައްކައި ފިހާރަފިހާރައިން މުދާ ނަގައިގެންދާ މީހުން ހުއްޓުވުމާއި އެމީހުންނާމެދު ފިޔަވަޅުއެޅުން ވަގުތުން ހުއްޓުވައިދޭންވެސް ބިލެއް ފާސްކޮށްލަދެއްވުން ކިހިނެއްވާނެތޯ؟

    16
    4
    • ޙައްގުބަސް

      މާލެ މީހުން ބަނޑަށް ޖެހެން ނޭދެން!! އެކަމަކު މާލެ މީހުންށް އެނގެން އެބަޖެހޭ އަނބި ދަރިންނާ ދުރުގަ ތިބެގެން އަތޮޅުތެރޭ ގިނަ ރައްޔިތުން ކާންބޯން ރެއާދުވާލު އަތުން ފައިން އެކުރާ ބުރަ މަސައްކަތަކީ ކިހާ ވަރެއްގެ ކަމެއްކަން!! މާލެ މީހުނަށް އިހްސާސް ވާން އެބަޖެހޭ!! ތަންތަން ހިތައްއެރި އަގަކަށް ކުއްޔަށް ދީގެން އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮށް އަޗާތަޅަން މާލޭގެ ގިނަ މީހުން މިއުޅެނީ!! އަޅުގަނޑު ހިތައް މިއަރަނީ މާލޭގައި ދިރިމިއުޅޭ އަތޮޅުތެތޭ ރައްޔިތުންނާ އަދި އަތޮޅުތެރޭ އުޅޭ އެމީހުންގެ އާއިލާތައް މަޑުން މިތިބެނީ ކީއްވެގެންހޭ!! މާލޭ މީހުން ބޮޑުން މާލެއަށް މޮޅުގޮތް ހަދަމުންދާއިރު!! ދިވެހި ކޮންމެ ރައްޔިތަކުވެސް މިހާރު ދައުލަތަށް ޓެކްސް ދައްކާ ! މާލެ މީހުންނަށްވުރެން އަތޮޅުތެރޭ މީހުން ޓެކްސް ފައިސާ ދައްކާލެއް ގިނަ!! އެހެންވީމަ ދައުލަތުގެ މާލިއްޔާއިން ބޮޑު ބައި ހޭދަކޮށްގެން މާލެއާ މާލެ ވަޑައިގެން ތަރައްގީކުރާއިރު އެފައިސާގެ ބޮޑުބައިން ތަރައްގީކުރަންޖެހެނީ އަތޮޅުތެރެ!! ރައްޔިތުން މަޑުން ނުތިބޭ! ބޭނުންހާ އެއްޗެއް ހެދިޔަދީގެންނުވާނެ!! އަމިއްލަ ގައުމުގައި ބިކަވާކަށް ނުވަތަ ދެވަނަ ދަރަޖާގަ އަތޮޅުތެރޭ މީހުން މިމީހުން މިގެންގުޅޭގޮތަށް ގެންގުޅެވިޔަ ދީގެންނުވާނެ!! ޙައްގު ހޯދަން އެންމެން އެކައްޗެއް ކިޔައިގެން ތެދުވެ ބިރުފަހައަނަޅާ ދާންޖެހޭ! ކޮންމެވެސް ބަޔަކުވާ ގުރުބާނީއަކުން އަހަރެމެން އަތޮޅުތެރޭ ރައްޔިތުންނަށް މުސްތަގްބަލް އުޖާލާވާނެ!! މާލެ މީހުނާ އަތޮޅުތެރޭ މީހުން އެއްހަމައަކަށް ގެނެވޭނެ!!

  2. އަލީ

    ސަރުކާރުން ކުލިނަގާ ހުޅުމާލެ އިންޑަސްޓްރިއަލްޒޯން، ތިލިފުށި ފަދަތަންތަނުގެ ކުލިކަޑާލަންވީ ނުން ފުރަތަމަވެސް؟

    11
    1
  3. ާއަހުމަދު

    ތިގާނޫނުން ލޯނުތައް ދެއްކުންވެސް މަނާ ކުރާތި

    15
  4. ވަރަށްގާތް

    މީހެއްގެ ގެދޮރެއް އެމީހެއްގެ ހުއްދައާނުލާ، އެމީހަކަށް ދައްކަން އެއްބަސްވެފައި އޮތް ކުލިނުދައްކައި،ބޭނުންކުރުމަކީ އިސްލާމްދީން ހުއްދަކުރާ ބާވަތުގެ ކަމަކަށްނުވާނެ. މިދާވަރުން ދަންޏާ ބިރަކާނުލާ އަނެކާގެ ގެދޮރަށް ވެރިވެ ގަތުމާ އަގުނުދީ ފިހާރަފިހާރައިން މުދާ ނަގައިގެންދިޔުމާ މިހިރަމިހިރަހައި ކަންކަމީ "ޑިމޮކްރެޓިކް" ހަމަތަކާ އެއްގޮތަށް ހުއްދަވެގެންވާ ކަންކަމަށް ވެގެންދާ ދުވަސް އޮތީމާދުރަކުހެން ހިޔެއްނުވޭ.

    14
    6
  5. ވަށަފަރު މުދިމު

    މެމްބަރުން މުސާރަ ކުޑަކުރަން ގޮވާލަން

    22
  6. ލަޔާން

    އެ ފަރާތްތަކަށް އެހީތެރިކަމެއް، ނޫނީ ގާނޫނީ ގޮތުން އެހީ އެއް ނަމަވެސް ވެލައްވާ..

    12
  7. ކުރަނގި

    ކޮބާތޯ ކުއްޔަށް ބަރޯސާ ވެގެން އުޅޭ މީހުން ގެ ހައްގު. ދެކޮލައް ވާހަކަ ދައްކާ...ތިޔަހެން ވަން ނާ ފިހާރަތަކުން ވެސް ރުފިޔާ ނެތީމަ މުދާހިފާގެން ނިކުންނަން ވީނުން ސިކުޑިން ނުވިސް ނަ ކަލޯ އަނގަނުތަލާ

    16
    2
  8. އަލިބެ

    ހިތައް ވަރަށް އަސަރުކޮށްޕި.. ހެޔޮނުވާނެ ތިޔަހެން ހަދަން. މިއަދު ތިގޮތައް ކަންތައް ކުރަނިކޮށް މާދަން މިއަށް ވުރެން ބޮޑު އިމްތިޙާނަކާ ކުރިމަތިލާން ޖެހިދާނެ.. ސަރުކާރައް އާދޭހާއެކު ގޮވާލަން. މާލޭގަ ކުއްޔައް އުޅޭ ފަރާތްތަކުގެ ތެރެއިން ނިކަމެތިވެ، ކުލި ނުދެއްކިފަ ތިބި އާއިލާތަކަށް ކޮންމެވެސް އެހެން ގޮތެއް ހޯދައިދޭން.. މިގޮތުން އެފަރާތްތައް މިހާރު ހުޅުމާލޭގަ ނިމިފަ ހުރި 7000 ފުލެޓްތަކަށް ސިފައިންނާ ފުލުހުން މެދުވެރިކޮށް އެ އާއިލާތަކުގެ މީހުން އަވަހަށް ބަދަލުކުރުން. އޭރުން މާލޭގެ އެޕާރޓްމަންޓްތަކަށް އޮންނަ ޑިމާންޑް ކުޑަވެ ކުއްޔަށް ނަގާނެ ބަޔަކު ނުވެ، ކުޑަ އަގެއްގަ ދޫކޮށްލަން މަޖުބޫރުވާނެ. ނޫނީ ސްޕަމެޖޯރިޓީގެ ބޭނުން ހިފާ މާލޭގެ ކުލި ކޮންޓްރޯލް ކުރުމުގެ ބިލެއް ފާސްކުރުން.. މިގޮތުން 01 ރޫމް އެޕާރޓްމަންޓް އެއްގެ އަގު ބޮޑުވެގެން 8000ރުފިޔާ އަށް. 02ރޫމް އެޕާޓްމެންޓް އެއްގެ އަގު ބޮޑުވެގެން 10000ރުފިޔާ އަށް. 03ރޫމް އެޕާރޓްމެންޓް އެއްގެ އަގު ބޮޑުވެގެން 15000ރުފިޔާ އަށް ހަދަން.. މިހާރު މިއޮތްގޮތުން އެތައްބަޔަކު ނިކަމެތިވެ ހާލުގަ ޖެހި ބަނޑުފުރާނަ މުއްތި ކުރެވޭނެ ފަދަ ނެތިގެން އެއުޅެނީ.. ބައެއް ކަންކަން ކޮށްލެވޭނީ ހިއްވަރެެއްވެސް ހުރެގެން

    12
    2
  9. ޑބިޔާ

    މީކާއިލް ކަލޭ ނުވާ ކަންތައްތަކުގެ ވާހަކަ ނުދައްކާ ކަލޯމެން އެޖެންޑާ 19 ކިޔަަފަ ފޮނި ނުކަނޑާ. ކޮބާ މިނިމަމް ވޭޖަސް ބިލްވެސް ބޭރުކޮއްލީ. ކަލޭމެންގެ 64 މެންބަރުންތިބި އިރު އަހަރެމެންނައް ވީކަމެއް ބުނެބަލަ.

    16
    2
  10. ދިވެހިން

    ކޮއްދެއްވާނަންތޯ ތިކަމެއް؟ ބަންގާޅުން ހުޅުމާލެއަށް ބަދަލުކުރިގޮތަށް، ރާއްޖެތެރޭމީހުންވެސް ހުޅުމާލެއަށް ބަދަލުކުރޭ!

    9
    3
    • ހާމީ

      ތީ ތިވެގެން އުޅޭ ގޮތަކީ ހިލޭ ހުޅުމާލެއިން ފްލެޓް ބޭނުންވެގެން

  11. އަދުރޭ

    މުޅިންވެސް މޮޅު އިތުރު ކަންތައް. އެންމެންނަކަށް 82 ހާސް ރުފިޔާ އެއް ނުލިބޭ. ކަރަންޓާ، ފެން ފްރީ ކޮށްލަ ދެއްވާފައި، މެމްބަރުންނާއި ސަރުކާރުން ބަހާލައިގެން ހާލުގައިޖެހޭ ކުދިންގެ ކުލި ކޮޅު ދައްކާލަ ދެއްވާ!

  12. ކިނބޫ

    މިހާރު ނިމިފަ ހުރީ 7000 ހެހާ ފުލެޓްތަށް އޭގެ ހައްގުވެރިންނާ ހާވާލްކުރޭ..އިންސާފު ލަސްވުންވެސް އެއީދެވޭ އަނިޔާއެއް.އޭރުން ވެސް 7 ހާހެއްހަ އާއިލާ އަށް މިހާރަށް ވުރެން ތަކްލީފް ކުޑަވާނެ..މިދަޑިވަޅުގަ ގިޔަރުބާރު ކޮށް އަސްޕީޑް ނަގާ..ނުވަންޔާ ވާބަޔކާ ހަވާލްކުރޭ.

  13. ވެރިމީހާ

    ޙައްގު އޮންނަނީ ހަމައެކަނި ކުއްޔައް އުޅޭމީހުންގެތޯ؟ ގެހަދަން ބޮޑު އިންޓަރަސްއާއިއެކު ބޭންކުން ނަގާފައިވާ ލޯނު ޤާނޫނަކުން މާފްކޮއްދޭންވީނޫންތޯ؟

    14
    1
  14. ހުޅު

    އޮޅިގެންތިއުޅުއްވަނި. ސަރުކާރުގެ ޒިންމާ އާއްމުންގެ ބޮލުގަ ނޭޅުވޭން.

    8
    1
  15. ދޮންކާނަ

    މި މީކާއިލަކީ ބޮލުރޮދި ކެނޑިފަ ހުރި މީހެއްތަ އަޅެފަހެ މިކަހަލަ ބުރާންތިން ކުރިމަތިލީމަ ހޮވާތި ދެރައީ

  16. މަރީ

    ތިޔައީ ކައުންސިލު އިންތިޚާބުގެ ކެމްޕޭނެއްދޯ؟

  17. ފާތިމަ

    ވަޒީފާ ގެ އްލުނު ފަރާތްތަކަށް ޚާ އްސަ އިނާޔަތެ އް ސަރުކާ ރުން ހަމަ ނުޖަ އްސަނީ ކީ އްވެބާ؟ އެފަދަ ލުޔެ އް ދޭ ބިލެ އް ހުށަހެޅުން ރަނގަޅުވާނެ. އަދި މިފަދަ ބިލަކަށް ދަ އުލަތުން ފަ އިސާ ބޭނުންވާނެތީ މަޖިލީހުގެ މެންބަރުންގެ މުސާރަ 45% ކުޑަ ކުރަން އެންމެ ހަ އި މެންބަރުންނަށް އެއބަސްވެވިދާނެ. މިހާރު މެންބަރަކަށް ލިބޭ މުސާރަ އިން 3 އާ އިލާ އުޅެން ކުލި ދެ އްކި ދާނެ!

  18. އަހުމަދު

    ކޮސް މަކޮސް ކުކުޅަށް ވުރެ ބިސް ދޮށިވެގެން ނޫޅެބަލަ
    ތިމާ އަށް ކިހާ ވަރެއްގެ ބޫޓަކަށްތޯ އެރިފައި މިހުރީ ބުނެބަލަ
    ސޮވޯޑް ކިޔަނީ ކަނޑީގެ ބާރުން ދުނިޔޭގައި ޖައްބާރުން ކަން ކުރި ގޮތަށް ސުވާޑު މީކާއީލް މޮޔަ ނުވެ ބަލަ ތީ އަހަރެމެން އަވަށަށް ވެސް ނިސްބަތް ނުވާ މީހެއް ހިތުން
    މީނާ މީ 2023 ގައި އަންނިގެ ރަނިންމޭޓޯ ހެ ހެ ސޮވޯޑް ރަނިން މޭޓް

  19. ާއިބޫ

    ތިވަރެއްނެތް މަޖިލީހުގަިއި.

  20. ރަންބުއްދި

    ރާއްޖޭގެ ފަޅުތަކާ ފަޅުރައްތައް 30 -90 އަހަރަށް ނަގައިގެން ރިސޯޓާ ތަފާތު އެހެނިހެން ވިޔަފާރިކުރަނީ ރާއްޖޭގެ %3 އައްވުރެމަދު 3 އާއިލާއަކުން.އެއީ ރާއްޖޭގެ ސުޕާރިޗް ނުވަތަ އެންމެ މުއްސަނދި މަހުޖަނުން.ރިސޯޓްތަކުގަ އިހުލާސްތެރިކަމާއެކު މަސއްކަތް ކުރި އެތައްބަޔަކަށް ބޭސިކް މުސާރަ ނުދީ ގެއަށް ފޮނުވާލި އިރު މެމެބަރުން ކޮބާތޯ.އެމަސައްކަތްތެރިން ހަޅުތާލުކުރީމަ ދެއްކީބިރު.މޮޔަނުގޮވާ.އެމެރިކާ އަދި ސިންގަޕޫރު ފަދަގައުމުތަކުގަވެސް ކުލިނުދެއްކޭ މީހުންނަށް ގޮތްތައް ސަރުކާރުން ހަމަޖައްސައިދިން.އީޔޫ އިން ހެދިހެން "ސުޕާރިޗް" ނުވަތަ އެންމެމުއްސަނދި މީހުން އަތުން އިތުރު ޓެކްސްނަގާ ހާލުގަޖެހިފަތިބިމީހުންނަށް އެހީވާން ގާނޫނުފާސްކުރޭ.ކުލީގަ އުޅޭ އަދި ކުލިނުދެއްކޭމީހުންގެ ރަޖިސްޓްރީ މާލޭ ސިޓީކައުންސިލުން އެކުލަވާލާ ވަޒީފާގެއްލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ މިހާރު ދިމާވެފަވާހާލަތުގެ ސަބަބުން އާމްދަނީ ނުލިބި ހާލުގަޖެހިފަވާއާއިލާތަކުގެ އެކައުންޓަށް މަހަކު -/15000 ޖަމާކޮށްދީ.އަދި ކާޑުގެ އެހީ ފޯރުކޮށްދީ.ތިޔަސރުކާރުގެ މެނިފެސްޓޯގަ އަދި ކެމްޕޭންތަކުގަ ބުނި އެކަނިވެރި މައިންނާ ކުލިނުދެކޭފަދަނިކިމެތިންނަށް ކުލިދެކޭނެގޮތް ހަދާދޭނެ ވާހަކަ.މިސަރުކާރުން ރާއްޖޭގެ އެތައް ފައިސާއެއް ބަހާހުސްކުރީ މަސައްކަތެއްނުކޮށް ބަދަލުހޯދަން އުޅުނުކުންފުނިތަކަކަށް.މިހާރު ދައްކަނީބަހަނާ.ކޯވިޑް-19 އަކީ ކުއްލިއަކަށް ދިމާވީކަމެކޭކިޔަނީ ބަހަނާ.2003 ،2015 ގަ އޭސިއާ ސަރަހައްދުގަ އަދި އަރަބި ބައްރުގަ ސާސް އަދި މާސް ކޮރޯނާ ރޯގާފެތުރުނު.ސިންގަޕޫރުފަދަ ގައުމުތަކުން ވަނީ އެރޯގާތަކުން ތަޖުރިބާހޯދާ އެފަދަރޯގާއެއް ދެން ފެތުރިއްޖެނަމަ ކަންތައްކުރާނެގޮތުގެ ޕްރޮޓޮކޯލްތަކާ ޕްލޭންތައް ކުރިޔާލާ ރާވާ އެކަށައަޅާފަ.ރާއްޖޭގަ ޕަބްލިކް ހެލްތު ޕޮލިސީއެއްނެއްތާ އެޗްޕީއޭ އަދި ޕޯޓް ހެލްތުއޮތީ ނިދާފަ.ޕޯޓްހެލެތު މިފަތަ ނާޒިކު ވަގުތެއްގަ އެލާޓްވާންޖެހޭއިރު އިޓަލީމީހާ ބަލިވެ ފްލައިޓަށް ނޭރި މާލޭގެ ހޮޓަލަކަށް ޗެކްއިން ހެދިއިރު އޮތީނިދާފަ.ދެން ވައިރަސް އާއްމު މުޖުތަމައަށް ފެތުރުނުގޮތެއް ނޭގިގެން ތަޅަނީ ބޭކާރުވާހަކަ.ކޮބާތޯގެންނަންބުނި ފްލޯޓިން ހޮސްޕިޓަލްތައް.މޮޔަގެވަނީ.ބައްތެލިގަނޑުގަތިބި % 70 ޕަސެންޓު މެމްބަރުންނަކީ ރައްޔިތުންގެ ހައްގުގަ ބަސްބުނަން ނޭގޭހާ ގަބު މީހުން.ދުނީޔޭގަ ޖެހޭވަޔާ އޮއިގަރާއްޖެއާމެދު ދުރުވިސްނުން ގެންގުޅެންޖެހޭ.

  21. ރަންބުއްދި

    ރައްރަށުގަ ބޮޑެތިގެތައްހުރީ ފަޅުވެދަ.އައްޑޫގެ %50 ގަތައްހުރީފަލަށް.މާލޭގަ ކުލިނުދެއްކިއުޅޭ ރާއްޖެތެރޭ މިހުން އެމީހުންގެ ވަޒަނަށް ފޮނުވާ ގޯތީގަ އޮތް ހުސްތަންތަނުގަ ގަސްހައްދާ ކާބޯތަކެތި އިތުރުކުރަންވީ.ރައްރަށުގަ 10،000 އަކަފޫޓް ދަނޑު ލިބިފަތިބި އެތައްރާއްޖެތެރޭ ރައްރަށުގެ މީހުން މާލޭގަ އެބައުޅޭ.މިވަގުތުމީ މާލެތޮއްޖެހުން ކުޑަކުރުމަށްވެސް ރަޢްރަށުގެ މީހުން މާލެއިން ފުރޭނެގޮތްހަދަންވީ.ރަށަޢްގޮސް ދަނޑުހައްދަންވީ.އަދި ވެކްސިނެއް ހޯދަން އަހަރެއްވެސް ނަގާފާނެ.ކާބޯތަކެތީގެ ސަލާމަތާމެދު ވިސްނަންޖެހޭ!

  22. ޙާޖަރު

    އިންސާނުންނޭ..މީ އަޅުކަމުގެ މައްސަ ރު.މިދުވަސްތަކުގެ ދަ ރުމައާއި ސަވާބު އަވަހަށް ލިބިގަނޭ. ތިމާގެ އަޚާ ނުވަތަ އުޚުތާ އަށް ވެވުނުވަ ރަކަށް ދީލަތި ކަމުގެ އަތެއް ދިގުކޮށްލާާ. އެހީތެ ރި ވެދެއްވާ. އޭ ރުން ތިޔަބައިމީހުންގެ މުދަލުގައި މާތްﷲ ބަ ރަކާތް ލައްވަވާނެ.