ޑީރާޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ހަރަދުގައި ގއ. އަތޮޅު ފަރެހުޅުދޫގައި ޑީކޯ ޗެމްބަރެއް އަަޅަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
އެކަން ހާމަކޮށް މިއަދު ޑީއާރްޕީން ކުރި ޓްވީޓެއްގައި ބުނީ، ޖާބިރުގެ ހަރަދުގައި ގއ އަތޮޅުގައި ހުޅުވޭ އެންމެ ފުރަތަަމަ ޑީކޯ ޗެމްބަރު ގއ. ފަރެހުޅުދޫގައި އަޅައި، ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
"މި ފިޝާމެންސް ކްލިނިކްގައި ޗެމްބަރެއްގެ އިތުރުން އައިސީޔޫ ޔުނިޓަކާއި، ވެންޓިލޭޓަރ ފެސިލިޓީ އާއި އައިސޮލޭޝަން ފެސިލީޓީ އާއި ކަރަންޓިން ފެސިލިޓީއެއްވެސް ވަނީ ގާއިމް ކުރެވިފައި" ޑީއާރްޕީން ބުންޏެވެ.
ޑީއާރްޕީން ބުނީ، މިކްލިނިކުން މުޅި ރާއްޖޭގެ އެންމެހާ މަސްވެރިންނަށް ހިލޭ އެމާޖެންސީ ހިދުމަތް ދެއްވާނެ ކަމަށެވެ.
Isolation facility adhi quaratine facility ves vaanee gaaimu kurevifai. Mi Clinic in mulhi rajjeyge emmehaa masverinah hiley emergency khidhumai dhevvaane. Miee seedha Raees @ibusolih ge vaudhufulhu fuhdhumuge gothun alhugadu dhevvaa hadhiyaaeah. Raees ah Marhaba dhannavan 2/2
— DRP (@drpmaldives) April 22, 2020
"މިއީ ރައީސް ސާލިހުގެ ވައުދުފުޅު ފުއްދުމުގެ ގޮތުން އަޅުގަނޑު ދެއްވާ ހަދިޔާއެއް. ރައީސްއަށް މަރުހަބާ ދަންނަވަން"
ހުވަދު އަތޮޅުގައި ޑީކޯ ޗެމްބަރެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މަސްވެރިކަން ކުރަން ނުކުންނަ މީހުން ޑީކޯ ވެގެން ހާލު ދެރަވާ މައްސަލަ ވަނީ ވަރަށް ބޮޑު ވެފައެވެ. އަދި މިފަދަ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދުވެސް ގިނައެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ، އެން ހޯދަން ފީނުމުގައި މަސްވެރިންނަށް ލިބޭ ގެއްލުން ކުޑަ ކޮށް، ރައްކާތެރި ގޮތުގައި ފީނުމުގެ ތަމްރީނު ޕްރޮގްރާމްތަކެއް މިޙާރު ފެށިގެން ކުރިއަށް ދާނެ ކަމަށް ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވެފައެވެ.
ޖާބުރޯ ރޯދަ ހަދިޔާ ބަހާނެ ކަމަށް ހީކުރީ
ކޮން ރޯދަހަދިޔާއެއްބެހޭނީ ތީ އިބޫ ސޯލިހާ ބުއްޅަބެޔާ ދޭތެރޭ ފިތިފަހުރި މޮޔަ ޕަޕެޓެއް.
ވަރަށް މޮޅުކަމެއް! ދިރިއުޅެންވީ ކަނޑު އަޑީގައި ސަބްމެރީން ތަކުގައި މިކޮވިޑް 19 އިގެ ތެރޭ. ޑިކޮމްޕްރެޝަންވީމާ ޖާބިރުގެ ޗެމްބަރަށް ދާނީ!
މިހާރު ދާއިރާގެ މީހުނަށް ވައުދުވި ކޭބަލްކާރު ޕްރޮޖެކްޓް ނިމުނީތަ؟ ހޮވުނީމަ އެކަން އެނިމުނީ. މިހާރުއުޅެނީ މުޅިންވެސް އެހެން ކަންކަމައިގެން. މިމީހުންގެ ފެންވަރުމީ. 5 އަހަރު ނިމެންދެން ތިހެން ދިގުދަންމާލާފަ ބަހައްޓާ.
ކަލެއަށް ކީއް! އެކަން ނުވެގެން، ދާއިރާގެ މީހަކު ޝަކުވާ ކުރޭތަ އެބަ؟
ބުއްޅަބޭ
މިތަނަށް ދާން ބޭނުންވާ މީހުންނަށް ކޭބަލް ކާރުގައި ހިލޭ ދެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ
ތީހަމަސީދާ މީޑިޔާ ސްޓަންޓެއް ޖާބިރަކައް ކުރެވޭނެ އެއްވެސްކަމެއްނެއް.
މީބުއްދިހަމަޖެހޭ ސޯރެއްނޫން.
ބޭފުޅާ ބުނެމުންދާ އެއްމެ ކަމެއް ވެސް ކުރެވިއްޖެ ކަމަށް ގަބޫލު ކުރަންތަ
ކޮންމެހެން އިސްތިހާރުވެ މާ މޮޅު މީހަކަށްވާން ނުކުރެވޭވަރުގެ ކަންތައްކުރަންބުނެ ބޮޑެތި ވައުދުތައްވެ ކާށިދޫ ޖަރުމަނަށްހަދަންބުނެ ކާށިދޫކަނޑު ކޭބަލްކާރުއަޅަންބުނެ ނުކުރެވޭނެހާކަންކަން ކުރންބުނެ ފޮނނިކަނޑަމުންދުވާއިރު ނިކަމެތިރައްޔިތުންނާ ސަރުކާރަށް ދަރާފައިވާ ދަރަނި އަދާކުރިއްޔާ މާ ރަނގަޅުވާނެ ސަރުކާރަށް ފާޑުކިޔާތީ އަނގަ ބަންދުކުރުމަށް ބޮޑު މޮހޮރާއޭކިޔާ ރަށެއް އަނގަމަތީގަ ސަރުކާރުން ޖެހީމަ ސަރުކާރަށް ސަނާކިޔަކަސް މީހާގެ އަގެއް ނުހުންނާނެ
ވަރަށް ބޮޑުތެދެއް. ފަޅުރަށެއް ކަރުގަ އެޅުވީމަ މީހާމިހާރު އެހެރީ ސަނާކިޔާލަ ކިޔާލަ. ފަޕެޓްހެދިފަ.
ކޮބޤ! ކޭބަލްކާރު ހުސްދޮގު ހުސްދޮބު ހުސްދޮގު ދިޔާނާ މިސޭކު މައިތިރި ކޮށްބަލަ
ނުވާނެތާ، ވާހަކަދައްކައިގެން ވާނެކަމެއް އޮވޭތަ؟ ބޭނުންވާކަންތައް އެއޮތީވެފަ. ވާހަކަދެއްކިއްޔާ ވަކި އަޑުއަހާނެތަ؟
ކަލެއަކީ އެއްވެސް ކަމެއް ކުރެވޭނެ މީހެއް ނޫންކަން މިހާރު ކަލެއަށް ވޯޓް ދިން މީހުންވެސް ޤަބޫލު ކުރޭ ! އެމީހުންގެ ބޮލަށް އެރިގެން ވޯޓް ހޯދިއަސް މިހާރު ކަލެއަކީ ފުއްވަޅުން ގޮއްސަ ހުރި މީހެއް ! މިފަދަ ދަޑިވަޅުގައި އެންމެން ދާން ބޭނުންވަނީ ޑީކޯ ޗެމްބަރަށްތަ ؟
ޖާބިރުގެ ވައުދު ފުރަތަމަ ފުއްދަންވީނޫންތޯ ދާއިރާގެ ރަޢިއްޔަތުން މިތިބީ ނުކައި ހާލުބަލާލަން ގުޅާވެސް ލެއްވިއްޔަ ކީއްތޯ
ެެަެެަެެަެެެެަެެަެެަެެެަެެަެެަެެެެަެެަެެެަެެަެެަެެެެަެެަެެަެ. ކަލޯ ޗެމްބަރު ތިއަޅަނީ ކާށިދޫ މީހުން ލައްވާތަ؟ ކިތައް ފުރާޅު ތިޗެންބަރުގައި ހުރޭތަ؟