ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ރާއްޖޭގެ ދަނޑުވެރިން ގިނަ އަދަދަކަށް ކަރާ ހައްދާފައިވާ ކަމަށާއި އެތަކެތި ގަތުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ގޮވާލާ ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ކޮވިޑް-19 ފެނިފައިވާ މި ހާލަތުގައި ވެސް ދަނޑުވެރިން ކުރަމުންދާ ބުރަ މަސައްކަތް އެއީ ފާހަގަކުރަން ޖެހޭ ކަމެއް ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވިއެވެ.
"މިއަދު ދިވެހިރާއްޖޭގެ ދަނޑުތަކުގައި ވަނީ އިންތިހާއަށް ކަރާ ހައްދާފައި. އަޅުގަނޑު އެސްޓީއޯއަށް ވެސް ގޮވާލަން ކަރާ ގަނެވޭނެ ގޮތެއް ހައްދަވާ ދެއްވާށޭ. އެއީ ދަނޑުވެރިންގެ ވަރަށް ބޮޑު އާދޭހެއް އެއީ. ގިނަ އަދަދަކަށް ދިވެހި ދަނޑުވެރިން ވަނީ ކަރާ ހައްދާފައި. އެހެންވީމަ އެތަކެތި އެސްޓީއޯއަށް ވެސް ބަލައިގަނެވޭނެ ގޮތެއް، ގަނެވޭނެ ގޮތެއް ވެގެން ދިއުމަކީ ނުހަނު ބޮޑަށް އެސްޓީއޯއަށް ވެސް ގޮވާލާ ގޮވާލުމެއް." އޭނާ ވިދާޅުވިއެވެ.
މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދިވެހި ދަނޑުވެރިކަމުން އުފައްދާ ހުރިހާ ބާވަތްތަކެއް ގަންނަން ކަނޑައެޅިފައި އޮތް ނަމަވެސް އޭގެ ތެރޭގައި ކަރާ ނުހިމެނޭ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި، އެ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަމްރު ވިދާޅުވީ އެސްޓީއޯ އިން ދަނޑުވެރިންގެ އަތުން ގަތުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ފުޑް ސެކިއުރިޓީ ބޭނުންވާ ތަކެތި ކަމަށެވެ.
އޭގެ ތެރޭގައި ކަރާ ފަދަ ބާވަތްތައް ނުހިމެނޭ ކަމަށް ވެސް ވެސް އަމްރު ވިދާޅުވިއެވެ. އެއާއި އެކު ދަނޑުވެރިން ވަނީ އެކަމާއި މެދު ވަރަށް ބޮޑަށް މާޔޫސްވެ ނުރުހުން ފާޅުކޮށްފައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން، މިދަނޑިވަޅުގައި ރަށަށް ނުދެވި ތާށިވެފައި ތިބި ދިވެހިން އެބަ ތިބި ކަމަށާއި، މި ވަގުތަކީ އިހުސާންތެރިކަން ދައްކަންވީ ވަގުތުކަމަށް ޝަހީމް ވިދާޅުވިއެވެ. ހުރިހާ ކަމެއް ސަރުކާރު ބޮލަށް ޖެހުމުގެ ބަދަލުގައި އެހީ ބޭނުންވާ މީހަކާއި ދިމާވުމުން އޭނާ އަށް އެހީވެ، އެކަކު އަނެކަކަށް އޯގާތެރިވާންވީ ވަގުތަކީ މިއީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝަހީމް ވިދާޅުވީ މާލެ ފުރަބަންދު ކުރުމަކީ ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެމްޑީޕީގެ ވެރިކަމެއް އޮތުމަކީ އުފާކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކަލޭމެން މޑޕ ވެ ރިކަމެއް އޮތީމަ އުފާވެފަތިބެވޭތޯބަލާ.......ގަ އުމު މިއޮތީ އައިސީޔޫގަ ވެންޓިލޭޓަ ރުގަ ނޭވާހޮޅިއަށް އެޅިފަ. އަ ރައިގަނެވޭ ވަ ރުގެ ޕުލޭނެއް ހު ރި ސިކުނޑިއެއް ނެތް މޑޕ އަކު.
ސަ ރުކާ ރުގެ ދޯދިޔާކަން އެބަ ފެނޭދޯ
ކަރާ އެކުސްޕޯޓު ކޮއްގެން ޑޮލަރު ވައްދަދީ..
އެހާ ހިތްވަރެއް ނެތް އެސްޓީއޯ.
ތިޔަހެން ސޮޓަންޓެއް ޖައްސާނެ ކަމެއް ނެއް ކަރާ ފަޅަފާފައި މިހާރު މިކިޔަނީ ހައްދާކަރާ އެސްޓީއޯއައްގަންނާށޭ ނުގަންނާނެ ކަންވެސް އެނގޭ ހާލުގައި ރައްޔަތުންނާއި ހެދި ނުނިދާ ނުކައި ނުބޮއި އުޅޭ ކައް ހެދެންވެގެން ބަލަ މިގައުމުގައި ޑުރަގް ހުއްޓުވޭތޯ މަސައް ކައް ކުރައްވީ ނޫންތޯ ގަވާއިދާ ޙިލާފައް އުޅޭ ބިދޭސީން މަދުކުރެވޭތޯ ބަލަން ވީނުތޯ މިހާރުވެސް ސަްރުކާރުން ޑުރަގް މީހުން ނާއި ބޭރުމީހުން ނައް އެކުރާ ޙަރަދުން ތިޔަ ކަރާ ގަނެވޭ ވަރައްވުރެ މާގިނައިން ޙަރަދުދުރައްވާ
ޢެސްޓީެީއޯ ބަގުަރޫޓް ކުރަންނޫޅުޢްޥާ.
ޔާމީން
ކާށިވެސް ނުގަނެޔޯ އެސްޓީއޯ އިން..ބާޒާ ރު ގޮޅިތަށް ނަގައިފި..ދެން ކިހިނެއް ކާށިހޯދަނީ. ހުނި ބޭނުންވާނެ މަސްހުނި މޮޑެން...ހެދިކާ ހަދަން...ބިލެއް ހުނިތަ ދެން ބޭނުންކު ރަންވީ
މޮޅު ވިޔަފާރި ކުރަން ނޫޅުއްވާ .މިހާރު ހަމަޖެހިފަ އޮތީ ފިހާރަތަކުން އޯޑަރުދީ އޮންލައިން ކޮށް ޕޭކުރުމުން މުދާ މާލެ ގެނެސްދޭނެ .އޭރުން ދަނޑުވެރިންނށް އަގުލިބި އާންމުން ނަށް ފިހާރަތަކުން ޑެލިވަރީ ކޮށްދޭނެ.
ހެހެ
ހެހެހެ ދެން ހަމަ ކިޔާނެ އެއްޗެއް ނޭގިގެން
ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް އެސްޓީއޯ އަށް ގަންނަމޭ ވިކާފަވެސް ރައްޔިތުން ބޮލަށްޖެހީޗިޕް ތެޅިފޮނި އަނގަ މީ މިވާވަރަކީ ކަމެއްދީމާވީ ޕުރެސްތަކަށް އަރާ އަގައިން ހުރިހާ ކަމެއްކުރޭ ހަރާންތޯއްޗެއްވާކަމެއް ހަމަ ތެޅިފޯޅެނީ މީކޮންކަހަލަގެ ބައެއް މިހާރު ކިހާދުވަހެއް ތައްޔާރުވާން އަލީވަހީދު ގޮވި ރާއްޖެއޮތީ ތައްޔާރަށޭ