އެންމެ ފަހުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ޓެކްސީ ދުއްްވާ މީހަކުވެސް ހިމެނޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިހާރު ދަރުބާރު ގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވިދާޅުވީ އޭނާ މަސައްކަތް ކުރަނީ އެސްޓީއޯގެ ހެޑް ކުއާޓާސްގައި ކަމަށާއި އޭނާ އަކީ ދިވެއްސެއް ކަމަށެވެ.

އަފްޒަލް ވިދާޅުވީ، އޭނާ މަސައްކަތް ކުރީ ސެކިއުރިޓީގައި ކަމަށާއި، އޭނާގެ އަލާމާތްތައް ފެށުނީ 15 އެޕްރިލްގައި ކަމަށެވެ. އަދި މިހާރު އޭނާގެ ގައިގައި އަލާމާތެއް ނެތް ކަމަށް ވެސް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

ކޮންޓެކްޓް ޓްރޭސިން ނުވަތަ އެއްތާވި މީހުން ހޯދުމުގެ މަސައްކަތް މި ވޭދަނަ (ކޭސް) އާއި ގުޅިގެން އިތުރު ސަމާލުކަމެއް ދީގެން ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

" މި ކޭސްގައި މަސައްކަތް ކުރާ ތަނުގެ ގޮތުން އަޅުގަނޑުމެނ ކޮންޓެކްޓް ޓްރޭސިން އިތުރަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރަނީ. މިހާތަނަށް މި ކޭސް އާއި ގުޅިގެން އަދި ފެނިފައި ވަނީ 7 މީހަކު. އެހެންނަމަވެސް އަދި ކުރިއަށް ދަނީ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

މި ވޭދަނަ އަކީ އެހެން ކްލަސްޓާއެއްގައި ހިމެނޭ ވޭދަނަ (ކޭސް) އަކާއި ގުޅުން ހުރި ކޭސް އެއް ކަމަށް ޑރ. ވިދާޅުވިއެވެ.

މި ވޭދަނައަށް ދީފައިވާ ނަމްބަރަކީ 86 އެވެ. މި ވޭދަނަ ފެށުނީ ވޭދަނަ 36 އިން ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. ވޭދަނަ 36 އަކީ އަމީން ހިޔާގައި ހުރި ބަންގްލަދޭޝް މީހާ ކަމަށާ، އޭނާ ފަހުން އެހެން ގެއަކަށް ގޮސްފައި ވާއިރު އެގެއިން އިތުރު 3 މީހުންވެސް ކޮވިޑް19 އަށް ފައްސިވި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެއީ ވޭދަނަ 74، 75 އަދި 83 ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. މިހާރު ފެނުނު އެސްޓީއޯ މީހާ އަކީ އެ ގޭގައި ހުރި މީހެއް ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ދިވެހިން

    މިހާރުހުއްދަދީފަހުރި ޓެކްސީތައް ސާފްކުރަންވެސް ވޭނުންކުރަނީ ބޭބީކޯލާވާޓަރު.
    ޓެކްސީތައް މިހާރު ހުއްޓުވާ!

    34
    2
  2. ދެރަކަމެއް

    އެއްމެ ފުރަތަމަ ރައްޔިތުން ބުނިގޮތައް މާދޮރާށި ބަންދު ވިނަމަ މިހާލަތަށް ނުދިޔައީސް ސަރު ކާރަށް ގޯސް ވަނީ ހަމަ ރައްޔިތުން ކީތް ކުރާނީ.
    ޔާﷲ? އަޅަމެން ރައް ކާތެރި ކުރއްވާދޭ!

    81
    6
    • ?

      Kaleymn ah farudhy zinma eh nethyma mihn mi vany.. sarukaaru rangalhu kurany ehnun

      6
      4
  3. ހުދުހުދު

    ހެޔޮނުވާނެ ވޭދަނަ ނުލިޔެބަލަ. ހާދަހާ ބޮލަށް އުދަގޫ ވެޔޭ ކިޔާއިރު

    101
    2
    • ނާހީ

      އަސްލުވެސް..

      28
    • އަސްލުވެސް

      ތިޔަބުނީ ހެޔޮކޮށް. ރީތި ނަމެއް ހަދަން ނޭނގެންޏާ އެކަޑަމީ ކުދިން ކުރަންވީ ކަމަކީ އަލަށް ވާހަކަ ދައްކަން ފަށައިގަންނަ ތުއްތު ކުދިން ކައިރީ އުޅެންވީ. ވ ފައްކާ ނަންނަން ހަދާލާނެ. މިސާލަކަށް ބުއްފުޅިއަށް ބުއްޗި، ކޮވިޑް 19 އަށް ކިސަޑު 19، ތިޔަ ވޭދަނަ އަށް ވުރެ މާ ރަނގަޅުނަމެއް ކުދިވެރިން ހަދާދޭނެ

      32
      1
      • ބޮޑުތަކުރުފާނު

        ގުޔައްޕުއްޕު

  4. ނިކަމެތި ދިވެހި ރައްޔިތުމީހާ

    މިސަރުކާރު އަތަށް ގޮވަނީއެވެ. ޤައުމު މަދުފައުނު ކޮޅަކަށް އިންޑިޔާގެ ގެރިމޯދީއަށް ވިއްކާ ނުލެވެނީސް ސަލާމަތީ ބާރުތަކުން ޤައުމުގެ ކަންކަމާއި ޙަވާލުވެ ލައްވާށެވެ! ތިޔަބޭކަލުންނަކީ މިޤައުމުގެ ފަޚްރުވެރިވާ ދަރިންނެވެ. މިޤައުމު މިދަނޑިވަޅުގައި ބަލަހައްޓަން ތިޔަބޭފުޅުންނަށް ވުރެން ކުޅަދާނަ ބަޔަކު މިބިމުގައި ނުތިބޭނެއެވެ. އަވަހަށް މިޞްރުގެ ޙާދިޘާއިން ޢިބްރަތް ލިބިގަނެ ޤައުމުގެ ކަންކަމާއި ސަލާމަތީ ބާރުތަކުން މިހިނދަށް މިހިނދަށް ޙަވާލުވެ ލައްވާށެވެ.

    15
    5
    • ޢަހޫ

      ޥަގުން މިނިވަން ކުރުމަކީ ރަގަޅުކަމެއްނޫން.ވަގުންނައް ހުކުމް ކުރީމަތިބެންޖެހޭނީ ހަމަޖަލުގަ އިގޭތޯ.

      5
      14
    • ބަޣާވާތް

      ބަޣަާވާތް ކުރަން ހިތްވަރު ދެނީ.

      3
      11
  5. ޖިންނި

    ހެޔޮނުވާނެ މިކަހަލަ ވަގުތެއްގަ ތަންކޮޅެއް ފަސޭހައިން މީހުންނަށް ދޭހަވާނެ ކަހަލަ ބަސް ބޭނުން ކޮއްބަލަ.. މިވަރު ނުކުރިޔަކަސް އިނގެޔޭ ދެން “ވަގުތު” މީހުންނަށް ވަރަށް މޮޅެތި ބަސް އިނގޭކަން. ??

    19
  6. ޝައްފަ

    ވޭދަނަ އަށް ވިޔަސް ބޮލަށް އުނދަގޫ ވިޔަސް ހަގީގަތް ހާމަ ކުރަންވާނެ. އެއީ މުސްލިމުން ގެ ގޮތަކީ.

    11
    1
  7. ޢިހްސާ

    ވޭދަނަ ނުލިޔެ ކީކޭލިޔަންވީ

    7
    8
  8. ދިވެހި ބަސް

    މިދުވަސްކޮޅަށް ބަސް އުފަންކޮށް ލިޔުމުގައި ބޭނުންކުރުން ހުއްޓާލަންވީނޫތޯ

    28
    3
  9. ފައްލަންބޭ

    ފައްކާ، ކާބޯތަކެތ ފޯރު ނުކޮށްދެއްވުނަސް ދެން ނުޖެހޭނެއްނު ރައްޔިތުންނަށް ޖަވާބުދާރީ ވާކަށް، އަމްރު ގޭގައި އަމިއްލައަށް އައިސޮލޭޓް ވެގެން.